ލޮބުވެތި ރަސޫލާ

رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ނަންފުޅުތައް

"އޭ އިސްރާއީލުގެ ދަރިންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް ﷲ ފޮނުއްވި رسول އާ އެވެ. ތިމަންކަލޭގެފާނުގެ ކުރީގައިވާ توراة ގެ حكم ތައް ތެދުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ތިމަންކަލޭގެފާނަށް ފަހު أحمد އެވެ ނަމަކަށް ކިޔުނު رسول އަކު ވަޑައިގަންނަވާނޭ ކަމުގެ އުފާވެރި خبر ދެއްވާ ބޭކަލަކު ކަމުގައެވެ".
سورة الصف: 6

އެންމެ ޢާއްމު ކޮށް ބޭނުންކުރެވޭ رَسُوْلُ اللهِ ﷺ ގެ ނަންފުޅަކީ مُحَمَّدُ އެވެ. އެ ނަންފުޅުގެ މާނައަކީ، މަތީ ދަރަޖައަކަށް ތަޢުރީފުކުރެވިގެންވާ، ވަރަށް ބޮޑަށް މަޤްބޫލު ބޭފުޅާ އެވެ. މި ނަންފުޅު ވަނީ ކީރިތި ޤުރްއާން ގައި ހަތަރު ފަހަރު ބަޔާންކުރައްވާފައެވެ. އެއީ، سورة آل عمران ގެ 144 ވަނަ އާޔަތުގަޔާއި، سورة الأحزاب ގެ 40 ވަނަ އާޔަތުގަޔާއި، سورة الفتح ގެ 29 ވަނަ އާޔަތުގަޔާއި، سورة مُحمّد ގެ 22 ވަނަ އާޔަތުގައެވެ. عيسى (‏عليه السّلام)‏ އެކަލޭގެފާނުގެ އުއްމަތަށް އަންގަވާފައިވަނީ، سورة الصف ގެ 6 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ގޮތަށެވެ. ކީރިތި قرآن ގެ سورة الصف ގެ 6 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. (‏وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِن بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُم بِالْبَيِّنَاتِ قَالُوا هَٰذَا سِحْرٌ مُّبِينٌ ‎﴿٦﴾)‏ * الصف: 6)‏ މާނައީ: ''އަދި مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު ވިދާޅުވި ހިނދު (‏ހަނދުމަކުރާށެވެ!)‏ އޭ އިސްރާއީލުގެ ދަރިންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް ﷲ ފޮނުއްވި رسول އާ އެވެ. ތިމަންކަލޭގެފާނުގެ ކުރީގައިވާ توراة ގެ حكم ތައް ތެދުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ތިމަންކަލޭގެފާނަށް ފަހު أحمد އެވެ ނަމަކަށް ކިޔުނު رسول އަކު ވަޑައިގަންނަވާނޭ ކަމުގެ އުފާވެރި خبر ދެއްވާ ބޭކަލަކު ކަމުގައެވެ. ފަހެ، އެއުރެންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާ އެކު އެކަލޭގެފާނު ވަޑައިގެންނެވި ހިނދު އެއުރެން ބުނޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ".

"مُحَمَّدُ" އާއި "أَحْمَدُ" މި ނަންފުޅުތަކުގެ އިތުރަށް، ކީރިތި قرآن ގައި ބަޔާންކުރައްވާފައިވާ رَسُوْلُ اللهِ ﷺ ގެ ނަންފުޅުތަކަކީ: مَحمُودُ، رَسُولُ، نَبِيُّ، بَشِيْرُ، نَذِيْرُ، مُبَشِّرُ، مُنْذِرُ، داع إلى الله، سِرَاجُ المُنِيْرُ، رَؤُوفُ، رَحِيمُ، مُصَدِّقُ، مُذَكِّرُ، مُدَّثِّرُ، عبْدُالله، كَرِيْمُ، حَقُّ، مُنِيْرُ، نُوْرُ، خَاتَمُ النَّبِيِّين، رَحْمَةُ، نِعْمَةُ، هَادِيْ، طه، يَاسِين... މި ނަންފުޅުތަކުގެ އިތުރަށް އެކަލޭގެފާނުގެ ބައެއް ނަންފުޅުތައް ކީރިތި قرآن އާއި، އެކަލޭގެފާނުގެ ބައެއް حديثތަކާއި، އަދި ކުރީގެ ރަސޫލުންގެ މައްޗަށް ބާވާލެއްވުނު މުޤައްދަސް ފޮތްތަކުގައި ބަޔާންކުރެވިފައި ވެއެވެ.

އެކަލޭގެފާނުގެ ބައެއް حديثތަކުގައި ބަޔާންކުރެވިފައިވާ رَسُوْلُ اللهِ ﷺ ގެ ނަންފުޅުތަކަކީ: ماحِي، عاقِبُ، مُقَفِّي، نَيِيُّ الرَّحْمَة، نَبِيُّ التَّوبَة، نَبِيُّ الملحمة، قتّال، مُتَوَكِّلُ، فاتِحُ، خاتَم، مُصطَفَى، أُمِّي، قَسَم (‏ހުރިހާ ބަރަކާތެއް އަމިއްލަ ނަފްސަށް ހޯއްދެވި)‏.

رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވެއެވެ. "ތިމަންކަލޭގެފާނަށް ޚާއްޞަ ފަސް ނަމެއް ވެއެވެ.: ތިމަންކަލޭގެފާނަކީ مُحَمَّدُ އެވެ. ތިމަންކަލޭގެފާނަކީ أَحْمَدُ އެވެ. ތިމަންކަލޭގެފާނަކީ އެ މީހެއްގެ ފަރާތުން ކުފުރު ނައްތާލައްވާ ماحِلُ އެވެ. ތިމަންކަލޭގެފާނަކީ حَاشِرُ އެވެ؛ ޤިޔާމަތް ދުވަހު މީސްތަކުން އަލުން ދިރުއްވޭނީ ތިމަންކަލޭގެފާނުގެ ފަހުންނެވެ. ތިމަންކަލޭގެފާނަކީ عاكبُ އެވެ؛ ތިމަންކަލޭގެފާނަށް ފަހު އިތުރު ރަސޫލަކު ނުފޮއްވާނެ އެވެ".1

"أبُوالقَاسِم" ގެ ވަނަން رَسُوْلُ اللهِ ﷺ އަށް ދެވުނެވެ. އެހެނީ، خديجة ގެފާނަށް ލިބިވަޑައިގެންނެވި އެކަލޭގެފާނުގެ ދަރިފުޅު ޤާސިމް ޅަކުއްޖެއްގެ ގޮތުގައި ހުންނަވަނިކޮށް ނިޔާވިއެވެ. އަނެއްކާ ވެސް، ތެދުވެރިކަމާއި، އިތުބާރުހިފުމާއި، އަމާނާތްތެރިކަން ފަދަ ގުނާ ޢަދަދުނުކުރެވޭ ފަދަ ނަންފުޅުތަކުގެ ސަބަބުން، ރަސޫލު ކަމުގެ ކުރިން ޤުރައިޝުންގެ ތެރޭގައި އެކަލޭގެފާނަށް "الأَمِين" ގެ ނަން ދެވުނެވެ.

ކީރިތި قرآن ގައި ބަޔާންކުރައްވާފައިވާ އެއް ނަމަކީ، ކީރިތި قرآن ގެ ހިތް ކަމުގައިވާ سورة ياسس ގައި ވާ "ياِسِيْن" އެވެ. عُلماء الراشدون ގެ ތެރޭގައި ހިމެނިވަޑައިގަންނަވާ سيِّدُ عبدُالحَكيم عراسي ވިދާޅުވެފައި ވެއެވެ. "ياسين ގެ މަނައަކީ، އަހަރެންގެ މުޙައްބަތުގެ ކަނޑަށް ފީނާ، އޭ ލޯބިވާއޭ".

މި ކަނޑުގެ ނަން އަޑުއެހި މީހުން، ދުރުން މި ގަނޑުވަރު ދުށް މީހުން، އެއާ ކައިރިއަށް އައި މީހުން، އެއަށް އެމީހުންގެ ޙިއްޞާގެ ގޮތުގައި ވަދެ އެތެރެއަށްވަދެގެންދިޔަ މީހުން، މި އެންމެން އެ މީހުންގެ ޙަޔާތުގެ ކޮންމެ މަރުޙަލާއެއްގައި އަނދައިގެންދިޔައީ رَسُوْلُ اللهِ ﷺ ދެކެވާ ލޯބިންނެވެ. އަދި އެ މީހުންގެ ލޯބި ފާޅުކުރީ، ހިތާމަވެރި ރުއިންތަކާއި، ހިތުގެއަޑިން އޮހޮރި ކަރުނަތަކާއި، އަސަރުގަދަ ބައިތުތަކުންނެވެ. އަކީ، އޭގެ ތެރެއިން އެންމެ މޮޅު އަދި އެންމެ މަޝްހުރު އެކެކެވެ. އަދި އެ މުޙައްބަތުގެ ކަނޑުން ބޮޑު ޙިއްޞާއެއް ލިބިވަޑައިގަތެވެ. حضرة مَولانَا حالدُ البَغْدَادِي އޭނާގެ ޅެން ބައިތެއް ގައި رَسُوْلُ اللهِ ﷺ އޮތް މުޙައްބަތު ލިޔުއްވާފައިވަނީ އަންނަނިވި ފަދައިންނެވެ.:

އަޅުގަނޑު އަނދަނީ ތިބާގެ ލޯބީގައޭ، سَلوَارُ السَّلَام އޭ!
އަޅުގަނޑު ވީ ކޮންމެތާކު އަޅުގަނޑު އަބަދުވެސް ބަލަނީ ތިބާގެ ރިވެތިކަމަށޭ.
އަޅުގަނޑަކީ އެއްޗެއް ނޫނޭ، ތިބާ އަކީ قابَ قَوسَينِ ތާޖުގެ ސުލްޠާނޭ،
އަޅުގަނޑަކީ ތިބާގެ މެހްމާނޭ ދެންނެވުމަކީ، ބޭ އިޙްތިރާމް ކަމަށް ދެކެމޭ.
މި ކައުނުގެ ވާހާ އެއްޗެއް ހައްދަވާފައިވަނީ ތިބާއަށް ޓަކައޭ،
ތިބާގެ ރަޙްމަތް އަޅުގަނޑަށް އޮހޭ ނަމަ، އެއީ އަޅުގަނޑުގެ ބަހާރު މޫސުމޭ.
އެއްމެން ޙިޖާޒަށް އަންނަނީ كعبةގެ ވަށައިގެން طوافކުރުމަށޭ،
އަޅުގަނޑު ފަރުބަދަތަކަށް އަރަނީ، ތިބާއާ ހަމައަށް ފޯރުމުގެ ޝައުޤުގައޭ.
ހުވަފެނެއް ގައި އުފާވެރިކަމުގެ ތާޖު އަޅުގަނޑުގެ ބޮލުގައި އެޅުވުނޭ،
ތިބާގެ ފައިތިލައިގައި ހުރި ފަސް ހީވާގޮތުން އަޅުގަނޑުގެ މޫނަށް ބުރައިގެންދިޔައޭ.
އޭ ޖާމިޢު، ތިބާގެ އެކުވެރިޔާ އަށް ތަޢުރީފުކުރާ ލޯބިވެރިންގެ ނައިޓިންގޭލޭ،
ތިބާގެ ޅެން ފޮތުގެ މި ބައިތުން އަޅުގަނޑުގެ އިޙްސާސްތައް ހާމަކުރެއޭ.
"ހަމުގެ ބަލިޖެހިފައިވާ ކަރުހިއްކައިގެންފައިވާ ކުއްތާއެއް ފަދައޭ،
ތިބާގެ އޯގާތެރިކަމުގެ ކަނޑުގެ ތިއްކަކަށް އަޅުގަނޑު އެދިއެދިހުރީމޭ".

رَسُوْلُ اللهِ ﷺ އަށް މަދަޙަކިޔުމުގެ ގޮތުން ލިޔެވިފައިވާ ޅެންތަކުގެ އިތުރަށް، އެކަލޭގެފާނާ ބެހޭގޮތުން ގިނަ ޢަދަދެއްގެ ފޮތްތައް ލިޔެވިފައި ވެއެވެ. މި ލިޔުންތެރިންގެ ތެރެއިން، އެތަކެއް ޤަރުނެއް ވަންދެން އެ ބޭފުޅުންގެ ޝުހުރަތާއި ހުނަރުތައް ފެތުރިގެން ގޮސްފައިވާ ބޭފުޅުން ވެސް ނިންމަވައިގެން ތިއްބެވީ، رَسُوْلُ اللهِ ﷺ އަށް ތަޢުރީފުކުރުމަށް އެ ބޭފުޅުން ނުކުޅަދާނަވެގެންވީ ކަމަށެވެ. އެކަލޭގެފާނު ފެނި، އެކަލޭގެފާނުގެ ރިވެތިކަން ފެނިފައިވާ ބޭފުޅުންނަށް ވީ އެންމެ މޮޅަކަށް އެ ކަލޭގެފާނު ސިފަކުރުމަށް މަސައްކަތް ކުރެއްވި ބޭފުޅުން ވިދާޅުވެފައިވަނީ، އެ ރިވެތިކަން ކިޔައިދިނުމަށް އިންސާނީ ބާރު ނުފުދޭ ކަމަށެވެ.

އެ ބޭކަލުން ރިވާކުރެއްވި އެތަކެއް ސަތޭކަ ކަންތައްތަކެއް އިސްލާމީ ޢިލްމުވެރިންގެ ފޮތްތަކުގައި ވަނީ ލިޔެވިފައެވެ. އެ ފޮތްތައް ކީ މީހުންނަށް ވަގުތުން ވިސްނިގެންދިޔައީ، الله تعالى އެކަލާނގެ ލޮބުވެތި رَسُوْلُ اللهِ ﷺ ޚަލްޤުކުރައްވާފައިވަނީ، ޚިޔާލަށް ނުގެނެވޭ ތަރުތީބަކާއި، މީހަކަށް ބެލުން ހުއްޓާނުލެވޭ ފަދަ ރިވެތި ކަމާ އެކުގައި ކަމަށެވެ. އެކަލޭގެފާނު ދުށުމަކާ ނުލައި އެ މީހުންނަށް އެކަލޭގެފާނު ދެކެ ލޯބިވެވެއެވެ. ދެކެ ލޯބިވާ މީހުންނަށް، ލާ ކޮންމެ ނޭވާއަކާއި، އެ މީހުންގެ ފުއްޕާމެޔަށް ވަދެގެންދާ ވައިގެ ފިނިކަމުގައި އެކަލޭގެފާނުގެ ލޯބި އިޙްސާސް ކުރެވެއެވެ. އެ މީހުން ހަނދަށް ބަލާ ކޮންމެ ފަހަރަކު، އެކަލޭގެފާނުގެ ބަރަކާތްތެރި ދެ ލޯފުޅުން އައިސްފައިވާ ދޯދިތަކުގެ ރިފްލެކްޝަންތައް ހޯދުމުގެ ހިތްހަމަޖެހުން ލިބިގަނެއެވެ. އެކަލޭގެފާނުގެ ރިވެތިކަމުގެ ކަނޑުގެ ތިއްކެއް ހާ މިންވަރު ލިބިފައިވާ މީހުންގެ ކޮންމެ ތަންކޮޅަކުން ވެސް ބުނެއޭ:

"މީހަކު އޭނާގެ ފުރާނަ އަށް ވުރެ ބޮޑަށް ތިމަންކަލޭގެފާނު ދެކެ ލޯބިވެއްޖައުމަށް ދާންދެން އޭނާގެ އީމާންކަން ފުރިހަމައެއް ނުވާނެ އެވެ".
حديث الشريف

ތިބާގެ ރިވެތި ކޯތާފަތް ފެނުނު މީހުން ފިނިފެންމަލަކަށް ނުބަލައޭ،
ތިބާގެ ލޯބީގައި ވިރިގެން ގޮސްފައިވާ މީހުން ފަރުވާއެއް ނުހޯދައޭ!

أنس بن مالك ރިވާކުރެއްވި ޙަދީޘެއް ގައި އައިސްފައި ވެއެވެ. "އެ މީހެއްގެ ދަރިންނާއި، ބައްޕަޔާއި، ހުރިހާ އެންމެންނަށް ވުރެ ތިމަންކަލޭގެފާނު ދެކެ ލޯބިނުވާހާ ހިނދަކު ތިޔަބައިމީހުންގެ އެކަކަކަށް ވެސް ފުރިހަމަ އީމާންތެރިކަމެއް ނުލިބޭނެ އެވެ".2

އެއް ދުވަހަކު، عُمر (‏رضي الله عنه)‏ رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު الله تعالى ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. އަޅުގަނޑުގެ ފުރާނަ ފިޔަވައި، އެހެން ހުރިހާ އެއްޗަކަށް ވުރެ، ކަލޭގެފާނު ދެކެ އަޅުގަނޑު ލޯބިވަމެވެ.". حديث ކުރެއްވި އެވެ. "މީހަކު އޭނާގެ ފުރާނަ އަށް ވުރެ ބޮޑަށް ތިމަންކަލޭގެފާނު ދެކެ ލޯބިވެއްޖައުމަށް ދާންދެން އޭނާގެ އީމާންކަން ފުރިހަމައެއް ނުވާނެ އެވެ". އެއާއެކު عُمر (‏رضي الله عنه)‏ ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު، ކަލޭގެފާނުގެ މައްޗަށް ޤުރްއާން ބާވާލެއްވި الله تعالى ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. އަޅުގަނޑުގެ ފުރާނަ އަށް ވުރެ ބޮޑަށް ކަލޭގެފާނު ދެކެ އަޅުގަނޑު ލޯބިވަމެވެ". ދެން އެކަލޭގެފާނު حديث ކުރެއްވި އެވެ. "އޭ عُمَرُ އޭ، މިހާރު (‏ފުރިހަމަ)‏ ވެއްޖެއެވެ".

قُبَّةُ الخَضْرَاء – مَسجِدُ النَّبَوِي ގެ ފެހި ގުއްބު

ސްޕޭސް ޒަމާން، ކޮމްޕިއުޓަރުތައް،
ގިނަ އަދަދެއްގެ ކުރިއަރާފައިވާ އާލާތްތައް،
ޤުރްއާނަކީ އެ ހުރިހާއެއްޗެއްގެ މަޞްދަރޭ،
ތިބާ އަކީ ރަޙްމަތޭ، رَسُوْلُ اللهِ ﷺ އޭ.
ތިބާ ތަޖްރިބާ އަށް އިސްކަން ދެއްވިއޭ،
ޢިލްމާއި ސައިންސް އުނގެނުމުގައި،
ތިބާ ދެއްކެވީ ކުރިއެރުމުގެ މަގޭ،
ތިބާ އަކީ ނޫރޭ، މާތް ﷲ ގެ ރަސޫލާ އޭ.
ތިބާ ދެކެ ލޯބިވާ މީހުންނަކީ އަހަރެމެންގެ ލޯބިވާއޭ،
ތިބާ އާ ނުލައި، އަހަރެމެންނަށް މި ދުނިޔެ ހިތާމަވެރިއޭ،
ތިބާ އަށް ޓަކައޭ، ހުރިހާ އެއްޗެއް ވުޖޫދު ގައި ވަނީ،
ތިބާ އަކީ ނިޢުމަތަކޭ، މާތް ﷲ ގެ ރަސޫލާ އޭ.
ތިބާގެ ފަރާތުންނޭ، އެ މީހުން ހުރިހާ ޚިޔާލެއް ނެގީ،
ޢިލްމާއި، ސައިންސާއި، އާޓޭ،
އެތަކެތި ބޭނުންކުރިއޭ، އިރުމައްޗާއި، ހުޅަނގޭ،
ތިބާ އަކީ ޤާއިދޭ، މާތް ﷲ ގެ ރަސޫލާ އޭ.
ތިބާ حديث ކުރެއްވި ކޮންމެ ކަމެއް އެގޮތަށް ވެއްޖެ އޭ،
މީގެ ފަނަރަ ޤަރުނު ކުރިއޭ،
ތިބާ އަކީ مُحَمَّدُ الأَمِيْن އޭ،
ތިބާ އަކީ ހަމަ، މާތް ﷲ ގެ ރަސޫލާ އޭ.
އޯގާވެރިކަމުގައި، އިންޞާފު ގައި،
ދީލަތިކަމުގައި އަބުރުވެރި ކަމުގައި،
ރަޙުމުކުރުމުގައި، ފަޟްލުވަންތަކަމުގައި،
ތިބާ އަކީ، ނަމޫނާ އޭ، މާތް ﷲ ގެ ރަސޫލާ އޭ.