ދަޢުވަތުގެ ސިޓީތައް
"އޭ ޙާކިމް އެވެ! ތިބާ އަށް ތިމަންކަލޭގެފާނު ދަޢުވަތު ދެއްވަނީ، ޝަރީކަކު ނުވާ الله تعالى އަށް އީމާންވުމަށާއި، އެކަލާނގެ އަށް އަޅުކަންކުރުމަށާއި، ތިމަންކަލޭގެފާނަށް ތަބަޢަވުމަށާއި، ތިމަންކަލޭގެފާނަށް الله تعالى ބާވައިލެއްވި ގޮތްތަކަށް އީމާންވުމަށެވެ. އެހެނީ، ތިމަންކަލޭގެފާނަކީ، މިކަން ތަބްލީޣުކުރުމުގެ ވާޖިބު ކޮނޑުގައި އެޅިފައިވާ الله تعالى ގެ ރަސޫލެވެ".
حديث الشريف
ވެރިންނަށް ފޮނުވުނު ސިޓީތައް
ޙުދައިބިއްޔާ އިން އެނބުރި ވަޑައިގަތުމަށް ފަހު، رَسُوْلُ اللهِ ﷺ އެދިވަޑައިގަތީ އިސްލާމް ދީން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި، މީސްތަކުން ޖަހަންނަމްގެ ޢަޒާބުން ސަލާމަތްވެ، ޙަޤީޤީ އުފާވެރިކަން ލިބުމަށެވެ. އެހެނީ، އެކަލޭގެފާނު ފޮނުއްވުނީ މުޅި ކައުނަށް ހުރި ރަޙްމަތެއްގެ ގޮތުގައެވެ. މި ސަބަބަށް ޓަކައި، ވަށައިގެންވާ ސަރަޙައްދުތަކުގެ ވެރިންނާ ހަމަޔަށް މަންދޫބުން ފޮނުއްވައިގެން އެބައިމީހުންނަށް އިސްލާމް ދީނަށް ދަޢުވަތު ދެއްވުމަށް އެކަލޭގެފާނު ވިސްނެވި އެވެ.
ހިޖްރައިން ހަ ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ފަހުކޮޅު އަދި ހިޖްރައިން ހަތް ވަނަ އަހަރުގެ މުޙައްރަމް މަހުގެ ކުރީކޮޅު، އެކަލޭގެފާނު، މަންދޫބެއްގެ ގޮތުގައި ޙަބަޝް ކަރަޔަށް عمرو بن أُميّة (رضي الله عنه)، މަންދޫބެއްގެ ގޮތުގައި ރޯމަން އެމްޕަޔަރގެ ވެރިޔާގެ އަރިހަށް دحيةލް ކަލްބީ (رضي الله عنه)، މިޞްރުގެ ވެރިޔާގެ އަރިހަށް خاطب بن أبي بلطة (رضي الله عنه) ފޮނުއްވި އެވެ. އެކަލޭގެފާނު، عبدالله بن حُذافة (رضي الله عنه) އީރާނުގެ ވެރިޔާގެ އަރިހަށް، ޝުޖާޢު ބިން ވަހްބު (رضي الله عنه) ޣައްސާނަށް، صالت بن عمرُو (رضي الله عنه) ޔަމާމާ އަށް އަދި علاء بن حضرمي (رضي الله عنه)، ބަޙްރައިންގެ ވެރިޔާ މުންޒިރު ބިން ސާވީ އާ ހަމަޔަށް ފޮނުއްވި އެވެ.1
މި މަންދޫބުންނަކީ، އަޞްޙާބުންގެ ތެރެއިން އެންމެ ފާހަގަކުރެވޭ ބޭކަލުންނެވެ. އެ ބޭކަލުންނަކީ، މަޒްހަރުގެ ގޮތުން އަދި ބަސްމަގު އެންމެ ރިވެތި ބޭކަލުންނެވެ. ކޮންމެ ވެރިޔަކަށް ވެސް ލިޔެވުނީ ވަކިވަކި ސިޓީތަކެވެ. رَسُوْلُ اللهِ ﷺ ސިޓީތައް ސީލްކުރެއްވީ އެކަލޭގެފާނުގެ ރިހި އަނގޮޓީގައިވާ މަތިން ތިރިޔަށް ތިން ފޮޅުވަތުގައި "محمّد، رسول، الله" ލިޔެވިފައިވާ ސީލުންނެވެ. رَسُوْلُ اللهِ ﷺ ގެ މުޢުޖިޒާތެއްގެ ގޮތުން، އެކި ވެރިންގެ ގާތަށް ފޮނުއްވަން ހަމަޖެއްސެވި މަންދޫބުން ހެނދުނު ހޭލެއްވި އިރު، އެ ބޭކަލަކު ވަޑައިގަންނަވަން ހަމަޖެހިފައިވާ ޤައުމެއްގެ ބަސް ވަނީ ދަސްވެފައެވެ.2
ނަޖާޝީ އަޞްޙަމާ އަށް ފޮނުވުނު ސިޓީ
ޙަބަޝް ކަރަޔަށް ފޮނުވުމަށް ހަމަޖެހިފައިވާ عمرو بن أُميّة (رضي الله عنه)، ކުރިން އެ ޤައުމަށް ހިޖުރަކޮށްފައި ތިބި މުސްލިމުން މަދީނާ އަށް ފޮނުވުމަށް ނަޖާޝީގެ ކިބައިން އެދިވަޑައިގަންނަވާ ގޮތަށް ވެސް އޮތީ ހަމަޖެހިފައެވެ. رَسُوْلُ اللهِ ﷺ ނަޖާޝީ އަށް ދެ ސިޓީއެއް ފޮނުއްވި އެވެ.
عمرو بن أُميّة (رضي الله عنه) ދާދި އަވަހަށް ޙަބަޝް ކަރަޔަށް ފޯރައި ވަޑައިގެން ނަޖާޝޫ އަޞްޙަމާ ގެ އަރިހަށް ވަޑައިގެންފި އެވެ. ފުރަތަމަ އޭނާ ދެއްވީ ފުރަތަމަ ސިޓީ އެވެ. އެއާއެކު ނަޖާޝީ އޭނާގެ ތަޚްތުން ފައިބައިގެން އައިސް، ވަރަށް އަދަބު އިޙްތިރާމާއި ލޯތްބާ އެކު ސިޓީ އާ ޙަވާލުވެއްޖެ އެވެ. އޭނާ އެ ސިޓީ ގައި ބޮސްދީ އޭނާގެ މޫނާއި ލޮލުގައި އެ ސިޓީ ކޭއްތުމަށް ފަހު ހުޅުވައި އެ ސިޓީ ބާރަށް ކިޔުއްވައިފި އެވެ.
"بسم الله الرّحمن الرّحيم!
الله تعالى ގެ ރަސޫލާ محمّد (عليه السّلام) ގެ ފަރާތްޕުޅުން ޙަބަޝް ކަރައިގެ ޙާކިމް ނަޖާޝީ އަޞްޙަމާ އަށް!
ޙަޤީޤީ އިރުޝާދަށް ތަބާވާ މީހުންނަށް ޞުލްހަވެރިކަން ހުއްޓެވެ!
އޭ ޙާކިމް އެވެ! ތިބާ އަމާންކަމުގައި ވާ ކަމަށް ތިމަންކަލޭގެފާނުގެ އުއްމީދުކުރާ ހިނދު، ތިބާ އަށް الله تعالى ދެއްވި ނިޢުމަތްތަކަށް ޓަކައި އެކަލާނގެ އަށް ސަނާ ދަންނަވަމެވެ. އެކަލާނގެ ފިޔަވައި އެހެން ކަލަކު ނުވެއެވެ. އެކަލާނގެ އަކީ المالك (އެކަލާނގެ އަކީ މުޅި ކައުނުގެ ކޮންޓްރޯލް އޮތް ހަމައެކަނި ފަރާތަށް ވެފައި، އެކަލާނގެ ކުޅަދުންވަންތަކަން އަބަދީ ރަސްކަލާނގެ) އެވެ. އެކަލާނގެ އަކީ القُدُّوس (އެއްވެސް އުނިކަމެއް ނެތް، ހުރިހާ ތަޢުރީފެއް ޙައްޤު ރަސްކަލާނގެ) އެވެ. އެކަލާނގެ އަކީ السّلام (ހުރިހާ ނުރައްކަލަކުން އެކަލާނގެ އަޅުތަކުން ރައްކާތެރިކޮށްދެއްވާ ރަސްކަލާނގެ) އެވެ. އެކަލާނގެ އަކީ المُؤمِن (ރައްކާތެރިކަމާއި، ޠާހިރުކަމާއި، އީމާންކަމުގެ އަލިކަން ދެއްވާ ރސްކަލާނގެ) އެވެ. އެކަލާނގެ އަކީ المُهيمِن (ބައްލަވާ ވޮޑިގެންވާ އަދި ހުރިހާ ތަކެތި ރައްކާތެރިކުރައްވާ ރަސްކަލާނގެ) އެވެ.
ޙާކިމުންނަށް رَسُوْلُ اللهِ ﷺ ފޮނުއްވި ސިޓީތަކުގެ ތެރެއިން ސިޓީއެއް
ސިޓީގެ ވާތްފަރާތުން ތިރީގައި، މަތިން ތިރިޔަށް ތިން ފޮޅުވަތަކަށް "محمّد، رَسُوْلُ اللهِ" ލިޔެވިފައި ވެއެވެ.
ކޮންމެ ދަޢުވަތު ސިޓީއެއްގެ ތިރީގައި ރިހި އަނގޮޓިއެއް ގައި ކަނޑާނަގާފައިވާ މި ސިއްކަ ޖެހުނެވެ.
رَسُوْلُ اللهِ ﷺ އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވަންދެން މި އަނގޮޓި ބޭނުންކުރެއްވީ އިސްލާމީ ދައުލަތުގެ ސިއްކައިގެ ގޮތުގައެވެ.
ދެން، ޚަލީފާއިންގެ ދުވަސްވަރު، އެ އަނގޮޓި أبوبكر (رضي الله عنه)، عُمرُ (رضي الله عنه)، އަދި عُثمان (رضي الله عنه) ގެ ސިއްކަ އަކަށް ވެސް ބޭނުންކުރެވުނެވެ. عثمان ގެފާނު ޚަލީފާކަމުގައި މި އަނގޮޓި ބޭނުންކުރެއްވީ ހަމައެކަނި ހަ މަސް ދުވަސް ވަންދެނެވެ. އެއް ދުވަހަކު، އަނގޮޓި ޚަލީފާގެ އިނގިލިން ކައްސާލައިގެން ޢަރީސް ވަޅަށް ވެއްޓުނީ އެވެ. އެތައް ބަޔަކު ހޯދާ ހޯދާ ވެސް އެ އަނގޮޓި ނުފެނުނެވެ.
عيسى (عليه السّلام) އަކީ، ދުނިޔަވީ ހުރިހާ ދިރިއުޅުމަކުން ދުރުވެފައިވި مريم ގެފާނުގެ ހަށިކޮޅަށް الله تعالى ލެއްވި އެކަލާނގެ ރޫޙާއި ބަސްފުޅު ކަމަށް ތިމަންކަލޭގެފާނު ހެކިވަމެވެ. އެހެންކަމުން، އެ ކަމަނާ ޢީސާގެފާނަށް އާލާސްވި އެވެ. الله تعالى آدمގެފާނު އެކަލާނގެ ޤުދުރަތްތެރިކަމުން ހެއްދެވި ގޮތަށް، ޢީސާގެފާނު ވެސް އެ ގޮތަށް ހެއްދެވި އެވެ.
އޭ ޙާކިމް އެވެ! ތިބާ އަށް ތިމަންކަލޭގެފާނު ދަޢުވަތު ދެއްވަނީ، ޝަރީކަކު ނުވާ الله تعالى އަށް އީމާންވުމަށާއި، އެކަލާނގެ އަށް އަޅުކަންކުރުމަށާއި، ތިމަންކަލޭގެފާނަށް ތަބަޢަވުމަށާއި، ތިމަންކަލޭގެފާނަށް الله تعالى ބާވައިލެއްވި ގޮތްތަކަށް އީމާންވުމަށެވެ. އެހެނީ، ތިމަންކަލޭގެފާނަކީ، މިކަން ތަބްލީޣުކުރުމުގެ ވާޖިބު ކޮނޑުގައި އެޅިފައިވާ الله تعالى ގެ ރަސޫލާއެވެ.
މިހާރު، ތިމަންކަލޭގެފާނު މިވަނީ، ކޮންމެހެން އަންގަންޖެހޭ އެނގުން ތިބާ އަށް ތަބްލީޣުކޮށްފައެވެ. އަދި މި ދުނިޔެއާއި، އާޚިރަތުގައި އުފާވެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ދޭ އިރުޝާދު ތިބާ އަށް ދީފައެވެ. ތިމަންކަލޭގެފާނުގެ އިރުޝާދު ޤަބޫލުކުރާށެވެ! ހިދާޔަތު ލިބި ތެދު މަގަށް ވާޞިލުވީ ވީ މީހުންނަށް ސަލާމް ހުއްޓެވެ".
ވަރަށް ބޮޑު އިޙްތިރާމަކާއި ތަވާޟުޢުވެރިކަމާ އެކު رَسُوْلُ اللهِ ﷺ ގެ ރިސާލަތު އަޑުއަހަން އިން ޙާކިމް އަޞްހަމާ ވަގުތުން ޝަހާދަތުގެ ދެ ކަލިމަ ކިޔައި، އިސްލާމްވެއްޖެ އެވެ. "أشهدُ أن لا إله إلّا الله و أشهد أنَّ مُحمَّدا عبده و رسُولُهُ". ދެން އޭނާ ބުންޏެވެ. "އެކަލޭގެފާނަކީ ފޮތުގެ އަހަލުވެރިން ކަމުގައިވާ ޔަހޫދީންނާއި، ކްރިސްޓިއަނުން، އެ ބޭކަލަކު ވަޑައިގަންނަވާނެ ކަމަށް އިންތިޒާރުކޮށްކޮށް ތިބި، އަދި އިސްވެދިޔަ ރަސޫލުން އެ ބޭކަލަކު ވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައިވާ ރަސޫލާ ކަމަށް އަހަރެން ހުވާކުރަމެވެ. އަހަންނަށް ދިއުމުގެ ފުރުޞަތު ލިބޭނެ ނަމަ، ޔަޤީނުން ވެސް އަހަރެން ގޮސް އެކަލޭގެފާނުގެ ޚާދިމަކަށް ވުމުގެ ޝަރަފު ލިބިގަތީހެވެ". އިޙްތިރާމާ އެކު އެ ސިޓީ ފޮށްޓަކަށް ލާފައި ބުންޏެވެ. "މި ސިޓީތައް މިތާނގައި ވާހާ ހިނދަކު، ޙަބަޝް ކަރައިން މަތިވެރިކަމާއި، ބަރަކާތްތެރިކަން ފިލައިގެނެއް ނުދާނެ އެވެ".3
ދެވަނަ ސިޓީ ގައި އެކަލޭގެފާނު ކުރައްވާފައިވާ އަމުރުފުޅުތައް ނަޖާޝީ އަޞްޙަމާ ކީ އިޙްތިރާމާ އެކުގައެވެ. އަދި ނަބަވީ އަމުރުގެ ދަށުން أُمُّ حبيبة (رضي الله عنها)، رَسُوْلُ اللهِ ﷺ އާ ކައިވެނިކުރުވި އެވެ. ދެން أُمُّ حبيبة އާއި، އެތާގައި ގާތްގަޑަކަށް ދެ މަސް ތިއްބެވި އަޞްޙާބުންނަށް މެހްމާންދާރީ އަދާކުރެއްވުމަށް ފަހު، އޭނާ އެބައި މީހުން އާގުބޯޓުތަކަށް އަރުވައި ގިނަގުނަ ހަދިޔާތަކާ އެކު މަދީނާއާ ދިމާއަށް ފޮނުވި އެވެ. ފޮނުވި ސިޓީ ގައި އޭނާ އިސްލާމްވީ ވާހަކަ ބަޔާންކޮށްފައި ވެއެވެ.
ރޯމަން އެމްޕަރަރ ހެރަކްލަޔަސް އަށް ފޮނުވުނު ސިޓީ
ރޯމަން އެމްޕަރަރ އަށް އިސްލާމް ދީނަށް ދަޢުވަތު ދިނުމަށް ޙަވާލުކުރެވުނީ دحيةކް ކަލްބީ (رضي الله عنه) އާ އެވެ. ރޯމަން އެމްޕަރަރ ހެރަކްލަޔަސް އަށް ސިޓީ ފިނުވުމަށް ޓަކައި، އޭނާ ސިޓީ ދެއްވަން ހަމަޖެހުނީ ބުސްރާގެ ޣައްސާން ޙާކިމް حارث އާ އެވެ.
دحيةގެފާނު، އަދަބު އިޙްތިރާމާ އެކު رَسُوْلُ اللهِ ﷺ ގެ ސިޓީ ނަންގަވައިގެން އަވަސްއަވަހަށް ބުސްރާ އަށް ވަޑައިގެންފި އެވެ. އޭނާ حارث އާ ބައްދަލުކުރައްވައި ހަދަންވީ ގޮތް ކިޔައިދެއްވައިފި އެވެ. حارث، އޭރު އަދި އިސްލާމް ނުވާ عدي بن خاتم އާ دحية ގެފާނާ ރަޙްމަތްތެރިކުރުވައި އެ ވަގުތު ޤުދުސް ގައި ހުރި ހެރަކްލަޔަސް ގެ ގާތަށް އެ ދެ މީހުން ފޮނުވި އެވެ. އެ ދެ މީހުން ޤުދުސް އަށް އެކީގައި އައިސް، އެމްޕަރަރަ އާ ބައްދަލުކުރުމަށް މަސައްކަތްކުރިއެވެ. އެމްޕަރަރގެ މީހުން دحيةގެފާނަށް ދެންނެވި އެވެ. "ތިބާ އެމްޕަޔަރ ގެ ދަރުބާރަށް އަންނަ އިރު، ތިބާ ހިނގާނީ ބޯ ތިރިކޮށްގެން ހުރެގެންނެވެ. އަދި ތިބާ އޭނާގެ ކައިރިއަށް އަންނަ އިރު، އޭނާ އަށް ސަޖިދަ ޖަހަން ވާނެ އެވެ".
މި ބަސްތަކުގެ ސަބަބުން دحية ގެފާނު ހިތްހަމަނުޖެހި އެ މީހުންނާ މުޚާޠަބުކުރައްވާ ވިދާޅުވި އެވެ. "އަހަރެމެން މުސްލިމުން މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ސަޖިދައެއް ނުޖަހަމު އެވެ. އަދި ހަމަ އެއާއެކު، އެހެން އިންސާނަކަށް ސަޖިދަޖެހުމަކީ، އިންސާނީ ޠަބީޢަތާ ޚިލާފު ކަމެކެވެ". އެއާއެކު، އެމްޕަރަރގެ މީހުން ބުނޫއެވެ. "އެހެންކަމަށް ވާ ނަމަ، ތިބާ ގެނައި ސިޓީ އެމްޕަރަރ ޤަބޫލުނުކޮށް، ތިބާ ފޮނުވާލާނެ އެވެ". دحيةގެފާނު ޖަވާބު ދެއްވި އެވެ. "ސަޖިދަޖެހުން ކީއްކުރަން، އެއްވެސް މީހަކު އެކަލޭގެފާނަށް ކުޑަކޮށް ގުދުވެލަން ވެސް އަހަރެމެންގެ رَسُوْلُ اللهِ محمّد ﷺ ހުއްދަ ނުދެއްވައެވެ. އެއްވެސް މީހަކު އެކަލޭގެފާނާ ވާހަކަދައްކަން ބޭނުންވާ ނަމަ، އެއީ އަޅަކަށް ވިޔަސް، އެކަލޭގެފާނު އެ މީހަކަށް ސަމާލުކަން ދެއްވައެވެ. އެ މީހަކު އެކަލޭގެފާނުގެ އަރިހުގައި ޤަބޫލުފުޅުކުރައްވައި، އޭނާ ދައްކާ ވާހަކަ އަޑުއައްސަވައި، އޭނާގެ އުނދަގޫތަކުން ސަލާމަތްކޮށްދެއްވައި، އޭނާ ހިތްހަމަޖައްސަވާދެއްވައެވެ. މި ސަބަބަށް ޓަކައި، އެކަލޭގެފާނަށް ތަބަޢަވާ އެންމެންނަކީ މިނިވަން އަދި ޝަރަފުވެރި ބައެކެވެ".
މި ވާހަކަތައް އަޑުއަހަން ހުރި އެކަކު ބުންޏެވެ. "ތިބާ އެމްޕަރަރ ގެ ކުރިފުޅު މަތީގައި ސަޖިދަނުޖަހާނެތީ، އަހަރެން ތިބާ އަށް އެހެން ގޮތެއް ދައްކާނަމެވެ. އޭރުން، ތިބާގެ ޓާސްކް ފުރިހަމަކުރެވޭނެއެވެ. ގަނޑުވަރު ކުރިމަތީ ގައި އެމްޕަރަރ އަރާމުކުރައްވަން މަޑުކުރައްވާ ތަނެއް ވެއެވެ. ކޮންމެ ހަވީރަކު، އެ ބޭފުޅާ މި ކޯޓްޔާޑަށް ނުކުންނަވައި، ހިންގަވާ ހައްދަވައެވެ. އެތާނގައި، ވެއެވެ. އެއްވެސް އެއްޗެއް އޭގައި ލިޔެވިފައި ވާ ނަމަ، އެކަލޭގެފާނު އެއެއްޗެއް ނަންގަވާ، ކިޔުއްވާ ހައްދަވައެވެ. ދެން އަރާމުކޮށްލައްވަނީ އެވެ. މިހާރު، ގޮސް އެ ވަޅުގަނޑަށް ތި ސިޓީ ލުމަށް ފަހު، ބޭރުގައި އިންތިޒާރުގައި މަޑުކޮށްލާށެވެ. އޭނާ އަށް އެ ސިޓީ ފެނުމާ އެކު، އޭނާ ތިބާ އަށް ޓަކައި ފޮނުވާނެ އެވެ. ދެން، ތިބާގެ ޑިއުޓީ ފުރިހަމަވާނެ އެވެ".
މިއާއެކު، دحية ގެފާނު، ބުނެވުނު ތާނގައި ސިޓީ ބާއްވަވައިފި އެވެ. ހެރަކްލަޔަސް އެ ސިޓީ ނެގުމަށް ފަހު ޢަރަބި ދަންނަ ތަރުޖަމާނަކަށް ގެނައުމަށް އަމުރުކޮށްފި އެވެ. ތަރުޖަމާނު، رَسُوْلُ اللهِ ﷺ ގެ ސިޓީ ކިޔަން ފަށްޓައިފި އެވެ. ސިޓީގެ މަތީގައި ލިޔެވިފައިވަނީ އަންނަނިވި ގޮތަށެވެ. "بسم الله الرّحمن الرّحيم! الله تعالى ގެ ރަސޫލާ محمّد (عليه السّلام) ގެ ފަރާތްޕުޅުން ރޯމަން ޙާކިމް ހެރަކްލަޔަސް އަށް!". ސިޓީ ގެ ފެށުން ލިޔެފައި އޮތްގޮތުން ހެރަކްލަޔަސްގެ ބޭބެގެ ފިރިހެންދަރި ޔެންނަކް ވަރަށް ރުޅިގަދަ ވެއްޖެ އެވެ. އަދި ތަރުޖަމާނުގެ މޭގައި ބާރަށް ޖަހައިފި އެވެ. އެ ޖެހި ބާރުކަމުން ތަރުޖަމާނު ބިންމައްޗަށް ވެއްޓި، އެ ބަރަކާތްތެރި ސިޓީ އޭނާގެ އަތުން ވެއްޓިއްޖެ އެވެ. ހެރަކްލަޔަސް ޔެންނަކް ކައިރީގައި "ކަލޭ އެހެން ހެދީ ކީއްވެގެން" ހޭ އެހުމުން އޭނާ ޖަވާބުދިނެވެ. "ތިބާ އަށް ސިޓީ ނުފެނޭ ހެއްޔެވެ؟ އެކަލޭގެފާނު ސިޓީ ފެއްޓީ އިބަ އެމްޕަރަރގެ ނަމުގެ ކުރިޔަށް އެކަލޭގެފާނުގެ ނަން ހިމަނައިގެން އެކަލޭގެފާނުގެ ނަން ގެނައި އިރު، އެމްޕަރަރއަކީ ޙާކިމް ކަމަކަށް ވެސް ނެތެވެ. އެކަމަކު ހެރަކްލަޔަސް އަށް ނިސްބަތްކޮށް ބުނެފައިވަނީ، ރޯމަނުންގެ ވެރިޔާ ކަމަށެވެ. 'ރޯމަނުންގެ ޙާކިމްއޭ' ބުނެފައި ދެން ކަލޭގެފާނުގެ ނަމުން ފުރަތަމަ ފަށްޓަވަންވީ ނޫންތޯ އެވެ. ސިޓީ މިއަދު ނުކިޔާނެ އެވެ".
އެއާއެކު، ހެރަކްލަޔަސް ބުނެފި އެވެ. "އަހަރެން ހުވާކޮށްފައި ބުނަމެވެ. ކަލޭ އެހެންޏާ ގަމާރެވެ. ނުވަތަ އެއްކޮށް މޮޔައެވެ. ކަލެއަކީ އެފަދަ މީހެއް ކަމަކަށް އަހަންނަކަށް ނޭނގެއެވެ. ކަލޭ ބޭނުންވަނީ، އަހަންނަށް އެ ސިޓީގައިވާ އެއްޗެއް ކިޔުމުގެ ކުރިން އެ ސިޓީ ވީދާލަން ހެއްޔެވެ؟ އަހަރެން، އަހަރެންގެ ފުރާނަ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނަކީ، އެ ވިދާޅުވާ ގޮތަށް ﷲ ގެ ރަސޫލެއް ކަމަށް ވާ ނަމަ، އެ ފޮނުއްވި ސިޓީ ގައި އަހަރެންގެ ނަމުގެ ކުރިޔަށް އެކަލޭގެފާނުގެ ނަން ލިޔުމުގެ ޙައްޤު ވަނީ ލިބިގެންނެވެ. އަދި އަހަންނަކީ ރޯމަނުންގެ ވެރިޔާ ކަމަށް އޮތް އޮތުމަކީ، އަހަންނަކީ ހަމައެކަނި އެ މީހުންގެ ވެރިޔާ އެވެ. އެމީހުންގެ ޙާކިމްއެއް ނޫނެވެ.
"ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނަކީ، موسى އަދި عيسى (عليهما السّلام) އެ ބޭފުޅަކާ ބެހޭ އުފާވެރިކަމުގެ ޚަބަރު ދެއްވި ރަސޫލާ އެވެ. އަޅުގަނޑުމެން މި ތިބީ އެކަލޭގެފާނު ވަޑައިގަންނަވާނެ ކަމަށް އިންތިޒާރުކޮށްގެންނެވެ".
ޤުދުސްގެ ޢުސްކުފު
ދެން އޭނާ ގޮވާލެއްވީ عُسكُف ނަމަކަށް ކިޔާ މީހަކަށެވެ. އޭނާ އަކީ ކްރިސްޓިއަނުންގެ ތެރޭގައި ހުރި އެންމެ ތަންދޮރު ދަންނަ މީހާއެވެ. އޭނާ އަކީ ހެރަކްލަޔަސް ގެ މުޝީރު ވެސް މެއެވެ. ސިޓީ ކީ އޭނާ އަމިއްލައަށެވެ. ސިޓީގެ ދެން އޮތް ބައިގައި ލިޔެވިފައިވަނީ ތިރީގައި އެ ގޮތަށެވެ. "ﷲ ތަޢާލާގެ އިރުޝާދު ޤަބޫލުކޮށްގެން ތެދު މަގު ޙާޞިލުކޮށްގެން ތިބި މީހުންނަށް އަމާންކަން ހުއްޓެވެ"! ދެން "(އޭ ރޯމަނުންގެ ވެރިޔާއެވެ!) ތިމަންކަލޭގެފާނު ތިބާ އަށް އިސްލާމް ދީނަށް ދަޢުވަތު ދެމެވެ. އިސްލާމް ދީން ޤަބޫލުކުރާށެވެ. އޭރުން ދިންނެވުން ލިބޭނެތެވެ. މުސްލިމަކަށް ވާށެވެ. އޭރުން الله تعالى ތިބާ އަށް ދެ ގުނަ އަށް ދަރުމަ ދެއްވާނެތެވެ. އެކަމުން ތިބާ ދުރުވެއްޖެ ނަމަ، ހުރިހާ ކްރިސްޓިއަނުންގެ ފާފަތައް ތިބާގެ ބޮލަށް އެޅޭނެ އެވެ. ކީރިތި قرآن ގެ سورة آل عمران ގެ 64 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވެއެވެ.(قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ اللَّهِ ۚ فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ ﴿٦٤﴾) * آل عمران: -64)4 މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! އަހުރެމެންގެ މެދުގައްޔާއި، ތިޔަބައި މީހުންގެ މެދުގައި، ހަމަހަމަވެ، އެއްގޮތްވެގެންވާ كلمة އަކަށް އަންނާށެވެ! (އެއީ) ﷲ އަށް މެނުވީ، އަހުރެމެން އަޅުކަން ނުކުޅަމުއެވެ. އަދި، އެކަލާނގެޔާ އެއްވެސް އެއްޗެއް އަހުރެމެން شريك ނުކުޅަމުއެވެ. އަދި، އަހަރުމެންގެ އެއްބަޔަކު އަނެއް ބަޔަކީ، ﷲ ފިޔަވައި ކަލާނގެތަކެއް ކަމުގައި ނުހެދުމެވެ. ފަހެ، އުއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފި ނަމަ، (އެއުރެންނަށް) ތިޔަބައި ބުނާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ مسلم ން ކަމުގައި ތިޔަބައި މީހުން ހެކިވާށެވެ"!
رَسُوْلُ اللهِ ﷺ ގެ ސިޓީ ކިޔެމުން ދިޔަ އިރު، ހެރަކްލަޔަސް ގެ ނިތްކުރިން ދާ އޮހޮރެމުން ދިޔަ އެވެ. ސިޓީ ކިޔައި ނިމުމުން، އޭނާ ބުންޏެވެ. "މީގެ ކުރިން އަހަންނަށް 'بسم الله الرّحمن الرّحيم' އިން ފެށޭ ސިޓީއެއް سليمان (عليه السّلام) ގެ ފަހުން ފެނިފައެއް ނުވެއެވެ.". މި ކަމާ ބެހޭގޮތުން ޢުސްކުފުގެ ރައުޔަކީ ކޮބައި ތޯ ހެރަކްލަޔަސް އެހުމުން، އޭނާ ޖަވާބު ދިނެވެ. "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނަކީ، موسى އަދި عيسى (عليهما السّلام) އެ ބޭފުޅަކާ ބެހޭ އުފާވެރިކަމުގެ ޚަބަރު ދެއްވި ރަސޫލާ އެވެ. އަޅުގަނޑުމެން މި ތިބީ އެކަލޭގެފާނު ވަޑައިގަންނަވާނެ ކަމަށް އިންތިޒާރުކޮށްގެންނެވެ".
ހެރަކްލަޔަސް ސުވާލުކުރި އެވެ. "މި މައްސަލަ އާ ގުޅިގެން އަހަރެން ޢަމަލުކުރަން ތިބާ އިރުޝާދުދެނީ ކޮން ގޮތަކަށް ހެއްޔެވެ؟ ކަން ކުރަން އެންމެ އެކަށީގެންވާ ގޮތް ކަމަށް ތިބާ ދެކެނީ ކޮން ގޮތަކަށް ހެއްޔެވެ"؟ ޢުސްކުފު ޖަވާބު ދިނެވެ. "އަޅުގަނޑު ދެކޭގޮތުގައި، މަނިކުފާނު އެކަލޭގެފާނަށް ތަބަޢަވުމަކީ މުނާސަބު ގޮތެވެ". ހެރަކްލަޔަސް ބުންޏެވެ. "ތިބާ ތި ކިޔާ އެއްޗެއް އަހަންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެން ނަމަވެސް، އެކަލޭގެފާނަށް ތަބަޢަވެ އިސްލާމް ދީން ޤަބޫލުކުރުމުގެ ބާރު އަހަންނަށް ލިބިގެނެއް ނުވެއެވެ. އެހެނީ، އޭރުން ހަމައެކަނި އަހަރެންގެ ވެރިކަން ނިމޭނީކީއެއް ނޫނެވެ. އެކަމަކު އެބައި މީހުން އަހަރެން މަރާ ވެސް ލާނެ އެވެ". އެއާއެކު، އޭނާ دحيةގެފާނާއި، عدي بن خاتم އަށް ގޮވާލާފައި ގެނައެވެ. ޢަދްޔު ބުންޏެވެ. "އޭ ޙާކިމެވެ! އަހަންނާ ޖެހިގެން މިހިރަ، ގެރިތަކާއި ޖަމަލުތަކުގެ ވެރިޔާ އެ ވާހަކަދައްކަނީ މި ޤައުމުގައި ހިނގާދިޔަ ޙައިރާންކުރުވަނިވި ކަންތަކެއްގެ ވާހަކަ އެވެ". "ކަލޭމެންގެ ޤައުމުގައި ހިނގީ ކޮން ކަމެއްހޭ" މިހެން ހެރަކްލަޔަސް އެހުމުން، دحيةގެފާނު ވިދާޅުވި އެވެ. "އަހަރެމެންގެ ތެރޭގައި މީހަކު ފާޅުވީ އެވެ. އެކަލޭގެފާނު އިޢުލާންކުރައްވާފައިވަނީ އެއީ، ރަސޫލެއް ކަމަށެވެ. ބައެއް މީހުން އެކަލޭގެފާނަށް ތަބަޢަވެއެވެ؛ އަނެއް ބަޔަކު އެކަލޭގެފާނުގެ ރިސާލަތާ ދެކޮޅެވެ. އަހަރެމެން އީމާންވީ މީހުންނާ އީމާންނުވާ މީހުންނާ މެދުގައި ހަނގުރާމަތައް ހިނގާފައި އެބަ ހުއްޓެވެ".
އޭގެ ފަހުން ހެރަކްލަޔަސް ގެންދިޔައީ، رَسُوْلُ اللهِ ﷺ އާ ބެހޭ މަޢުލޫމާތު ހޯދަން ފަށައިފި އެވެ. އޭނާ ދިމިޝްޤުގެ ގަވަރުނަރަށް އެންގީ، އާ އެއް ދަރިކޮޅެއްގެ މީހަކު ހޯދުމަށެވެ. ހަމަ އެ ވަގުތު، ރޯމް ގައި ހުންނަ ޢިބްރީ ބަސް ދަންނަ އެކުވެރިއެއް ކަމުގައިވާ ދީނީ ޢިލްމުވެރިޔަކަށް ސިޓީއެއް ފޮނުވައި މި ކަމާ ބެހޭގޮތުން ސުވާލުކުރި އެވެ. ރޯމުގައި ހުންނަ އޭނާގެ އެކުވެރިޔާގެ ފަރާތުން ލިބުނު ސިޓީ ގައި ބުނެފައިވަނީ، އޭނާ އެ ބޭކަލަކާ ބެހޭގޮތުން ސުވާލުކުރެއްވި ބޭކަލަކީ ފަހު ޒަމާނުގެ ރަސޫލާ ކަމަށެވެ. ދިމިޝްޤަށް ވިޔަފާރި އަށް ދިޔަ ޤުރައިޝުންގެ ޤާފިލާއަކާ ގަވަރުނަރާ ދިމާވެއްޖެ އެވެ.
أبو سُفيان ރިވާކުރައްވާފައި ވެއެވެ.: އަހަރެމެން ޣައްޒާގައި ތިއްބާ، ދިމިޝްޤުގެ ގަވަރުނަރ ހެރަކްލަޔަސް އަހަރެމެންނަށް ޙަމަލަދޭ އުޅޭ ގޮތަކަށް އަތުވެއްޖެ އެވެ. އޭނާ އެއްސެވެ. "ކަލޭމެންނަކީ، ޙިޖާޒުގެ އެ ބޭކަލެއްގެ މީހުންގެ ތެރެއިން ވާ މީހެއް ހެއްޔެވެ"؟ އަހަރެމެން ޖަވާބު ދިނީމެވެ. "އާނއެކެވެ". އޭނާ ބުންޏެވެ. "އަންނާށެވެ. ކަލޭމެން އެމްޕެރަރ އާ ހަމަޔަށް ދާނީ އަހަރެމެންނާ އެކުގައެވެ". އޭނާ އަބޫ ސުފްޔާނާއި އޭނާއާ އެކުގައި ތިބި މީހުން ހެރަކްލަޔަސް ގެ ކުރިން ދިމިޝްޤަށް ގެންދިޔަ އެވެ. އެ ވަގުތު ހެރަކްލަޔަސް ވީ ޤުދުސް ގައިވާ بيت المقدسގައެވެ. އޭނާ ހުރީ އޭނާގެ މިނިސްޓަރާ އެކު ތާޖު އަޅައިގެންނެވެ. ހެރަކްލަޔަސް އަބޫ ސުފްޔާނާއި،އޭނާއާ އެކު އައި މައްކާގެ އިތުރު ތިރީސް މީހަކާ ބައްދަލުކުރި އެވެ.
ތަރުޖަމާނަކަށް އެދިފައި އެ މީހުންނާ ސުވާލުކުރި އެވެ. "ރަސޫލާ ކަމަށް ދަޢުވާކުރައްވާ ބޭފުޅާއާ ޢާއިލީގޮތުން އެންމެ ގާތީ ކާކު ހެއްޔެވެ"؟ ހެރަކްލަޔަސް ބޭނުންވީ، أبو سُفيان އޭނާ އާ ގާތަށް ގެނައުމަށެވެ. އަދި ދެން ތިބި މީހުން أبو سُفيان ގެ ފަހަތުގައި ތިބުމަށް އެންގި އެވެ. "ކަލޭ އެކަލޭގެފާނާ ހުރި ޢާއިލީ ތިމާގެ ކަމަކީ ކޮބައި ހެއްޔެވެ"؟ أبو سُفيان ޖަވާބު ދިނެވެ. "އެކަލޭގެފާނަކީ އަހަރެންގެ ބަފައިފުށުގެ ބޮޑުބޭބޭގެ ދަރިކަލުންނެވެ". (أبو سُفيان ގެ ކާފައަކީ އުމައްޔާ އެވެ، ގެ ކާފާފުޅަކީ، ޢަބްދުލް މުއްޠަލިބެވެ. އެ ދެ ބޭކަލުންގެ ކާފައިންނަކީ، ބަފައިފުށުގެ ދެބޭންގެ ދެދަރިންނެވެ. އޭނާ ބުންޏެވެ. އެ ގޮތުން ބަލާ އިރު، "އެކަލޭގެފާނަކީ، އަހަރެންގެ ބަފައިފުށުގެ ބޮޑުބޭބޭގެ ދަރިކަލުންނެވެ". އެ ދެބޭކަލުންގެ ޢާއިލާ ގުޅެނީ އެ ދެ ބޭކަލުންގެ ކާފަގެ ކާފަ ޢަބްދުލް މަނާފާ ހިސާބުންނެވެ.) أبو سُفيان ފުރަތަމަ ދޮގުހެދިޔަސް، އޭނާ ހުރީ ޙާކިމްގެ އިންޒާރަށް ބިރުންނެވެ. އެހެންކަމުން ދޮގުހަދާކަށް ނުކެރުނެވެ.
ދެން، އެ ދެ މީހުންގެ ދެމެދުގައި ތިރީގައިވާ ގޮތަށް ވާހަކަދެކެވުނެވެ. ހެރަކްލަޔަސް:
އެކަލޭގެފާނަކީ ރަސޫލެއް ކަމަށް ވިދާޅުވާ ކަލޭގެފާނުގެ ޢާއިލާ އަކީ ކޮބައި ހެއްޔެވެ؟
އެކަލޭގެފާނަކީ އަހަރެމެންގެ މި ޒަމާނުގެ އެންމެ އަބުރުވެރި ބޭފުޅާ އެވެ. ޢައިލީގޮތުން ބަލާއިރު، އެކަލޭގެފާނަކީ އަހަރެމެންގެ ތެރޭގައި ހުންނެވި އެންމެ ފާހަގަކުރެވޭ ބޭފުޅާ އެވެ.
އެކަލޭގެފާނުގެ ކުރިން ތިޔަބައި މީހުންގެ ތެރޭގައި ރަސޫލެއް ކަމަށް ދަޢުވާކުރެއްވި އެހެން މީހަކު ހުރި ހެއްޔެވެ؟
ނޫން. އެހެން މީހަކު ދަޢުވާކޮށްފައެއް ނުވެއެވެ.
އެކަލޭގެފާނުގެ ކާބަފައިންގެ ތެރޭގައި އެއްވެސް ޙާކިމަކު ހުރި ހެއްޔެވެ؟
ނޫން.
އެކަލޭގެފާނަށް ތަބަޢަވަނީ މީސްތަކުންގެ ތެރެއިން ކަމުވޮށިގެންވާ ޢިއްޒަތްތެރިން ނުވަތަ ފަޤީރު ބަލިކަށި މީހުން ހެއްޔެވެ؟
އެކަލޭގެފާނަށް ތަބަޢަވާ މީހުންނަކީ ފަޤީރު ބަލިކަށި މީހުންނާއި، ޒުވާނުންނާއި، އަންހެނުންނެވެ. އެކަލޭގެފާނުގެ ޤައުމުގެ ދުވަސްވީ މީހުންނާއި، ޢިއްޒަތްތެރިންގެ ގިނަ ބަޔަކު އެކަލޭގެފާނަށް ތަބަޢައެއް ނުވެއެވެ.
އެކަލޭގެފާނަށް ތަބަޢަވާ މީހުންގެ ޢަދަދު ދަނީ މައްޗަށް ހެއްޔެވެ، ނުވަތަ ދަށަށް ހެއްޔެވެ؟
ތަބަޢަވާ މީހުންގެ ޢަދަދު ދަނީ މައްޗަށެވެ.
އެކަލޭގެފާނުގެ ދީނަށް ވަނުމަށް ފަހު، ޤަބޫލުނުކޮށް ނުވަތަ ރުޅިވެރިކަމާ އެކު ދީނުން ބޭރުވި އެކަކު ވެސް އެބަހުރި ހެއްޔެވެ؟
އެކަހަލަ އެއްވެސް މީހަކު ނެތެވެ.
އެކަލޭގެފާނަކީ ރަސޫލެކޭ ވިދާޅުވުމުގެ ކުރިން އެކަލޭގެފާނު އެއްވެސް ވަރަކަށް ދޮގުހެދި ހެއްޔެވެ؟
ނޫނެކެވެ.
އެ ރަސޫލާ އެއްގޮތަކަށް ވެސް ބަހާއި ޢަމަލާ ދިމާނުވެ ނުވަތަ ވަޢުދު ނުފުއްދަވާފަ އެބަހުރި ހެއްޔެވެ؟
ނޫނެކެވެ. އެފަދައިން ޢަމަލުތައް ބަހައްޓަވާފައެއް ނެތެވެ. ދުވަސްތަކަކަށް ހަނގުރާމަކުރުން ހުއްޓާލުމަށް އަހަރެމެން އެކަލޭގެފާނާ އެކު މިހާރު މިވަނީ މުޢާހަދާއެއް ކޮށްފައެވެ. މި ދުވަސްވަރު އެކަލޭގެފާނު ކުރައްވާނީ ކީއްކަމެއް އަހަރެމެންނަކަށް ނޭނގެ އެވެ.
ކަލޭމެންގެ މައްޗަށް އެކަލޭގެފާނު އަމުރުކުރައްވަނީ ކޮން ކަމެއް ކުރަން ހެއްޔެވެ؟
އެކަލޭގެފާނު އަހަރެމެންގެ މައްޗަށް އަމުރުކުރައްވަނީ، ހަމައެކަނި އިލާހު ކަމުގައިވާ ﷲ އަށް އަޅުކަން ކުރުމަށާއި، އެކަލާނގެ އަށް އެއްވެސް ފަރާތެއް ޝަރީކުނުކުރުމަށެވެ. އަހަރެމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު އެއްޗިއްސަށް (ބުދުތަކަށް) އަޅުކަން ކުރުން އެކަލޭގެފާނު އަހަރެމެންގެ މައްޗަށް ހަރާމްކުރެއްވި އެވެ. އެކަލޭގެފާނު އަހަރެމެންގެ މައްޗަށް އަމުރުކުރައްވަނީ ނަމާދުކުރުމަށާއި، ތެދުވެރިވުމަށާއި، ފަޤީރުންނަށް އެހީތެރިވުމަށާއި، ނަހކުރައްވާފައިވާ ކަންތައްތައް ނުކުރުމަށާއި، ވަޢުދު ފުއްދުމަށާއި، މީހުންގެ މުދާ ޖަހައިނުގަތުމަށާއި، އަހަރެމެންގެ ތިމާގެ މީހުންނަށް ޒިޔާރަތްކުރުމަށެވެ.
މި ވާހަކަދެއްކުން ކުރިޔަށް ދިޔައީ، އަދި رَسُوْلُ اللهِ ﷺ ގެ ސިޓީފުޅު ކިޔުނީ ވެސް بيت المقدسގައެވެ. ހެރަކްލަޔަސް ސިޓީ ގައި ބޮސްދީ އޭނާގެ ލޮލާއި ބޯ މަތީގައި ބޭއްވުމުން، ރޯމަނުންގެ މެދުގައި ރުއިމުގެ އަޑު އިތުރުވެއްޖެ އެވެ. އަބޫ ސުފްޔާނާއި އެހެން ޤުރައިޝް މީހުންނާއެކު أبو سُفيانގެ އޯޑަރކުރި ސީޒަރ ނިމިގެން ގޮވަނީ އެވެ. އޭރު އަދި މުސްލިމަކަށް ނުވާ أبو سُفيان ހުވާކޮށްގެން ހުރީ، އޭނާ ޤަބޫލުކުރާ ގޮތުގައި، رَسُوْلُ اللهِ ﷺ ކުރައްވަން އުޅުއްވާ ކަންތައް ކާމިޔާބުވާނެތީ އެވެ.
ހެރަކްލަޔަސް ގެ دحيةގެފާނު ހުއްޓިވަޑައިގެން، އެކަލޭގެފާނުގެ ރިވެތި މޫނާއި ރިވެތި އަޑުން ވިދާޅުވި އެވެ. އޭ ސީޒަރ އެވެ! އަޅުގަނޑު މިތަނަށް ފޮނުއްވީ ބުސްރާގެ މީހަކު ކަމުގައިވާ حارث އެވެ. އޭނާ އަކީ މަނިކުފާނަށް ވުރެ ޢިއްޒަތްތެރި ބޭފުޅެކެވެ. ﷲ تعالى ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަރެން އޭނާގެ ގާތަށް ފޮނުއްވި ބޭކަލަކީ އޭނާ އާއި މަނިކުފާނަށް ވުރެ މަތިވެރި ބޭކަލެކެވެ. މަނިކުފާނު އަޅުގަނޑުގެ ބަސް އަހަންވާނީ ޚުޝޫޢަތްތެރިކަމާ އެކު ކަމަށްވެ، ދެވޭ އިރުޝާދު ޤަބޫލުކުރަންވާނެ އެވެ. އެހެނީ ޚުޝޫޢަތްތެރިވެ ހިތްތިރިކޮށްފި ކަމަށް ވާ ނަމަ، ދެވޭ އިރުޝާދު ފަހުމްވާނެ އެވެ. އިރުޝާދު ޤަބޫލުކުރާ ނަމަ، ތިބާ އަށް ވަކިކޮޅަކަށް ނުޖެހި ނުހުރެވޭނެ އެވެ".
"އެކަލޭގެފާނަކީ، މޫސާގެފާނާއި، ޢީސާގެފާނު، އެ ބޭކަލަކު ވަޑައިގަންނަވާނެ ކަމަށް ޚަބަރު ދެއްވާފައިވާ ފަހު ޒަމާނުގެ ރަސޫލާ ކަމާ މެދު އެއްވެސް ޝައްކެތް ނެތެވެ. ".
ފާދިރީ ސަފާތީރު
"ވާހަކަ ކުރިޔަށް ގެންދޭ" މިހެން ހެރަކްލަޔަސް ބުނުމުން دحيةގެފާނު ވިދާޅުވި އެވެ. "އެހެންކަމުން، އަހަރެން މަނިކުފާނަށް މި ދަޢުވަތުދެނީ، عيسى (عليه السّلام) އެ ފަރާތަކަށް ނަމާދުކުރެއްވި الله تعالى އަށް އީމާންވުމަށެވެ. އަހަރެން މަނިކުފާނަށް މި ދަޢުވަތުދެނީ، އެ ބޭކަލެއްގެ ވަޑައިގަތުން موسى (عليه السّلام) އަދި އޭގެ ފަހުން عيسى (عليه السّلام) އިޢުލާންކުރައްވާފައިވާ އުއްމިއްޔަ ރަސޫލާ އަށް އީމާންވުމަށެވެ. މަނިކުފާނަށް މި މައުޟޫޢާ ބެހޭގޮތުން އެއްޗެއް އެނގި، މި ދުނިޔެއާއި އާޚިރަތުގައި ދިންނެވުން އެދޭ ނަމަ ތިބާގެ ލޮލުގެ ކުރިމައްޗަށް އެކަން ގެނެސްދޭށެވެ. އެހެން ނޫން ނަމަ، އާޚިރަތުގެ ދިންނެވުން ނުލިބި، ކުފުރާއި، ޝިކުރުކުގެ މަތީގައި ދެމިހުންނާނެ އެވެ. ތިބާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ކަމުގައިވާ الله تعالى، ނުލަފާ މީހުން ހަލާކުކުރައްވައި، ނިޢުމަތްތައް ބަދަލުކުރައްވައެވެ".
ހެރަކްލަޔަސް ބުންޏެވެ. "ފޮތްތަކުގައި ލިޔެފައިވާ އެއްވެސް ލިޔުމެއް އަހަރެން ނުކިޔާ ދޫކޮށެއް ނުލަމެވެ. އަދި އަހަރެން ކައިރި އަށް ޢިލްމުވެރިޔަކު އަންނަ އިރު، އަހަންނަށް ނޭނގޭ އެއްޗެއްގެ ސުވާލު ނުކޮށް ދޫކޮށެއް ނުލަމެވެ. އެ ގޮތަށް ހެދުމުން، އަހަރެން ޙާޞިލުކުރަނީ ހަމައެކަނި ރަނގަޅުކަމާއި، ފައިދާ އެވެ. މި ކަމާ ބެހޭގޮތުން ވިސްނައި، ޙަޤީޤަތް ހޯދުމަށް އަހަންނަށް ވަގުތުކޮޅެއް ދޭށެވެ". އޭގެ ފަހުން، އޭނާ دحيةގެފާނަށް ގޮވައި، އޭނާ އާ ވަކިން ބައްދަލުކޮށް ވާހަކަދެއްކި އެވެ. އޭނާގެ ހިތަށް އެރި ގޮތް ތިރީގައިވާ ގޮތަށް ކިޔައިދިނެވެ. "ތިބާ ފޮނުއްވި ބޭކަލަކީ، އެކަލޭގެފާނު ވަޑައިގަންނަވާނެ ކަމަށް ފޮތްތަކުގައި ލިޔެވިފައިވާ އަދި އެބޭކަލަކަށް އިންތިޒާރުކުރެވެމުން އައި ފަހު ޒަމާނުގެ ރަސޫލާ ކަން އަހަންނަށް އެނގެއެވެ. އެހެން ނަމަވެސް، އަހަރެން ބިރުގަންނަނީ، އަހަރެން އެކަލޭގެފާނަށް ތަބަޢަވެއްޖެ ނަމަ، ރޯމަނުން އަހަރެން މަރާލާނެ ކަމަށެވެ. އަހަރެން ތިބާ، އެ މީހުންގެ އެންމެ މޮޅު ދީނީ ޢިލްމުވެރިޔާ ކަމުގައިވާ، އަދި އަހަންނަށް ވުރެ އެ މީހުން އިޙްތިރާމްކުރާ މީހެއް ކަމުގައިވާ ސަފާތީރާ ހަމަޔަށް ފޮނުވާނަމެވެ. އެންމެހާ ކްރިސްޓިއަނުން ވެސް އޭނާ އަށް ތަބަޢަވެއެވެ. އޭނާ ކަމެއް ޤަބޫލުކުރާ ނަމަ، ރޯމަނުން އެކަމެއް ޤަބޫލުކުރާނެތެވެ. ދެން، އަހަރެންގެ ހިތުގައިވާ އެއްޗަކާއި، އަހަރެންގެ ޢަޤީދާ އަހަރެން ހާމަކުރާނަމެވެ".
ދެން ހެރަކްލަޔަސް، ސިޓީއެއް ލިޔެ، އެ ސިޓީ دحيةގެ ފާނާ ޙަވާލުކޮށް ސަފާތީރަށް ފޮނުވި އެވެ.
ފާދިރީ ސަފާތީރު
رَسُوْلُ اللهِ ﷺ ސަފާތީރަށް ވެސް ސިޓީއެއް ފޮނުއްވި އެވެ. ސަފާތީރު ސިޓީތައް ކިޔުމަށް ފަހު އަދި رَسُوْلُ اللهِ ﷺ ގެ ސިފަފުޅުތަކުގެ ވާހަކަ އަޑުއެހުމަށް ފަހު، އޭނާ ބުނީ، އެކަލޭގެފާނަކީ، موسى (عليه السّلام) އާއި عيسى (عليه السّلام) އެބޭކަލެއްގެ ވަޑައިގަތުމުގެ ޚަބަރު ދެއްވާފައިވާ ފަހު ޒަމާނުގެ ރަސޫލާ ކަމާ މެދު އެއްވެސް ޝައްކެތް ނެތް ކަމަށެވެ. އެހެން ބުނެ އޭނާ އިސްލާމް ވެއްޖެ އެވެ. އޭނާ ގެއަށް ގޮސް، ގޭގައި ތަޅުލައިގެން ތިން ހަފުތާ ވަންދެން ހުރެ، ކޮންމެ އާދީއްތަ ދުވަހަކު އޭނާ ދޭ ދީނީ ވަޢުޡަށް ޙާޟިރުނުވެ ހުއްޓެވެ. ކްރިސްޓިއަނުން ހަޅޭލަވައިގެން ބުނެފޫއެވެ. "އެ ޢަރަބި މީހާ އާ ވާހަކަދެއްކި ފަހުން ސަފާތީރަށް ވެގެން މި އުޅެނީ ކީއްހެއްޔެވެ؟ އަހަރެމެން އޭނާ ބޭނުމެވެ".
ސަފާތީރު އޭނާގެ ފާދިރީ ކަމުގެ ކަޅު ހެދުން ބާލައިފި އެވެ. އޭނާ ހުދު ހެދުން ލައިގެން ފައްޅިއަށް އަތުވެއްޖެ އެވެ. އެ ރަށުގެ މީހުން އެއްވުމުން އޭނާ ތެދުވެފައި ބުންޏެވެ. "އޭ ކްރިސްޓިއަނުންނޭވެ! އަޙްމަދު (عليه السّلام) ގެ ފަރާތުން އަހަރެމެންނަށް ސިޓީއެއް ލިބިއްޖެ ކަން ދަންނާށެވެ! އެކަލޭގެފާނު ވަނީ އަހަރެމެންނަށް ޙަޤީޤީ ދީނަށް ދަޢުވަތުދެއްވާފައެވެ. އަހަރެންނަށް ވަރަށް ސާފުކޮށް އެނގި އީމާންވަނީ، އެކަލޭފާނަކީ،الله تعالى ގެ ޙަޤީޤީ ރަސޫލާ ކަމަށެވެ".
ކްރިސްޓިއަނުންނަށް މި ޚަބަރު ލިބުމުން، އެ މީހުން ސަފާތީރަށް ޙަމަލާދީ އޭނާގެ ގައިގައި ތަޅައި ޝަހީދުކޮށްލައިފި އެވެ. دحيةގެފާނު ވަޑައިގެން ހެރަކްލަޔަސް އަށް މި ކަމުގެ ޚަބަރު ދެއްވައިފި އެވެ. ހެރަކްލަޔަސް ބުންޏެވެ. "އަހަރެން ތިބާ ކައިރީގައި ނުބުނަން ހެއްޔެވެ؟ ކްރިސްޓިއަނުންނަށް އަހަރެންނަށް ވުރެ ސަފާތީރަކީ މާ ލޯބިލިބިގެންވާ މަތިވެރި މީހެކެވެ. އެ މީހުންނަށް އަޑުއިވިއްޖެ ނަމަ، އޭނާ އަށް ހެދި ފަދައިން އެ މީހުން އަހަރެން ވެސް މަރާލާނެ އެވެ".
بُخاري އޭނާގެ ފޮތް الصّحيح ގައި زُهري ގެ ކިބައިން ވާރިދުވެގެން ރިވާކުރައްވާފައިވާ ގޮތުގައި: ހެރަކްލަޔަސް ޙުމްޞް ގައި ހުންނަ އޭނާގެ ގަނޑުވަރަށް ރޯމަނުން ކަމުވޮށިގެންވާ މީހުން ގެނެސް ދޮރުތައް ތަޅުލަން އަމުރުކުރި އެވެ. ދެން އޭނާ އުސް ތަނަކަށް އެރުމަށް ފަހު ބުންޏެވެ. "އޭ ރޯމަނުންނޭވެ! އުފާވެރިކަމާއި، އަމާންކަމާއި، އަބަދަށް ތިޔަބައި މީހުންގެ މިނިވަންކަން ދަމަހައްޓައި، ޢީސާގެފާނު އެންގެވި ގޮތަށް ބޯލަނބަން ތިޔަބައި މީހުން ބޭނުން ހެއްޔެވެ"؟ ރޯމަނުން އެހި އެވެ. "އޭ އަހަރެމެންގެ ވެރިޔާ އެވެ! އެކަންތައްތައް ޙާޞިލުކުރުމަށް ޓަކައި އަޅުގަނޑުމެން ކުރަންވީ ކީއްތޯ އެވެ"؟ ހެރަކްލަޔަސް ޖަވާބު ދިނެވެ. "އޭ ރޯމަނުންނޭވެ! އަހަރެން ތިޔަބައި މީހުން މި އެއްކުރީ ރަނގަޅު ކަމަކަށެވެ. އަހަންނަށް محمّدގެފާނުގެ ސޓީ ލިބިއްޖެ އެވެ. އެކަލޭގެފާނު އަހަންނަށް ދަޢުވަތު ދެއްވަނީ އިސްލާމް ދީނަށެވެ. އަހަރެން الله تعالى ގަންދީ ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނަކީ އަހަރެމެން އެބޭކަލަކަށް އިންތިޒާރުކުރަމުން އައި އަހަރެމެންގެ ފޮތްތަކުގައި ބަޔާންކުރެވިގެންވާ، އަހަރެމެންނަށް އެކަލޭގެފާނުގެ ޢަލާމާތްތައް އެނގޭ ރަސޫލާ އެވެ. އަންނާށެވެ. އެކަލޭގެފާނަށް ތަބަޢަވެ، މި ދުނިޔެއާއި އާޚިރަތުގެ ދިންނެވުން ޙާޞިލުކުރަމާ ހިނގާށެވެ". އެއާއެކު، އެ މީހުން އޭނާ އަށް ބަދުދުޢާކޮށް، ކޫސަނި އަޑުލައްވަމުން ބޭރަށް ނުކުންނަށް ގޭޓާ ދިމާލަށް ދާން ދުއްވައިގެންފި އެވެ. އެހެން ނަމަވެސް އެ ދޮރުތައް ހުރީ ތަޅުލާފައި ކަމުން އެ މީހުންނަކަށް ބޭރަށް ނުނުކުމެވުނެވެ.
ހެރަކްލަޔަސް އަށް ރޯމަނުންގެ ޢަމަލުތައް ހުރި ގޮތް ފެނިފައި އެ ބައި މީހުން އިސްލާމްދީނަށް ދެކޮޅު ހަދަމުންދާ ގޮތް ފެނި، އޭނާގެ ފުރާނަ އަށް ބިރުގެންފި އެވެ. އަދި ބުންޏެވެ. "އޭ ރޯމަނުންނޭވެ! އަހަރެން މި ވާހަކަ މި ގޮތަށް މި ބުނީ ތިޔަބައި މީހުންގެ ދީނަށް ތިބައި މީހުން ތަބަޢަވާ މިންވަރު ބެލުމަށް ޓެސްޓަކަށް ބުނި އެއްޗެކެވެ. އަހަރެންގެ ދެ ދޮލުން ތިޔަބައި މީހުންގެ ދީނަށް ހުރ ލޯބު ފެނި، ވަރަށް އުފާވެއްޖެ އެވެ". އެއާއެކު، ރޯމަނުން ހެރަކްލަޔަސް އަށް ސަޖިދަ ޖެހުމަށް ފަހު، ދޮރު ހުޅުވުމުން ނުކުމެގެން ހިނގައްޖެ އެވެ.5
ހެރަކްލަޔަސް دحيةގެފާނަށް ގޮވާލާފައި ކަން ވީގޮތް ކިޔައިދީފި އެވެ. އޭނާ އަށް ވަރަށް ގިނަ އަހުހުރި ހަދިޔާތައް ދީފި އެވެ. އޭގެ އިތުރަށް، އޭނާ رَسُوْلُ اللهِ ﷺ އަށް ސިޓީއެއް ލިޔުނެވެ. އޭނާގެ ސިޓީ އާއި، رَسُوْلُ اللهِ ﷺ އަށް ތައްޔާރުކުރި ހަދިޔާތައް دحيةގެފާނުގެ އަތްޕުޅަށް ދީ ފޮނުވި އެވެ.
ހެރަކްލަޔަސް ބޭނުންވީ މުސްލިމަކަށް ވާށެވެ. އެހެން ނަމަވެސް، އޭނާގެ މަޤާމާއި ފުރާނަ ގެއްލިދާނެތީ ބިރުން އޭނާ އިސްލާމް ނުވީ އެވެ. އޭނާ رَسُوْلُ اللهِ ﷺ އަށް ފޮނުވި ސިޓީ ގައި ބުނެފައި ވެއެވެ. "ރޯމަން އެމްޕަރަރ ސީޒަރ ގެ ފަރާތުން އެކަލޭގެފާނުގެ ވަޑައިގަތުމުގެ އުވާފެރި ޚަބަރު ޢީސާގެ ފާނު ދެއްވާފައިވާ الله تعالى ގެ ރަސޫލާ محمّد އަށް! ކަލޭގެފާނުގެ މަންދޫބު ކަލޭގެފާނުގެ ސިޓީއާ އެކު އަޅުގަނޑާ ހަމައަށް އައެވެ. ކަލޭގެފާނަކީ ޙަޤީޤީ ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. މިހާރު ވެސް އިންޖީލުގައި ކަލޭގެފާނުގެ ނަންފުޅު ބަޔާންކުރެވިފައިވާ ތަން އަޅުގަނޑުމެންނަށް އެބަ ފެނެއެވެ. އަދި މޫސާގެފާނާއި، ޢީސާގެފާނު ވަނީ ކަލޭގެފާނު ވަޑައިގަންނާވެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ. ކަލޭގެފާނަށް އިމާންވުމަށް ރޯމަނުންނަށް އަޅުގަނޑު ދަޢުވަތު ދިނަސް އެ މީހުން ހެދީ ދެކޮޅެވެ. އެ މީހުން އަޅުގަނޑުގެ އަޑުއެހި ނަމަ، ޔަޤީނުން ވެސް، ހަމަ ޔަޤީނުން ވެސް އެ މީހުންނަށް ރަނގަޅުވީހެވެ. ކަލޭގެފާނާ އެކު ވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެމެވެ. އެއީ، ކަލޭގެފާނަށް ޚިދުމަތްކޮށް، ކަލޭގެފާނުގެ ފައިންޕުޅު ދޮވުމަށެވެ".
دحيةގެފާނު ހެރަކްލަޔަސް އަށް އަލްވަދާޢު ކިޔުމަށް ފަހު ހިސްމާ އަށް ވަޑައިގެންފި އެވެ. އެ ދިޔަ މަގުމަތީގައި، ޖުޒާމްގެ ވާދީތަކުގެ ތެރެއިން ޝަނާރު ވާދީ ގައި، ޙުނައިދު ބިން އުސް އާއި، އޭނާގެ ފިރިހެން ދަރި އާއި. އޭނާގެ މީހުން دحيةގެފާނު ފޭރިގެންފި އެވެ. ދުވަސްވީ ހެދުންތައް ފިޔަވައި، އޭނާގެ އަތުގައި ހުރި ހުރިހާ އެއްޗެއް އެ މީހުން އަންދާލައިފި އެވެ.
"އޭ ޚާޠިބެވެ! ކަލޭގެފާނުގެ މި މަސައްކަތުގައި ބަރަކާތް ލެއްވި އެވެ".
حديث الشريف
دحيةގެފާނު މަދީނާ އަށް ވަޑައިގެން، ސީދާ ފުރަތަމަ ވަޑައިގަތީ رَسُوْلُ اللهِ ﷺ ގެ ގެކޮޅަށެވެ. ދެން އޭނާ ދޮރުގައި ޓަކިޖެއްސެވިއެވެ. رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "ކާކު ހެއްޔެވެ"؟ دحيةގެފާނު ޖަވާބު ދެއްވި އެވެ. "دحيةލް ކަލްބީ އެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެތެރެ އަށް އަންނާށެވެ". دحيةގެފާނު ގެކޮޅުގެ އެތެރެއަށް ވަންނަވައި، ވެގެންދިޔަ ކަންތައްތައް ތަފްޞީލާ އެކު ކިޔައިދެއްވައިފި އެވެ. ހެރަކްލަޔަސް رَسُوْلُ اللهِ ﷺ އަށް ފޮނުވި ސިޓީ ކިޔުއްވި އެވެ. حديث ކުރެއްވި އެވެ. "އޭނާ އަދި ދުވަސްތަކެއް ވަންދެން (އޭނަގެ ތަޚްތު ގައި) މަޑުކުރާނެ އެވެ. ތިމަންކަލޭގެފާނުގެ ސިޓީ އެ މީހުން އަތުގައޮ އޮތްހާ ހިނދަކު އެ މީހުންގެ ވެރިކަން ކުރިޔަށްދާނެ އެވެ.
ހެރަކްލަޔަސްގެ ސިޓީ ގައި އޭނާ رَسُوْلُ اللهِ ﷺ އަށް އީމާންވާ ކަމަށް ބުނި ކަމުގައި ވިޔަސް، حديث ކުރެއްވި އެވެ. "އޭނާ ދޮގުހަދަނީ އެވެ. އޭނަގެ ދީން އޭނާ ދުލެއް ނުކުރެއެވެ". ހެރަކްލަޔަސް އަށް رَسُوْلُ اللهِ ﷺ ފޮނުވި ސިޓީ ފޮނުވާފައި އޮތީ ފަށުއި ފޮތިގަނޑެއް ގައި އޮޅާލުމަށް ފަހު ވަށް ރަން ފޮށްޓެއްގަ އެވެ. ހެރަކްލަޔަސް ގެ ޢާއިލާ އިން މި ސިޓީ ބާއްވާފައި އޮތީ އެންމެނަށް ސިއްރުކޮށްފަ އެވެ. އެ މީހުން ބުނެ ޤަބޫލުކުރި ގޕޮތުގައި، އެ ސިޓީ އެ މީހުން އަތުގައި އޮތްހާ ހިނދަކު އެ މީހުންގެ ވެރިކަން ކުރިޔަށްދާނެ އެވެ. ހަމަ ޙަޤީޤަތުގައި ވެސް ކަން ހިނގާ ދިޔައީ އެ ގޮތަށެވެ.6
މިޞްރުގެ ޙާކިމް މުޤައުޤިސް (ސައިރަސް އޮފް އެލަގްޒަންޑްރިޔާ) އަށް ފޮނުވުނު ސިޓީ
މިޞްރުގެ ޙާކިމްގެ އަރިހަށް خاطب بن أبي بلطة ފޮނުވުމުގެ ކުރިން، رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "އޭ ތިމަންކަލޭގެފާނުގެ ޞަޙާބީ އެވެ! الله تعالى ގެ ދަރުމަޔަށް އެދި މި ސިޓީ މިޞްރުގެ ޙާކިމާ ހަމަޔަށް ގެންދާނީ ތިޔައިގެ ތެރެއިން ކޮން ބޭކަލެއް ހެއްޔެވެ"؟ خاطبގެފާނު ބާރަށް ކުރިޔަށް ޖެހިވަޑައިގެން ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ. ތިޔަ ސިޓީ ނަގާނީ އަޅުގަނޑެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ خاطب އެވެ! ކަލޭގެފާނުގެ މި މަސައްކަތުގައި ބަރަކާތް ލެއްވި އެވެ".
خاطب بن أبي بلطة، رَسُوْلُ اللهِ ﷺ ގެ އަތްޕުޅުން ސިޓީ ނެންގެވި އެވެ. އޭނާ އަލްވަދާޢު ކިޔުއްވުމަށް ފަހު އޭނާގެ ގެއަށް ވަޑައގެންފި އެވެ. އޭނާގެ ސަވާރީ ތައްޔާރުކުރައްވައިފި އެވެ. އޭނާގެ ޢާއިލާ އަށް އަލްވަދާޢު ކިޔުއްވުމަށް ފަހު، ދަތުރަށް ފަށްޓަވައިފި އެވެ.
خاطبގެފާނަށް އެނގިވަޑައިގަތް ގޮތުގައި، މިޞްރުގެ ޙާކިމް ހުންނެވީ އިސްކަންދަރިއްޔާ ގައެވެ. އޭނާ އަށް މުޤައުޤިސްގެ ގަނޑުވަރާ ހަމަޔަށް ފޯރައިފި އެވެ. އޭނާ އެތެރެއަށް ވަނަދިނުމުގެ ކުރިން، އޭނާ ވަޑައިގަތް މަޤްޞަދު އެނގި، ވަރަށް ބޮޑަށް އިޙްތުރާމް އަދާކޮށްފި އެވެ. އޭނާ އެއްވެސް ވަރަކަށް އިންތިޒާރު ނުކުރެއްވި އެވެ. އެ ވަގުތު، މުޤައުޤިސް ހުރީ އޭނާގެ ނަވުގައި، ކަނޑު މަތީ ގައި އޭނާގެ މީހުންނާ ވާހަކަދައްކާށެވެ. خاطبގެފާނު ބޯޓަކަށް އަރާވާޑައިގެން، މުޤައުޤިސް ހުރި ހިސާބަށް ވަޑައިގެންފި އެވެ. رَسُوْلُ اللهِ ﷺ ގެ ސިޓީ އޭނާ އަށް ދެއްވި އެވެ. މުޤައުޤިސް އެ ސިޓީ އަތުލުމަށް ފަހު ބާރަށް ކިޔަން ފަށައިފި އެވެ.:
"بسم الله الرّحمن الرّحيم!
الله تعالى ގެ އަޅާ އަދި ރަސޫލާ محمّد (عليه السّلام) ގެ ފަރާތްޕުޅުން ޤިބްޠީންގެ ވެރިޔާ މުޤައުޤިސް އަށް!
ތެދުމަގަށް ތަބަޢަވާ މީހުންގެ މައްޗަށް އަމާންކަން ހުއްޓެވެ. ތިމަންކަލޭގެފާނު، ތިބާ އަށް، ތިބާގެ ދިންނެވުމަށް ޓަކައި އިސްލާމް ދީނަށް ގޮވާލައްވަމެވެ. މުސްލިމަކަށް ވާށެވެ. އޭރުން، ދިންނެވުން ލިބި، الله تعالى ދެ ގުނައަށް ސަވާބު ދެއްވާނެތެވެ. ތިބާ ފުރަގަސްދީފި ނަމަ، ހުރިހާ ޤިބްޠީންގެ ފާފަތައް އެޅޭނީ ތިބާގެ ބޮލުގައެވެ. ކީރިތި قرآن ގެ سورة آل عمران ގެ 64 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ اللَّهِ ۚ فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ ﴿٦٤﴾) * آل عمران: -64)7 މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! އަހުރެމެންގެ މެދުގައްޔާއި، ތިޔަބައި މީހުންގެ މެދުގައި، ހަމަހަމަވެ، އެއްގޮތްވެގެންވާ كلمة އަކަށް އަންނާށެވެ! (އެއީ) ﷲ އަށް މެނުވީ، އަހުރެމެން އަޅުކަން ނުކުޅަމުއެވެ. އަދި، އެކަލާނގެޔާ އެއްވެސް އެއްޗެއް އަހުރެމެން شريك ނުކުޅަމުއެވެ. އަދި، އަހަރުމެންގެ އެއްބަޔަކު އަނެއް ބަޔަކީ، ﷲ ފިޔަވައި ކަލާނގެތަކެއް ކަމުގައި ނުހެދުމެވެ. ފަހެ، އުއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފި ނަމަ، (އެއުރެންނަށް) ތިޔަބައި ބުނާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ مسلم ން ކަމުގައި ތިޔަބައި މީހުން ހެކިވާށެވެ"!
رَسُوْلُ اللهِ ﷺ ގެ ސިޓީ ކިޔުމުން، مُقوقِسْ خاطبގެފާނުގެ އަރިހުގައި ބުންޏެވެ. "ފަހަރެއް ގައި އެއީ މަތިވެރިވެގެންވާ ކަމަށް ވެދާނެ އެވެ". މިޞްރުގެ ޙާކިމް އޭނާގެ ކޮމާންޑަރުންނާއި، ސަރުކާރުގެ ވެރން އެއްކޮށް، ޚާޠިބާ ވާހަކަދައްކަން ފަށައިފި އެވެ. އޭނާ ބުންޏެވެ.:
"އަހަރެން ކަލޭ ކައިރިން އަހަރެން ދެނެގަންނަން ބޭނުންވާ ކަމަކާ ބެހޭގޮތުން ސުވާކުރާނަމެވެ؛ އަހަރެން ކަލެއާ ވާހަކަދައްކާނީ މި މައްސަލައާ ބެހޭގޮތުންނެވެ". خاطبގެފާނު "އެންމެ ރަނގަޅު. ހިންގާ ވާހަކަދައްކަން"، މިހެން ޖަވާބު ދެއްވުމުން، މުޤައުޤިސް ބުންޏެވެ.:
ތިބާ ފޮނުވި ބޭފުޅާއާ ބެހޭގޮތުން އަހަންނަށް ބުނެދޭށެވެ. އެކަލޭގެފާނަކީ ރަސޫލެއް ހެއްޔެވެ؟ އެކަލޭގެފާނާ ބެހޭގޮތުން އަހަންނަށް ބުނެދޭށެވެ!
އާނއެކެވެ. އެކަލޭގެފާނަކީ ރަސޫލެކެވެ.
އެކަލޭގެފާނަކީ، ޙަޤީޤީ ރަސޫލެއް ނަމަ، އެކަލޭގެފާނުގެ ވަޠަނުން ބޭރުވެ އެހެން ތަނަކުން ޙިމާޔަތް ހޯދަން މަޖްބުރުކުރިވި މީހުންނަށް އެކަލޭގެފާނ ބަދު ދުޢާ ނުކުރައްވަނީ ކީއްވެގެން ހެއްޔެވެ؟
عيسى بن مريم (عليه السّلام) އަކީ ރަސޫލެއް ކަމަށް ތިބާ ޤަބޫލުކުރަން، އެހެން ނޫންހެއްޔެވެ؟ އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނު ހައްޔަރުކޮށް ޤަތުލުކޮށްލަން ބޭނުންވުމުން، އެކަލޭގެފާނު އެ މީހުންނަށް ބަދު ދުޢާ ނުކުރެއްވި އެވެ. އަދި الله تعالى އެކަލޭގެފާނު އުޑަށް އުފުއްލެވި އެވެ. އެކަލާނގެ އެކަލޭގެފާނަށް ޖަޒާދެއްވި އެވެ. އެހެން ނަމަވެސް، އެކަލޭގެފާނުގެ ޤައުމުގެ މީހުން ނައްތަބާލެއްވުމަށް، އަށް ދުޢާދަންނަވާފައި ނުވާނެ ހެއްޔެވެ؟ އެކަލޭގެފާނު އެ ގޮތަށް ޢަމަލުނުކުރައްވައެވެ.
ތި ދިނީ ވަރަށް ރަނގަޅު ޖަވާބެކެވެ. އަޞްލުގައި ވެސް ތިބާ އަކީ ޙިކްމަތްތެރި ބޭކަލެއްގެ ފަރާޓުން ވަޑައިގެންނެވި ޙިކްމަތްތެރި ބޭކަލެކެވެ. މިރޭ އަހަރެމެންނާ އެކު ހުންނަވާށެވެ. އޭރުން، އަހަރެންގެ ޖަވާބު މާދަން ދޭނަމެވެ.
خاطبގެފާނު މޫސާގެފާނުގެ ފިރުޢައުނާ ޙަވާލާދެއްވައި މުޤައުޤިސް އަށް، ދެންނެވި އެވެ.:
ތިބާގެ ކުރިން މި ތާނަގައި ޙާކިމެއް ހުއްޓެވެ. އޭނާ ވަނީ ކަލަކު ކަމަށް ދަޢުވާކޮށްފައެވެ. އެގޮތުން އޭނާ ބުނެއުޅުނެވެ. "އަހަންނަކީ އެންމެ މަތިވެރި އިލާހެވެ"! މި ދުނިޔެއާއި އާޚިރަޔުގެ ޢަޒާބުން އޭނާ އަށް ޢަޒާބު ދެއްވައި، އޭނާގެ ކިބައި ބަދަލު ހިއްޕެވި އެވެ. މި ކަމުން ފިލާވަޅު ލިބިގަންނާށެވެ!. އަދި އެހެން މީހުންނަށް ވާ ފިލާވަޅަކަށް ނަހަދާށެވެ!
އަހަރެމެންނަށް މިހާރު ވެސް ދީނެއް ވެއެވެ. މިއަށް ވުރެ ރަނގަޅު ދީނެއް ނޫން ނަމަ، މި ދީން އަހަރެމެން ދުލެއް ނުކުރާނަމު އެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! އަހުރެމެންގެ މެދުގައްޔާއި، ތިޔަބައި މީހުންގެ މެދުގައި، ހަމަހަމަވެ، އެއްގޮތްވެގެންވާ كلمة އަކަށް އަންނާށެވެ! (އެއީ) ﷲ އަށް މެނުވީ، އަހުރެމެން އަޅުކަން ނުކުޅަމުއެވެ. އަދި، އެކަލާނގެޔާ އެއްވެސް އެއްޗެއް އަހުރެމެން شريك ނުކުޅަމުއެވެ. އަދި، އަހަރުމެންގެ އެއްބަޔަކު އަނެއް ބަޔަކީ، ﷲ ފިޔަވައި ކަލާނގެތަކެއް ކަމުގައި ނުހެދުމެވެ. ފަހެ، އުއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފި ނަމަ، (އެއުރެންނަށް) ތިޔަބައި ބުނާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ مسلم ން ކަމުގައި ތިޔަބައި މީހުން ހެކިވާށެވެ".
آل عمران - 64
ކަލޭ ޤަބޫލުކުރާ، އެއަށް ވުރެ ރަނގަޅު އެހެން ދީނެއް ނެތް ނަމަ އެ ދީން ދޫކޮށްނުލާނެ ކަމަށް ބުނާ ދީނަށް ވުރެ ރަނގަޅު ދީނަކީ، ޝައްކެއް ވެސް ނެތް ގޮތުގައި އިސްލާމް ދީނެވެ. އަހަރެމެން ތިބާ އަށް، الله تعالى ގެ އެންމެ ފަހުގެ ދީން ކަމުގައިވާ އިސްލާމް ދީނަށް މި ދަޢުވަތު ދެނީއެވެ. الله تعالى އެކަލޭގެފާނު މެދުވެރިކޮށް އެކަލާނގެ ދީން ފުރިހަމަކުރައްވައި، އިންސާނުންނަށް ފުރިހަމަ ދީން ފުރިހަމަކުރެއްވި އެވެ. މި ރަސޫލާ އިސްލާމް ދީނަށް ދަޢުވަތު ދެއްވާފައިވަނީ، ހަމއެކަނި ތިބާއަކަށް ނޫނެވެ. އެކަމަކު އެންމެހާ މީސްތަކުންނަށެވެ. އެ ވަގުތު، ހުރިހާ އެންމެންގެ ތެރެއިން ޤުރައިޝުން ވެގެންދިޔައީ، އެންމެ ބޮޑަށް ޒުވާބު ކުރި އެންމެ ގޮތްކުޑަ މީހުންނަށެވެ؛ ޔަހޫދީން ވެގެންދިޔައީ، އެންމެ ޢަދާވާތްތެރި މީހުންނަށެވެ. އަދި ކްރިސްޓިއަނުން ވެގެންދިޔައީ އެކަލޭގެފާނާ އެންމެ ގާތް މީހުންނަށެވެ. އަހަރެން الله تعالى ގަންދީ ހުވާކޮށްފައި ބުނަމެވެ. عيسى (عليه السّلام) ވަޑައިގަންނަވާނޭ ކަމުގެ ޚަބަރު موسى (عليه السّلام) ދެއްވުމަކީ، محمّد (عليه السّلام) ވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު عيسى (عليه السّلام) ދެއްވުން ފަދަ ކަމެކެވެ. އެހެންކަމުން، އަހަރެމެން ތިބާ قرآن الكريم އަށް ދަޢުވަތު ދިނުމަކީ، ތިބާ ޔަހޫދީން އިންޖީލަށް ދަޢުވަތުދިނުން ފަދަ ކަމެކެވެ. ތިބާ އަށް ޝައްކަކާ ނުލައި އެނގޭ ކަމަކީ، ކޮންމެ ރަސޫލަކު ވެސް ފޮނުއްވުނީ، އެ ބޭކަލަކު ވިސްނި ދޭހަވެވޭނެ ފަދަ ބައެއްގެ ގާތަށެވެ. އަދި އެ ރަސޫލަކަށް ތަބަޢަވުމަކީ، އެ އުއްމަތެއްގެ މީހުންނަށް ލާޒިމު ކަމަކަށް އޮތީ ވެފައެވެ. ތިބާ އަކީ މި ރަސޫލާ ހަމަޔަށް ވާޞިލުވީ އެކެކެވެ. މި އާ ދީނަށް ތިބާ އަށް އަހަރެމެން ދަޢުވަތު ދެމެވެ.
خاطبގެ މި ބަސްތަކަށް ފަހު، މުޤައުޤިސް ބުންޏެވެ.:
މި ރަސޫލާގެ ޙާލަތު އަހަރެމެން އޮބްޒާވްކޮށްފީމެވެ. އެކަލޭގެފާނު އަމުރުކުރާފައިވާ ކަންތައްތަކާއި، ނަހީކުރައްވާފައިވާ ކަންތައްތަކުގައި ބުއްދިއަށް ޤަބޫލުނުކުރޭ ފަދަ އެއްވެސް ކަމެއް އަހަންނަކަށް ނުފެނުނެވެ. އެކަލޭގެފާބަކީ، ސިޙުރުވެރިއެއް، ރަމަލުބަލާ މީހެއް ނުވަތަ ދޮގުވެރިއެއް ނޫނެވެ. ރަސޫލުކަމުގެ ބައެއް ޢަލާމާތްތައް އެކަލޭގެފާނުގެ ކިބައިން އަހަންނަށް ފެނިފައި ވެއެވެ. މި ޢަލާމާތްތަކުގެ ތެރެއިން އެއް ކަމަކީ، ފޮރުވިފައިވާ ކަންތައްތައް ހާމަކުރެއްވުމެވެ. ވަކި ސިއްރުތަކާ ބެހޭ މަޢުލޫމާތު ދެއްވުމަކީ، އެކަލޭގެފާނުގެ ކިބައިން ފެނިފައިވާ ކަމެކެވެ.
ދެން، "އަހަރެން އިރުކޮޅަކަށް ވިސްނާލަށް ވަގުތުކޮޅެއް ދީ" މިހެން ބުނެފައި، އިތުރު ވަގުތު ދޭން އޭނާ އެދިއްޖެ އެވެ.
އެ ރޭ، މުޤައުޤިސް، خاطبގެފާނު ނިދަން އޮންނަވަނިކޮށް ހޭލައްވާފައި ބުނީ، އަހަރެމެންގެ ރަސޫލާއާ ބެހޭގޮތުން އޭނާ އިތުރު ސުވާލުކުރަން ބޭނުންވާ ކަމަށެވެ. ދެން ތިރީގައިވާ ގޮތަށް ދެ ފަރާތުން ވާހަކަ ކުރިޔަށް ގެންދިޔަ އެވެ.:
އަހަރެން އެކަލޭގެފާނާ ބެހޭގޮތުން ކުރާ ސުވާލުތަކަށް ތިބާ ޖަވާބުދޭ ނަމަ، އަހަރެން ތިން ކަމަކާ ބެހޭގޮތުން ސުވާލުކުރަން ބޭނުމެވެ.
ތިބާ ބޭނުން ކޮންމެ ކަމަކާ ބެހޭގޮތުން ސުވާލުކުރާށެވެ! އަހަރެން އަބަދުވެސް ތެދަށް ބުނާނަމެވެ.
محمّدގެފާނު މީސްތަކުންނަށް ދަޢުވަތުދެއްވަނީ ކޮން ކަމަކަށް ހެއްޔެވެ؟
އެކަލޭގެފާނު ދަޢުވަތުދެއްވަނީ، الله تعالى އަށް އަޅުކަންކުރުމަށެވެ. އެކަލޭގެފާނު އަމުރުފުޅުކުރައްވަނީ، ކޮންމެ ދުވަހަކު ފަސް ނަމާދު ކޮށް، ރަމަޟާން މަހު ރޯދަ ހިފައި، ވަޢުދު ފުއްދުމަށެވެ. މުޅަ މަސް ކެއުން އެކަލޭގެފާނު ޙަރާމްކުރެއްވި އެވެ.
އެއާ އެކު މުޤައުޤިސް ސުވާލުކުރި އެވެ.
އެކަލޭގެފާނުގެ ބައްޓަމާއި، ބޭރުފުށުން ފެންނަ ގޮތް އަހަންނަށް ކިޔައިދީބަލާށެވެ!
އެކަލޭގެފާނު ހުންނަވާ ގޮތް ކުޑަކޮށް ކިޔައިދެއްވައިފި އެވެ. ވަރަށް ގިނަ ކަންތައްތައް ކިޔައި ނުދެއްވައެވެ. މުޤައުޤިސް ސުވާލުކުރި އެވެ.:
އެކަލޭގެފާނުގެ ލޯފުޅުގައި ކުޑަ ރަތް ކަމެއް ހުރުމާއި، އެކަލޭގެފާނުގެ ބުރަކށިކޮޅުގައި ރަސޫލުކަމުގެ ސިއްކަ ހުރުން ފަދަ ތިބާ ކިޔައި ނުދޭ އެހެން ކަންތައްތައް އަދި ވެސް އެބަ ހުއްޓެވެ. އެކަލޭގެފާނު ދުއްވަނީ ޙިމާރެކެވެ. ތުރުކުރައްވަނީ ކެހެރި ފޮތީގެ ފޭރާމެވެ. ދިރިހުންނަވަނީ، ކަދުރާއި، މަދުން މަސް ހުންނަ މަސް ކޭންބައްލަބައިގެންނެވެ. އެކަލޭގެފާނު ޙިމާޔަތް ކުރެވިގެންވަނީ، އެކަލޭގެފާނުގެ ބަފައިފުށުގެ ބޮޑު ބޭބެއިން ނުވަތަ ބަފައިފުށުގެ ބޮޑު ބޭބެއިން ދަރިންގެ ފަރާތުންނެވެ.
خاطب ޖަވާބު ދެއްވި އެވެ.
މިއީ އެކަލޭގެފާނުގެ ސިފަތައް ވެސް މެއެވެ.
رَسُوْلُ اللهِ ﷺ އާ ބެހޭގޮތުން މުޤައުޤިސް ޚާޠިބާ އަނެއްކާ ވެސް ސުވާލުކުރި އެވެ.
އެކަލޭގެފާނު އަނދުން ބޭނުންކުރައްވާ ހެއްޔެވެ؟
އާނއެކެވެ! އެކަލޭގެފާނު ލޯގަނޑެއް ބޭނުންކުރައްވައި، އިސްތަށިފުޅުގައި ފުނާ އަޅުއްވައި، އެކަލޭގެފާނުގެ ލޯގަނޑާއި، އަނދުން ފޮށްޓާއި، މިސްވާކު (ދަތް އުނގުޅުމަށް ބޭނުންކުރެވޭ، ޢަރަބި ކަރައިގައި ހެދޭ އަރަކް ގަހުގެ ގޮފި) އަބަދު ވެސް އަތްޕުޅުގައި ބާއްވަވައެވެ.
ވަޑައިގަންނަވަން ރަސޫލު ބޭކަލު އަދި ހުންނެވި ކަން އަހަންނަށް އެނގެއެވެ. އަދި އަހަރެން ހީކޮށްގެން ހުރީ ދިމިޝްޤުން ވަޑައިގަންނަވާނެ ކަމަށެވެ. އެހެނީ، މީގެ ކުރިން ފޮނުވުނު ހުރިހާ ރަސޫލުން ވަޑައިގަތީ އެ ހިސާބުންނެވެ. އެހެން ނަމަވެސް، އެންމެ ފަހުގެ ރަސޫލާ ވަޑައިގަންނަވާނީ، ދަތިކަމާއި، ތަދުމަޑުކަމާއި، ބަނޑުހައިހޫނުކަމުގެ ބިން ކަމުގައިވާ ޢަރަބި ކަރައިން ކަމަށް ފޮތްތަކުން އަހަންނަށް ވަނީ ފެނިފައެވެ. ޝައްކެތް ނެތް ގޮތުގައި، މި ދުވަސްވަރަކީ، އެކަލޭގެފާނުގެ ސިފަފުޅުތައް ފޮތްތަކުގައި ލިޔެވިފައިވާ ރަސޫލާ ފާޅުވާންވީ ވަގުތެވެ. އެކަލޭގެފާނުގެ ސިފަފުޅުތައް ކަމުގައި ފޮތްތަކުގައި ލިޔެވިފައިވަނީ، "އެއް ކައިވެންޏެއް ގައި ދެ އުޚުތުން އެއްނުކުރައްވާ ކަމާއި، ހަދިޔާ ޤަބޫލުކުރައްވާ ކަމާއި، އެކަމަކު ޞަދަޤާތް ޤަބޫލުނުކުރައްވާ ކަމެވެ. އެކަލޭގެފާނު ފަޤީރު މީހުންނާ އެކު އިށީންނަވާ، ހިންގަވާ ހައްދަވައެވެ". އަހަރެން އެކަލޭގެފާނަށް އީމާންވުމާ ބެހޭގޮތުން އަހަރެން ދައްކާ ވާހަކައެއް ޤިބްޠީން ޤަބޫލެއް ނުކުރާނެއެވެ. އަހަރެން އަހަރެންގެ ދީން ވެސް ދުލެއް ނުކުރާނަމެވެ. މިކަމާ އަހަރެން ވަރަށް ދަހިވެތިވާނެއެވެ. އެ ރަސޫލާ ޤައުމުތަކަށް ބާރުހިންގަވާނެއެވެ. އަދި އެކަލޭގެފާނަށް ފަހު، އެކަލޭގެފާނުގެ އަޞްޙާބުން ވަޑައިގެން އަހަރެމެންގެ މި ބިންބިމަށް ވަޑައިގެން ވަޒަންވެރިވާނެތެވެ. އެގޮތުން ބަލާ އިރު، އެބައި މީހުން، މި ތަންތާނގައި މި ތިބަ މީހުންގެ މައްޗަށް ނަޞްރު ހޯދާނެ އެވެ. މިއިން ވާހަކައެއް އަހަރެން ޤިބްޠީން ކައިރިޔަކު އަދި އިތުރު އެހެން ބައެއްގެ ކައިރީގައި ވެސް ނުބުނާނަމެވެ.
މި ބައްދަލުވުމަށް ފަހު، މުޤައުޤިސް އޭނާގެ ލިޔާ މީހާ ގެނެސް ޢަރަބި ބަހުން ގެނެސްފި އެވެ. އެ ގޮތުން، އޭނާ ލައްވާ رَسُوْلُ اللهِ ﷺ ގެ ސިޓީގެ ޖަވާބުގައި ތިރީގައިވާ ޖަވާބު ލިޔަން ބުންޏެވެ.
"ޤިބްޠީންގެ ވެރިޔާ މުޤައުޤިސްގެ ފަރާތުން، ޢަބްދުﷲ ގެ ދަރިކަލުން محمّدގެފާނަށް!
ކަލޭގެފާނަށް އަމާންކަން ހުއްޓެވެ. ކަލޭގެފާނު ފޮނުއްވި ސިޓީ އަޅުގަނޑު ކިޔައިފީމެވެ. ކަލޭގެފާނު ބަޔާންކުރެއްވި ކަންތައްތަކާއި، ކަލޭގެފާނުގެ ނިޔަތް އެ ކަމުގައި އޮތް ގޮތް އަޅުގަނޑަށް ފަހުމުވެއްޖެ އެވެ. ރަސޫލަކު ވަޑައިގަންނަވާނެކަން އަޅުގަނޑަށް ވެސް އޮތީ އެނގިފައެވެ. އެކަމަކު، އަޅުގަނޑު ހީކޮށްގެން ހުރީ، އެ ބޭކަލަކު ވަޑައިގަންނަވާނީ ދިމިޝްޤުން ކަމަށެވެ. ކަލޭގެފާނުގެ މަންދޫބަށް އަޅުގަނޑު ޝަރަފު އަރުވައިފީމެވެ. އަޅުގަނޑު ކަލޭގެފާނަށް ޤިބްޠީންގެ މެދުގައި ނުހަނު އަގުހުރި ދެ އަންހެން އަޅުންނާއި، ހެދުން ފޮނުވައިފީމެވެ. ހަމަ އެހެންމެ ކަލޭގެފާނުގެ ސަވާރީއަކަށް އަންހެން ބަޣަލްއެއް ވެސް އަޅުގަނޑު ހަދިޔާކުރީމެވެ.".
މުޤައުޤިސް އެހެން ކަމެއް ނުކުރެއެވެ. އަދި އޭނާ މުސްލިމަކަށް ވެސް ނުވި އެވެ. އޭނާ خاطبގެފާނަށް މިޞްރުގައި މެހްމާންދާރީ އަދާކުރީ ފަސް ދުވަސް ވަންދެނެވެ. އޭނާ، އެކަލޭގެފާނަށް ވަރަށް ބޮޑަށް އިޙްތިރާމްކޮށް، އެކަލޭގެފާނަށް ހަދިޔާ ދިނެވެ. ދެން، އޭނާ ބުންޏެވެ. "ވަގުތުން ކަލޭގެފާނުގެ ޤައުމަށް އެނބުރި ވަޑައިގަނަންވާށެވެ! އަހަރެން އަމުރުކޮށްފައިވަނީ، އަހަރެން އަމުރުކޮށްފައިވަނީ، ދެ ޖާރިޔާއިންނާއި، ދެ ބަޣަލް އާއި، އެއްހާސް މިސްޤާލް (އެއް މިސްޤާލަކީ 4.8 ގްރާމް) ރަނާއި، މިޞްރުގެ އެންމެ މޮޅު ހެދުމުގެ ދެ ހެދުމާއި، އެހެން ހަދިޔާތައް އެކަލޭގެފާނަށް ފޮނުވުމަށެވެ. އަހަރެން އަމުރުކޮށްފައިވަނީ، ތިބާ އަށް ސަތޭކަ ދީނާއި، 5 ސެޓް ހެދުން ކަލޭގެފާނަށް އެރުވުމަށެވެ. މިހާރު، އަހަރެން ދޫކޮށް ދާށެވެ! ކަލޭގެފާނުގެ އަނގައިން އެންމެ ލަފްޒެއް ވެސް ޤިބްޠީންނަށް އިވުނަނުދޭށެވެ".
رَسُوْلُ اللهِ ﷺ އަށް ދިން ހަދިޔާގެ ގޮތުން ކްރިސްޓަލް ކުރަޔަކާއި، މީރުވަސްދުވާ މާމުޔާއި، މިޞްރުގެ އެނދު ފޮއްޗާއި، އާއި، ޢޫދާއި، ގޮމަކަސްތޫރި ފަދަ އަތަރާއި، ހިނގާ ދަނޑިއަކާއި، އަނދުން ފޮށްޓަކާއި، ފިނިފެން ތެލާއި، ފުނާ، ކަތުރު، މިސްވާކާއި، ލޯގަނޑާއި، ތިނޯހާއި، ރޮދި ވެސް މުޤައުޤިސް ފޮނުވި އެވެ.
މުޤައުޤިސް، އިސްލާމީ މަންދޫބު خاطب بن أبي بلطعة އަނބުރާ ފޮނުވާލީ ގާޑުންނާ އެކުގައެވެ. އެ މީހުން ޢަރަބި ކަރަޔާ ހަމައަށް ފޯރުމާ އެކު، މަދީނާ އަށް ދިޔަ ވިޔަފާރި ޤާފިލާއަކާ ދިމާވި އެވެ. އެ ހިސާބުން، މުޤައުޤިސް ފޮނުވި ސިފައިން އަނބުރާ ފޮނުވާލައްވާފައި، އެ ޤަފިލާ އާ ގުޅިއްޖެ އެވެ.
خاطب بن أبي بلطعة ހަދިޔާތަކާ އެކު މަދީނާ އަށް ވަޑައިގެން، رَسُوْلُ اللهِ ﷺ އާ ހަމަޔަށް ގޮސްފި އެވެ. رَسُوْلُ اللهِ ﷺ މުޤައުޤިސްގެ ހަދިޔާތައް ޤަބޫލުކުރައްވައިފި އެވެ. خاطبގެފާނު މުޤައުޤިސްގެ ސިޓީ رَسُوْلُ اللهِ ﷺ އަށް ދެއްވައި އެ ސިޓީ ކިޔައިދެއްވުމުން، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ހާދަ ނުބައި މީހެކެވެ! އޭނާ އަށް އޭނާގެ ވެރިކަން ދޫކޮށެއް ނުލެވުނެވެ. އެހެން ނަމަވެސް، އޭނާ އީމާންވުމަށް ހުރަސްއަޅާ މިނިވަންކަން އޭނާގެ ކިބައިގައި ދެމިނޯންނާނެ އެވެ".8
އަލް މުޤައުޤިސް رَسُوْلُ اللهِ ﷺ އަށް ފޮނުވި ދެ ޖާރިޔާއިންނަކީ، مارية އާއި، އޭނާގެ ކޮއްކޮ ސީރީން އެވެ. ދަތުރުކުރުމުގެ ތެރޭގައި އެ ދެ މީހުން އިސްލާމްވުމަށް خاطبގެފާނު ހުށަހެޅުއްވުމުން، އެ ދެ މީހުން ވެސް އިސްލާމް ވެއްޖެ އެވެ. مارية އިސްލާމް ވުމުން رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް އުފާކުރެއްވައި، އެ ކަމަނާ އާ ކައިވެނި ބައްލަވައިގެންފި އެވެ. إبراهيم ނަމަކަށް ކިޔާ ދަރިޔަކު އެކަމަނާގެ ކިބައިން رَسُوْلُ اللهِ ﷺ އަށް ލިބިވަޑައިގަތެވެ. رَسُوْلُ اللهِ ﷺ، ސިރީން ކައިވެނިކުރެއްވީ އެކަލޭގެފާނުގެ ޞަޙާބީއެއް ކަމަށްވާ އެކަލޭގެފާނުގެ ޅެންވެރިޔާ حسّان بن ثابت އާ އެވެ.
ހަދިޔާކުރި ދެ ސަވާރީގެ ތެރެއިން ހުދު އަޅި ކުލައެއް ހުރި ބަޣަލް އަށް ދެވުނު ނަމަކީ، ދުލްދުލް އެވެ. ޙިމާރަށް ދެވުނު ނަމަކީ، އުފައިރު ނުވަތަ ޔާފޫރު އެވެ. އެ ދުވަހާ ހަމަޔަށް، ހުދު ކުލަޔަކަށް ދާ ބަޣަލް އެއް ޢަރަބި ކަރައިން ފެނިފައެއް ނުވެއެވެ. ދުލްދުލް އަކީ މުސްލިމުން ދުށް ފުރަތަމަ ހުދު ކުލައެއް ހުރި ބަޣަލް އެވެ. ހަދިޔާ އަކަށް ދެވުނު ކްރިސްޓަލް ކުރައިން رَسُوْلُ اللهِ ﷺ ފެންފޮދު ހިއްޕެވި އެވެ.
"މާތް ﷲ އެވެ! އޭނާ އަޅާގެ ސިޓީ ކުދިކުދިކޮށްލި ފަދައިން، އޭނާ އާ އޭނާގެ ވެރިކަން ކުދކުދިކޮށްދެއްވާދޭވެ".
حديث الشريف
رَسُوْلُ اللهِ ﷺ ފޮނުއްވި ސިޓީ އަށް މުޤައުޤިސް ވަރަށް ބޮޑު އިޙްތިރާމެއް ދީ، އެތުގެ ދަތުން ހަދާފައިވާ ފޮށްޓަކަށް ލެއްވި އެވެ. އެ ފޮށި ބަންދުކޮށް، އޭނާގެ އަންހެން އަޅަކާ ޙަވާލުކުރި އެވެ. (ބަޔާންވެދިޔަ ސިޓީ، މިޞްރުގެ އަހްމިން ސަރަޙައްދު ގައި ހުންނަ ފައްޅިއެއް ގައި ހުރި ޤިބްޠީ ފޮތްތަކުގެ ތެރެއިން 1267 (1850 އޭޑީ) ފެނި، ޢުޘްމާނީ ދައުލަތުގެ 96 ވަނަ ޚަލީފާ ސުލްޠާން ޢަބްދުލް މަޖީދު ބައްލަވައިގަތެވެ. އެ ސިޓީ ބޭއްވިފައިވަނީ އިސްތަންބޫލުގެ ޓޮޕަކާޕީ ޕެލަސްގެ މުޤައްދަސް ލިޔުންތަކުގެ ސެކްޝަން ގައެވެ.)
އީރާނުގެ ޝާހު ޚުސްރޫ ޕަރްވޭޒް އަށް ފޮނުއްވި ސިޓީ
އީރާނުގެ ޙާކިމް އާ ހަމަޔަށް ފޮނުވީ عبدالله بن حُذافة އެވެ. އޭނާ، ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ ގެ އެ އަގުހުރި ސިޓީ، އީރާނުގެ އަނިޔާވެރި ޙާކިމް އަށް ހުށަހެޅި އިރު، އެ ސިޓީ ބާރަށް ކިޔުމަށް ޓަކައި، ދެއްވީ އެ ޙާކިމްގެ ސެކްރެޓަރީ އަތަށެވެ.
بسم الله الرّحمن الرّحيم!
الله تعالى ގެ އަޅާ އަދި ރަސޫލާ محمّد (عليه السّلام) ގެ ފަރާތްޕުޅުން ފާރިސީންގެ ޝާހު އަދި ޙާކިމް އަށް!
ސެކްރެޓަރީ އަށް މި ހިސާބަށް ކިޔުނުތަނާ ހަރުކަށި ޝާހު ރުޅިގަދަވެއްޖެ އެވެ؛ އޭނާ ސިޓީ އަތުލުމަށް ފަހު، އެ ސިޓީ ވީދާލައިފި އެވެ. رَسُوْلُ اللهِ ﷺ، އެކަލޭގެފާނުގެ ބަރަކާތްތެރި ނަންފުޅުން ސިޓީ ފެއްޓެވުމުން އޭނާ ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ އެވެ. އިސްލާމީ މަންދޫނު عبدالله بن حُذافة (رضي الله عنه) އެތަނުން ފޮނުވާލައްވަން ބޭނުންވީ އިރު، ޢަބްދުﷲ ގެފާނު އަންނަނިވި ގޮތަށް ވިދާޅުވުމުން، އަލިފާނަށް އަޅުކަންކުރާ މީހުންތައް އޭނާގެ ވަށައިގެން ޖަމާވެއްޖެ އެވެ.
"އޭ ފާރިސް ކަރައިގެ މީހުންނޭވެ! ކަލޭމެންނަކީ ރަސޫލުންނަށް އީމާންވާ ބައެއް ނޫނެވެ. އަދި ކަލޭމެންނަކީ، ސަމާވީ ފޮތްތައް ޤަބޫލުކުރާ ބައެއް ވެސް ނުމެ ނޫންމެއެވެ. ކަލޭމެން ތި އުޅެނީ އަދި ހުވަފެނެއް ގައެވެ؛ ކަލޭމެން ތި ދިރިއުޅެމުންދާ ބިމުގައި ކަލޭމެންނަށް ބާކީ ދެން އޮތީ މަދު ދުވަސްތަކެކެވެ!
އޭ ޝާހު އެވެ! ކަލޭގެ ކުރިން އައި ގިނަ ވެރިން ވެސް ތި ތަޚްތުގައި ރެދަލިކޮށް ވެރިކަން ކޮށްފި އެވެ. ގެ އަމުރުފުޅުތަކާ އެއްގޮތަށް އުޅުނު މީހުން މި ދުނިޔެ ދޫކޮށްފައިވަނީ، އާޚިރަތް ކާމިޔާބުކޮށްގެންނެވެ. އަދި އެ ގޮތަށް ޢަމަލުނުކުރި މީހުންނަށް ވަނީ އިލާހީ އަދބު ލިބިފައެވެ!
އޭ ޝާހު އެވެ! އަހަރެން ގެނެސް ކަލެއަށް ހުށަހެޅި ސިޓީއަކީ، ކަލެއަށް ލިބުނު ބޮޑު ނިޢުމަތެކެވެ. ކަލޭ އެ ސިޓީ އަށް އިހާނެތިވީމުއެވެ. އަހަރެން ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ކަލޭ ތި ނަފްރަތުކުރާ ދީން މި ތަނާ ހަމައަށް ފޯރުމުން، ކަލޭ ފިލާނެ ތަނެއް ހޯދާނެ އެވެ".
ދެން، އޭނާ ޝާހުގެ ގަނޑުވަރު ދޫކުރައްވައި، އޭނާގެ ޖަނަވާރަށް ސަވާރުވެއްޖެ އެވެ. އޭނާ އަވަސް އަވަހަށް އެ ތަނުން ވަޑައިގެންފި އެވެ. އޭނާ މަދީނާ އަށް ވަޑައިގެން، ވީ ގޮތް ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ އަށް ދެންނެވުމުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. "މާތް ﷲ އެވެ! އޭނާ އަޅާގެ ސިޓީ ކުދިކުދިކޮށްލި ފަދައިން، އޭނާ އާ އޭނާގެ ވެރިކަން ކުދކުދިކޮށްދެއްވާދޭވެ"!.
الله تعالى އެކަލާނގެ رَسُوْلُ اللهِ ﷺ ގެ ދުޢާ އިޖާބަކުރައްވައި، އެއް ރޭ، ޚުދު ޝާހުގެ އަމިއްލަ ފިރިހެން ދަރި އޭނާގެ ގަޔަށް ޚަންޖަރުން ޙަމަލާދީ ކުދިކުދި ކޮށްލައިފި އެވެ. ޚަލީފާ عُمرُ (رضي الله عنه) ގެ ދުވަސްވަރު، މުޅި އީރާނުގެ ހުރިހާ ބިމެއް މުސްލިމުން ފަތަޙަކުރި އެވެ.9
ޣައްސާންގެ ވެރިޔާ حارث بن أبي شِمر އަށް ފޮނުއްވި ސިޓީ
شجاع بن وهب (رضي الله عنه) ފޮނުވުނީ ޣައްސާންގެ ވެރިޔާގެ އަރިހަށެވެ. އެންމެ ފުރަތަމަ، ޝުޖާޢު (رضي الله عنه) ވާހަކަދެއްކެވީ އެ ޙާކިމްގެ ގޭޓް ބަލަހައްޓާ މީހާ އާ އެވެ. އޭނާ އަށް އިސްލާމް ދީނަށް ދަޢުވަތު ދެއްވުމުން، ގޭޓް ބަލަހައްޓާ މީހާ އެ ދަޢުވަތު ޤަބޫލުކޮށް، އަށް އޭނާގެ އިޙްތިރާމާއި، ތަހްނިޔާ ދެންނެވުމަށް ހުށަހަޅައިފި އެވެ. ވަގުތުން، އޭނާ ޝުޖާޢު (رضي الله عنه) އަށް އެ ޙާކިމް އާ ބައްދަލުކުރުން އިންތިޒާމްކޮށްފި އެވެ.
حارث بن أبي شمر އެ ސިޓީ ބާރަށް ކިޔާފައި އޭނާ ރުޅިއައިސްގެން ބިންމައްޗަށް ސިޓީ ވައްޓާލައިފި އެވެ. ޝުޖާޢު (رضي الله عنه) ވަގުތުން މަދީނާ އަށް އެނބުރި ވަޑައިގެން الله تعالى ގެ ޙަބީބު رَسُوْلُ اللهِ ﷺ އަށް މި ހިނގާ ދިޔަ ޙާދިސާ ދަންނަވައިފި އެވެ. އެކަލޭގެފާނުގެ ސިޓީ ބިންމައްޗަށް ވައްޓާލީތީ رَسُوْلُ اللهِ ﷺ ހިތްހަމަޖެހި ވަޑައިނުގެން حديث ކުރެއްވި އެވެ. "އޭނާގެ ވެރިކަން ހަލާކުކުރައްވާށި އެވެ!". حارث بن أبي شمر މަރުވެ އޭނާގެ ދައުލަތް ވިއްސިވިހާލި ވެއްޖެ އެވެ.10
ޔަމާމާގެ ޙާކިމް حوزة بن علي އަށް ފޮނުއްވި ސިޓީ
ޔަމާމާގެ ޙާކިމް އާ ހަމަޔަށް ފޮނުވުނީ صالت بن عمرُو (رضي الله عنه) އެވެ. އެކަލޭގެފާނުގެ ސީޓީ حديث ކުރެއްވި އެވެ.
"بسم الله الرّحمن الرّحيم!
الله تعالى ގެ އަޅާ އަދި ރަސޫލާ محمّد (عليه السّلام) ގެ ފަރާތްޕުޅުން ޤިބްޠީންގެ ވެރިޔާ حوزة بن علي އަށް! ތެދުމަގަށް ތަބަޢަވާ މީހުންގެ މައްޗަށް އަމާންކަން ހުއްޓެވެ. (އޭ حوزة އެވެ!) ޖަމަލުތަކާއި އަސްތަކަށް ދެވޭނެ އެންމެ ދުރަކަށް އިސްލާމް ދީން ފެތުރި، ހުރިހާ ދީންތަކުގެ މައްޗަށް ކާމިޔާބު ހޯދާނެ ކަން ދަންނާށެވެ! މުސްލިމަކަށް ވާށެވެ. އޭރުން، ދިންނެވުން ލިބޭނެ އެވެ. ކަލޭ މުސްލިމަކަށް ވެއްޖެ ނަމަ، ކަލޭގެ ވެރިކަމުގެ ދަށުގައިވާ ބިންތައް ކަލެއަށް ދޫކޮށްލައްވާނަމެވެ..."
ޔަމާމާގެ ޙާކިން حوزة، މި ވަރަކާތްތެރި ދަޢުވަތު ޤަބޫލެއް ނުކުރި އެވެ. އޭނާ ވެރިކަންކުރުމަށް އޮތް ލޯތްބާއި، މަޤާމަށް އޮތް ދަހިވެތިކަމެއްގެ ބޮޑުކަމުން އޭނާ އަށް ހެޔޮ ގޮތް ނުވިސްނުނީ އެވެ. މީގެ ސަބަނުން، ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ ގެ ހެޔޮ ދުޢާ ލިބިގަތުމުން އޭނާ މަޙްރޫމްވީ އެވެ. އިސްލާމީ މަންދޫބު صالت بن عمرُو (رضي الله عنه) އޭނާގެ މައްޗަށް ހަމްދަރުދީވެ ވިދާޅުވި އެވެ.:
"އޭ ޔަމާމާގެ ވެރިޔާ حوزة އެވެ! ތިބާއަކީ މި މީހުންގެ ވެރިޔާ އެވެ! ތިބާ މަތިވެރި ކަމަށް ބެލި ޤައިޞަރުންތައް މިހާރު ވެސް ވަނީ މަރުވެ ފަނާވެގެން ގޮސް ވެއްޔަށް ވެފައެވެ.
ޙަޤީޤީ ގަދަ މީހުންނަކީ، الله تعالى އަމުރުކުރެއްވި ކަންތައް ކޮށްގެންނާއި، އެކަލާނގެ ނަހީކުރެއްވި ކަންތައް ދުކޮށް ދޫކޮށްލުމުން ސުވަރުގެ ޙައްޤުވާ މީހުނެނެވެ. މުޖްތަމޢަކަށް އީމާންތެރިކަމުގެ ޝަރަފު ލިބިއްޖެ ނަމަ، ތިބާގެ ފާސިދު ޢަޤީދާގެ ސަބަބުން ސީދާ މަގުން އެ ބަޔަކު ކައްސާލުމާ މެދު ސަމާލުވާށެވެ. ތެދުތެދަށް ބުނާ ނަމަ، އަހަރެން ތިބާ އަށް އިރުޝާދުދެނީ الله تعالى ގެ އަމުރުފުޅުތަކަށް ތަބަޢަވުމަށާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުވުމަށެވެ. ތިބާ الله تعالى އަށް އީމާންވެ، އެކަލާނގެ އަމުރުފުޅުތަކާ އެއްގޮތަށް އުޅޭ ކަމުގައި ވާ ނަމަ، ތިބާ ސުވަރުގެ އަށް ވަންނާނެއެވެ. ތިބާ ޝައިޠާނާ އަށް ތަބަޢަވާ ކަމުގައި ވާ ނަމަ، ތިބާ ވަންނާނީ ޖަހަންނަމަ އަށެވެ.
އަހަރެންގެ މި ނަސޭޙަތް ތިބާ ޤަބޫލުކުރާ ނަމަ، ތިބާ ތި ބިރުގަންނަ ކަންތަކުން ތިބާ ސަލާމަތްވެ، ތިބާ ތި އުއްމީދުކުރާ ކަންތައްތައް ޙާޞިލުވާނެ އެވެ. ތިބާ އަހަރެންގެ ނަސޭޙަތް ޤަބޫލުނުކުރާ ކަމުގައި ވާ ނަމަ، އަހަރެން ތިބާ އާ އެކު ދެން އިތުރަށް ކުރާނެ ކަމެއް ނެތެވެ. ތިބާ ކަންކުރަންވީ ގޮތަކަށް ކުރަންވީ އެވެ".
އިސްލާމީ މަންދޫބުގެ މި ރިވެތި އިރުޝާދު حوزة އަޑެއް ނޭހިއެވެ. ޔަމާމާ ގައި މަޑުކުރެއްވުމަކީ، އޭގެ ފަހުން ޟަރޫރީ ކަމެއް ނޫން ކަމަށް صالت بن عمرُو އަށް ރޭކާލުމަށް ފަހު، އޭނާ އަވަސްއަވަހަށް އެނބުރި މަދީނާ އަށް ވަޑައިގެންފި އެވެ. ވީ ގޮތް އޭނާ رَسُوْلُ اللهِ ﷺ އަށް ދަންނަވައިފި އެވެ. އިސްލާމް ދީން ޤަބޫލުކުރުމުގެ މަތިވެރި ނިޢުމަތުން حوزة އަމިއްލަ އަށް މަޙްރޫމްވެގަތުމުން، އެކަމާ رَسُوْلُ اللهِ ﷺ ހިތާމަކުރެއްވި އެވެ. ދުވަސްކޮޅަކަށް ފަހުން ޚަބަރު ލިބުނީ حوزة މަރުވެއްޖެ ކަމަށެވެ. އޭނާ ވެރިކަމަށް އޮތް ލޯތްބާއި، މަތީ މަޤާމަށް އޮތް ދަހިވެތިކަން، ނަރަކައިގެ ވަޅުގަނޑެއް ކަމުގައިވީ އޭނާގެ ކަށްވަޅުން ނިމުމަކަށް އަތުވެއްޖެ އެވެ.11
ބަޙްރައިންގެ ގަވަރުނަރ مُنذِرُ بن ساوا އަށް ފޮނުއްވި ސިޓީ
ބަޙްރައިންގެ ގަވަރުނަރަށް ސިޓީ ގެންގޮސްދިނީ علاء بن حضرمي (رضي الله عنه) އެވެ. މަތިވެރިވެގެންވާ ސިޓީ ލޯތްބާ އެކު ގަވަރުނަރ ކިޔުމަށް ފަހު، އެ ސިޓީ ގައި ވާ ވާހަކަތައް ވިސްނުމަށް ފަހު، އިސްލާމްވެއްޖެ އެވެ.
"މާތް ﷲ އެވެ. އިބަ ރަސްކަލާނގެ އާއި، އިބަ ރަސްކަލާނގެ ރަސޫލާގެ ތެދު މަގުގައި އުއްމު ރޫމާން ތަޙަމަލުކުރި އުނދަގޫތައް އިބަ ރަސްކަލާނގެ އަށް ވަންހަނާވެގެން ނުވެއެވެ".
حديث الشريف
(ނަޖާޝީ ފިޔަވައި) އެހެން އެންމެންނާ ޚިލާފަށް، "މީސްތަކުން އޭތި މީތި ތިމަންނާ ކައިރީގައި ބުނާނޭ، އަހަރެންގެ ތަޚްތު އަހަންނަށް ގެއްލޭނޭ" މިހެން ބުނުމުގެ ބަދަލުގައި، ކިޔުމަށް ފަހު، އޭނާއާއި، އޭނާގެ ދަށުގައި ތިބި މީހުން ނަރަކައިގެ އަލިފާނުން ސަލާމަތްކޮށްފި އެވެ. މުސްލިމަކަށް ވުމަށް ދެވުނު ދަޢުވަތުގެ ސިޓީ ޤަބޫލުކުރުމުގެ ބުއްދިވެރިކަން ދެއްކި އެހެން ވެރިޔެކެވެ. އޭނާގެ ޤައުމުގެ ބައެއް މީހުން އޭނާ ހެދިގޮތަށް މުސްލިމުންނަށް ވެއްޖެ އެވެ. ބައެއް މީހުން އިސްލާމް ދީން ޤަބޫލެއް ނުކުރި އެވެ.
މުންޒިރު އޭނާގެ ޙާލަތު ލިޔެފައި رَسُوْلُ اللهِ ﷺ އަށް ހުށަހެޅި އެވެ. رَسُوْلُ اللهِ ﷺ ޖަވާބުގައި ފޮނުއްވި ސިޓީ ގައި ވަނީ ތިރީގައި ވާ ގޮތަށެވެ.: "ތިބާ އަށް ބޯލަނބާ މީހުންނަށް އިސްލާމް ދީން އުނގަންނައިދޭންވާނެ އެވެ. ދެކޮޅުހަދާ މީހުން ޖިޒްޔަ (އިސްލާމީ ދައުލަތަކުން އެ ދައުލަތުގައި ދިރިއުޅޭ މުސްލިމުން ނޫން މީހުންގެ އަތުން ނަގާ ޓެކްސް) ދޭންވާނެ އެވެ. އެ މީހުން (މުސްލިމުން) އަލިފާނަށް އަޅުކަންކުރާ މީހުން ކަތިލާފައި ހުންނަ ޖަނަވާރުތައް ކައިގެންނުވާނެ އެވެ. އަދި އެއްބަޔަކު އަނެއް ބަޔަކާ ކައިވެނިކޮށްގެން ނުވާނެ އެވެ".
އެހެންކަމުން، މުސްލިމުންގެ ހަތް މަންދޫބުން، އެ ބޭކަލުންގެ ޒިއްމާ އަދާކުރައްވައި، އެ ވަގުތު ގެ ބޮޑެތި ޤައުމުތަކަށް އިސްލާމް ދީން އަތުވެއްޖެ ކަމުގެ ޚަބަރު ދެއްވި އެވެ. އެ ބޭކަލުން އެބައި މީހުންނަށް ޙަޤީޤީ އުފާވެރިކަމަކީ ކޮބައިކަން ކިޔައިދެއްވައި، ޤިޔާމަތް ދުވަހު، "އަހަރެމެން އެކަމުގެ ވާހަކަ އަޑެއް ނާހަމޭ" ބުނާނެ ޖާގައެއް ނުދެއްވައެވެ.
ކުރުކޮށް ބުނާ ނަމަ، މަންދޫބުން ސިޓީ ޙަވާލުކުރެއްވި ޙާކިމުންގެ ތެރެއިން ދެ މީހަކު އިސްލާމްވި އެވެ. އޭގެ ތެރެއިން އެކަކީ ނަޖާޝީ އެވެ. އަދި އަނެކަކީ މުންޒިރެވެ. ދެން ތިބި މީހުން ކާފަރުކަން މަތީ ތިބީ އެވެ.
ޙަބަޝް ކަރައިގެ ޙާކިމް ޢަޞްޙަމާ (رحمة الله عليه) މުސްލިމަކަށް ވުމުގެ ޝަރަފު ލިބުނު އިރު، ބައެއް އަޞްޙާބު ބޭކަލުންނަށް رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ދުޢާތައް ކުރެއްވި ތަން ފެނި، رَسُوْلُ اللهِ ﷺ ގެ ކައިވެނި أُمُّ حبيبة (رضي الله عنها) އަށް ކުރިއެވެ.
އިރުމަތީ ރޯމަން އެމްޕަޔަރ ހެރަކްލަޔަސް، އަދި މިޞްރުގެ ރަސްގެފާނު މުޤައުޤިސް އިސްލާމެއް ނުވިއެވެ. އެހެން ނަމަވެސް، އެ ދެ މީހުން ވަނީ ސިޓީތަކަށް ވަރަށް ބޮޑު އިޙްތިރާމެއް ދީ، ޞުލްޙަވެރި ޖަވާބުދީ، މަންދޫބުންނާ ރަނގަޅަށް މުޢާމަލާތްކޮށް، رَسُوْلُ اللهِ ﷺ އަށް ހަދިޔާ ފޮނުވާފައެވެ.
ޣައްސާން އާއި އީރާނުގެ ވެރިން މަންދޫބުންނާ ރަނގަޅަށް މުޢަމަލާތްނުކޮށް، އެ މީހުންގެ ޢަދާވާތްތެރިކަން ފާޅުކަންމަތީ ދެއްކި އެވެ.
ޔަމާމާގެ ޙާކިމް އިސްލާމީ މަންދޫބާ ދޭތެރޭ ކަންތައް ކުރީ އިޙްތިރާމާ އެކުގައެވެ.
ހިޖްރައިން ހަވަނަ އަހަރު ހިނގި އެހެން ޙާދިސާތައް
خولة بنت ثعلبة بن قيص بن مالك الخزرجي އާއި، އެކަމަނާގެ ފިރިކަލުން عوص بن صامت بن الأحزمي الأنصاري އާ ދެމެދު ޡިހާރު (ވަރީގެ ވައްތަރެއް) ކުރެވުނެވެ.
އަހާއި ޖަމަލު ރޭސް ބޭއްވުމަށް رَسُوْلُ اللهِ ﷺ ހުއްދަދެއްވި އެވެ. މީގެ ކުރިން އެއްގޮތަކަށް ވެސް ބަލިވެފައި ނުވާ އެކަލޭގެފާނުގެ ޖަމަލު، ޢަރަބި ޖަމަލަކާ ވާދަކޮށް ބަލިވުމުން، އަޞްޙާބު ބޭކަލުން ހިތާމަކުރެއްވުމުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. "ކޮންމެ އެރުމަކަށް ފޭބުމެއް ވެއެވެ".
عائشة (رضي الله عنها) ގެ މަންމާފުޅު أُمُّ رُومان އަވަހާރަވެއްޖެ އެވެ. އެކަމަނާގެ ކަށުނަމާދު އިމާމުވެ ކުރައްވައި، އަދި ވަޅުލެއްވުމުގައި رَسُوْلُ اللهِ ﷺ އުޅުއްވި އެވެ. އެކަމަނާ ނަންގަވައިގެން ކަށްވަޅަށް ތިރިކުރެއްވީ رَسُوْلُ اللهِ ﷺ އެވެ. ސުވަރުގެ ލިބޭނެ ކަމުގެ އުވާފެރި ޚަބަރު، އެކަމަނާ އަށް رَسُوْلُ اللهِ ﷺ ދެއްވައި حديث ކުރެއްވި އެވެ. "ސުވަރުގޭގެ ޙޫރަކަށް ބެލުމުން ހިތްއުފާ ލިބޭ މިހުން އުއްމު ރޫމާނަށް ބެލުން ހުއްޓެވެ". އަދި އެކަމަނާގެ މައްޗަށް ދުޢާކުރެއްވުމަށް ފަހު، އެކަމަނާގެ ފާފަ ފުއްސެވުމަށް ޓަކައި، ދުޢާކުރެއްވި އެވެ. "މާތް ﷲ އެވެ. އިބަ ރަސްކަލާނގެ އާއި، އިބަ ރަސްކަލާނގެ ރަސޫލާގެ ތެދު މަގުގައި أُمُّ رُومان ތަޙަމަލުކުރި އުނދަގޫތައް އިބަ ރަސްކަލާނގެ އަށް ވަންހަނާވެގެން ނުވެއެވެ".
ޚައިބަރު ފަތަޙަކުރެއްވުން
މަދީނާގައި، ބޭރުފުށުން މުސްލިމުންކަމަށް ދައްކައިގެން އުޅުނު އެކަމަކު ޙަޤީޤަތުގައި މުނާފިޤު ބައެއް ޔަހޫދީން އުޅުނެވެ. މަދީނާ އަށް ހިޖުރަކުރެއްވުމުގެ ކުރިން، މަދީނާގެ މީހުން އެ މީހުންގެ ވެރިޔަކަށް ހެދީ عبدالله بن أُبَيُّ بن سلُول ބިން ސަލޫލް އެވެ. ގަހަނާ އިން ޒީނަތްތެރިކުރެވިގެންވީ ތާޖެއް އެ މީހުން އޭނާ އަށް ދިނެވެ. رَسُوْلُ اللهِ ﷺ މަދީނާ އަށް ވަޑައިގަތުމުން، މަދީނާގެ މީހުން އެކަލޭގެފާނަށް އިޙްތިރާމާއި ލޯބި ދީ، އެކަލޭގެފާނަށް ތަބަޢަވާން ފަށައިފި އެވެ. އިބްނު ސަލޫލު ކަނަކަށް ގެޅި، ބޭކާރުވެގެން ދިޔައީ އެވެ. އޭނާ އަށް ސަމާލުކަންދިނުން އެ މީހުން ހުއްޓާލި އެވެ. މިއާއެކު، އޭނާ ޤަޞްދުކުޅައީ، ޝަހީދުކޮށް، ނުވަތަ ދުއްތުރާކުރުމަށެވެ.
އެއް ދުވަހަކު، ޔަހޫދީން އޭނާގެ ވަށައިގެން ޖަމާވި އެވެ. މި ކަމާ ގުޅިގެން ބައެއް ޕްލޭންތައް އެ މީހުން ހެދި އެވެ. އެ މީހުން މި ކަމާ ގުޅިގން އެހީތެރިކަމަށް އެދުނީ، ލަބީދު ބިން ޢާޞިމްގެ ކިބައިންނެވެ. ލަބީދު ބުންޏެވެ. "މިވެނި މިވެނި އަވަށްގަނޑެއް ގައި ޙައިރާ ކިޔާ އަންހެނަކު އުޅޭނެ އެވެ. ސިޙުރު ހެދުމުގައި އެ އަންހެންމީހާ ވަރަށް މޮޅުވާނެ އެވެ. އޭނާ ހޯދާށެވެ". އެ މީހުންނަށް ލަޢުނަތްލެއްވިގެންވާ އެ އަންހެން މީހާ ފެނުމުން އޭނާ އަށް އެއް ހާސް ދިރުހަމްގެ ރަނާއި، ދިހަ ފޮތި ރޯލު ދިނެވެ. އެ މީހުން ބުންޏެވެ. "ކަލޭ محمّدގެފާނު މަރާލައިފި ނަމަ، އަހަރެމެން އަދި މާގިނައިން ދޭނަމެވެ". އެ މުސްކުޅި އަންހެނާ، ޅަ ކޮތަރަކަށް ތިނޯސްތަކެއް ހަރައި، ރޮދިތަކެއް އެ ކޮތަރުގެ ގައިގެ ވަށައިގެން ގޮށްޖަހައި އޮޅާލައިފި އެވެ. އެ އަންހެންމީހާ އެ ކޮތަރު މަދީނާގެ ރަށްބޭރުގައިވާ ވީރާނާވެފައިވާ ވަޅަކަށް ލައި އޭގެ މަތި ބަންދުކޮށްފި އެވެ. رَسُوْلُ اللهِ ﷺ އާލާސްކަންފުޅު ޖެހިއްޖެ އެވެ. އެ މީހުން އެކަލޭގެފާނަށް އެތައް ބައިވަރު ބޭސް ދިނެވެ. އެކަމަކު، އެ ބޭހަކުން ހުރި ރާޙަތެއް ނެތެވެ. މި ގޮތަށް ނުވަ ދުވަސް ވަންދެން ކުރިޔަށް ދިޔައެވެ.
ދެން، جبريل (عليه السّلام) ވަޑައިގެން އެ ޙާލަތާ ބެހޭގޮތުން މަޢުލޫމާތު ދެއްވި އެވެ. އެ މީހުން رَسُوْلُ اللهِ ﷺ ގެންދިޔައީ އެ ތަނަށެވެ. އެކަލޭގެފާނު އެ ވަޅުގެ މަތި ނަންގަވައި، އެ ކޮތަރު ނެންގެވި އެވެ. އެކަމަކު އެ ރޮދިތަކުގައި ޖަހާފައި ހުރި ގޮށްތައް ނެއްޓޭގޮތެއް ނުވި އެވެ. ދެން جبريل (عليه السّلام) މުޢައްވިދަތައިން ސޫރަތްތައް (فلق އަދި ناس) ގެނެސްދެއްވި އެވެ. جبريل (عليه السّلام) ވިދާޅުވި އެވެ. "އޭ محمّدގެފާނެވެ! މި ސޫރަތްތައް މި ގޮށްތަކުގެ މައްޗަށް ކިޔުއްވާށެވެ". رَسُوْلُ اللهِ ﷺ އެ ސޫރަތްތައް ތިލާވާކުރައްވަން ފަށްޓވައިފި އެވެ. އެކަލޭގެފާނު ތިލާވާކުރައްވާ ކޮންމެ އާޔަތަކާ އެކު އެއް ގޮށް މޮހި، ތިނޯހެއް ނުކުމެއެވެ. އެކަލޭގެފާނު ސޫރަތްތައް އެއްކޮށް (ދެ ސޫރަތުގައި 11 އާޔަތް) ތިލާވާކުރައްވާ ނިންމެވި އިރު، ހުރިހާ ގޮށްތަކެއް މޮހިއްޖެ އެވެ. އެއާއެކު، އެއްކޮށް އެ ބަލިން ރަނގަޅުވެ އެކަލޭގެފާނުގެ ޞިއްޙަތު އަނބުރާ އިޢާދަވެއްޖެ އެވެ. ދެން އެކަލޭގެފާނަށް ސިޙުރު ހެދި މީހުންނާ ހަމަޔަށް މީހުން ފޮނުއްވައި އެ މީހުން ކުށްވެރިކުރައްވައިފި އެވެ. މަދީނާގެ މީހުން އެ މީހުންނަށް އަދަބު ދިންވަރުން ގޮސް އެ މީހުން މަރުވެއްޖެ އެވެ.
ޔަހޫދީންގެ މީހެއް ކަމުގައިވާ ލަބީދު ނަމަކަށް ކިޔުނު މީހަކު رَسُوْلُ اللهِ ﷺ ގެ އަރިހަށް ގެނެވުނެވެ. رَسُوْلُ اللهِ ﷺ އޭނާ ކައިރީގައި "ކަލޭ އެހެން ހެދީ ކީއްވެގެން ހޭ" އެއްސެވުމުން، އޭނާ ޖަވާބު ދިނެވެ. "އެއީ އަޅުގަނޑު ރަނަށް ހުންނަ ލޯތްބަކުންނެވެ". ބައެއް އަޞްޙާބު ބޭކަލުން ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު އަޅުގަނޑުމެންނަށް ހުއްދަ ދެއްވައިފި ނަމަ، އަޅުގަނޑުމެން އެ ޔަހޫދީ ކަލޭގެ ބޯ ކަނޑާލާނަމު އެވެ. އެކަލޭގެފާނަށް ޓަކައި، އެއްވެސް މީހަކަށް އަދަބު ދެއްވާފައިނުވާ رَسُوْلُ اللهِ ﷺ އޭނާ މަރާލެވުނަ ނުދެއްވައި حديث ކުރެއްވި އެވެ. "އޭނާ ކުރިމަތިލާނެ އިލާހީ އަދަބު މާ ވަރުގަދަވާނެ އެވެ".12
"ޚައިބަރުގެ ކިއްލާ ފަތަޙަކުރައްވާނީ علي ބިން އަބީ ޠާލިބެވެ".
حديث الشريف
ޔަހޫދީން މަދީނާ އިން ބޭރުކޮށްލެވުމުން، އެ މީހުން ދިޔައީ، ޢަރަބި ކަރައިގެ އުތުރުގެ ސަރަޙައްދުތަކަށެވެ. އޭގެ ތެރެއިން ބައެއް މީހުން އުޅުނީ އަދި ވަޒަންވެރިވީ ޚައިބަރުގައެވެ. އޭގެތެރެއިން ބައެއް މީހުން ދިޔައީ އުތުރުގައިވާ ދިމިޝްޤަށެވެ. އެ ޔަހޫދީން އެ މީހުންގެ ގެދޮރުން ބޭރުކުރެވުނީ، رَسُوْلُ اللهِ ﷺ ޝަހީދުކޮށްލުމަށް އެބައި މީހުން ރޭވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް، އެބައި މީހުންގެ ހިތުގައި މުސްލިމުންނާ ދެކޮޅަށް އުފެދިފައިވާ ނަފްރަތާއި، ރުޅިވެރިކަމާއި، ބަދަލުހިފުން މަޑުވެގެނެއް ނުދިޔަ އެވެ. އަދި ކީއްތޯއެވެ! އެ ޝުޢޫރުތައް ދުވަހެއް ދުވަހަކަށް ދިޔައި ވަރުގަދަވަމުންނެވެ. އެބައި މީހުން ބޭނުންވީ، ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ ގެ ފުރާނަފުޅު ދުއްވާލައި، ވީހާ ވެސް އަވަހަކަށް އިސްލާމް ދީން ނައްތާލުމަށެވެ. އެބައި މީހުންގެ ބައެއް ކަމުވޮށިގެންވާ މީހުން ބުނޫއެވެ. "އަހަރެމެން ޣަޠްފާނީންގެ ގާތަށް ގޮސް އެ މީހުންގެ އެހީތެރިކަމަށް އެދެމާ ހިނގާށެވެ. އެ މީހުންނާ އެކު މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރަމާ ހިނގާށެވެ"! އެ މީހުންގެ ދެން ތިބ ބައެއް މީހުން ބުނޫއެވެ. "އަހަރެމެން އެހީތެރިކަމަށް އެދި، ފަދަކު، ތައިމާ، ވާދީ އަލްޤުރާ ގެ ޔަހޫދީންގެ ގާތަށް ގޮސް، މުސްލިމުން ޙަމަލާދިނުމުގެ ކުރިން، އެ މީހުންގެ ސިޓީތަކަށް ހަމަލާދީ، އަހަރެމެންގެ ހުރިހާ ބަދަލުހިފުމެއް ހިފަމާ ހިނގާށެވެ".
ޚައިބަރުގެ ޔަހޫދީން މި ވާހަކަތައް ޤަބޫލުކޮށް، ވަށައިގެންވާ ޔަހޫދީ ޤަބީލާތަކާއި، ޣަޠްފާނީންގެ އެހީތެރިކަމަށް އެދިއްޖެ އެވެ. ޣަޠްފާނީންގެ ތެރެއިން އިސް ހަނގުރާމަވެރިން ގެ ގިނަ ބަޔަކު އައިސް ޚައިބަރު ގައި ހަނގުރާމަ އަށް ތައްޔާރުވާން ފަށައިފި އެވެ.
އެ މީހުން އެ ތައްޔާރީތައް ވަމުންދިޔަ އިރު، رَسُوْلُ اللهِ ﷺ އަށް ޔަހޫދީންގެ ޚަބަރު ލިބިވަޑައިގެންފި އެވެ. ކަން ހިނގަމުންދިޔަ ގޮތް ބެއްލެވުމަށް އެކަލޭގެފާނު ވަގުތުން عبدالله بن رواحة، ތިން ޞަޙާބީންނާ އެކު ޚައިބަރަށް ފޮނުއްވި އެވެ. ޢަބްދުﷲ ބިން ރަވާޙަތާއި އޭނާގެ ތިން އެކުވެރިން ވަރަށް އަވަސް އަވަހަށް ޚައިބަރަށް ވަޑައިގެންފި އެވެ. އެއީ، ވަރުގަދަ 8 ކިއްލާއާއި، ކުދި ކިއްލާތަކާއި، މުއްސަނދި ބިމަކާއި، ވައިންޔާޑުތަކާއި، ބަގީޗާތަކުން ފުރިފައިވާ މުއްސަނދި ސިޓީއެކެވެ. ޢަބދުﷲގެފާނު، އޭނާގެ އެކުވެރިޔަކު އެތަނުން އައްޝައްޤު ކިއްލާއަށް، އަނެކަކަ ކަތީބާ ކިއްލާ އަށް، އަދި އަނެކަކު ނަތާތު ކިއްލާ އަށް ފޮނުއްވި އެވެ. އޭނާ ވެންނެވީ އެހެން ކިއްލާއަކަށެވެ. ތިން ދުވަސް ވަންދެން އެ ބޭކަލުން ޔަހޫދީންގެ ޙާލަތާއި، ހަނގުރާމަ އަށް ތައްޔާރުނުން ވަރަށް ގާތުން ބައްލަވައިފި އެވެ. ތިން ދުވަސް ފަހުން، އެ ބޭކަލުން އެއްތަނަކަށް ޖަމާވެ، އަވަސް އަވަހަށް މަދީނާ އަށް އެނބުރި ވަޑައިގެންފި އެވެ. ޔަހޫދީން ހަނގުރާމަ އަށް ވަމުންދާ ތައްޔާރިތަކުގެ ވާހަކަ، އެ ބޭކަލުން رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ.
އަވަހަށް ހަނގުރާމަ އަށް ތައްޔާރުވުމަށް رَسُوْلُ اللهِ ﷺ އަޞްޙާބު ބޭކަލުންނަށް އެންގެވި އެވެ. އެކަލޭގެފާނު ނިންމެވީ، މާޗްކޮށްފައި ޚައިބަރަށް ގޮސް ޔަހޫދީން މަދީނާ އަށް ޙަމަލާދިނުމުން ދުރުކުރުވުމަށެވެ. މި ނިންމެވުން ނިންމެވުމުން މަދީނާ ގައި ތިބި ޔަހޫދީންނަށް މި ނިންމެވުމުގެ ޚަބަރު ލިބުމުން، އެކަން މަދީނާގެ ޔަހޫދީންގެ ސަމާލުކަމަށް އަތުވެއްޖެ އެވެ. މުސްލިމުންގެ ހިތް މަރުވާލުމުގެ ގޮތުން އެ މީހުން ބުނޫއެވެ. "އަހަރެމެން ހުވާކޮށްފައި ބުނަމެވެ. ކަލޭގެފާނަށް ޚައިބަރުގެ ކިއްލާތަކާއި، އެ ތަނަށް ޖަމާވެފައިތިބި ހިތްވަރުގަދަ ހަނގުރާމަވެރިން ފެނިއްޖެ ނަމަ، އެ ތަނުގައި ފައި ވެސް ޖައްސާނުލާނެތެވެ! ފަރުބަދަތަކުގެ މަތީ ގައި އުސް ފާރު ރާނާފައިވާ ކިއްލާތައް ޙިމާޔަތްކުރެވިފައިވަނީ ހިތްވަރުގަދަ ހަނގުރާމަވެރިންނާ އެކުގައެވެ! ވަށައިގެންވާ ސަރަޙައްދުތަކުން އެތަކެއް ހާސް ހަނގުރާމަވެރިން އެމީހުންނަށް އެހީތެރިވުމަށް ވަނީ އައިސްފައެވެ. ވީމާ، ކަލޭގެފާނަށް ޚައިބަރު ފަތަޙަކުރުމަކީ ކުރެވިދާނެ ކަމެއް ތޯ އެވެ"! އެބައި މީހުންނާ ދެކޮޅަށް ހިތްވަރުގަދަ ޞަޙާބީން ވިދާޅުވި އެވެ. "އެކަލާނގެ رَسُوْلُ اللهِ ﷺ ހަބީބު އަށް ވަޢުދުވެވަޑައިގެންފައިވަނީ، އެކަލޭގެފާނު ޚައިބަރު ފަތަޙަކުރައްވާނެ ކަމަށެވެ". އެއާއެކު، އެ ބޭކަލުން ޔަހޫދިންނަށް ބިރުން ނުތިއްބަވާނެ ކަން ސާފުކޮށް ދެއްވައިފި އެވެ. ޢަރަބީންގެ މި ވަރުގަދަ ޢަޒުމުގެ ސަބަބުން، ޔަހޫދީން އިތުރަށް ވީ ހިތާމަވެރިވެ ކަންބޮޑުވެއްޖެ އެވެ.
މުނާފިޤުންގެ ވެރިޔާ عبدالله بن أُبَيُّ بن سلُول ޚައިބަރަށް ފޮނުވި ވަރަށް މުހިއްމު މެސެޖެއް ގައި ބުންޏެވެ. "ކަލޭމެންނާ ދެކޮޅަށް ކުޑަ ފައުޖަކާ އެކު محمّدގެފާނު އެބަ ވަޑައިގަންނަވައެވެ. ބިރުގަންނާނެ ކަމެއް ނެތެވެ. އެކަމަކު ސަމާލުވެ، ކަލޭމެންގެ މުދާތައް ކިއްލާތަކަށް ޖަމާކުރާށެވެ. އެ މީހުންނާ ކުރިމަތިލާނީ ކިއްލާއިން ބޭރަށް ނިކުމެފައެވެ"!
އަޞްޙާބު ބޭކާލުން އެ ބޭކަލުންގެ ތައްޔާރީތައް ފުރިހަމަކުރައްވައި، އެ ބޭކަލުންގެ ޢާއިލާތަކަށް އަލްވަދާޢު ވިދާޅުވުމަށް ފަހު، رَسُوْلُ اللهِ ﷺ ގެ އަރިހަށް ޖަމާވެއްޖެ އެވެ. އެއީ، ދުއިސައްތަ އަސްވާރުންނާއި، ފައިމަގުގައި ހަނގުރާމަކުރާ ސާދަ ސަތޭކަ ހަނގުރާނަވެރިންނެވެ. الله تعالى ގެ ދީން ފެތުރުއްވުމަށް ޓަކައި ޖިހާދުކޮށް ޝަހީދުވުމަށް، رَسُوْلُ اللهِ ﷺ ގެ އަމުރުފުޅަކަށް އެ ބޭކަލުން ތިއްބެވީ ތައްޔާރަށެވެ. އެ ވަގުތު ފާހަގަކުރެވުނު އެއް ކަމަކީ، ހަނގުރާމައިގައި ބައެއް މަސައްކަތްތައް ކުރުމަށް رَسُوْلُ اللهِ ﷺ ގެ ހުއްދައަކަށް އެދުނެވެ. އެ ގޮތުން ޞަޙާބީންނަށް ކެއުން ތައްޔާރުކުރުމަށާއި، ޒަޚަމްވާ މީހުންނަށާއި، ބަލި މީހުންނަށް އެހީތެރިވުމުގެ ގޮތުން، ޒަޚަމްތަކުގައި ބެންޑޭޖް އެޅުމާއި، ބޭސް ތައްޔާރުކުރުމާއި، ދެން ވެސް އެ ކަނބަލުންނަށްކުރެވެން އޮތް ކަމެއް ކުރުމށް އެދުނެވެ. رَسُوْلُ اللهِ ﷺ ގެ ހިތްޕުޅުގައި އުފެދުނު ކުލުނަކުން އެ ކަނބަލުން މި ސަވާބުން މަޙްރޫމެއް ނުކުރައްވައެވެ. އެހެންކަމުން، رَسُوْلُ اللهِ ﷺ ގެ އަނބިކަނބަލުން أُمُّ سلامة (رضي الله عنها) ގެ އިސްނެންގެވުމުގެ ދަށުން 20 ކަނބަލަކު މުޖާހިދުންނާ ގުޅިވަޑައިގަތެވެ.13
މަދީނާގައި ނައިބެއްގެ ގޮތުގައ ޣިފާރު ވަންހައިގެ سباع بن عرفطة (رضي الله عنه) ބަހައްޓަވައި ޚައިބަރަށް ދިއުމަށް ހިނގައިގަތުމަށް އެންގެވި އެވެ. (އެކަލޭގެފާނުގެ ނައިބަކަށް މި ފަހަރު ބެހެއްޓެވީ نميلة بن عبد الله ކަމަށް ވެސް ރިވާވެގެން ވެއެވެ.) ދަތުރު ފެށުނީ تكبيرންނެވެ. އެކި ސަބަބުތަކާ ހެދި މި ހަނގުރާމަޔަށް ނުދެވުނު ޞަޙާބީން ނުވަތަ މާ ޒުވާން ވުމުގެ ސަބަބުން ހަނގުރާމައިގައި ބައިވެރިވުމުގެ ހުއްދަ ނުލިބުނު ޞަޙާބީން ގެންދެވީ رَسُوْلُ اللهِ ﷺ އާއި، އެ ބޭކަލުން ބައްޕައިންނާއި، ކާފައިންނާއި، ބޮޑުބޭބެއިންނާއި، ދޮށީ ބޭބެއިންނާ ދިމާލަށް ޝައުޤުވެރިކަމާ އެކު އަލްވަދާޢު ކިޔުއްވީ تكبيرތަކާއި ދުޢާތަކުންނެވެ.
ކަލަންޑަރުން ދައްކަނީ، ހިޖްރައިން ހަތް ވަނަ އަހަރުގެ މުޙައްރަމް މަހެވެ. رَسُوْلُ اللهِ ﷺ ގެ ދިދަ އުފުއްލެވީ علي (رضي الله عنه) އެވެ. ކަނާތްފަރާތުގައިވާ ފައުޖުގެ ކޮމާންޑަރަކަށް ލެއްވީ عُمرُ (رضي الله عنه) އެވެ.14 ވާތް ފަރާތުގެ ފައުޖުގެ ކޮމާންޑަރަކަށް އެހެން ޞަޙާބީއަކު ހަމަޖެއްސެވި އެވެ. އެ ދަތުރު ވެގެންދިޔައީ، އުފާވެރި ދަތުރަކަށެވެ. ޅެންވެރިން އެ މީހުން ޅެންތަކުން ދިޔައީ، الله تعالى އަށް އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރު އަދާކޮށް، رَسُوْلُ اللهِ ﷺ އަށް ޞަލަވާތް ކިޔަވައި، އަޞްޙާބު ބޭކަލުންނަށް ތަޢުރީފުކުރައްވަމުންނެވެ. ޢީދަކަށް ދާ ފަދައިނ އަޞްޙާބު ބޭކަލުން އެއް ފަހަރާ ކިޔުއްވަމުން ގެންދެވީ "الله أكبر! الله أكبر! لاإله إلّا الله والله أكبر"!
ކޮންމެ ފިޔަވަޅެއް ގައި، ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ ދުޢާކުރެއްވި އެވެ. "މާތް ﷲ އެވެ! މުސްތަޤްބަލާ މެދު ކަންބޮޑުވުމުންނާއި، މާޒީ އާ މެދު ހިތާމަކުރުމުންނާއި، ބަލިކަށިކަމާއި، ކަންނެތްކަމުންނާއި، ބަޚީލުކަމާއި، ފިނޑިކަމާއި، ދަރަނީގެ ބޮޑު ބުރައިންނާއި، އަނިޔާވެރި އަދި ނާއިންޞާފުވެރި މީހުންގެ ދުއްތުރާތަކުން މިންޖުވުމަށް މި އަޅާ ބަރޯސާވަނީ އިބަރަސްކަލާނގެ ޙަޟްރަތަށެވެ".
އެ ބޭކަލުންނަށް ޚައިބަރާ ކައިރިވެވުމުން، رَسُوْلُ اللهِ ﷺ ޞަޙާބީން ހުއްޓުވައިފި އެވެ. އެކަލޭގެފާނުގެ ދެ އަތް ހުޅުވާލެއްވުމަށް ފަހު ދުޢާކޔުއްވަން ފެއްޓެވި އެވެ. "އުޑުތަކާއި، އެ އުޑުތަކުން ދޭ ހިޔަލުގެ ވެރި ރަސްކަލާނގެ ކަމުގައިވާ މާތް ﷲ އެވެ! ދުނިޔެއާއި، ދުނިޔޭގައި ވާހާ އެއްޗެއްގެ މިލްކުވެރިޔާ މާތް ﷲ އެވެ! ޝައިޠާނުންނާއި، އެ ޝައިޠާނުން މަގުފުރެއްދި މީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ކަމުގައިވާ މާތް ﷲ އެވެ! ވަޔާއި، އެ ވައިން ވިއްސާލާ ތަކެތި ހައްދަވައި ބޮޑުކުރައްވާ ރސްކަލާނގެ ކަމުގައިވާ މާތް ﷲ އެވެ! އަޅަމެން އިބަރަސްކަލާނގެ ޙަޟްރަތުން އެދެނީ ރަނގަޅުކަންތަކާއި، މި ބިމުގެ ރަނގަޅު ކަމާއި، މި ބިމުގައި އުޅޭ މީހުންގެ ރަނގަޅުކަމާއި، މި ދުނިޔޭގައި ވާހާ އެއްޗެއްގެ ރަނގަޅުކަމެވެ. މި ބިމުގެ ނުބައިކަމުންނާއި، މި ބިމުގައި އުޅޭ މީސްތަކުންގެ ނުބައިކަމުންނާއި، މި ބިމުގައި ވާހާ އެއެއްޗެއްގެ ނުބައިކަމުން ސަލާމަތްކުރެއްވުމަށް އަޅަމެން އިބަރސްކަލާނގެ ޙަޟްރަތަށް ބަރޯސާވަމެވެ".
ޞަޙާބީންގެ ދޫތަކުން ކިޔަމުން ގެންދެވީ "އާމީން، އާމީން" މިހެންނެވެ. ދެން، އެކަލޭގެފާނުގެ ޞަޙާބީންނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "بسم الله الرّحمن الرّحيم ކިޔުމަށް ފަހު ކުރިޔަށް ދާށެވެ".
ގެ ވަށައިގެން ތިއްބެވި ޞަޙާބީން އަނެއްކާ ވެސް ކުރިޔަށް މާޗްކުރައްވަން ފެއްޓެވި އެވެ. ޚައިބަރުގެ އެންމެ ވަރުގަދަ އެއް ކިއްލާ ކަމުގައިވާ ނަތާތު ކިއްލާ ގައި މުސްލިމުންގެ މަރުކަޒު ޤާއިމްކުރި އެވެ. އެއީ، ހަވީރުގެ ވަގުތެވެ. رَسُوْلُ اللهِ ﷺ ގެ އާދަފުޅަކީ، ހެނދުނު ވުމުގެ ކުރިޔަކުން ޙަމަލާއެއް ނުދެއްވާނެ އެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ޢަދުއްވުންނަށް އިސްލާމް ދީނަށް ދަޢުވަތު ދެއްވި އެވެ. މި ސަބަބަށް ޓަކައި، ޞަޙާބީން ހެނދުނު ވަންދެން އިންތިޒާރު ކުރެއްވި އެވެ. އިސްލާމީ ލަޝްކަރު އެ ހިސާބަށް ވާޞިލުވީ ކަމެއް އެއްވެސް ޔަހޫދީ އަކަށް ރޭކާއެއް ނުލައެވެ.
"އަހަރެމެން ރަސޫލުންނަކީ ވާރުތަ މުދާ ދޫކޮށްދާ ބައެއް ނޫނެވެ. އަހަރެމެން ދޫކޮށްދާ އެއްޗަކީ ފަޤީރުންނަށް ޞަދަޤާތެވެ".
حديث الشريف
ފަތިސް ނަމާދު އިމާމުވެ ކުރެއްވުމަށް ފަހު، رَسُوْلُ اللهِ ﷺ ހަނގުރާމަޔަށް ތައްޔާރުވެ ވަޑައިގެން މުޖާހިދުން އަތުރާލައްވައިފި އެވެ. ދުއިސައްތަ އަސްވާރުންނާއި، ސާދަ ސަތޭކަ ފައިމަގުގައި ހަނގުރާމަކުރާ މީހުން ނަތާތު ފޯޓާ ދިމާލަށް ވަޑައިގެންފި އެވެ. ހަމަ އެވަގުތު އެ މީހުންގެ ވައިން ދަނޑުތަކާއި، ބަގީޗާތަކާއި، ދަނޑުތަކުގައި މަސައްކަތް ކުރުމަށް އެ ކިއްލާއިން ނިކުތް ޔަހޫދީންނާ މުސްލިމުން ކުއްލިއަކަށް ކުރިމަތިލުމުން، އެ މީހުންނަށް ވަރަށް ބޮޑު ޝޮކެއް ލިބިއްޖެ އެވެ. "އަހަރެމެން ހުވާކޮށްފައި ބުނަމެވެ. މިއީ محمّدގެފާނާއި، އެކަލޭގެފާނުގެ އާދައިގެ ސިފައިންނެވެ". ދެން އެ މީހުން ކޮޅުކޮޅަށް ދުވަން ފަށައިފި އެވެ. އެ މީހުންގެ ޙާލަތު ދެކެވަޑައިގެން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "الله أكبر! الله أكبر! ޚައިބަރު ޚަރާބުވެއްޖެ އެވެ". މިހެން ތިން ފަހަރު ތަކުރާރުކުރެއްވި އެވެ.
رَسُوْلُ اللهِ ﷺ ޔަހޫދީންނަށް އެންގެވީ، އެހެންޏާ އިސްލާމްވާން ނޫނީ އަމާންދީ ޓެކްސް އާއި، ޖިޒްޔަ ދިނުމަށާއި، އެހެން ނޫން ނަމަ، އޮންނާނީ ހަނގުރާމަ އާއި، ލޭއޮހޮރުވުން ކަމަށެވެ. ޔަހޫދީން އެ މީހުންގެ ކަމުވޮށިގެންވާ މީހެއް ކަމުގައިވާ ސައްލާމް ބިން މިޝްކާންގެ ގާތަށް ގޮސް، ވެގެން އުޅޭގޮތް އޭނާ އަށް ކިޔައިދީފި އެވެ. ސައްލާމް އެ މީހުންނަށް ހަނގުރާމަކުރުމަށް ހިތްވަރުދީ ބުންޏެވެ. "މީގެ ކުރިން ކަލޭމެން ކައިރީގައި، محمّدގެފާނާ ދެކޮޅަށް ހަނގުރާމަކުރުމަށް ދިއުމަށް އަހަރެން ބުނީމާ ކަލޭމެން އެކަން ނުކުރީމު އެވެ. އެންމެ ކުޑަމިނުން މިހާރު އެކަލޭގެފާނާ ހަނގުރާމަކުރުމަށް ފަސްނުޖެހޭށެވެ. ޙަޔާތުގައި އެކަނި އުޅެން ބާކީކޮށްފައި ތިބުމަށް ވުރެ މުސްލިމުންނާ ހަނގުރާމަކޮށް މަރުވުން ވެސް މާ ރަނގަޅެވެ"! ޔަހޫދީން އަވަސް އަވަހަށް އެ މީހުންގެ ކުޑަކުދިންނާއި، އަންހެންވެރިން ކަތީބާ ކިއްލާ އަށް އެއްކޮށް، އެ މީހުންގެ މުދާތައް ނާޢިމް ކިއްލާ އަށް ޖަމާކޮށް، އެ މީހުންގެ ސިފައިން ނަތާތު ކިއްލާ އަށް އެއްކޮށްފި އެވެ.
އިސްލާމީ ލަޝްކަރުން، އެ މީހުން އިސްލާމްވުމަށް ދިން ދަޢުވަތަށް ޔަހޫދީން ޖަވާބުދިނީ ދުނި ފޮނުވުމުންނެވެ. މުޖާހިދުން އެ ދުނިތައް އެ ބޭކަލުންގެ އައްޑަނަތަކުން މަތަކުރެއްވި އެވެ. رَسُوْلُ اللهِ ﷺ ގެ އެންގެވުމާ އެކު، ދުނިދަނޑިތައް ނަގައި، ކިއްލާތަކުގައި ތިބި ޔަހޫދީންނާ ދިމާލަށް "الله أكبر!" ގެ އަޑާ އެކު ފޮނުވާލެވުނެވެ. މިހާރު، ހަނގުރާމަ ފެށިއްޖެ އެވެ. އެއް ފަރާތުގައި، ޢާލަމްތަކުގެ ސައްޔިދު އާއި އެކަލޭގެފާނުގެ ހިތްވަރުގަދަ އަޞްޙާބުން ހަނގުރާމަކުރައްވަމުން ގެންދެވީ އިސްލާމް ދީން ފެތުރުއްވުމަށެވެ. އަދި ޔަހޫދީން އިސްލާމް ދީނުގެ ހިދާޔަތް ލިބިގަނެ، ނަރަކައިން ސަލާމަތްވުމަށެވެ. އަނެއް ފަރާތުގައި ތިބީ، އެއްވެސް އިރުޝާދެއް ޤަބޫލުނުކުރި ޔަހޫދީންނެވެ. އެ މީހުންނަކީ، ލިބޭ ކޮންމެ ފުރުޞަތެއް ގައި މުސްލިމުންގެ ބުރަކަށްޓަށް ޚަންޖަރު ހަރައި، ތެދުމަގު ފެނުމާ ދެކޮޅަށް ގަދަފައި ވިއްދާފައި ތިބި މީހުންނެވެ. އެންމެ ފަހުގެ ރަސޫލާ ވަޑައިގަތީ އެ މީހުންގެ ތެރެއިން ނޫންކަން އެ މީހުންނަށް ފެނުމުން، އައި ޙަސަދައަކުން އެ މީހުން އިސްލާމް ދީން ޤަބޫލެއް ނުކުރި އެވެ. އެ މީހުންނަށް ވިސްނުނު ކޮންމެ އުކުޅެއް، ބޭނުންކޮށްގެން އެކަލޭގެފާނުގެ ތުއްޕުޅު އިރުއްސުރެ އެ މީހުން رَسُوْلُ اللهِ ﷺ ޝަހިދުކޮށްލުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެކަމަކު، الله تعالى ގެ ޙިމާޔަތުގެ ސަބަބުން އެ މީހުންނަށް އެއްވެސް ކަމެއް ނުވި އެވެ.
ދިހަ ހާހަށް ވުރެ ގިނަ ޔަހޫދީ ސިފައިން ދިޔައީ ސޯޅަ ސަތޭކަ އިސްލާމީ މުޖާހިދުންނާ ދިމާލަށް ދުނި އުކަމުންނެވެ. އަޞްޙާބު ބޭކަލުން އެ ބޭކަލުންގެ ހަށިކޮޅުތައް، ހުއްޓުމެއް ނެތި ފޮނުވަމުންދިޔަ ދުނިތަކުން ރައްކާތެރިކުރައްވަމުން ގެންދެވީ އެ ބޭކަލުންގެ އައްޑަނަތަކުންނެވެ. އަދި އެ ބޭކަލުންނަށް ދަނޑިވަޅު ލިބޭ ކޮންމެ ފަހަރަކު، ބިން މައްޗަށް ވެއްޓެމުންދިޔަ ދުނިތައް ނަންގަވާ އަނބުރާ ޔަހޫދީންނާ ދިމާލަށް ފޮނުވާލައްވަމުން ގެންދެވި އެވެ. އެހެން ނަމަވެސް، ބައެއް ޞަޙާބީން އެ ޙަމަލާ ގައި ޒަޚަމްވި އެވެ.
އެއް ފަހަރަކު، خبّاب بن منذر (رضي الله عنه) އަދަބު އިޙްތިރާމާ އެކު رَسُوْلُ اللهِ ﷺ ގެ އަރިހަށް ދުރިވި ތަން ފެނުނެވެ. އޭނާ އެއްސެވި އެވެ. "އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޓަކައި ޤުރުބާންކުރައްވާށި އެވެ! މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންގެ މަރުކަޒު އެހެން ތަނެއް ގައި ނެހެދޭނެ ތޯ އެވެ"؟ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "الله تعالى އިރާދަކުރައްވައިފި ނަމަ، ހަވީރު އަހަރެމެން ބަދަލުކުރާނަމެވެ"! މުޖާހިދުން ތިއްބެވީ ދުނި އަރާ ރޭންޖުގައެވެ. ޔަހުދީން ކިއްލާ ގައި ތިބެފައި ފޮނުވާލާ ތީރު، އިސްލާމުންގެ މަރުކަޒުގެ ފަހަތާ ހަމަޔަށް ފޯރައެވެ.15
އެ ދުވަހު، ދުނީގެ ހަނގުރާމަ ހަވީރާ ހަމަޔަށް ކުރިޔަށްދިޔަ އެވެ. އެ ޙަމަލާ ގައި ގާތްގަޑަކަށް ފަންސާސް ޞަޙާބީ ބޭކަލުން ޒަޚަމްވި އެވެ. ހަވީރުވުމުން، މަރުކަޒު ޤާއިމްކުރުމަށް އެހެން ތަނެއް ހޯދުމަށް محمّد بن مسلمة އާ ޙަވާލުކުރެވުނެވެ. ރާޖިޢު ކިޔާ ތަނެއް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވުމުން، އިސްލާމީ މަރުކަޒު ޤާއިމްކުރެވުނީ އެތާނގައެވެ. އެއަށް ފަހު ޒަޚަމްވީ މީހުންނަށް ފަރުވާ ދެވެން ފަށައިފި އެވެ.16
ޚައިބަރު ހަނގުރާމަ
"އަހަރެމެން ޚައިބަރު ކިއްލާ ފަތަޙަކުރި ދުވަހު، އޮޅު ޙިމާރު ކެއުމާއި، މުތުޢާ ކައިވެނިކުރުން رسول الله ﷺ މަނާކުރެއްވި އެވެ".
علي (رضي الله عنه)
ޖެހިގެން އައި ދުވަހު، ނަތާތު ކިއްލާގެ ކުރިމައްޗަށް ވަޑައިގަތް އަޞްޙާބު ބޭކަލުން ހަވިރު ވަންދެން ހަނގުރާމަ ކުރެއްވި އެވެ. ޙިޞާރުކުރުން ތިން ވަނަ، ހަތަރު ވަނަ އަދި ފަސް ވަނަ ދުވަހާ ހަމަޔަށް ކުރިޔަށްދިޔަ އެވެ. ޔަހޫދީން އަބަދު ވެސް ތިބީ ދިފާޢުކުރާ ކޮޅުގެ ގޮތުގައެވެ. އެ ދުވަސް ވަރު، ވަރަށް ގަދަޔަށް ބޯކޮޅު ގައި ރިއްސުމުގެ ސަބަބުން، ދެ ދުވަސް ވަންދެން، رَسُوْلُ اللهِ ﷺ އަށް މުޖާހިދުންނާ އެކު ހުންނެވޭ ގޮތެއް ނުވި އެވެ. ފުރަތަމަ ދުވަހު، ދިދަ ދެއްވީ أبو بكر ގެ ފާނުގެ އަތްޕުޅަށެވެ. ދެވަނަ ދުވަހު ދިދަ ދެއްވީ عُمرُގެފާނުގެ އަތްޕުޅަށެވެ. އަޞްޙާބު ބޭކަލުންގެ ގެ ވެރިޔަކަށް ހުންނެވި އިރު، އެ ދެބޭކަލުން ވެސް ޔަހޫދީންނާ ދެކޮޅަށް ވަރަށް ގަދަޔަށް ހަނގުރާމަ ކުރެއްވި އެވެ. އެހެން ނަމަވެސް، އެ ބޭކަލުންނަށް ޔަހޫދީންގެ އެ ކިއްލާ ފަތަޙަކުރެވޭ ގޮތެއް ނުވި އެވެ.
އެ ވަގުތު، ޔަހޫދީންނަށް އިތުރު ހިތްވަރެއް ލިބި، ކިއްލާގެ ގޭޓްތައް ހުޅުވައި ޙަމަލާއެއް ދިން ތަން ފެނިގެންދިޔަ އެވެ. މިހާރު، އެ މީހުން އެ ފެއްޓީ ސިދާ ކުރިމަތިލައިގެން ހަނގުރާމަ ކުރުމަށެވެ. ހަނގުރާމަ އިތުރަށް ހޫނުވެގެން ދިޔައީ އެވެ. އެކަލޭގެފާނުގެ އަޞްޙާބުންނަށް، "تكبير الله أكبر! الله أكبر! ކިޔާށެވެ." މިހެން حديث ކުރެއްވުމުން، އެ ބޭކަލުން ސާބިތުކަމާ އެކު تكبيرގެ އަޑާ އެކު ޢަދުއްވުންނަށް ޙަމަލާ ދެއްވަމުން ގެންދެވި އެވެ. އެއް ވަގުތެއް ގައި، محمّد بن مسلمة ގެ އަޚް މަޙްމޫދު ޝަހީދުވެއްޖެ އެވެ. ހަވީރު ވަންދެން ދެ ފަރާތުގެ ކުރިމަތިލުން ވަރުގަދަކަމާ އެކު ކުރިޔަށްދިޔަ އެވެ.
ޖެހިގެން އައިދުވަހު، ޚައިބަރުގެ އެންމެ މަޝްހޫރު އެއް ކޮމާންޑަރު ކަމުގައިވާ މަރްޙަބު، ފުރިހަމަ އަށް ދަގަނޑު ދަހަނާ އަޅައިގެން ކިއްލާ އިން ނިކުމެއްޖެ އެވެ. އޭނާ އަކީ ވަރުގަދަ ބޮޑު ޖަޔަންޓެއް ކަހަލަ މީހެކެވެ. އެ ހިސާބަށް އެއްވެސް މީހަކަށް އޭނާ ބަލިކުރެވިފައެއް ނެތެވެ. އޭނާ މުޖާހިދުންނާ ދިމާލަށް އެނބުރިފައި، ފޮނިކަނޑަމުން ބުންޏެވެ. "އަހަންނަކީ، އެ މީހެއްގެ ހިތްވަރުގަދަކަމާއި ކެރުމަށް ނަން މަޝްހޫރު މަރްޙަބެވެ". އޭނާ މިގޮތަށް ފޮނިކަނޑަން ހުއްޓާ، ޞަޙާބީންގެ ތެރެއިން މުޖާހިދަކު ކުރިޔަށް ޖެހޭތަން ފެނިއްޖެ އެވެ. މަރްޙަބަށް ރައްދެއްގެ ގޮތުން، އެ ބޭކަލަކު ހަޅޭލަވައިގެންފައި ވިދާޅުވި އެވެ. "އަހަންނަށް ބަލާ އިރު، އަހަންނަކީ، ބިރުވެރި އަދި ވަރުގަދަ ހަނގުރާމަތަކުގެ ތެރެއަށް ވަދެގަންނަން ނުކުރޭ ޢާމިރެވެ". މިހެން ވިދާޅުވެފައި، އެ މަރްޙަބުގެ ކުރިމަތީގައި ކޮޅަށް ހުއްޓި ހުންނަވައިފި އެވެ. ޖަޔަންޓެއް ކަހަލަ މަރްޙަބު، "މީތި ޖެހޭ ކޮންމެ އެއްޗެއް ހަލާކުކޮށްލައެވެ" މިހެން ލިޔެފައިވާ އޭނާގެ ކަނޑިން ޢާމިރުގެފާނުގެ ހަށިކޮޅުގައި ޖަހައިފި އެވެ. ހިތްވަރުގަދަ ޢާމިރު ވަގުތުން އޭނާގެ އައްޑަނަ މައްޗަށް ނަންގަވައިފި އެވެ. އެ ބޯ ކަނޑި އައްޑަނައިގައި ޖެހުމުން ބާރު އަޑެއް ކިޔައިފި އެވެ. އެ ކަނޑި އައްޑަނައިގެ ތެރޭގައި ތާށިވެއްޖެ އެވެ.
ޢާމިރުގެފާނު މާތް ﷲ އަށް ބަރޯސާވެ "يا الله"! މިހެން ވިދާޅުވެ އޭނާގެ ކަނޑި މަރްޙަބުގެ ދަހަނާ އަޅާފައިވާ ފައިގައި ޖައްސަވައިފި އެވެ. އެ ދަގަނޑު ދަހަނާ ގައި ކަނޑި ޖެހުމާއެކު، އަރައިގެން އައިސް ޞަޙާބީގެ ފައިގައި ޖެހިއްޖެ އެވެ. ކަނޑި އެހާ ބާރަށް އަރައިގެން އައިސް ޖެހުމުން ޢާމިރުގެފާނުގެ ފައިގެ ލޭނާރެއް ކަނޑައިގެން ގޮސްފި އެވެ. އަޞްޙާބު ބޭކަލުން ދުވެފައި ގޮސް ޢާމިރު އެ ތަނުން ނަންގަވައިފި އެވެ. އެ ބޭކަލުން އޭނާ މަރުކަޒަށް ބޭސްއަޅަން ގެންނަވައިފި އެވެ. އެހެން ނަމަވެސް ޢާމިރުގެފާނު އެތަނުގައި އޮންނަވަނިކޮށް ޝަހީދުވެގެން ސުވަރުގެ އަށް އުދުހިވަޑައިގެންފި އެވެ.17
ހަނގުރާމަ ގަދަފަދަކަމާ އެކު ކުރިޔަށްދިޔަ އެވެ. ހަވީރުކޮޅަށް އަޅާލި އިރު، ޔަހޫދީންނަށް އެހީތެރިވުމަށް ހަނގުރާމަ އަށް ހަތަރު ހާސް ސިފައިންނާ އެކު އައި މުޝްރިކު ޣަޠްފާނީންނަށް رَسُوْلُ اللهِ ﷺ ހުށަހެޅުއްވީ، އެތަން ދޫކޮށް އެ މީހުންގެ ޤައުމަށް ދިއުމަށެވެ. އެ ގޮތަށް ކަންތައް ކޮށްފި ނަމަ ޚައިބަރުގެ ކަދުރު ދަނޑުތަކުން އެއް އަހަރު ދުވަހުގެ ކަދުރު ދެއްވާނެ ކަމަށް ވެސް ވަޢުދުވެވަޑައިގަތެވެ. އެހެން ނަމަވެސް، ޣަޠްފާނީން އެ ހުށަހެޅުއްވުން ޤަބޫލެއް ނުކުރި އެވެ. އެއާ އެކު، ކައުނުގެ ސައްޔިދު رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނަށް އެންގެވީ، ޣަޠްފާނީން ތިބި ކިއްލާގެ ވަށައިގެން އެ ރޭ ތިބުމަށެވެ. މުޖާހިދުން އެ ރޭ ޙަމަލާދެއްވަފާނެ ކަމުގެ ބިރަށް ޓަކައި، ޣަޠްފާނީންނަށް އެ ރޭ ނުނިދުނެވެ. އެ ރޭ، ނޭނގޭ ދިމާލަކުން އައި އަޑެއް އިޢުލާންކުރި ގޮތުގައި، ޣަޠްފާނީންގެ ބިމަށް ޙަމަލާދެވި އެ މީހުންގެ ޢާއިލާތަކާއި، މުދާ ވަނީ ގެންގޮސްފައެވެ. މި ގޮތަށް ތިން ފަހަރު ތަކުރާރުވި އެވެ. އަދި ހުރިހާ ޣަޠްފާނީން އެ އަޑަށް ބިރުވެރިކަމާ އެކު އެހި އެވެ.އެ މީހުންގެ ކޮމާންޑަރ އުޔައިނާ އަށް ވެސް މި އަޑު އިވުނެވެ. އަދި ފަޖުރުލުމުގެ ކުރިން، އޭނާގެ ސިފައިން އެއްކޮށްފި އެވެ. ތެޅިގަނެގެން، އެ މީހުން ޚައިބަރު ދޫކޮށް، އެ މީހުންގެ ރަށަށް ގޮސްފި އެވެ. ހެނދުނު ވީ އިރު، އެއްވެސް ސަބަބަކާ ނުލައި ޣަޠްފާނީން ޚައިބަރު ދޫކޮށް ދިއުމުން، ޔަހޫދީން ތިބީ ޙައިރާންވެ ކަންބޮޑުވެފައެވެ. ޣަޠްފާނީންގެ އެހީތެރިކަމަށް އެދެވުނު މޮޔަ އެ މީހުންނަށް ހީވެއްޖެ އެވެ.
عليގެފާނުގެ ހިތްވަރުގަދަކަން
ހަމަ އެ ދުވަހު، ޚައިބަރުގެ ކުރިމަތީ ގައި ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރެވުނެވެ. އެހެން ނަމަވެސް، ކިއްލާ ފަތަޙަކުރެވޭ ގޮތެއް ނުވި އެވެ. ހަވީރު، رَسُوْلُ اللهِ ﷺ އުފާވެރި ޚަބަރު ދެއްވަމުން حديث ކުރެއްވި އެވެ. "މާދަމާ، ތިމަންކަލޭގެފާނު ދިދަ ދެއްވާނީ، الله تعالى އާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވާ ވަރަށް ހިތްވަރު ގަދަ މީހަކަށެވެ. އަދި الله تعالى އާއި އެކަލާނގެ ރަސޫލާ އޭނާ ދެކެ ލޯބިވެއެވެ. الله تعالى ފަތަޙަކުރުން މެދުވެރިކުރައްވާނީ އޭނާގެ އަތްމަތިންނެވެ".
އެ ރޭ، އަޞްޙާބު ބޭކަލުން އުފަލާ އެކު ހެނދުން ވާނެ ވަގުތެއްގެ އިންތިޒާރު ގައި ތިއްބެވި އެވެ. އެއިން ކޮންމެ ބޭކަލަކު ވެސް ދިދަ އެ ބޭކަލަކާ ޙަވާލުކުރެވޭނެ އުއްމީދުކޮށް އެ ކަމަށް އެދި الله تعالى އަށް ދުޢާކުރެއްވި އެވެ. بلال الحبشي (رضي الله عنه) ފަތިސް ނަމާދުގެ ބަންގި އެކަލޭގެފާނުގެ އަސަރުގަދަ ރިވެތި އަޑުފުޅުން ދެއްވި އެވެ. ބަނގި ދެއްވި އިރު، ޚާއްޞަ އުފަލެއް، ޚާއްޞަ ހިތްހަމަޖެހުމެއް ކޮންމެ ބޭކަލެއްގެ ހިތުގައި އުފެދިގެން ދިޔައެވެ. އެއީ، އިލާހީ ހިތްހަމަޖެހުމެކެވެ. އެކަލޭގެފަނުގެ އަޞްޙާބުންނާ އެކު ފަތިސް ނަމާދު އިމާމުވެ ކުރެއްވުމަށް ފަހު رَسُوْلُ اللهِ ﷺ ތެދުވެވަޑައިގަތެވެ. އެކަލޭގެފާނު އެންގެވީ އިސްލާމް ދީނުގެ ބަރަކާތްތެރި ދިދަ ގެނައުމަށެވެ. މުޤައްދަސް ދިދަ ގެންނެވި އިރު، حديث ކުރައްވަފާނެ ބަސްފުޅެއްގެ އިންތިޒާރު ގައި އަޞްޙާބު ބޭކަލުން ތިއްބެވީ ކޮޅަށެވެ. އެންމެ ފަހުން، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މުޙައްމަދަށް ރަސޫލުކަމުގެ ޝަރަފު ދެއްވި الله تعالى ގަންދީ ހުވާކުރައްވަމެވެ. ތިމަންކަލޭގެފާނު މި ދިދަ ދެއްވާނީ، މައިދާން ދޫކޮށް ފިލައިގެން ދިއުމަކީ ކޯއްޗެއްކަން ނޭނގޭ ހިތްވަރުގަދަ ފިރިހެނަކަށެވެ". ދެން، އެކަލޭގެފާނުގެ އަޞްޙާބުންނަށް ބައްލަވާލައްވާފައި އެއްސެވި އެވެ. "علي ކޮބައި ހެއްޔެވެ"؟ ޞަޙާބީން ޖަވާބުދެއްވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ. އެކަލޭގެފާނުގެ ލޮލަށް އަނިޔާވެއްޖެ އެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެކަލޭގެފާނަށް ގޮވައި ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަތުމަށް ދަންނަވާށެވެ". އެ ދުވަސްވަރު عليގެފާނުގެ ލޯފުޅުގައި ރިއްސާތީ ލޯ ހުޅުވާނުލެވެއެވެ. އެ މީހުން އެކަލޭގެފާނުގެ އަރިހަށް ގޮސް، ވެގެންއުޅޭގޮތް ދަންނަވައިފި އެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ހިފައިގެން އެ މީހުން رَسُوْلُ اللهِ ﷺ ގެ އަރިހަށް عليގެފާނު ގެނެސްފި އެވެ. ޢާލަމްތަކުގެ ސައްޔިދު، عليގެފާނު ރަނގަޅުވޭތޯ الله تعالى އަށް ދުޢާ ދެންނެވި އެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ބަރަކާތްތެރި އިނގިލިފުޅުތައް އަނގަފުޅުން ތެތްކުރައްވައިގެން عليގެފާނުގެ ލޯފުޅުގައި އުނގުޅާލެއްވި އެވެ. އެ ވަގުތު ހުރިހާ ތަދެއް ފިލައިގޮސްފި އެވެ. އޭގެ އިތުރަށް، رَسُوْلُ اللهِ ﷺ عليގެފާނަށް ދުޢާކޮށްދެއްވި އެވެ. "އަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! މި އިންސާނާގެ ކިބައިން ހޫނާއި، ފިނީގެ އުނދަގޫތައް ފިއްލަވައިދޭވެ"! ދެން، އެކަލޭގެފާނުގެ އަމިއްލަ އަތްޕުޅުން عليގެފާނުގެ ހަށިކޮޅުގައި ދަގަނޑު ދަހަނާ އަޅުއްވައި، އެކަލޭގެފާނުގެ ކަނޑިކޮޅު عليގެފާނުގެ ގައިގައި އަޅުއްވައި، عليގެފާނުގެ އަތްޕުޅަށް އިސްލާމް ދީނުގެ ދިދަ ދެއްވަމުން حديث ކުރެއްވި އެވެ. "الله تعالى ނަޞްރު ދެއްވަންދެން ހަނގުރާމަކުރައްވާށެވެ. އެއްގޮތަކަށް ވެސް އެނބުރި ވަޑައިނުގަންނަވާށެވެ"!
عليގެފާނު ވިދާޅުވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޓަކައި ޤުރްބާންކުރައްވާށި އެވެ! އެބައި މީހުން އިސްލާމް ދީން ޤަބޫލުކުރަންދެން އަޅުގަނޑު އެ މީހުންނާ ހަނގުރާމަ ކުރާނަމެވެ". ޖަވާބު ގައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު މާތް ﷲ ގަންދީ ހުވާކުރަމެވެ. ކަލޭގެފާނު އެބައި މީހުންނަށް ގިނަ ރަތް ޖަމަލު الله تعالى ގެ މަގުގައި ޞަދަޤާތެއްގެ ގޮތުގައި ދިނުމަށް ވުރެ، ކަލޭގެފާނުގެ ސަބަބުން އެއިން އެންމެ މީހަކަށް الله تعالى ހިދާޔަތު ދެއްވުން ކަލޭގެފާނަށް މާ ރަނގަޅުވެގެން ވެއެވެ".18
އަތްޕުޅުން ދިދަ އުފުއްލަވަމުން ޔަހޫދީންގެ ކިއްލާ އާ ދިމާލަށް عليގެފާނު ކުރިޔަށް ވަޑައިގެންނެވި އިރު، މަތިވެރި ޞަޙާބީން އެކަލޭގެފާނުގެ ފަހަތްޕުޅުން ވަޑައިގަތެވެ. އެ ބޭކަލުންނަށް ކިއްލާ އާ ހަމަޔަށް ވަޑައިގެން ހިލަގަނޑެއް ކައިރީ ގައި ދިދަ ހަރުކޮށްލެވުނު އިރު، ނަތާތު ކިއްލާގެ ގޭޓުތައް ހުޅުވުނު ތަން ފެނުނެވެ. ޔަހޫދީންގެ ޙަމަލާދޭ ފައުތުތައް ބޭރަށް ނުކުމެއްޖެ އެވެ. އެއީ ޚައިބަރުގެ އެންމެ ފާހަގަކުރެވޭ ބަޠަލުނެވެ. އެ އެންމެން ވެސް ތިބީ ޑަބަލް ދަގަނޑު ދަހަނާގައެވެ. ފެނިގެންދިޔައީ، އޭގެ ތެރެއިން އެކަކު عليގެފާނާ ދިމާލަށް ގޮސް، ހަނގުރާމަ ކުރުމަށް ޓަކައި، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހުއްޓިއްޖެ އެވެ. އެއީ، އޭނަޔާ އެއްވަރަށް ހިތްވަރުދަގަ އެހެން މީހަކު ނެތް، މަރްޙަބުގެ ކޮއްކޯ حارث އެވެ. އޭނާ ޙަމަލާދިނީ ހަލުވިކަމާ އެކުގައެވެ... ދެ ދަނގަނޑު ޖެހޭ އަޑު އެ ސްކޮޔަރ ގައި ފެތުރިފައިވާ އިރު، رَسُوْلُ اللهِ ﷺ ގެ ކަނޑިކޮޅު ކަމުގައިވާ ذو الفقار ވިދުވަރެއް ހެން ގޮސް حارثގެ ބޯ އޭނާގެ ހަށިގަނޑުން ވަކިކޮށްލައިފި އެވެ. އެ ވަގުތު، "الله أكبر! الله أكبر"! ގެ އަޑުން އުޑު ވަނީ ގުގުމާފައެވެ.
"އަޅުގަނޑުގެ މަންމަ އަޅުގަނޑަށް ދެއްވި ނަމަކީ، ޙައިދަރު (ސިންގާ) އެވެ. އަހަންނަކީ ބޮޑު ސިންގާއެއް ފަދަ މީހެކެވެ. އަހަންނަކީ، ޖަހާ އެންމެ އެތިފަހަރަކުން ކަލޭ ވައްޓާލާނެ ޗެމްޕިޔަނެވެ".
علي (رضي الله عنه)
މަޙްރަބަށް އޭނާގެ ކޮއްކޮ ޤަތުލުވީ ޚަބަރު ލިބުމުން، އޭނާގެ ކޮމާންޑުގެ ދަށުގައި ތިބި ސިފައިން ގޮވައިގެން ހަނގުރާމައިގެ މައިދާނަށް ހިނގާފައި އަތުވެއްޖެ އެވެ. އޭނާ عليގެފާނުގެ ކުރިފުޅު މަތީގައި ހުއްޓިއްޖެ އެވެ. އޭނާ ވެސް ވަނީ ޑަބަލް ދަގަނޑު ދަހަނާ އަޅައިގެންނެވެ. އޭނާގެ ދެ ކަނޑިއާއި، ބިޔަ ހަށިގަނޑާ އެކު އޭނާ ވައްތަރީ ޢިމްލާޤަކާ އެވެ. އޭނާ އައިސްފާ ހުރި ހުރިހާ ރުޅިއަކާ އެކު ސަޅިބައިސާ ކަނޑަން ފަށައިފި އެވެ. "އަހަންނަކީ، ހަނގުރާމަ އެންމެ ނުރައްކާތެރި ހިނދުކޮޅު، ކުރިޔަށް ޖެހިލައި ހިތްވަރާ އެކި ހަނގުރާމަކުރާ މަރްޙަބެވެ. ބާރަށް ގޮވަމުން އަންނަ ސިންގާ ވެސް އަޅުގަނޑުގެ ލޮންސިން ނުވަތަ ކަނޑިން ކަފައިލާ މީހަކީމެވެ".
علي (رضي الله عنه) ޖަވާބު ދެއްވި އެވެ. "އަޅުގަނޑުގެ މަންމަ އަޅުގަނޑަށް ދެއްވި ނަމަކީ، حَيدَر (ސިންގާ) އެވެ. އަހަންނަކީ ބޮޑު ސިންގާއެއް ފަދަ މީހެކެވެ. އަހަންނަކީ، ޖަހާ އެންމެ އެތިފަހަރަކުން ކަލޭ ވައްޓާލާނެ ޗެމްޕިޔަނެވެ.".
عليގެފާނުގެ ފަރާތްފުޅުން، حَيدَر މި ބަސް މަރްޙަބަށް އިވުމުން، އޭނާ ގެ ހިތް ބިރުވެރިކަމުން ފުރިއްޖެ އެވެ". އެހެނީ، އެ ރޭ އޭނާ އަށް ފެނުނު ހުވަފެނުގައި، ސިންގާއެއް އޭނާ ނޮޅައި ފޮތިފޮތިކޮށްލި އެވެ. މި ބޭފުޅާއަކީ، އޭނާ އަށް ހުވަފެނުގައި ފެނުނު ސިންގާ ހެއްޔެވެ؟ އެ ވަގުތު، ފެނިގެންދިޔައީ، ބޮޑު ބިޔަ މަރްޙަބު عليގެފާނަށް ޙަމަލާ ދިނުމުން عليގެފާނު އެ ޙަމަލާ އެކަލޭގެފާނުގެ އައްޑަނައިން މަތަކުރެއްވި ތަނެވެ. ދެން، "يا الله" އޭ ވިދާޅުވެ، الله تعالىގެ ޙަޟްރަތުން ވާގި އެދެމުން، ކާފަރުކަލޭގެ ބޮލުގައި ذو الفقارން ޖެއްސެވިލެއް ބާރުކަމުން، ذو الفقارން ރެކުމަށް ބޭނުންކުރި އޭނާގެ ބޯ ދަގަނޑުންވާ އައްޑަނަ އަދި އޭނާގެ ދަގަނޑު ހެލްމެޓު ވެސް ދެ ފަޅިވެ، އޭނަގެ ބޯ އޭނާގެ ކަރާ ހަމަޔަށް ދެ ފަޅިވެގެން ހިނގައްޖެ އެވެ. އޭނާގެ ކަރުން ލޭފައިބައިގެން ގޮސް އޭނާގެ ޢިމްލާޤެއް ފަދަ ބިޔަ ހަށިގަނޑު ބިންމައްޗަށް ވެއްޓިއްޖެ އެވެ. ذو الفقارން އިވުނު ބިރުވެރި އަޑު މުޅި ޚައިބަރަށް އިވިގެންދިޔަ އެވެ.
رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އުފާކުރާށެވެ! މިހާރު، ޚައިބަރު ފަތަޙަކުރުން ފަސޭހަވެގެން ދިޔައީއެވެ". عليގެފާނުގެ ހިތްވަރުގަދަކަން ފެނިފައި އަޞްޙާބު ބޭކަލުން ވަރަށް ބޮޑަށް ޙައިރާން ވެއްޖެ އެވެ. އަދި "الله أكبر! الله أكبر!" ގެ އަޑުން އުޑުތައް ގުގުމާލައިފި އެވެ.
ވަރުގަދަ ހަނގުރާމަ ކުރިޔަށްދިޔަ އެވެ. އަޞްޙާބު ބޭކަލުން ހަނގުރާމަ ކުރައްވަމުން ގޮސް ކިއްލާގެ ގޭޓްތަކާ ކައިރިވެފައި ވަނިކޮށް، ޔަހޫދީއަކު عليގެފާނުގެ އައްޑަނައިގައި އޭނާގެ ކަނޑިން ޖަހައިފި އެވެ. އެއާއެކު، އައްޑަނަ ބިން މައްޗަށް ވެއްޓުނެވެ. އެކަމަކު، އެ އައްޑަނަ ބިން މަތިން ނަގާނެ ވަގުތެއް ނުލިބުނެވެ. ލިބުނު ފުރުޞަތު ނަގާލުމަށް ބޭނުންނުވާތީ، އެ ޔަހޫދީ ކަލޭގެ އައްޑަނަ ނަގައިގެން ދުވެ ރައްކާވެއްޖެ އެވެ. މި ޙާދިސާ ހިނގުމުން ﷲ ގެ ސިންގާ ވަރަށް ބޮޑަށް ހިތާމަކުރެއްވި އެވެ. އެކަލޭގެފާނުގެ ކަނޑި ކަމުގައިވާ ذو الفقارން ވަށައިގެން ތިބި ޢަދުއްވުން ދުރުކުރެއްވުމަށް ފަހު، ޤަޞްދުކުރެއްވީ ކިއްލާގެ ގޭޓް އައްޑަނަ އަކަށް ބޭނުންކުރެއްވުމަށެވެ. "بسم الله الرّحمن الرّحيم" އޭ ވިދާޅުވެ އެ ބޮޑު ދަގަނޑު ގޭޓުގެ ބޮޅުތަކަށް ދަންމަވައިފި އެވެ. ފާރުން ހުކުތައް ނެއްޓެވި އެވެ. عليގެފާނު ގޭޓް ލުހެލެއްވި ވަގުތު، އެ ކިއްލާ ގުޑައިގެންދިޔަ އެވެ. އަށެއް ނުވަތަ ދިހަ މީހުންނަށް ގުޑުވާނުލެވޭ އެ ގޭޓް عليގެފާނު އައްޑަނައެއްގެ ގޮތުގައި އެއް އަތްޕުޅުން ހިއްޕަވައިގެން ހަނގުރާމަކުރައްވަން ފަށްޓަވައިފި އެވެ. މި އާދަޔާ ޚިލާފު ޙަދިސާ އަކީ رَسُوْلُ اللهِ ﷺ ގެ މުޢުޖިޒާތެކެވެ. އަދި عليގެފާނުގެ ކަރާމާތްތެރި19 ކަމެކެވެ.
ޔަހޫދީންގެ އެންމެ ހިތްވަރުގަދަ ހަ މީހުން އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް އައެވެ. الله تعالى ގެ އިޒުނަފުޅާ އެކު އެއިން ކޮންމެ މީހަކު ބަލިކުރެއްވުށް ފަހު، އެކަލޭގެފާނުގެ ހިތްވަރުގަދަ އެކުވެރިންނާ އެކު ކިއްލާ އަށް ވަންނަވައިފި އެވެ. މިހާރު އެ ބޭކަލުން ހަނގުރާމަ ކުރައްވަމުން ގެންދަވަނީ ކިއްލާގެ އެތެރޭގައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެ ބޭކަލުންނާ ކުރިމަތިލާނެ އިތުރު މީހަކު އެތާގައި ބާކީ ނެތެވެ. އެ ބޭކަލުން އިސްލާމް ދީނުގެ ދިދަ އެ ކިއްލާގައި ނަންގަވައިފި އެވެ. އެހެންކަމުން، އެ މީހުންގެ އެންމެ ވަރުގަދަ ކިއްލާ ކަމުގައިވާ ނަތާތު ފަތަޙަ ކުރވިއްޖެ އެވެ.
عليގެފާނުގެ ލޯފުޅު ގައި ބޮސް ދެއްވުމަށް ފަހު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ކަލޭގެފާނު ދެއްކެވި ހިތްވަރުގެ ސަބަބުން، الله تعالى އާއި އެކަލާނގެ ރަސޫލާ ގެ ރުހުން ތިބާ އަށް ލިބިއްޖެ އެވެ". މި ބަރަކާތްތެރި ބަސްފުޅުގެ އަޑު އިވުމުން، عليގެފާނަށް އުފަލުން ކިރިތި ކުރެއްވުނެވެ. رَسُوْلُ اللهِ ﷺ "ތިބާ ކީރިތިކުރައްވަނީ ކީއްވެގެން ތޯ" މިހެން އެއްސެވުމުން، عليގެފާނު ޖަވާބު ދެއްވި އެވެ. "މާތް ﷲ އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޤުރްބާން ކުރައްވާށިއެވެ! މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު މި ރޮނީ އުފަލުންނެވެ. އެހެނީ، الله تعالى އާއި އެކަލާނގެ رسول ﷺ އަށް އަޅުގަނޑު ކަންތައް ކުރި ގޮތް ރަނގަޅުވެއްޖެ އެވެ". އެއާއެކު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ހަމައެކަނި ތިމަންކަލޭގެފާނެއް ނޫނެވެ. جبريل، ميكائيل، އަދި ހުރިހާ މަލާއިކަތުން ކަލޭގެފާނާ މެދު ހިތްހަމަޖެހެއެވެ".
އެ ވަގުތު، ދައުސް ޤަބީލާގެ ހަތަރު ސަތޭކަ މުސްލިމުން رَسُوْلُ اللهِ ﷺ އަށް އެހީތެރިވުމަށް އަތުވެއްޖެ އެވެ.20 އޭގެ ފަހުން އެހެން ކިއްލާތައް ފަތަޙަކުރުމަށް ޓަކައި، ހަނގުރާމަ ވަރަށް ވަރުގަދަ އަށް ކުރިޔަށްދިޔަ އެވެ. ޚައިބަރުގެ ބާކީ ހުރި ހަތް ކިއްލާ، ކިއްލާ އަކަށް ފަހު ކިއްލާއެއް މުސްލިމުންގެ ބާރުގެ ދަށަށް ދިއުމުން، ބަލިކަށިވެފައިވާ ޔަހޫދީން ވަފުދެއް ފޮނުވައި ޞުލްޙަ އަށް އެދިއްޖެ އެވެ. މި ހުށަހެޅުން ޤަބޫލުފުޅު ކުރައްވައި އަންނަނިވި މާއްދާތަކަށް އެއްބސަވެވުނެވެ.:
މި ހަނގުރާމައިގައި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރި ޔަހޫދީންގެ ލޭ ނުއޮހުރުވޭނެ އެވެ.
ޚައިބަރު ދޫކޮށް ދާ ޔަހޫދީންނަށް އެ މީހުންނާ އެކު ގެންދެވޭނީ، ހަމައެކަނި އެ މީހުންގެ ކުޑަކުދިންނާއި، ގޭގައި ގެންގުޅޭ ސާމާނުގެ އެއް ޖަމަލުގެ ލޯޑެވެ.
ބާކީ ހުންނަ ހުރިހާ ހިފާގެންގުޅޭ އަދި ހިފާނުގެންގުޅޭ މުދާ؛ ދަގަނޑު ދަހަނާ އާއި، ކަނޑި އާއި، އައްޑަނަ އާއި، ދުނިދަނޑި އާއި، ދުންނި؛ އެ މީހުން ލައިގެން ތިބި ހެދުން ފިޔަވައި އެހެން ހުރިހާ ހެދުމެއް. ފޮއްޗާއި، ރަނާއި، ހަމައެއާއެކު ޚަޒާނާތައް؛ އަހާއި، ޖަމަލާއި، ކަންބަޅި ބަކަރި ފަދަ ޖަނަވާރުތައް....ހުރިހާ އެއްޗެއް މުސްލިމުންނަށް ދޫކޮށްލަންޖެހޭނެ އެވެ.
މުސްލިމުންނަށް ދޫކޮށްލާފައި ދާ އެއްވެސް އެއްޗެއް އެއްވެސް ގޮތަކަށް ފޮރުވާފައި ބަހައްޓައިގެން ނުވާނެ އެވެ. ތަކެތި ފޮރުވާފައި ދާ މީހުން الله تعالى އާއި އެކަލާނގެ رَسُوْلُ اللهِ ﷺ ސެކިއުރިޓީ އާއި ޙިމާޔަތުގެ ގެރެންޓީން ބޭރުކުރެވޭނެ އެވެ.
މި ޝަރުޠުތަކަށް ޢަމަލުނުކޮށް، އޭނާގެ ޚަޒާނާ ބިމު އަޑީގައި ބަކަރި ހަމާ އެކު ވަޅުލި ކިނާން ބިން ރަބީޢު އަށް އަދު ދެވުނެވެ. މި ހަނގުރާމައިގެ ޣަނީމާ ގުނާ ޢަދަދުނުކުރެވެއެވެ. ޚައިބަރުގެ ދަނޑުވެރި ބިމާއި، ކަދުރު ރުކުގެ ބަގީޗާތައް އެއްކޮށް އިސްލާމީ ލަޝްކަރަށް ދޫކޮށްލެވުނެވެ.21
އެ ވަގުތު، އެނބުރި އެ މީހުންގެ ރަށަށް ދިޔަ ޣަޠްފާނީން ޔަހޫދީންނަށް އެހީވުމަށް އަނެއްކާ ވެސް ޚައިބަރަށް އަތުވެއްޖެ އެވެ. رَسُوْلُ اللهِ ﷺ ޚައިބަރު ފަތަޙަކުރައްވައި، ޔަހޫދީން ކިޔަމަންކުރައްވާފައިވާ ތަން ފެނިފައި ބުނޫ އެވެ. "އޭ محمّدގެފާނެވެ! އަޅުގަނޑުމެން ޚައިބަރު ދޫކޮށް ގޮސްފިއްޔާ އަހަރެއްގެ ދަނޑުގޮވާމަށް ވާވަރަށް ކަދުރު ދެއްވާނެ ކަމަށް ކަލޭގެފާނު އަޅުގަނޑުމެންނަށް ވަޢުދުވެވަޑައިގަތީމު އެވެ. އަޅުގަނޑުމެންގެ ވަޢުދު އަޅުގަނޑުމެންގެ ވަޢުދު ފުއްދީމެވެ. ވީމާ، އެ ތަކެތި އަޅުގަނޑުމެންނަށް ދެއްވާށެވެ". އެ މީހުންނާ މުޚާޠަބު ކުރައްވައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެވެނި މިވެނި ފަރުބަދަ އެއީ ކަލޭމެންގެ އެވެ". ޣަޠްފާނީން އިންޒާރުދޭން މަސައްކަތްކޮށް ބުނޫއެވެ. "އެހެން ކަމަށް ވާނަމަ، އަޅުގަނޑުމެން ކަލޭގެފާނާ ހަނގުރާމަކުރާނަމުއެވެ"! رَسُوْلُ اللهِ ﷺ ޖަވާބު ދެއްވި އެވެ. "މި ދެފަރާތުގެ ހަނގުރާމައިގެ މައިދާނަކަށް ވާންޖެހޭނީ ޖަނާފާ އެވެ". ޖަނާފާ އަކީ ޣަޠްފާނީންގެ ސަރަޙައްދުތަކުގެ ތެރެއިން ސަރަޙައްދަކަށް ކިޔާ ނަމެކެވެ. މިހެން حديث ކުރެއްވި އަޑު އިވުމުން، ގަތް ބިރުން އެތަން ދޫކޮށް އެ މީހުން ގޮސްފި އެވެ.
رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ ހިތްވަރު ގަދަ އަޞްޙާބު ބޭކަލުން ތިއްބެވީ ޚައިބަރު ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ޒަޚަމްވި މީހުންނަށް ފަރުވާދެމުންދިޔަ އިރު، އެހެން ބޭކަލުން ތިއްބެވީ އަރާމުކުރައްވާށެވެ. ޔަހޫދީންގެ އެންމެ މަޝްހޫރު އެކަކު ކަމުގައިވާ ސައްލާމް ބިން މިޝްކާމްގެ އަނެހެނުން زينب ބޭނުންވީ، ވިހަލައިގެން رَسُوْلُ اللهِ ﷺ ޝަހީދުކޮށްލާށެވެ. އެކަން ކުރުމަށް ޓަކައި، އެ ކަނބުލޭގެ ބަކަރިއެއް ކަތިލައި، އެ ކައްކައި، އެ މަހުގެ ތެރެއަށް ގިނަ ޢަދަދަކަށް ވިހައަޅައިފި އެވެ. ދެން، އެ ކަނބުލޭގެ رَسُوْلُ اللهِ ﷺ ގެ އަރިހަށް ގޮސް، ހަދިޔާއެއް ގެނައި ވާހަކަ ބުނެފިއެވެ. رَسُوْلُ اللهِ ﷺ އެ ހަދިޔާ ޤަބޫލުކުރައްވައި، އެކަލޭގެފާނުގެ އަޞްޙާބުންނަށް ގޮވާލެއްވި އެވެ. އެ ހުރިހާ ބޭކަލުން ވެސް އެ ކެއުމަށް އިންޞާފުކުރެއްވުމަށް އިށީންނެވި އެވެ.
ޢާލަމްތަކުގެ ސައްޔިދު رَسُوْلُ اللهِ ﷺ ބަކަރި މަސްކޮޅެއް ނަންގަވައި، "بسم الله الرّحمن الرّحيم" އޭ حديث ކުރައްވައި އެކަލޭގެފާނުގެ އަނގަކޮޅަށް ލެއްވި އެވެ. ދެތިން ފަހަރު ހަފާލެއްވުމަށް ފަހު ވަގުތުން އަނގައިން ނަންގަވައި حديث ކުރެއްވި އެވެ. "އޭ އަހަރެންގެ ޞަޙާބީންނެވެ! ތިޔަބައި މީހުންގެ އަތްތައް މި ކާ ތަށިން ނަގާށެވެ! އެހެނީ، މި މަސް ތިމަންކަލޭގެފާނަށް އެންގީ އެއަށް ވިހަ ލާފައިވާ ކަމަށެވެ".
ޞަޙާބީން ވަގުތުން ތަށިތަކުން އަތް ނަންގަވައިފި އެވެ. އެހެންނަމަވެސް، ކުޑަ މަސްކޮޅެއް ކޭންބެއްލެވުމަށް ފަހު، ބިޝްރު ބިން ބަރާއުގެ ހަށިގަނޑު ވަގުތުން ދަނބު ކުލައަށް ބަދަލުވެވެ، ޝަހީދުވެއްޖެ އެވެ. جبريل (عليه السّلام) ވަޑައިގެން رَسُوْلُ اللهِ ﷺ އަށް ދެންނެވީ، އެކަލޭގެފާނުގެ ކުޅާ އެއްވެފައިވާ ވިހަ ނެރުމަށް ޓަކައި، އެކަލޭގެފާނުގެ ދެ ކޮނޑު ދޭތެރޭ ގައި ޙިޖާމާކުރެއްވުމަށެވެ. އެގޮތަށް ހެދުނެވެ. ދެން ވިހަލާފައިވާ މަސް ބިމުގައި ވަޅުލެވުނެވެ. މި ކަން ކުރި زينب ހައްޔަރުކޮށްގެން رَسُوْلُ اللهِ ﷺ އާ ހަމަޔަށް ގެނެވުނެވެ. އެ ކަނބުލޭގެ ކައިރިން رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "ކަންބަޅި ބަކަރީގެ ކަބާބަށް ވިހަ އެޅިން ހެއްޔެވެ"؟ އެ ކަނބުލޭގެ އެ ކަމަށް އިޢުތިރާފު ވެއްޖެ އެވެ. "އާދޭހެވެ! އެއަށް ވިހަލީ އަޅުގަނޑެވެ". އޭނާ ކައިރިން "މިކަން ކުރަން ކަލޭ ބޭނުންވީ ކީއްވެގެން ހެއްޔެވެ"؟ މިހެން އެއްސެވުމުން، އޭނާ ޖަވާބު ދިނެވެ. "ކަލޭގެފާނު އަޅުގަނޑުގެ ފިރިމީހާ އާއި، އަހަރެންގެ ބައްޕަ އާއި، ބޮޑުބޭބެ ޤަތުލުކުޅައީމުއެވެ. އަހަންނަށް ހިތާހިތާ ބުނެލެވުނެވެ. 'އެކަލޭގެފާނަކީ، ޙަޤީޤީ ރަސޫލެއް ނަމަ، الله تعالى އެކަން އެކަލޭގެފާނަށް އަންގަވާނެއެވެ. ނޫން ނަމަ، މި މީހާގެ ސަބަބުން އޭނާ އަށް އަސަރުކުރާނެ އެވެ. އަދި އޭނާ މަރުވާނެ އެވެ. އެހެންކަމުން، އޭނާގެ ކިބައިން އަހަރެމެން ސަލާމަތްވާނެ އެވެ". މި ޙާދިސާގެ ސަބަބުން އަޞްޙާބު ބޭކަލުން ވަރަށް ހިތާމަކޮށްފި އެވެ. އެބޭކަލުން އެއްސެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެންގެ ފުރާނަ ކަލޭގެފާނަށް ޤުރްބާން ކުރައްވާށި އެވެ! އަޅުގަނޑުމެން މި އަނހެން މީހާ ޤަތުލުކުރަން ވީ ތޯ އެވެ"؟ އެކަލޭގެފާނުގެ އަމިއްލަފުޅު ޒާތަށް މީހުން ކުރި ކޮންމެ އިހާނާތަކަށް މާފު ދެއްވާފައިވާ رَسُوْلُ اللهِ ﷺ މި ކަނބުލޭގެ އަށް ވެސް މާފު ދެއްވި އެވެ. މި ބޮޑުވެގެންވާ ރަޙުމް ފެނިފައި، ޝަހާދަތުގެ ދެ ކަލިމަ ކިޔުމަށް ފަހު زينب އިސްލާމް ވެއްޖެ އެވެ.22
ޚައިބަރުހަނގުރާމައިގައި އަތުލައިގަނެވުނު ހަނގުރާމައިގެ ޣަނީމާތަކާއި، އަސީރުންގެ ތެރޭގައި حُيَيُّ بن أخطبގެ އަންހެން ދަރި صفيّة ހިމެނެއެވެ. އަސީރުން ހަނގުރާމަވެރިންގެ މެދުގައި ބެހި އިރު، صفيّة ދިމާވީ رَسُوْلُ اللهِ ﷺ އާ އެވެ. رَسُوْلُ اللهِ ﷺ އެ ކަމަނާ މިނިވަން ކުރެއްވީ އެވެ. އެކަމާ އެ ކަމަނާ އުފާކުރައްވައި، ޝަހާދަތުގެ ދެ ކަލިމަ ކިޔުމަށް ފަހު އިސްލާމް ވެއްޖެ އެވެ. މި ހިނގާ ދިޔަ ކަންތަކާ رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެން، ޞަފިއްޔަތުގެފާނާ ކައިވެނި ކުރައްވައ، އެ ކަމަނާ އަށް އުފާވެރިކަން ގެނެސްދެއްވައިފި އެވެ. އެހެންކަމުން، ޞަފިއްޔާ (رضي الله عنها) ވެގެންދިޔައީ أُمُّ المؤمنين އަކަށެވެ. ކައިވެނީ ޙަފްލާ ބޭއްވުނީ ޞަޙްބާ އޭރިޔާ ގައެވެ. ޙަފްލާގެ ކެއުމެއްގެ ގޮތުގައި ހުރީ މެލަން އަދި ކަދުރެވެ.23
صفيّة (رضي الله عنها) ގެ ލޮލުގެ ވަށައިގެން ނޫފައިގެންފައިވާ ތަނެއް ހުއްޓެވެ. "މިއީ ކޮން މާކެއް"؟ މިހެން رَسُوْلُ اللهِ ﷺ އެއްސެވުމުން، އެކަމަނާ ވިދާޅުވި އެވެ. "އެއް ރޭ، އަޅުގަނޑަށް ހުވަފެނުން ފެނުނީ ހަނދު އުޑުން ތިރިވެގެން އައިސް އަޅުގަނޑުގެ މޭގަނޑުގެ ތެރެއަށް ވަން ތަނެވެ. އެ ވާހަކަ އަޅުގަނޑުގެ ފިރިމީހާ ކަނާނަތު ކައިރީގައި ބުނުމުން އޭނާ އަޅުގަނޑުގެ ލޯ މަތީގައި ޖެހީ އެވެ. ޖަހަމުން އޭނާ ބުންޏެވެ. 'އަހަރެމެންނާ ދެކޮޅަށް އަންނަ ޢަރަބި ޙާކިމްގެ އަނބިމީހާ ވުމަށް ކަލޭގެފ ލޯ ތި ވަނީ ސެޓްވެފައެވެ'. އެއަށް ފަހު، މި ހުންނަނީ ތި ފެނިވަޑައިގަންނަވާ ގޮތަށް ނޫފައިގެންފައެވެ".
ޚައިބަރު ފަތަޙަކުރެއްވުމަށް ފަހު، ޔަހޫދީން رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. "އޭ محمّدގެފާނެވެ! އަޅުގަނޑުމެން ޚައިބަރު ދޫކޮށްފައި ދާނަމެވެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ދަނޑުވެރިކަން ކުރުމަށާއި، ދަނޑު ބިންތަކާއި، ބަގީޗާތައް ބަލަހައްޓަން އެނގެއެވެ. ކަލޭގެފާނު ބޭނުންފުޅުވާ ކަމުގައި ވާ ނަމަ، މި ދަނޑުގޮވާން ކުރުމަށް ރަނގަޅު ބިންތައް އަޅުގަނޑުމެންނަށް ދެއްވާށެވެ. އަޅުގަނޑުމެން މި ދަނޑުބިންތަކުގައި މަސައްކަތްކޮށް، ދަނޑުގޮވާމުގެ ދެބައިކުޅަ އެއް ބައި ކަލޭގެފާނަށް ދޭނަމެވެ". رَسُوْلُ اللهِ ﷺ އާއި އަޞްޙާބުންނަށް ދަނޑުގޮވާން ކުރުމަށް ވަގުތެއް ނުލިބެއެވެ. އެ ބޭކަލުން ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދެވީ، އިސްލާމް ދީން ފަތުރުއްވައި، ﷲ ގެ މަގުގައި ޖިހާދުކުރެއްވުމުގައެވެ.24 رَسُوْلُ اللهِ ﷺ މި ހުށަހެޅުމާ މެދު އުފާކުރައްވައި حديث ކުރެއްވި އެވެ. "އަހަރެމެން ބޭނުންވީމާ ތިޔަބައި މީހުން ބޭރުކުރާ ގޮތަށް ޝަރުޠުކޮށްފައެވެ". ޔަހޫދީން މި ކަން ޤަބޫލުކޮށް، ޚައިބަރުގެ ބިންތަކުގައި ދަނޑުގޮވާންކުރަން ފަށައިފި އެވެ.25
رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުން ނަޞްރުވެރިންގެ ގޮތުގައި އެނބުރި މަދީނާ އަށް ވަޑައިގެންފި އެވެ.
އެ ދުވަސްވަރު، أُمُّ حبيبة (رضي الله عنها) ހިމެނޭ ހެން، ޙަބަޝް ކަރައިގައި ތިއްބެވި އަޞްޙާބު ބޭކަލުންގެ ތެރެއިން އެންމެ ފަހުން ތިއްބެވި ބޭފުޅުން، جعفر بن أبي طالب (رضي الله عنه) އިސް ބޭފުޅަކަށް ހުންނަވައިގެން، ނަޖާޝީ ފޯރުކޮށްދިން 2 ބޯޓުގައި ދަތުރުކުރައްވައި، ޖަރް ބަނދަރުގައި އަޅައިފި އެވެ. އެ ބޭފުޅުން ޖަމަލަށް އަރާވަޑައިގެން މަދީނާ އަށް ވަޑައިގެންފި އެވެ. މީގެ 12 އަހަރު ކުރިން ޙަބަޝް ކަރަޔަށް ހިޖްރަކުރި އެކަލޭގެފާނުގެ އަޞްޙާބުން حعفر بن أبي طالب (رضي الله عنه) އިސް ބޭފުޅަކަށް ހުންނަވައިގެން އެނބުރިގަތުމުން، رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް އުފާކުރެއްވި އެވެ. އެކަލޭގެފާނު، حعفر بن أبي طالب (رضي الله عنه) ނިތްކުރީ ގައި ބޮސްދެއްވައި، އޭނާގެ ގައިގައި ބައްދާލައްވައިފައި، حديث ކުރެއްވި އެވެ.
"ޚައިބަރުގެ ފަތަޙަ ނުވަތަ ޖަޢުފަރުގެފާނާ މެދު އުފާކުރާނީތޯ ތިމަންކަލޭގެފާނަކަށް ނޭނގެއެވެ. ތިބާ ދެ ފަހަރު ހިޖްރަކޮށްފީމު އެވެ. ތިބާ ޙަބަޝް ކަރަޔާއި ތިމަންކަލޭގެފާނުގެ ބިމަށް ވެސް ހިޖުރަކުރީ އެވެ". ނަޖާޝީ ޢަޞްޙަމާ رَسُوْلُ اللهِ ﷺ އަށް ފޮނުވި ހަދިޔާތައް އެ ބޭކަލުން އަށް އެރުވި އެވެ. އެކަލޭގެފާނު أُمُّ حبيبة އާ ކައިވެނި ބައްލަވައިގަތީ ވެސް މި އަހަރު އެވެ. އެ ވަގުތު އެ ކަމަނާގެ ޢުމުރުން ތިރީސް ހަ އަހަރެވެ.
ޚައިބަރު ހަނގުރާމައިން ލިބުނު ޣަނީމާ މުދާ، ޞުލްހަލް ޙުދައިބިއްޔާ އަށާއި، ޚައިބަރު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި އަޞްޙާބުންނާއި، ޙަބަޝް ކަރަޔަށް ހިޖުރަކުރެއްވި އަޞްޙާބުންނާއި، ހަނގުރާމައިގައި ބައިވެރިވި ދައުސް ވަންހައިގެ މީހުންގެ މެދުގައި ބެހުނެވެ.26
ޚައިބަރު ފަތަޙަކުރެއްވުމާ އެކު، ޢަރަބި ކަރައިގެ ހުރިހާ ޔަހޫދީން ވެސް، رَسُوْلُ اللهِ ﷺ ގެ ކޮންޓްރޯލްގެ ދަށަށް އައީ އެވެ. މިހާރު، އެ މީހުންނަށް ދެން މުޝްރިކުންނަށް އެހީތެރިވެދެވޭނެ ގޮތެއް ނެތެވެ. ވަށައިގެންވާ ޤަބީލާތަކާއި، ޤައުމުތަކަށް ރޭކާލި އެއްޗަކީ، ހަތިޔާރާއި، ސިފައިންނަށް ބަލާ އިރު، ފަތަޙަކުރުމަކީ މުސްތަޙީލު ކަމެއް ކަމަށް ބެލެވުނު ޚައިބަރު ފޯޓްގެ ކޮންޓްރޯލް މުސްލިމުން ނެގި ކަމެވެ. މުސްލިމުން މައްކާގެ މުޝްރިކުން ތިބީ ވަރަށް ބޮޑު ހިތާމައެއް ގައެވެ. މި ހަނގުރާމަ އަށް ފަހު، ކުޑަ ޔަސް ބޮޑަސް އެންމެހާ ޤަބީލާތައް އިސްލާމް ވުމަށް ޓަކައި މަދީނާ އަށް އަތުވެއްޖެ އެވެ.ޣަޠްފާނީން ވެސް ހިމެނޭ ގޮތަށް އަޞްޙާބު ބޭކަލުންނަށް ވުމުގެ ޝަރަފު ލިބުނެވެ. ބޯނުލެނބި ބައެއް ޤަބީލާތައް މަތަކުރެއްވީ އެ މީހުންނާ ދެކޮޅަށް ސިފައިން ފޮނުއްވައިގެންނެވެ.
ލައިލަތުއް ތަޢްރީސް ޙާދިސާ
"ޚައިބަރު ކިއްލާގެ ގޭޓް އަހަރެން ހުޅުވީ ޖިސްމާނީ ބާރަކުނެއް ނޫނެވެ. އެކަމަކު ރޫޙާނީ ބާރުންނެވެ".
علي (رضي الله عنه)
ޚައިބަރު ހަނގުރާމައިން އެނބުރިވަޑައިގަތް މަގުމަތީ ގައި ތަޢްރީސް ކިޔާ ތަނެއް ގައި މަޑުކޮށްލެއްވި އެވެ. އެ ރޭ، رَسُوْلُ اللهِ ﷺ بلال (رضي الله عنه) އަށް ގޮވާލައްވައި އޭނާ އާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "އޭ بلال އެވެ! މި ރޭ ނުނިދާށެވެ. ފަތިސް ނަމާދުގެ ވަގުތަށް ބައްލަވައި، އަހަރެމެން ނަމާދަށް ގޮވާށެވެ". ދެން، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނާ އެކު ނިދިކުރައްވަން ވަޑައިގެންފި އެވެ. بلال ގެފާނު އިރުގަނޑެއް ވަންދެން ނަމާދުކުރައްވައިފި އެވެ. އެކަލޭގެފާނުގެ މޫނު އިރުމައްޗަށް އަނބުރާލައްވައި، އެކަލޭގެފާނު އުފުއްލަވަމުން ގެންދެވި ތަކެއްޗަށް ލެނގިލައްވައިފި އެވެ. ނަމާދަށް އިންތިޒާރުކުރައްވަން ހުންނަވަނިކޮށް، އޭނާ އަށް ނިދިކުރެވިއްއްޖެ އެވެ.
އެ ބޭކަލުން ވަރުބަލިވެފައި ތިބިލެއް ބޮޑުކަމުން، އިރުގެ ދޯދިތަކުން ބިންމަތި ހޫނުވެ އެ ބޭކަލުންގެ މޫނަށް އެޅުމަށް ދާންދެން އެއިން ބޭކަލަކަށް ލޯ ވެސް ހުޅުވާނުލެވުނެވެ. އެހެން އެއްވެސް މީހެއްގެ ކުރިން، رَسُوْلُ اللهِ ﷺ ހޭފުޅުލައްވައިފި އެވެ. އެ ބޭކަލުން ނިދިން ހޭލައި ވުޟޫކުރައްވައިފި އެވެ. ޤަމަތް ދެއްވީ بلال ގެފާނެވެ. ޖަމާޢަތެއްގެ ގޮތުން އެ ބޭކަލުން ފަތިސް ނަމާދު ކުރެއްވީ ޤަޟާ އަށެވެ.
ނަމާދަށް ފަހު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެއްވެސް މީހަކު އެ މީހަކުގެ ނަމާދު ހަނދާން ނެތިއްޖެ ނަމަ، ހަނދާންވާހާ އަވަހަކަށް ނަމާދުކުރަންވާނެ އެވެ. އެހެނީ، ވަޙީކުރައްވާފައި ވަނީ (ތިމަން ރަސްކަލާނގެ ހަނދުމަކުރުމަށް ޓަކައި، ތިމަން ސުވާމީންގެ މަތިވެރިކަން ހަނދުމަކުރުމަށް ޓަކައި ނަމާދުކުރާށެވެ.)".
عليގެފާނަށް ޓަކައި އިރު އެނބުރި ދިއުން
ޚައިބަރު ހަނގުރާމައިން އެނބުރި ވަޑައިގެންނެވި މަގުމަތީގައި، رَسُوْلُ اللهِ ﷺ ގެންދެވީ ޞަޙްބާ ގައި އަރާމުކުރައްވަމުންނެވެ. އެކަލޭގެފާނު ބަރަކާތްތެރި ބޯކޮޅު عليގެފާނުގެ އުނގުގައި ބޭއްވެވި އެވެ. އެ ވަގުތު، ވަޙީ ބާވައިލެއްވި އެވެ. އިރު އުދަރެހުން ފެނެއެވެ. علي (صلّى الله عليه وسلّم) އަދި އޭރު ޢަޞްރު ނަމާދު ނުކުރައްވަ އެވެ.
ވަޙީ ބާވައިލައްވައި ނިންމެވުމުން، رَسُوْلُ اللهِ ﷺ ދުޢާކުރެއްވި އެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! عليގެފާނު ހުންނެވީ އިބަރަސްކަލާނގެ އަދި އެބަ ރަސްކަލާނގެ ރަސޫލާގެ ކޮޅުގައި ކަމަށް ވާނަމަ، އިރު އަނބުރާ ފޮނުއްވާދޭވެ!". އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވި އެވެ. عليގެފާނު ނަމާދުކުރެއްވުމުން އިރު އަނެއްކާ ވެސް އޮއްސިއްޖެ އެވެ. أسمى بنت عُميس ވިދާޅުވެފައި ވެއެވެ. "އަހަންނަށް ފެނިގެންދިޔައީ، އިރު އޮއްސުމަށް ފަހު އަނެއްކާ ވެސް އިރު އަރައި ދުނިޔެ އަލިކޮށްލި ތަނެވެ".
ޣަޒްވަތު ވާދިލް ޤުރާ
މި ޣަޒްވާ ހިނގީ ޖުމާދަލް އާޚިރާ މަހުގައި ވާދިލް ޤުރާ ގައެވެ. އިސްލާމީ ލަޝްކަރާ އެކު رَسُوْلُ اللهِ ﷺ ވާދިލް ޤުރާ އަށް ވަޑައިގެންފި ކަމުގެ ޚަބަރު އެ ސަރަޙައްދުގައި އުޅޭ ޔަހޫދީންނަށް އިވި، ޢަރަބި މުޝްރކުންގެ ގްރޫޕެއްގެ އެހީތެރިކަމާ އެކު، ހަނގުރާމަ އަށް ތައްޔާރުވެއްޖެ އެވެ. އެ މީހުން އުޅޭ ތަނުން ނުކުމެ ހަނގުރާމަ އަށް ސަފުހަދާލައިފި އެވެ.
ހަނގުރާމައަށް ސަފު އަތުރާލުމަށް رَسُوْلُ اللهِ ﷺ އެންގެވުމަށް ފަހު ޞަޙާބީއެއްގެ އަތަށް ހަނގުރާމައިގެ ދިދަ ދެއްވައިފި އެވެ. ކާފަރުން އިސްލާމްދީނަށް ވަނުމަށް ދަޢުވަތު ދެއްވައިފި އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ކަލޭމެން އީމާންވެއްޖެ ނަމަ، ކަލޭމެންގެ ފުރާނަ އާއި މުދާތައް ސަލާމަތްކުރެވޭނެ އެވެ". އެބައި މީހުން އިރުޝާދު ޤަބޫލެއް ނުކުރި އެވެ. މުޝްރިކުންގެ ތެރެއިން މީހަކު ކުރިޔަށް ޖެހިލާފައި ހަނގުރާމަ ކުރުމަށް އެދިއްޖެ އެވެ. زُبيرُ بن عوّام އޭނާ ޤަތުލުކޮށްލައްވައިފި އެވެ. އެހެން މީހަކު عليގެފާނާ ކުރިމަތިލިއެވެ. عليގެފާނު ވަގުތުން އޭނަ ނަރަކައަށް ފޮނުވާލައްވައިފި އެވެ. އެހެން މީހަކު ކުރިޔަށް ޖެހިލައިފި އެވެ. عليގެފާނު އޭނާ ވެސް ޤަތުލުކޮށްލައްވައިފި އެވެ. أبو دُجانة (رضي الله عنه) ދެ ޔަހޫދީން ޤަތުލުކޮށްލެއްވި އެވެ. އެ ދުވަހު ފަނަރަ ކާފަރުން މަރާލެވުނެވެ.
ހަވީރުވުމުން، ކޮންމެ މީހަކު ވެސް އެމީހަކު ހުރި ތަނަކަށް ހިނގައްޖެ އެވެ. ހެނދުނު ވީއިރު، ދެ ލަޝްކަރުން ވެސް ކަނޑިތައް ނަގައި ހަނގުރާމަ އަށް ތައްޔާރުވާން ފަށައިފި އެވެ. ލޮންސިއެއްގެ ދިގުމިނަށް ހިޔަނި އަރާވަރަށް ފެންބޮޑުވުމުން، ކާފަރުން ބިރުން ރައްކާވެއްޖެ އެވެވ. މުޖާހިދުންނަށް ގިނަގުނަވެގެންވާ ގިނަ މުދަލާއި ޣަނީމާ ލިބިއްޖެ އެވެ. ވާދިލް ޤުރާގެ ޔަހުދީންނަށް ދިމާވި ކަންތަކުން ތައިމާ ވަންހައިގެ ޔަހޫދީން، ތިބީ ބިރުންނެވެ. އެ މީހުންގެ މުދާ ޙިމާޔަތްކުރުމަށް ޓަކައި، ޖިޒްޔަ ދިނުމަށް އެ މީހުން ތިބީ ތައްޔާރަށެވެ. އެއަށް ފަހު ޞުލްޙަ ޤާއިމް ވެއްޖެ އެވެ.
