ލޮބުވެތި ރަސޫލާ

رَسُوْلُ اللهِ ﷺ ގެ شَفَاعَة

"ތިމަންކަލޭގެފާނުގެ ޝަފާޢަތްތެރިކަން ޤަބޫލުނުކުރާ މީހަކަށް އެ ޝަފާޢަތްތެރިކަން ނުލިބޭ ހުއްޓެވެ".
حديث الشّريف

رَسُوْلُ اللهِ ﷺ، ޤިޔާމަތް ދުވަހު، އެކަލޭގެފާނުގެ އުއްމަތަށް شَفَاعَة ދެއްވައި، އުނދަގޫތަކާއި، ހިތާމައިން ސަލާމަތްކޮށްދެއްވާނެ އެވެ. އެކަލޭގެފާނުގެ ޙަދީޘެއް ގައި ބަޔާންކުރައްވާފައި ވެއެވެ"ތިމަންކަލޭގެފާނަށް ދެވުނު އިޚްތިޔާރަކީ، ތިމަންކަލޭގެފާނުގެ އުއްމަތުގެ ދެބައިކުޅަ އެއްބައި މީހުން ސުވަރުގެ އަށް ވަނުން ނުވަތަ ޝަފާޢަތް ދިނުމެވެ. ތިމަންކަލޭގެފާނު އިޚްތިޔާރުކުރެއްވީ ޝަފާޢަތެވެ. އެހެނީ، އެއީ މާ ޝާމިލު އެއްޗެކެވެ. ޝަފާޢަތް ލިބޭނީ ހަމައެކަނި ހެޔޮލަފާ ޞާލިޙުންނަށް ކަމަށް ހީނުކުރާށެވެ؛ އެއީ، ކުށްކުރާ ފާފަވެރިންނަށް ވެސް އޮތް އެއްޗެކެވެ..."1

أَبُوهُرَيْرَة (‏رضي الله عنه)‏ ރިވާކުރައްވާފައިވާ رَسُوْلُ اللهِ ﷺ ފާނުގެ ޙަދީޘެއް ގައި އައިސްފައި ވެއެވެ. "ތިމަންކަލޭގެފާނުގެ ޝަފާޢަތް ވަނީ 'لاَ إِلَهَ إِلاَّ اللهُ' ކިޔައި ޝަހާދަތުގެ ދެ ކަލިމަ އިޚްލާޞްތެރިކަމާ އެކު އޭނާގެ ދުލުން ބުނާ ބުނުން ހިތުން ޔަޤީންކޮށްދޭ ގޮތަށް ކިޔާ މީހުންނަށެވެ".2

ބައެއް حديثތަކުގައި رَسُوْلُ اللهِ ﷺ ބަޔާންކުރައްވާފައި ވެއެވެ.:
"އޭ ތިމަންކަލޭގެފާނުގެ އުއްމަތޭ، ތިމަންކަލޭގެފާނުގެ أهل البيت ންނަށް ލޯބިވާ މީހުންނަށް ތިމަންކަލޭގެފާނު ޝަފާޢަތް ދެއްވާނަމެވެ".
" އޭ ތިމަންކަލޭގެފާނުގެ އުއްމަތޭ، ބޮޑެތި ފާފަތައް ކޮށްފައި ތިބޭ މީހުންނަށް ތިމަންކަލޭގެފާނު ޝަފާޢަތް ދެއްވާނަމެވެ".

"ތިމަންކަލޭގެފާނުގެ އަޞްޙާބުންނަށް ގެއްލުންދޭ މީހުން ފިޔަވައި އެހެން ކޮންމެ މުސްލިމަކަށް ތިމަންކަލޭގެފާނު ޝަފާޢަތް ދެއްވަފާނަމެވެ".

"ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން، އެބައި މީހުންގެ އަމިއްލަ ހަވާނަފްސު ކޮންޓްރޯލްކުރާ މީހުންނާއި، އެބައި މީހުންގެ ހަވާނަފްސަށް ހެއްލިގެންގޮސްފައިވާ މީހުންނަށް ތިމަންކަލޭގެފާނު ޝަފާޢަތް ދެއްވާނަމެވެ".

"ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ޝަފާޢަތް ދެއްވާނީ ތިމަންކަލޭގެފާނެވެ".3
"ތިމަންކަލޭގެފާނުގެ ޝަފާޢަތްތެރިކަން ޤަބޫލުނުކުރާ މީހަކަށް އެ ޝަފާޢަތްތެރިކަން ނުލިބޭ ހުއްޓެވެ".4

ޤިޔާމަތް ދުވަހު، "ތާޅަފިލި" ފުމެލުމުން އުފެދޭ ބިރުވެރިކަމުން މީސްތަކުން ތުރުތުރުލައިގެންދާނެ އެވެ؛ ލޮލުން ބަލާނީ ކޮން ތަނަކަށް ތޯ ކަމާމެދު މީހުން ތިބޭނީ ހަދާނެ ގޮތެއް ނެތިފައެވެ. އަދި އިމާންވީ މީހުންނާއި، ކާފަރުން ޙިސާބުބެއްލެވުމަށް ޓަކައި މަޙްޝަރު ބިމަށް ފޮނުވޭނެ އެވެ. މިއީ، ޤިޔާމަތް ދުވަހުގެ ބިރުވެރިކަން އިތުރުކޮށްދޭނެ ޢަޒާބެކެވެ.

އެ ވަގުތު، އަށް މަލާއިކަތުން ކޮނޑުގައި العرش ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރައްވާނެއެވެ. މިއިން ކޮންމެ މަލާއިކަތަކު ވެސް ހިންގަވަނީ ދުނިޔޭގައި ވިހި ހާސް އަހަރުން ހިނގޭ މިންވަރަށް އެންމެ ފިޔަވަޅަކުން ކަޑައްތުކުރައްވަމުންނެވެ.

العَرْشِ الأَعْلَى ޙަރަކާތްކުރުން ހުއްޓެންދެން، މަލާއިކަތުންނާއި، ވިލާތައް الله تعالى އަށް ޘަނާކިޔަމުންދާނީ ވިސްނައިގަންނަން އުނދަގޫ ގޮތަކަށެވެ. މި ގޮތަށް، العَرْشِ الأَعْلَى މަޑުކުރަނީ އެއަށް ޚާއްޞަކޮށް ޚަލްޤުކުރައްވާފައިވާ ހުދު ބިމުގައެވެ. އެ ވަގުތު، އެކަކަށް ވެސް ތަޙައްމަލުނުކުރެވޭ ފަދަ الله تعالى ގެ ޢަޒާބުގެ ބިރުވެރިކަމުގައި ބޯތައް ވަނީ ތިރިކޮށްލާފައެވެ. ހުރިހާ މީސްތަކުން ދެމިތިބީ އެމީހުންގެ ކަންބޮޑުވުމާއި، ލޯތްބަށް އެދޭ އެދުމުގައި ތާށިވެފައެވެ.

مَحَشَر ބިމުގައި، މީސްތަކުންގެ ޙާލަތު ދާނީ ގޯހުން ގޯހަށެވެ. އެ މީހުންގެ ދަތި ޙާލުތަކާއި، އުނދަގޫތައް އިތުރުވަމުންދާނެއެވެ. އެއިން ކޮންމެ މީހަކު ވެސް އެ މީހަކުގެ ކޮނޑު ގައި އަޅައިގެން ހުންނާނީ، ދުނިޔޭގައި އެމީހުން އެންމެ ބޮޑަށް އެ މުދަލެއް ހިފައިގެން އުޅުނު މުދަލެވެ. އެބައި މީހުންގެ ޖަމަލުތަކަށް ޒަކާތް ނުދައްކާ މީހުންނަށް ގެންގުޅެންޖެހޭނީ ޖަމަލެކެވެ. އޭތި ތެޅިގަނެގެން ގޮސް ބަރުވެ، ބޮޑު ފަރުބަދައެއްހާ ބަރުވާނެއެވެ. ގެރިން ނުވަތަ ބަކަރިން ޒަކާތް ނުދައްކާ މީހުންނަށް ވެސް ޖެހޭނީ ހަމަ އެއް ޙާލެކެވެ. އެބައި މީހުންގެ ހަޅޭއްލެވުން ހޮނުގުގުރި ފަދައެވެ.5

ޢުޝްރު ޒަކާތް ނުދައްކާ މީހުން، މާނަ އަކީ، ގޮވާމުން ޒަކާތް ނުދައްކާ މީހުންގެ ގައި މައްޗަށް ބަރުކޮށްފައިވާނީ ގޮވާމުގެ ބޮނޑިބޮނޑި އެވެ. އެ މީހުންނަށް ހިފައިގެން އުޅެންޖެހޭނީ، ދުނިޔޭގައި އެ މީހުން ޒަކާތް ނުދައްކާ އުޅުނު ގޮވާމުގެ ބާވަތްތަކެވެ. އެއީ ގޮދަން ކަމުގައި ވާ ނަމަ، އެ މީހުން ގެންގުޅެން ޖެހޭނީ ގޮދަނެވެ؛ އެއީ ބާލީ ކަމުގައިވާ ނަމަ، އެ މީހުން ގެންގުޅެން ޖެހޭނީ ބާލީ އެވެ. އޭގެ ބަރުދަނުން އެބައިމީހުން ކުކުރަމުންދިޔައީ، "وَا ويلَة، وا صَبُورة". (‏وَيل އަކީ ޢަޒާބު ސިފަކޮށްދޭން ބޭނުންކުރާ ބަހެކެވެ. މީސްތަކުން މި ބަސް ކިޔާ ހަޅޭލަވަނީ އެބައި މީހުންނަށް ލިބޭ ޢަޒާބަށް ކެތްނުކުރެވިގެންނެވެ. صَبُور މި ބަސް ވެސް ބޭނުންކުރަނީ ހަލާކުގެ ވަގުތުގައެވެ.)‏

ރަނާއި، ރިއްސާއި، (‏ކަރުދާސް)‏ ފައިސާ އިންނާއި، ދުނިޔޭގެ ވިޔަފާރީގެ އެހެން މުދާތަކުން ޒަކާތް ނުދައްކާ މީހުންގެ މައްޗަށް ފާކުރައްވާނީ ބިރުވެރި ހަރުފައެކެވެ. އެބައި މީހުން ހަޅޭލަވައިގަނެގެން ގޮސް "މީ ކޯއްޗެއް ތޯ އެވެ"؟ މިހެން ސުވާލު ދެންނެވުމުން މަލާއިކަތުން ޖަވާބު ދެއްވާނީ "މިއީ ތިޔަބައި މީހުން ދުނިޔޭގައި އެ މުދާތަކަކުން ޒަކާތް ނުދެއްކި މުދާތަކެވެ". މި ބިރުވެރި ޙާލަތު ކީރިތި قرآن ގެ آل عمران سورة ގެ 180 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެއެވެ. (‏سَيُطَوَّقُونَ مَا بَخِلُوا بِهِ يَوْمَ الْقِيَامَةِ ۗ)‏ * آل عمران: 180)‏ މާނައީ: "އެއުރެން ދަހިވެތިވީ ތަކެތިން قيامة ދުވަހުން އެއުރެންގެ ކަރުގައި ކަސްތަޅު އަޅުއްވާ ހުށްޓެވެ".

އެހެން ގްރޫޕެއްގެ މީހުންގެ ޖިންސީ ގުނަވަންތަކުން ދޮސް ފައިބަމުންދާނެ އެވެ. އެބައި މީހުންގެ ވަށައިގެން ތިބޭ މީހުން ތިބޭނީ އެ ގްރޫޕްގެ މީހުންގެ ގައިން ދުވާ ނުބައި ވަހުގެ ސަބަބުން ވަރަށް ބޮޑަށް އުނދަގޫވެފައެވެ. މި ގްރޫޕަކީ ޒިނޭކޮށް ޙަރާމްކަންތައްކުރި މީހުންނެވެ.

އެހެން ގްރޫޕެއްގެ މީހުން ތިބޭނީ ގަސްގަހުގެ ގޮފިތަކުގައި އެލުވިފައެވެ. މި ގްރޫޕަކީ، ދުނިޔޭގައި އުޅުނު އިރު، އެއްޖިންސުން ގުޅުން ހިންގި މީހުންނެވެ.

އެހެން ގްރޫޕެއްގެ މީހުން ތިބޭނީ ވަރަށް ހުތުރު ޙާލެއްގައި، އެ މީހުންގެ ދޫތައް އެ މީހުންގެ އަނގަތަކުން ބޭރުވެ އެ މީހުންގެ މޭތަކާ ހަމަޔަށް އެލުވިފައި ތިބޭ ޙާލުގައެވެ. މީސްތަކުން މި ގްރޫޕްގެ މީހުން ދެކޭކަށް ބޭނުމެއް ނޫނެވެ. މިއީ، ދޮގުވެރިންނާއި، އަބުރުކަތިލާ މީހުންނެވެ.

އަދި އެބައެއްގެ ބަނޑުތައް އުސް ފަރުބަދަތައް ހާ ބޮޑު އަދި އުސް އެހެން ގްރޫޕެއްގެ މީހުން ވެއެވެ. މިއީ، އެއްވެސް އޭގެ މުހުތާދެއް ނެތި ނުވަތަ މުޢާމަލާ ކިޔާ ވިޔަފާރިކުރުމުގެ ހުއްދަ ޓްރާންސެކްޝަން އާ ނުލައި، ރިބާ ލިބޭ ގޮތަށް މުދާ ގަނެވިއްކާ މީހުންނެވެ. މި ފަދަ ޙަރާމް ކަންތައް ކޮށްއުޅޭ މީހުންގެ ފާފަތައް ހާމަކުރައްވަނީ ބިރުވެތި ގޮތަކަށެވެ.

ނަބީންނާއި، ޢިލްމުވެރިންނަށް ބިރުވެރިކަން ކުރިމަތިވެއެވެ. الله تعالى ގެ ކެތްނުކުރެވޭ ފަދަ ޢަޒާބަށް ބިރުން أولياء އިންނާއި، ޝަހީދުން ރޯނެ އެވެ. އެ ބޭކަލުން އެ ޙާލަތުގައި ވަނިކޮށް، އިރުގެ އަލިކަމަށް ވުރެ ގަދަ އަލިކަމެއް އެ ބޭކަލުން ވަށާލައެވެ. އެހާރާ ހަމަޔަށް ވެސް ކެތްނުކުރެވޭ ފަދަ އިރުގެ ހޫނުކަމަށް ކެތްނުކުރެވިފައި ތިބި މީހުންނަށް މިކަމާ ދިމާވުމުން، އެ މީހުން ހަލަބޮލިވެއެވެ. މި ޙާލަތުގައި އެ މީހުން އެއް ހާސް އަހަރު ދެމިތިބެއެވެ. الله تعالى އެ މީހުންނަށް އެއްވެސް އެއްޗެއް ނާންގަވައެވެ.

އެ ވަގުތު، އެ މީހުން އެންމެ ފުރަތަމަ ރަސޫލާ آدم (‏عليه السّلام)‏ އާ ހަމައަށް ގޮސް އާދޭސް ދަންނަވާނެ އެވެ. "އޭ آدم (‏عليه السّلام)‏ އެވެ! ކަލޭގެފާނަކީ އަގުހުރި އަދި ޢިއްޒަތްތެރި ނަބިއްޔެކެވެ. الله تعالى ކަލޭގެފާނު ޚަލްޤުކުރެއްވުމަށް ފަހު މާލާއިކަތުން ކަލޭގެފާނަށް ސަޖިދަކުރެއްވި އެވެ. އެކަލާނގެ ކަލޭގެފާނަށް ފުމެލެއްވީ އެކަލާނގެ ރޫޙުންނެވެ. އަޅުގަނޑުމެންނަށް ޝަފާޢަތް ދެއްވާށެވެ. އެކަލާނގެ ޙިސާބު ބައްލަވާނީ އޭރުންނެވެ. އަޅުގަނޑުމެންނާ މެދު އިރާދަކުރައްވާ ކޮންމެ ކަމެއް އަޅުގަނޑުމެންގެ މައްޗަށް ޙުކުމްކުރައްވާނީ އޭރުންނެވެ. އަދި އެންމެން ދާނީ އެކަލާނގެ އަމުރުފުޅުކުރައްވާ ތާކަށެވެ. އޭރުން، ހުރިހާ އެއްޗެއްގެ ޙާކިމް އަދި މާލިކު ކަމުގައިވާ الله تعالى އެކަލާނގެ ޚަލްޤުތަކުންނަށް އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވާނެތެވެ".

آدم (‏عليه السّلام)‏ ވިދާޅުވާނެ އެވެ. "الله تعالى މަނާކުރެއްވި ގަހުން އަހަރެން މޭވާ ކެއީމެވެ. މިހާރު، الله تعالى ގެ ކުރިފުޅުމަތީ ގައި އަހަރެން ލަދުގަނެއެވެ. އެހެން ނަމަވެސް، ތިޔަބައި މީހުން نوح ގެ އަރިހަށް ދާށެވެ". އެއާއެކު، އެ މީހުންގެ މެދުގައި އެއް ހާސް އަހަރު ވަންދެން މަޝްވަރާކުރާނެ އެވެ.

ދެން އެ މީހުން نوح (‏عليه السّلام)‏ ގެ އަރިހަށް ގޮސް އާދޭސްކުރާނެ އެވެ. "އަޅުގަނޑުމެން މި ތިބީ ތަޙައްމަލުނުކުރެވޭ ފަދަ ޙާލަތެއް ގައެވެ. އަޅުގަނޑުމެންގެ ޙިސާބުބެއްލެވުން އަވަސްކޮށްދެއްވާތޯ އަޅުގަނޑުމެންނަށް ޝަފާޢަތް ދެއްވާށެވެ. މަޙްޝަރުގެ މި ޢަޒާބުން އަޅުގަނޑުމެން ސަލާމަތްކޮށްދެއްވާށެވެ". نوح (‏عليه السّلام)‏ ޖަވާބު ދެއްވާނެ އެވެ. "އަހަރެން الله تعالى އަށް ދުޢާކުރީމެވެ. އެ ދުޢާގެ ސަބަބުން މި ބިންމަތީގައި ތިބި ކޮންމެ އިންސާނަކު ވެސް މަރުވެގެން ދިޔައީ އެވެ. މި ސަބަބަށް ޓަކައި، އަހަރެން الله تعالى ދެކެ ލަދުގަނެއެވެ. އެހެން ނަމަވެސް، خليل الله إبراهيم (‏عليه السّلام)‏ ގެ އަރިހަށް ދާށެވެ. ކީރިތި قرآن ގެ حج سورة ގެ އެންމެ ފަހު އާޔަތުގައި الله تعلى ބަޔާންކުރައްވާފައި ވެއެވެ. '(‏مِّلَّةَ أَبِيكُمْ إِبْرَاهِيمَ ۚ هُوَ سَمَّاكُمُ الْمُسْلِمِينَ مِن قَبْلُ وَفِي هَٰذَا لِيَكُونَ الرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا شُهَدَاءَ عَلَى النَّاسِ ۚ)‏ * حج: 78)‏ މާނައީ: "ތިޔަބައި މީހުންގެ ބަފައިކަލުނަވި إبراهيم ގެފާނުގެ ملّة އަށް ތިޔަބައި މީހުން تبع ވާށެވެ. ކުރީގެ ފޮތްތަކުގައްޔާއި، މި قرآن ގައި ތިޔަބައި މީހުންނަށް مسلم ންގެ ނަންދެއްވީ އެކަލާނގެ އެވެ. (‏އެއީ)‏ ތިޔަބައި މީހުންގެ މައްޗަށް ހެކިވެވަޑައިގަންނަވާ ބޭކަލަކު ކަމުގައި رسول އާ ވުމަށް ޓަކައެވެ. އަދި މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައި މީހުން ވުމަށްޓަކައެވެ'. ފަހަރެއްގައި، އެކަލޭގެފާނު ތިޔަބައި މީހުންނަށް ޝަފާޢަތް ދެއްވަފާނެ އެވެ".

(‏سَيُطَوَّقُونَ مَا بَخِلُوا بِهِ يَوْمَ الْقِيَامَةِ ۗ)‏ * آل عمران: 180)‏ މާނައީ: "އެއުރެން ދަހިވެތިވީ ތަކެތިން قيامة ދުވަހުން އެއުރެންގެ ކަރުގައި ކަސްތަޅު އަޅުއްވާ ހުށްޓެވެ".
آل عمران: 180

އެބައި މީހުން އެކަކު އަނެކަކާ ވާހަކަދައްކަން ކުރިއެކޭ އެއްފަދައިން އިތުރު އެއް ހާސް އަހަރު ވަންދެން ތިބޭނެ އެވެ. ދެން، އެބައި މީހުން ދާނީ إبراهيم (‏عليه السّلام)‏ އަރިހަށެވެ. އެބައި މީހުން ދަންނަވާނެތެވެ. "އޭ މުސްލިމުންގެ ބައްޕާ އެވެ. الله تعالى (‏އެކަލާނގެ)‏ خليل (‏އެކުވެރިޔާ)‏ ކަމުގައި ލެއްވީ ކަލޭގެފާނެވެ. އަލުގަނޑުމެންނަށް ޝަފާޢަތް ދެއްވުން އެދެމެވެ! އޭރުން އެކަލާނގެ މަޚްލޫންގެ މެދުގައި އެކަލާނގެ ޙުކުމް ދެއްވާނެ އެވެ". إبراهيم (‏عليه السّلام)‏ އެ މީހުންނަށް ޖަވާބު ދެއްވާނެތެވެ. "ދުނިޔޭގައި އަހަރެން ނުސީދާކޮށް ވާހަކަދެއްކެވީ ތިން ފަހަރު އެވެ. އެހެން ބުނުމާއެކު، އަހަރެން ދީނުގެ މަގުގައި ހަނގުރާމަކުރީމެވެ. މިހާރު، الله تعالى ގެ ޙަޟްރަތުން ޝަފާޢަތްތެރިކަން މިތާނގައި ދޭން އެދެން ތިމަންކަލޭގެފާނު ލަދުވެތިވަމެވެ. އެކަލޭގެފާނު ތިޔަބައި މީހުންނަށް ޝަފާޢަތް ދެއްވާނެ އެވެ. ކަލޭމެން موسى (‏عليه السّلام)‏ ގެ އަރިހަށް ދާށެވެ. އެހެނީ، الله تعالى ވަނީ އެކަލޭގެފާނާ ވާހަކަފުޅު ދައްކަވައި، ރޫހާނީގޮތުން އޮތް ގާތްކަން ވަނީ ދައްކަވާފައެވެ.

އެއާއެކު، އެމީހުން އެ މީހުންގެ މެދުގައި މަޝްވަރާކުރުމުގައި އިތުރު އެއް ހާސް އަހަރު ވަންދެން ތިބޭނެ އެވެ. އެހެން ނަމަވެސް، މި ވަގުތު، އެ މީހުންގެ ޙާލަތު ވަރަށް އުނދަގުލެވެ. މަޙްޝަރު ބިން ވަރަށް ހަނިވެއްޖެ އެވެ. ދެން އެ މީހުން موسى (‏عليه السّلام)‏ ގެ އަރިހަށް ގޮސް، ދަންނަވާނެ އެވެ. "އޭ ޢިމްރާނުގެ ދަރިކަލުންނޭވެ! ކަލޭގެފާނަކީ، އެ ބޭކަލަކާ الله تعالى ވާހަކަފުޅުދައްކަވައި، توراة ބާބައިލެއްވި ކަލޭގެފާނެވެ. އަޅުގަނޑުމެންގެ ޙިސާބު ބެއްލެވުން އަވަސްކުރެވޭތޯ އަޅުގަނޑުމެންނަށް ޝަފާޢަތް ދެއްވާށެވެ! އަޅުގަނޑުމެން މިތާ ތިބޭތާ މާ ގިނަ އިރުވެއްޖެ އެވެ. މީހުން ގިނަވެ ތޮއްޖެހުމުގެ ސަބަބުން އެކަކު އަނެކަކު ގައިމައްޗަށް އަރަނީ އެވެ".

موسى (‏عليه السّلام)‏ އެބައި މީހުންނަށް ވިދާޅުވާނެތެވެ. "ފިރުޢައުނުގެ ޤައުމުގެ މީހުންނަށް އެތަކެއް އަހަރެއް ވަންދެން އެ މީހުން ހިތާނުވާ ކަންތައްތަކުން އަދަބު ދެއްވުމަށް އެދި އަހަރެން الله تعالى އަށް ދުޢާ ދަންނަވައިފީމެވެ. ދެން، އެ މީހުންނަކީ، ދެން އަންނަން ތިބި މީސްތަކުނަށް މިސާލެއްގެ ގޮތުގައި ލެއްވުމަށް އެދ ދެންނެވީމެވެ. ޝަފާޢަތް ދެއްވުމަށް އެދެން އަހަރެން ލަދުވެތިވަމެވެ. އެހެން ނަމަވެސް، الله تعالى އަކީ އޯގާތެރިކަމާއި، ކުލުނުގެ ވެރި ރަސްކަލާނގެ އެވެ. عيسى (‏عليه السّلام)‏ އާ ހަމަޔަށް ދާށެވެ. އެހެނީ، އެކަލޭގެފާނަކީ، ޔަޤީން ގައި އެންމެ ޙަޤީޤީ ރަސޫލަކީ އެކަލޭގެފާނެވެ. މަޢްރިފާ (‏الله تعالى ގެ ޒާތާއި ޞިފަތަކާ ބެހޭ މަޢުލޫމާތު)‏ އާއި، زُهْد އާއި، حكمة އަށް ބަލާ އިރު އެންމެ މަތިވެރީ އެކަލޭގެފާނެވެ. އެކަލޭގެފާނު ތިޔަބައި މީހުންނަށް ޝަފާޢަތް ދެއްވާނެ އެވެ".

މަޙްޝަރުގެ އުނދަގޫތަކުން ސަލާމަތްވުމަށް ޓަކައި އެމީހުން ދެން ދާނީ عيسى (‏عليه السّلام)‏ އަރިހަށެވެ. އެމީހުން ދަންނަވާނެތެވެ. "ކަލޭގެފާނަކީ، الله تعالى ގެ رُوح (‏ފުރާނަ)‏ އާއި، ބަސްފުޅެވެ. ކީރިތި قرآن ގެ آل عمران سورة ގެ 45 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. '(‏إِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ اسْمُهُ الْمَسِيحُ عِيسَى ابْنُ مَرْيَمَ وَجِيهًا فِي الدُّنْيَا وَالْآخِرَةِ وَمِنَ الْمُقَرَّبِينَ ‎﴿٤٥﴾‏)‏ * آل عمران: 45)‏ މާނައީ: "ملائكة ން ވިދާޅުވި ހިނދު ހަނދުމަކުރައްވާށެވެ! އޭ مريم ގެފާނެވެ! ހަމަކަށަވަރުން، ﷲ، އެކަލާނގެ حضرة ންވާ كلمة ފުޅެއްގެ خبر ން ކަމަނާޔަށް އުފާވެރި خبر ދެއްވަތެވެ. (‏އެބަހީ: عيسى ގެފާނު ލިބިވަޑައިގަންނަވާނޭކަމުގެ بشارة ދެއްވަތެވެ.)‏ އެ ދަރިކަލުންގެ ނަންފުޅަކީ المسيح عيسى بن مريم އެވެ. އެ ދަރިކަލުން ވެވަޑައިގަންނަވާހުށީ ދުނިޔެއާއި آخرة ގައި قدر އުފުލިގެންވާ ބޭކަލެއް ކަމުގައެވެ. އަދި، (‏އެ ދަރިކަލުން ވެވަޑައިގަންނަވާހުށީ)‏ ﷲ ގެ حضرة އަށް ކުއްތަންކުރައްވާފައިވާ ބޭކަލުންގެ ތެރެއިންނެވެ"!

عيسى (‏عليه السّلام)‏ ވިދާޅުވާނެ އެވެ. "އަހަރެންގެ ޤައުމުގެ މީހުން މާތް ﷲ ދޫކޮށް، ކަލާނގެއިން ކަމަށް ބެލީ އަހަންނާއި، އަހަރެންގެ މަންމަ އެވެ. މި ޙާލަތުގައި، އަހަންނަށް ޝަފާޢަތް ދެވޭނީ ކިހިނެއް ހެއްޔެވެ؟ އެބައި މީހުންނަށް އަހަންނަށް ވެސް އަޅުކަން ކޮށް، އަހަންނަކީ ދަރިކަލުން ކަމަށް އަދި މާތް ﷲ އަކީ ބައްޕަ ކަމަށް ވެސް ބުންޏެވެ. އެކަމަކު، ތިއިން އެއްވެސް މީހެއްގެ އަތް ދަބަސް ހުސްކޮށް އޮތަސް، އެ އަތް ދަބަހުގެ ސީލް ނުކެނޑޭ އެކަކު ވެސް އެބަ ހުރި ހެއްޔެވެ؟ ސީލް ކަނޑާނުލައި އެ ފައިސާ ނެގޭނެ ހެއްޔެވެ؟ އެންމެ މަތިވެރި އަދި ފަހުގެ ރަސޫލާ محمّد (‏صلى الله عليه وسلم)‏ ގެ އަރިހަށް ދާށެވެ. އެހެނީ، އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ ދަޢުވާތާއި، ޝަފާޢަތް އެކަލޭގެފާނުގެ އުއްމަތަށް ތައްޔާރުކުރައްވާފައެވެ. އެހެނީ، އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް ގިނަގިނައިން އަނިޔާކުރި އެވެ. އެ މީހުން އެ ކަލޭގެފާނުގެ ބަރަކާތްތެރި ނިތްކުރިފުޅު ދެފަޅި ކުރި އެވެ. އެ މީހުން އެކަލޭގެފާނުގެ ދަތްޕުޅު މުގިރާލި އެވެ. އެމީހުން އެކަލޭގެފާނަކީ މޮޔައެއް ކަމަށް ތުހުމަތުކޮށް އުޅުނެވެ. އެ މަތިވެރި ރަސޫލާ އަކީ، އެ މީހުންގެ ތެރޭގައި ހުންނެވި އެންމެ ރަނގަޅު އަދި އެންމެ ޝަރަފުވެރި ބޭފުޅާއަށް ވީ އިރު ވެސް މެއެވެ. އެ މީހުން އެކަލޭގެފާނަށް ދިން ތަޙައްމަލުނުކުރެވޭ ފަދަ އަނިޔާތަކާއި ދުއްތުރާތަކަށް ރައްދެއްގެ ގޮތުން، އެކަލޭގެފާނު حديث ކުރެއްވީ، ކީރިތި قرآن ގައި ބަޔާންކުރައްވާފައިވާ ގޮތަށް، يوسف (‏عليه السّلام)‏ ވެސް ވިދާޅުވި ފަދައިންނެވެ. ކީރިތި قرآن ގެ يوسف سورة ގެ 92 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. '(‏قَالَ لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّهُ لَكُمْ ۖ وَهُوَ أَرْحَمُ الرَّاحِمِينَ ‎﴿٩٢﴾)‏6 * يوسف: 92)‏ މާނައީ: "އެކަލޭގެފާނު ވިދާޚުވި އެވެ. މިއަދު ތިޔަބައި މީހުންގެ މައްޗަކަށް މަލާމާތެއް ދެރަ ބަހެއް ނެތެވެ. ތިޔަބައި މީހުންނަށް ﷲ ފާފަފުއްސަވާށި އެވެ! އަދި އެކަލާނގެއީ، رحمة ލައްވާ އެންމެ رحمة ވަންތަ ރަސްކަލާނގެ އެވެ". رَسُوْلُ اللهِ ﷺ ގެ ފަޟްލުވަންތަވެރިކަމުގެ ވާހަކަ عيسى (‏عليه السّلام)‏ ކިޔައިދެއްވުމުން، އެ މީހުން އެންމެން ބޭނުންވާނީ ވީހާ ވެސް އަވަހަކަށް އެކަލޭގެފާނާ ހަމަޔަށް ދިޔުމަށެވެ.

ވަގުތުން، އެމީހުން رَسُوْلُ اللهِ ﷺ ގެ މިންބަރާ ހަމަޔަށް ދާނެ އެވެ. އެތަނަށް ގޮސް އެ މީހުން ބުނާނެ އެވެ. "ކަލޭގެފާނަކީ، الله تعالى ގެ ޙަބީބެވެ. ކަލޭގެފާނަކީ، މެދުވެރިންގެ ތެރެއިން އެންމެ ބޭނުންތެރި ބޭފުޅާ އެވެ. އަޅުގަނޑުމެންނަށް ޝަފާޢަތް ދެއްވުން އެދި ދަންނަވަމެވެ! އެކަމަށް ޓަކައި، އަޅުގަނޑުމެން އެންމެ ފުރަތަމަ ރަސޫލާ آدم (‏عليه السّلام)‏ އާ ހަމައަށް ދިޔައިމެވެ. އެކަލޭގެފާނު އަޅުގަނޑުމެން ފޮނުއްވީ نوح (‏عليه السّلام)‏ އަށެވެ. އަޅުގަނޑުމެން نوح (‏عليه السّلام)‏ އާ ހަމަޔަށް ދިޔައިމެވެ. އެކަލޭގެފާނު އަޅުގަނޑުމެން ފޮނުއްވީ إبراهيم (‏عليه السّلام)‏ އާ ހަމަޔަށެވެ. އަޅުގަނޑުމެން إبراهيم (‏عليه السّلام)‏ އާ ހަމަޔަށް ދިޔައިމެވެ. އެކަލޭގެފާނު އަޅުގަނޑުމެން ފޮނުއްވީ موسى (‏عليه السّلام)‏ އާ ހަމަޔަށެވެ. އަޅުގަނޑުމެން موسى (‏عليه السّلام)‏ އާ ހަމަޔަށް ދިޔައިމެވެ. އެކަލޭގެފާނު އަޅުގަނޑުމެން ފޮނުއްވީ عيسى (‏عليه السّلام)‏ އާ ހަމަޔަށެވެ. އަޅުގަނޑުމެން عيسى (‏عليه السّلام)‏ އާ ހަމަޔަށް ދިޔައިމެވެ. އެކަލޭގެފާނު އަޅުގަނޑުމެން ފޮނުއްވީ ކަލޭގެފާނާ ހަމަޔަށެވެ. ކަލޭގެފާނަށް ފަހު އިތުރަށް ދާނެ އެހެން ބޭކަލެއް ނެތެވެ".

رَسُوْلُ اللهِ ﷺ حديث ކުރައްވާނެ އެވެ. "الله تعالى ހުއްދަ ދެއްވައިފި ނަމަ، ތިމަންކަލޭގެފާނު ޝަފާޢަތް ދެއްވާނަމެވެ".

އެކަލޭގެފާނު، ޖަލާލިއްޔަތުގެ ފަރުދާ ކަމުގައިވާ سرادقات الجلال އާ ހަމައަށް ވާޞިލުވެވަޑައިގަންނަވާނެ އެވެ. އެކަލޭގެފާނު، الله تعالى ގެ ޙަޟްރަތުން ޝަފާޢަތް ދެއްވުމުގެ އިޒުނައަށް އެދިވަޑައިގަންނަވާނެ އެވެ. އެ ހުއްދަ ދެއްވާނެ އެވެ. އަދި ފަރުދާތައް ނެގުނެވެ. އެކަލޭގެފާނު ދެން ވެދެވަޑައިގަންނަވާނީ، العرش الأعلى އަށެވެ. އެކަލޭގެފާނު ސަޖިދަ ޖައްސަވައި، އެ ސަޖިދައިގައި އެއް ހާސް އަހަރު އޮންނަވާނެ އެވެ. އޭގެ ފަހުން، ދެން އެކަލޭގެފާނު އަށް ޘަނާ ކިޔުއްވާނެ މިންވަރަކީ، ކައުނު އުފެއްދެވި ފަހުން އެއްވެސް މީހަކު الله تعالى އަށް ތަޢުރީފާއި ޘަނާ ކިޔާފައި ނުވާ މިންވަރަށް ޘަނާ ކިޔުއްވާނެ އެވެ. ބައެއް عارف ން (‏ޙިކްމަތްތެރިން)‏ ވިދާޅުވެފައިވާ ގޮތުގައި، ކައުނު އުފެއްދެވި އިރު، އެކަލާނގެ ޒާތުފުޅަށް އެވަރަށް ތަޢުރީފާއި ޘަނާ ވަނީ ކިޔުއްވާފައެވެ.

الله تعالى ވަޙީކުރައްވާފައި ވެއެވެ. "އޭ محمّدގެ ފާނެވެ. ކަލޭގެފާނުގެ ބޯ ސަޖިދައިން ނަންގަވާށެވެ! ވާހަކަފުޅު ދައްކަވާށެވެ. އޭރުން އެއަށް އަޑުއެއްސެވޭނެ އެވެ". (‏ކަލޭގެފާނު حديث ކުރައްވާނެ ހުރިހާ ވާހަކައެއް އަޑުއެހޭނެ އެވެ. ކަލޭގެފާނު ބޭނުންފުޅު ކޮންމެ އެއްޗެއް ދެވޭނެ އެވެ.)‏ ޝަފާޢަތް ދެއްވާށެވެ. އެ ޝަފާޢަތް ޤަބޫލުކުވޭނެ އެވެ". އެއާއެކު، رَسُوْلُ اللهِ ﷺ ދެންނެވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އިބަ ރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ރަނގަޅު މީހުންނާއި، ނުރަނގަޅު މީހުން ވަކިކޮށްދެއްވާދޭވެ؛ އެބައި މީހުން އިންތިޒާރުކުރަމުން އަންނަތާ ވަރަށް ދިގު މުއްދަތެއް ވެއްޖެ އެވެ. އެއިން ކޮންމެ މީހަކު ވެސް ވަނީ، މަޙްޝަރު ބިމުގައި އެ މީހުންގެ ފާފަތަކާ އެކު ބަދުނާމެ، ނިކަމެތިވެފައެވެ.".

ދެން ބުނާ އަޑު އިވެއެވެ. "އާދެ، محمّد އެވެ"!

ސުވަރުގެ ގެނައުމަށް الله تعالى އަމުރުފުޅު ކުރައްވާނެ އެވެ. ސުވަރުގެ ޒީނަތްތެރިކުރެވިގެންވާނީ، ހުރިހާ ވައްތަރެއްގެ ޒީނަތްތެރިކުރުމަކުންނެވެ. ސުވަރުގެ މަޙްޝަރު ބިމަށް ގެނެވޭނެ އެވެ. ސުވަރުގެއިން ދުވާ މީރު ވަހުން، ފަސްސަތޭކަ އަހަރުގެ ދަތުރުގެ ރާސްތާ އިން އެ ވަސް ދުވާނެ އެވެ. މި ޙާލަތުގެ ސަބަބުން ހިތްތައް އުފާވެ، ރޫޙުތައް ދިރިގެންދާނެ އެވެ. އެބައި މީހުންގެ (‏ކާފަރުންނާއި، މުރުތައްދުވީ މީހުންނާއި، މުސްލިމުންނަށް ފުރައްސާރަކުރި މީހުންނާއި، ޒުވާނުންނަށް އޮޅުވާލައި އެ މީހުންގެ ޢަޤީދާ ވަގަށް ނެގި މީހުން)‏ ޢަމަލުތައް ނުބައި މީހުންނަށް ސުވަރުގޭގެ ވަހެއް ނުދުވާނެ އެވެ.

މަލާއިކަތުން ޖަހަންނަމަ (‏ނަރަކަ)‏ ޗޭނަކުން ބަނދެލައްވައިގެން މަޙްޝަރު ބިމަށް ގެންނަވާނެ އެވެ. ޖަހަންނަމަ، ހަޅޭއްލަވައި، ކެކުރިގަނެ، އަލިފާން ދޫކޮށް، މުޅި ޖައްވު ކަޅުކޮށްލާނެ ވަރުގަދަ ދުމެއް ފޮނުވާނެ އެވެ. އޭގެ އަޑުފަތްގަނޑާއި، ހަޅޭކާއި، ހޫނުކަމަކަށް ކެތެއް ނުކުރެވޭނެ އެވެ. ކޮންމެ މީހަކުގެ ކަކުލުން ވާގި ދޫވެ، އެ ތިބި ތަނަކަށް ވެއްޓޭނެ އެވެ.

ނަބީންނާއި، މަލާއިކަތުންނަށް ވެސް އެ ބޭކަލުން އަމިއްލަ ނަފްސު ކޮންޓްރޯލެއް ނުވާނެ އެވެ. إبراهيم (‏عليه السّلام)‏ އާއި، موسى (‏عليه السّلام)‏ އާއި، عيسى (‏عليه السّلام)‏، العرش الأعلى ގައި ހިފަހައްޓަވައިގެން ތިއްބަވާނެ އެވެ. إبراهيم (‏عليه السّلام)‏ ޤުރްބާންކުރައްވަން އުޅުއްވި إسماعيل (‏عليه السّلام)‏ގެ މަތިން ހަނދާންނެތެއެވެ. موسى (‏عليه السّلام)‏ އެކަލޭގެފާނުގެ އަޚް هارُون (‏عليه السّلام)‏ ގެ މަތިން ހަނދާންނެތި، عيسى (‏عليه السّلام)‏ އެކަލޭގެފާނުގެ މަންމާފުޅު مريم ގެފާނުގެ މަތިން ހަނދާން ނެތެއެވެ. އެއިން ކޮންމެ ބޭކަލަކު ވެސް ވިދާޅުވާނީ، "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبَُ އެވެ! މިއަދު އަޅާ، އަޅާ ފިޔަވައި އެހެން އެއްޗެއް ބޭނުމެއް ނޫނެވެ".

مُحمّد رَسُوْلُ اللهِ ﷺ އަށް ބަލާއިރު، އެކަލޭގެފާނު ދަންނަވާނެ އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبَُ އެވެ! އަޅާގެ އުއްމަތަށް ރައްކާތެރިކަމާއި، ދިންނެވުން ދެއްވާދޭވެ"! މި ކަން ތަޙައްމަލުކުރެވޭނެ މީހެއް ނެތެވެ. އެހެނީ، الله تعالى ވަނީ މިކަން ކީރިތ قرآن ގެ سورة الجاثية ގެ 28 ވަނަ އާޔަތުގައި ބަޔާންކުރައްވާފައެވެ. ކީރިތި قرآن ގެ الجاثية سورة ގެ 28 ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވާފައި ވެއެވެ. '(‏وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰ إِلَىٰ كِتَابِهَا الْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ‎﴿٢٨﴾‏)‏ * الجاثية: 28)‏ މާނައީ: "އަދި ކޮންމެ أمة އެއްމެ ކަކޫޖަހައިގެން ތިބޭތީ ތިބާ އަށް ފެންނާނެތެވެ. ކޮންމެ أمة އެއްމެ އެ أمة އެއްގެ (‏عمل ގެ)‏ ފަތުގެ ކައިރިއަށް ގޮވައި ގެންނަވާނެތެވެ. (‏އަދި އެއުރެންނަށް އަންގަވާނެތެވެ.)‏ ތިޔަބައި މީހުން ކޮށްއުޅުނު ކަންތަކަށް ތިޔަބައި މީހުންނަށް މިއަދު ޖަޒާ ދެއްވާނެތެވެ".

ކީރިތ قرآن ގެ سورة المُلك ގެ 8 ވަނަ އާޔަތުގައި ބަޔާންކުރައްވާފައެވެ. ކީރިތި قرآن ގެ المُلك سورة ގެ 28 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. '(‏تَكَادُ تَمَيَّزُ مِنَ الْغَيْظِ ۖ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ ‎﴿٨﴾)‏ * المُلك: 8)‏ މާނައީ: "އެ ނަރަކަ އަންނަ ރުޅިން ކުދިކުދިވެދާން ކައިރިވެދެއެވެ. (‏كافرންގެ)‏ فوج އެއް އެ ނަރަކަ އަށް އެއްލަވާ ކޮންމެ ފަހަރަކު، އެތާނގެ ބަނޑޭރިން އެއުރެންނާ سؤال ކުރައްވާނެތެވެ. إنذار ކުރައްވާ رسول އަކު ތިޔަބައި މީހުންގެ ގާތަށް ވަޑައެއް ނުގަންނަވާ ހެއްޔެވެ"؟

އެއަށް ފަހު رَسُوْلُ اللهِ ﷺ ފާޅުވެ، ޖަހަންނަމަ ހުއްޓުވައެވެ. އެކަލޭގެފާނު حديث ކުރައްވައެވެ. "ދެރަ ނިކަމެތިކަމުގައި އެނބުރި ދާށެވެ! އޭރުން ތިބާގެ މީހުން ބައިބަޔަށް ތިބާ އަށް އަންނާނެ އެވެ".

"އަދި ކޮންމެ أمة އެއްމެ ކަކޫޖަހައިގެން ތިބޭތީ ތިބާ އަށް ފެންނާނެތެވެ. ކޮންމެ أمة އެއްމެ އެ أمة އެއްގެ (‏عمل ގެ)‏ ފަތުގެ ކައިރިއަށް ގޮވައި ގެންނަވާނެތެވެ. (‏އަދި އެއުރެންނަށް އަންގަވާނެތެވެ.)‏ ތިޔަބައި މީހުން ކޮށްއުޅުނު ކަންތަކަށް ތިޔަބައި މީހުންނަށް މިއަދު ޖަޒާ ދެއްވާނެތެވެ".
الجاثية: 28

جَهَنَّم ބުނާނެ އެވެ. "އޭ مُحَمَّدُ އެވެ! އަޅުގަނޑަށް ހުއްދަ ދެއްވާށެވެ! އެހެނީ، ކަލޭގެފާނު އަޅުގަނޑަށް ޙަރާމެވެ". عرشއިން އަންނަ އަޑުފުޅެއް ބުނެއެވެ. "އޭ جَهَنَّم އެވެ! مُحمَّد رَسُوْلُ اللهِ ﷺ ގެ ބަސްފުޅު އަޑުއަހާށެވެ. އަދި އެކަލޭގެފާނަށް ކިޔަމަންވާށެވެ"! ދެން رَسُوْلُ اللهِ ﷺ ދަމައިގަންނަވައި، جَهَنَّم ގެ ވައަތްފަރާތުގެ ހިސާބެއް ގައި ބަހައްޓަވައެވެ. رَسُوْلُ اللهِ ﷺ ގެ މި އޯގާތެރި މުޢާމަލާތާއި، ޝަފާޢަތްތެރިކަމުގެ ޚަބަރު މަޙްޝަރުގައި ތިބި މީހުން އެކަކު އަނެކަކު ގާތު ކިޔާނެ އެވެ. އެއާއެކު އެ މީހުންގެ ބިރުވެރިކަން ވަރަށް ބޮޑަށް ކުޑަވެއްޖެ އެވެ. سورة الأنبياء ގެ 107 ވަނަ އާޔަތުގެ މާނަ ވަރަށް ބޮޑަށް ފެނިގެންދާނެ އެވެ. ކީރިތި قرآن ގެ سورة الأنبياء ގެ 107 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. '(‏‏وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ‎﴿١٠٧﴾)‏7 * الأنبياء: 107)‏ މާނައީ: "އަދި عالم ތަކަށް رحمة އެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ".

ކުރުކޮށް ބުނާ ނަމަ، ފަސް ތަނެއް ގައި ޝަފާޢަތް ދެއްވާނެ އެވެ.8

އެންމެ ފުރަތަމަ ޝަފާޢަތް ދެއްވާނީ، "المَقامُ المَحمُودُ" އޭ ނަމަކަށް ކިޔޭ ތަނެއްގައެވެ. އެކަލޭގެފާނު، މުޅި އިންސާނިއްޔަތު މަޙްޝަރު ބިމުގައި އިންތިޒާރުކުރުމުގެ ޢަޒާބުން ސަލާމަތްކޮށްދެއްވާނެ އެވެ.9

ދެވަނަ އަށް، އެކަލޭގެފާނުގެ ޝަފާޢަތުގެ ސަބަބުން ޙިސާބު ބެއްލެވުމަކާ ނުލައި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ސުވަރުގެ ވަންނާނެ އެވެ.
ތިން ވަނަ އަށް، އެކަލޭގެފާނު، ގިނަ ޢަދަދެއްގެ ފާފަކޮށްފައިވާ މުއުމިނުން ނަރަކައިން ނެރެދެއްވާނެ އެވެ.

ހަތަރު ވަނަ އަށް، އެކަލޭގެފާނު، ޘަވާބާއި، ފާފަ އެއްވަރުވާ މީހުންނަށް އެކަލޭގެފާނު ޝަފާޢަތް ދެއްވައި، ސުވަރުގެ ވަނުމަށް ޓަކައި، "عَرَفُ" ނަމަކަށް ކިޔޭ ތަނެއް ގައި އިންތިޒާރުގައި އެ މީހުން ތިބޭނެ އެވެ.

ފަސް ވަނަ އަށް، ސުވަރުގޭގައި ތިބި މީހުން މަތީ ދަރަޖަތަކަށް ދިއުމަށް ޓަކައި، އެކަލޭގެފާނު އެ މީހުންނަށް ޝަފާޢަތް ދެއްވާނެ އެވެ.

ޙިސާބު ބެއްލެވުމަށް އެންގެވުމުގެ ކުރިން، އެކަލޭގެފާނު ޝަފާޢަތް ދެއްވައި ސަލާމަތްކުރައްވާނެ ހަތްދިހަ ހާސް މީހުންގެ ތެރެއިން ކޮންމެ މީހަކު އިތުރު ހައްދިހަ ހާސް މީހުންނަށް ޝަފާޢަތް ދީ، ޙީސާބު ބެއްލެވުމަކާ ނުލައި ސުވަރުގެ ވަންނާނެ އެވެ.

رَسُوْلُ اللهِ ﷺ ގެ شفاعة

އަޅުގަނޑަކީ ނިކަމެއްޗެކޭ، އަޅުގަނޑު މިއައީ ތިބާގެ އަރިހަށޭ،
ޝަފާޢަތް، އޭ މާތް ﷲ ގެ ރަސޫލާ އޭ!
އަޅުގަނޑުގެ ކުށް އަޅުގަނޑަށް އެނގެއޭ،
ޝަފާޢަތު، މާތް ﷲ ގެ ރަސޫލާއޭ!
އަޅުގަނޑަކީ ފާފަވެރިއެކޭ،
ފަހަރެއްގައި އަޅުގަނޑު އަލިފާނަށް އެއްލައިލެވެނޭ،
ހަމައެކަނި ޙައްލު ގެންނަވަނީ ތިބާއޭ،
ޝަފާޢަތު، މާތް ﷲ ގެ ރަސޫލާއޭ!
ތިބާގެ ލޯބި އެހެން ހުރިހާ އެއްޗަކަށް ވުރެ ބަރާބަރޭ،
ތިބާގެ ޢިލްމު އެހެން އެންމެންނަށް ވުރެ އިތުރޭ،
ތިބާ އަށް ތަޢުރީފުކުރައްވަނީ مَولَانَا އޭ،
ޝަފާޢަތު، މާތް ﷲ ގެ ރަސޫލާއޭ!
މީހަކު ތިބާ އަށް ތަޢުރީފުކުރާނީ ކިހިނަކުން ތޯ އޭ؟
ހަމައެކަނި ހެޔޮކަން ލިބެނީ ތިބާގެ ފަރާތުންނޭ،
އަޅުގަނޑުމެންގެ ސަލާމަތަށް ވަޑައިގަންނަވާށޭ!
ޝަފާޢަތު، މާތް ﷲ ގެ ރަސޫލާއޭ!
ދުނިޔެއަކީ ތިބާއާ ނުލައި ޖަލެކޭ،
އަޅުގަނޑުގެ ޢަމަލުތައް ގޯހޭ، އަޅުގަނޑުގެ ޙާލަތު ބިރުވެރިއޭ،
ހަމައެކަނީ ފާރުވާ ލިބެނީ ތިބާގެ ފަރާތުންނޭ،
ޝަފާޢަތު، މާތް ﷲ ގެ ރަސޫލާއޭ!
ތިބާ މި ދުނިޔެ އަށް އަލިކުރައްވައިފިއޭ،
ޞަލަވާތްތަކާއި، ސަލާމްތަކާއި ހުރިހާ އެއްޗެއް ތިބާ އަށޭ،
މަރުވެ އަދި ދިރިތިބި ކޮންމެ މުސްލިމަކަށް،
ޝަފާޢަތު، މާތް ﷲ ގެ ރަސޫލާއޭ!
ޔަޤީނުން ވެސް، އަޅުގަނޑުގެ ފާފަތައް ގިނައޭ،
އަޅުގަނޑު ބަލިކަށިވެފައި، އުނިސިފަތައް ހުރެއޭ،
އެކަމަކު، އަޅުގަނޑުގެ އީމާންތެރިކަން ތެދުވެރިއޭ،
ޝަފާޢަތު، މާތް ﷲ ގެ ރަސޫލާއޭ!
ނަރަކަ ކެކި އަރާނެ އޭ،
ޤަޞާ ޤަދަރު އެންމެންނަށް ނޭނެގެއޭ،
ޖިހާދުކުރާ އެކުވެރިންނަށޭ،
ޝަފާޢަތު، މާތް ﷲ ގެ ރަސޫލާއޭ!
އަޅުގަނޑުގެ ލޮލުން ފަރުދާތައް ހިއްލެންވާނެއޭ،
ހުރިހާ މައްސަލަތަކެއްގެ ޙައްލަކީ ތިބާ އޭ،
ކޮންމެ މުއުމިނަކަށް،
ޝަފާޢަތު، މާތް ﷲ ގެ ރަސޫލާއޭ!
ކޮންމެ މަތިވެރިކަމަކަށް ބުނެވުނޭ،
އަދިވެސް ބުނެވުނޭ،
ތިބާ އަކީ ޝާހޭ،
ޝަފާޢަތު، މާތް ﷲ ގެ ރަސޫލާއޭ!
އަޅުގަނޑުމެންގެ ޢަޤީދާ ފަތުރާ މީހުންނަށް،
ތިބާގެ ސުންނަތަށް ޢަމަލުކުރާ މީހުންނަށް،
ތިބާގެ ދެއްކެވި މަގަސް ތަބަޢަވުމަށް ޚާލިޞްކޮށްގެންތިބޭ މީހުންނަށް،
ޝަފާޢަތު، މާތް ﷲ ގެ ރަސޫލާއޭ!
ތިބާގެ އުއްމަތުގެ ފުރައްސާރަކުރެވޭ މީހުންނޭ،
ތަޢުރީފުކުރާ މީހުންނާއި، ތިލާވާކުރާ މީހުންނޭ،
މުއްސަންޖަށް އަދި ފަޤީރަށް!
ޝަފާޢަތް، މާތް ﷲ ގެ ރަސޫލާއޭ!
مُحَمّدُ الخادمي (‏رحمه الله)‏