رَسُوْلُ اللهِ ﷺ ގެ މުޢުޖިޒާތްތައް
"رسول الله ﷺ ގެ އެތަކެއް ހާސް މުޢުޖިޒާތް ފެނި، އެކުވެރިންނާއި، ޢަދާވާތްތެރިން ހިމެނޭގޮތަށް އެންމެން މިހެން ބުނޫއެވެ. މި މުޢުޖިޒާތްތަކުގެ ތެރެއިން، އެންމެ އަގުހުރި މުޢުޖިޒާތްތަކަކީ، ޢަމަލުކުރެއްވި މަތިވެރި ސުލޫކާއި، ރިވެތި އަޚްލާޤެވެ".
رياض النّاشئين
رَسُوْلُ اللهِ ﷺ އަކީ، الله تعالى ގެ ރަސޫލާކަމުގެ ހެކިތައް ގުނާ ޢަދަދުނުކުރެވޭ ވަރަށް ގިނަ އެވެ. الله تعلى ވަޙީކުރައްވާފައި ވެއެވެ. "ކަލޭގެފާނަށް ޓަކައި ނޫން ނަމަ، ތިމަންރަސްކަލާނގެ ކައުނު ނުއުފުއްދެވީމުހެވެ"!1 ހުރިހާ މަޚްލޫޤުތަކުންގެ ކިބައިން الله تعالى ގެ ވުޖޫދުވުމާއި އެއްކައުވަންތަކަން ފެންނަ އިރު، مُحمَّد رَسُوْلُ اللهِ ﷺ ގެ ރަސޫލުކަމާއި، މަތިވެރިކަން ވެސް ދައްކުވައިދެއެވެ. އެކަލޭގެފާނުގެ އުއްމަތުގެ ވަލީވެރިންގެ ކިބައިން ފެނިފައިވާ ހުރިހާ ކަރާމާތްތެރިކަމަކީ، އެކަލޭގެފާނުގެ މުޢުޖިޒާތްތަކެވެ. އެހެނީ، ކަރާމާތްތެރިކަން ހިނގަނީ އެކަލޭގެފާނަށް ތަބަޢަވެ، އެކަލޭގެފާނު ގެ ސުންނަތާ އެއްގޮތަށް އުޅޭ މީހުން މެދުވެރިކޮށެވެ. ޙަޤީޤަތުގައި ވެސް، އެހެން ހުރިހާ ނަބީން (عليهم الصّلوات والتسليمات) ވެސް ބޭނުންފުޅުވީ އެކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ވުމަށް ނުވަތަ އެ އެންމެން ޚަލްޤުކުރައްވާފައި ވަނީ އެކަލޭގެފާނުގެ ނޫރުން ކަމަށް ވާތީ، އެބައި މީހުންގެ މުޢުޖިޒާތްތައް ވެސް ބެލެވެނީ ގެ މުޢުޖިޒާތްތަކުގެ ތެރެއިންނެވެ.
ހިނގި ޒަމާނަށް ބަލާ އިރު، مُحمَّد رَسُوْلُ اللهِ ﷺ ގެ މުޢުޖިޒާތްތައް ތިން ޒަމާނަކަށް ބަހާލެވެއެވެ.؛
ފުރަތަމަ އަށް، رَسُوْلُ اللهِ ﷺ ގެ ފުރާނަ ޚަލްޤުކުރެއްވުނު ވަގުތުން ފެށިގެން، އެކަލޭގެފާނުގެ ރަސޫލުކަން އެންގެވި بِعثة އާ ދެމެދު ހިނގާފައިވާ މުޢުޖިޒާތްތަކެވެ.
ދެވަނަ އަށް، بِعثة އާއި رَسُوْلُ اللهِ ﷺ ސުވަރުގެވަޑައިގަތުމާ ދެމެދު ހިނގާފައިވާ މުޢުޖިޒާތްތަކެވެ.
ތިން ވަނަ އަށް، رَسُوْلُ اللهِ ﷺ ސުވަރުގެވަޑައިގަތުމާއި، ދުނިޔެ ޤިޔާމަތްވުމާ ދޭތެރޭ ހިނގާފައިވާ އަދި ހިނގާނެ މުޢުޖިޒާތްތަކެވެ.
ފުރަތަމަ ކެޓެގަރީގައި ހިމެނޭ މުޢުޖިޒާތްތަކަށް ކިޔެނީ إرهاص އެވެ. ކޮންމެ ކެޓެގަރީއެއް އިތުރަށް ދެ ބަޔަކަށް ބެހެއެވެ.: އެއީ، ފެންނަ މުޢުޖިޒާތްތަކާއި، އިސްތިންތާޖުކުރެވޭ މުޢުޖިޒާތްތަކެވެ. ހުރިހާ މުޢުޖިޒާތްތައް ގިނަކަމުން ގޮސް ގުނާ ޢަދަދުނުކުރެވޭނެ އެވެ. ދެވަނަ ކެޓެގަރީ ގައިވާ މުޢުޖިޒާތްތަކުގެ ޢަދަދު ކަމަށް އަންދާޒާ ކުރެވެނީ ތިން ހާހެވެ. އޭގެ ތެރެއިން މަޝްހޫރު ބައެއް މުޢުޖިޒާތްތައް ތިރީގައި ލިސްޓުކުރެވިފައި އެވަނީ އެވެ.
مُحمَّد رَسُوْلُ اللهِ ﷺ ގެ އެންމެ ބޮޑު މުޢުޖިޒާތަކީ، القرآن الكريم އެވެ. މިއަދާ ހަމަޔަށް އައިސްފައިވާ ހުރިހާ ޅެންވެރިންނާއި، ލިޔުންތެރިން ވަނީ، ކީރިތި قرآن ގެ އާޔަތްތަކާއި، މާނަޔާ މެދު ޢަޖައިބުވެ އަންތަރީސްވެފައެވެ. އޭގެ މާނަ އަކީ، އެންމެ ލަފްޒެއް އިތުރުކޮށް ނުވަތަ އުނިކޮށްފި ނަމަ، އެ އާޔަތްތަކުގެ ބަސްއެތުރުމާއި، މާނައިގެ ރިވެތިކަން ހަލާކުކޮށްލަ އެވެ. ކީރިތި قرآن ގެ އެންމެ ބަހެއް ބަދަލުކޮށްލަން ކުރި މަސައްކަތްތައް ވެސް ވަނީ ނާކާމިޔާބުވެގެން ގޮސްފައެވެ. ކީރިތި قرآن ގައި ވާ ޝާއިރާނީ ސްޓައިލަކީ ޢަރަބި ޅެންވެރިކަމުގައި ނުވާ ފަދަ ލެންވެރިކަމެކެވެ. ވެދިޔަ ތަނުގައި ހިނގާފައިވާ އަދި އަންނަން އޮތް ތަނުގައި ހިނގާނެ ވަރަށް ގިނަ ސިއްއު ކަންތައްތައް ކީރިތި قرآن ގައި ވަނީ އަންގަވާދެއްވާފަ އެވެ. ކީރިތި ޤުރްއާން އަޑުއަހައި، ކިޔަވާ މީހުން އަބަދު ވެސް އިތުރަށް ކިޔަވަން ބޭނުންވާނެ އެވެ. އެ މީހުން ޖިސްމާނީ ގޮތުން ވަރުބަލިވިޔަސް، އެ ޤުރްއާނަކަށް ފޫއްސެއް ނުވާނެ އެވެ. ގުނާ ޢަދަދުނުކުރެވޭހާ ތަޖްރިބާތަކުން އެނގިގެންގޮސްފައިވާ ގޮތުގައި، ކީރިތި ޤުރްއާން ކިޔަވައި އަޑުއެހުމުން، އުނދަގޫތަކުން ސަލާމަތްކޮށްދެއެވެ. ހިނގާފައިވާ ބައެއް ޙާދިސާތަކުގައި، ކީރިތި ޤުރްއާން އަޑުއިވުމުގެ ސަބަބުން ހިތުގައި މީސްތަކުންނަށް ބިރުވެރިކަން އިޙްސާސް ކުރެވި، އަދި މަރުވެގެން ގޮސްފައިވާ ޙާދިސާތައް ވެސް ހިނގާފައި ވެއެވެ. އިސްލާމް ދީނުގެ އަނިޔާވެރި އެތައް ޢަދުއްވުން ގެ ހިތްތައް، އެ މީހުން ކީރިތި ޤުރްއާން އަޑުއެހުމުގެ ސަބަބުން މަޑުވެ އީމާންވެފައި އެބަހުއްޓެވެ.
މުސްލިމު ނަންތައް ކަމުގައިވާ مُعطًّلة، مَلاحدة އަދި قرامِطة ފަދަ މުސްލިމު ނަންތައް ކިޔުނު އިސްލާމް ދީނުގެ ޢަދުއްވުންނާއި، ޒިންދީޤުން (އެތެރެ އިން އިސްލާމްދީން ހަލާކުކޮށްލުމަށް މުސްލިމުންނަށް ހެދިގެން އުޅޭ ކާފަރުން) ތިބެ ކީރިތި ޤުރްއާން ބަދަލުކުރުމަށް މަސައްކަތްކޮށް، ކީރިތި ޤުރްއާނާ ކުޅެ، ވަރަށް ވައްތަރު ގޮތަކަށް ލިޔުނަސް، އެ މީހުންގެ ތެރެއިން ބަޔަކަށް އެ މީހުން އެދިގެން އުޅުނު ކަންތައް ނުކުރެވުނެވެ. توراة އާއި إنجيل އަބަދު ވެސް މީސްތަކުން ދިޔައީ ބަދަލުކުރަމުންނެވެ. ހުރިހާ ޢިލްމަކާއި، ތަޖްރިބާ އިން ހޯދައިނުގަނެވޭނެ ރިވެތި އެއްޗިއްސާއި، މީސްތަކުންނަށް ގަދަފަދަކަން ލިއްބައިދޭ ރަނގަޅު ކަންތައްތަކާއި، މި ދުނިޔެ އާއި، އާޚިރަތުގައި އުފާވެރިކަން ލިއްބައިދޭ ރަނގަޅުކަމާއި، މަޚްލޫޤާތުތަކުގެ ފެށުމާއި، ނިމުމުގެ މަޢުލޫމާތާއި، މީސްތަކުންނަށް ފައިދާހުރި ނުވަތަ ގެއްލުންހުރި ތަކެތީގެ މަޢުލޫމާތު ވަނީ، ވަރަށް ސާފުކޮށް، ނުވަތަ މުޠުލަޤުކޮށް ކީރިތި قرآن ގައި ބަޔާންކުރައްވާފަ އެވެ. މުޠުލަޤުކޮށް ބަޔާންކުރައްވާފައިވާ ކަންތައްތައް ދޭހަކޮށްގަނެވޭނީ ދާއިރާގެ ތަޖްރިބާކާރުންނަށެވެ.
ސަމާވީ ފޮތްތައް ކަމުގައިވާ توراة އާއި، زَبُور އާއި، إنجيل އިން ފެނިފައިވާ ހުރިހާ ޢިލްމަކާއި، ގޮތްނޭނގޭ ކަންތައްތައް، ކީރިތި قرآن ގައި ވަނީ އޮޅުންފިލުއްވާދެއްވާފަ އެވެ. ކީރިތި قرآن ގައި ހިމެނިގެންވާ ހުރިހާ ޢިލްމެއް ދެނެވޮޑިގެންވަނީ ހަމައެކަނި الله تعالى އެވެ. އޭގެ ތެރެއިން ގިނަ ޢިލްމުތައް އެކަލާނގެ ވަނީ رَسُوْلُ اللهِ ﷺ އަށް ހާމަކޮށްދެއްވާފައެވެ. علي އަދި حُسين (رضي الله عنهما) ބަޔާންކުރައްވާފައިވާ ގޮތުގައި، އެ ދެބަފައިންނަށް ގިނަ ޢިލްމު އެނގިވަޑައިގަތެވެ. القرآن الكريم ކިޔެވުމަކީ ބޮޑުވެގެންވާ ނިޢުމަތެކެވެ. الله تعالى ވަނީ މި ނިޢުމަތް އެކަލާނގެ حبيب ގެ އުއްމަތަށް ދެއްވާފައެވެ. މި ނިޢުމަތުން މަލާއިކަތުން ވަނީ މަޙްރޫމްކުރައްވާފައެވެ. ޤުރްއާން ކިޔަވައި، އަޑުއެހޭ ތަންތަނަށް އެ ބޭކަލުން ޖަމާވަނީ މި ސަބަބަށް ޓަކައެވެ. ހުރިހާ ތަފްސީރެއް ގައި ވެސް އޮޅުންފިލުވައިދެނީ، ކީރިތި قرآن ގައި ހިމެނޭ ޢިލްމުގެ ވަރަށް ކުޑަ މިންވަރެކެވެ. ޤިޔާމަތް ދުވަހު، مُحمَّد رَسُوْلُ اللهِ ﷺ މިންބަރަށް އަރާވަޑައިގެން ކީރިތި ޤުރްއާން ތިލާވާކުރެއްވުމުން، އޭގެ އަޑުއިވޭ މީހުންނަށް އޭގެ ހުރިހާ ޢިލްމެއް ފަހުމުވެގެންދާނެ އެވެ.
مُحمَّد رَسُوْلُ اللهِ ﷺ ގެ އެންމެ ބޮޑު އެއް މުޢުޖިޒާތަކީ، އެކަލޭގެފާނު ހަނދު ދެފަޅިކޮށްލެއްވުމެވެ. މި މުޢުޖިޒާތް އެހެން އެއްވެސް ރަސޫލަކަށް ނުދެއްވައެވެ. مُحمَّد رَسُوْلُ اللهِ ﷺ ގެ ޢުމުރުފުޅުން ފަންސާސް ދެ އަހަރުވުމުން، މައްކާ ގައި ތިބި ޤުރައިޝް ވަންހައިގެ މުޝްރިކުންގެ ބޮޑެތި މީހުން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވި އެވެ. "ކަލޭގެފާނަކީ ރަސޫލެއް ކަމުގައި ވާ ނަމަ، ހަނދު ދެފަޅުކޮށްލައްވާށެވެ. رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް ބޭނުންފުޅުވީ، އެންމެން، ޚާއްޞަކޮށް އެކަލޭގެފާނުގެ أهل البيت ން އިސްލާމް ވުމަށެވެ. އެކަލޭގެފާނުގެ ދެ އަތްޕުޅު މައްޗަށް ނެންގެވުމަށް ފަހު ދުޢާކުރެއްވި އެވެ. الله تعالى އެ ދުޢާ ޤަބޫލުފުޅުކުރައްވައި، ހަނދު ދެ ފަޅި ކުރެއްވި އެވެ. ހަނދުގެ އެ ފަޅި ފެނުނީ ފަރުބަދައެއްގެ މަތިންނެވެ. އަނެއް ބައި އެހެން ފަރުބަދައެއްގެ މަތިންނެވެ. ކާފަރުން ބުނޫ އެވެ. "مُحَمَّدُ އަހަރެމެންގެ މައްޗަށް ސިޙުރު ހައްދަވައިފި އެވެ." މިހެން ބުނެ އެ މީހުންގެ ކާފަރުކަމުގައި ދެމިތިބޫ އެވެ.
ހަތަރު ކާފިޔާގެ ޅެން ބައިތެއް:
ކުއްތާތައް ހަނދަށް ބެލުމުން، އެ ސޮރުމެން ވައްވައްޖަހައޭ،
އަހަރެމެން ހަނދު ކުށްވެރިކުރަނީ ކީއްވެގެންހޭ؟ އަޑުއަހާށޭ!
ތިބާ އަށް އެނގޭނޭ ފަދައިން، ކުއްތާ އަބަދު ވެސް ވައްވައްޖަހާނެއޭ!
މިއާ މެދު މޮޔައަކު ވިސްނާނީ ކިހިނެއް ހޭ؟
އަދި ދެ ކާފިޔާގެ ޅެން ބައިތެއް:
ރަހަ ނުލުމަކީ، ޞިއްޙަތު ދަށަށްދިޔަ ކަމުގެ ޢަލާމާތެކޭ،
ނުރަނގަޅު ޞިއްޙަތެއްގައި ހުރި މީހަކަށް މީރު ބުއިންތަކުގެ ރަހަ ހިތިވާނޭ.
مُحمَّد رَسُوْلُ اللهِ ﷺ ކުރެއްވި ބައެއް ހަނގުރާމަތަކުގައި، ފެން ތަދު ވަގުތުތަކުގައި، އެކަލޭގެފާނުގެ ބަރަކާތްތެރި ދެ އަތްޕުޅު ފެން އަޅާފައި ހުންނަ އެއްޗަކަށް ލެއްވުމުން، އެކަލޭގެފާނުގެ އިނގިލިފުޅުތަކުގެ ދޭތެރެއިން ފެން ފައިބައި، އެ ފެން ހަންތައް ފެންފުރިގެން ބަނޑުންލިއެވެ. އެ ފެން ބުއި މީހުންގެ ޢަދަދު ބައެއް ފަހަރު އަށްޑިހަ އަށް އަރާ އިރު، އަނެއް ބައި ފަހަރު ތިން ސަތޭކަ، އަނެއް ބައި ފަހަރު ފަނަރަ ސަތޭކަ އަށް ވެސް އެރި އިރު، ތަބޫކު ހަނގުރާމައިގައި އެ ޢަދަދު ހުރީ ހަތްދިހަ ހާސް މީހުންނާއި، އެ މީހުންގެ ޖަނަވާރުތަކެވެ. އެކަލޭގެފާނުގެ ދެ އަތްޕުޅު ފެން އަޅާފައި ހުންނަ އެއްޗަކުން ނެންގެވުމުން، ފެން އެޅުން ހުއްޓިގެން ދިޔައެވެ.
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ބަފައިފުށުގެ ބޮޑުބޭބޭ عبّاسގެފާނުގެ ގެއަށް ވަޑައިގެން، އެކަލޭގެފާނުގެ އަރިހުގައި عبّاسގެ ފާނާއި، އެކަލޭގެފާނުގެ ދަރިން ބޭތިއްބެވި އެވެ. އެކަލޭގެފާނުގެ އިޙްރާމުން އެ ބޭފުޅުން، ނިވައި ކުރެއްވުމަށް ފަހު حديث ކުރެއްވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އަޅާ، އަޅާގެ ބޮޑުބޭބެ އާއި، އަޅާގެ أهل البيت ން ފޮރުއްވި ފަދައިން، އެ މީހުން ނަރަކައގެ އަލިފާނުން ރައްކާތެރިކުރައްވާފާދޭވެ"! ފާރުގެ ތެރެއިން އިވުނު އަޑެއް ތިނ ފަހަރު ބުނާ އަޑު އިވުނެވެ. "آميـن".2
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ ގެ އަރިހުން ބައެއް މީހުން މުޢުޖިޒާތެއް ދެއްކެވުމަށް އެދުމުން، ދުރުގައި ހުރި ގަހަކަށް އެކަލޭގެފާނު އެކަލޭގެފާނު ގޮވާލެއްވި އެވެ. މޫތައް ދަމަމުން އެ ގަސް އައިސް އެކަލޭގެފާނަށް ސަލާން ގޮވާފައި ބުންޏެވެ. "أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، وَأَشْهَدُ أَنَّ مُحَمَّدَا عَبْدُهُ وَ رَسُولُهُ". ދެން، އެ ގަސް ކުރިން ހުރި ތަނަށް އެނބުރި ގޮސް އެ ހުރި ގޮތަށް ހުރެއްޖެ އެވެ.
ޚައިބަރު ހަނގުރާމައިގެ ތެރޭގައި، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެ މީހުން ވިހަލާފައި ހުރި ބަކަރި މަސް ބެހެއްޓުމުން، އަޑަކުން ބުނާ އަޑު އިވުނެވެ. "މާތް ﷲ ގެ ރަސޫލާ އޭ! އަޅުގަނޑު ފަރިއްނުކުޅުއްވާށެވެ. އަޅުގަނޑަށް މިހިރީ ވިހަލާފައެވެ".
އެއް ދުވަހަކު، އަތުގައި ބުދެއް އޮތް މީހަކާ މުޚާޠަބުކުރައްވައި رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތި ބުދު ތިމަންކަލޭގެފާނާ ވާހަކަދައްކައިފި ނަމަ ތިބާ އިސްލާމްވާނަން ހެއްޔެވެ"؟ އެ މީހާ ޖަވާބުދިނެވެ. "އަޅުގަނޑު މި ބުދަށް އަޅުކަންކުރާތާ މިހަރު ފަންސާސް އަހަރު ވެއްޖެ އެވެ. އޭތި އަޅުގަނޑާ އެއްވެސް ވާހަކައެއް ދައްކާފައެއް ނެތެވެ. އޭތި ކަލޭގެފާނާ ވާހަކަދައްކާނީ ކިހިނަކުން ތޯ އެވެ"؟ رَسُوْلُ اللهِ ﷺ "އޭ ބުދާ އެވެ! ތިމަންކަލޭގެފާނަކީ ކާކު ހެއްޔެވެ"؟ މިހެން އެއްސެވުމުން، އަޑަކުން ބުނާ އަޑު އިވިއްޖެ އެވެ. "ކަލޭގެފާނަކީ މާތް ﷲ ގެ ރަސޫލާ އެވެ". އެ ބުދު ގެންގުޅު މީހާ ވަގުތުން އިސްލާމްވެއްޖެ އެވެ.
"އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އަޅާ، އަޅާގެ ބޮޑުބޭބެ އާއި، އަޅާގެ أهل البيت ން ފޮރުއްވި ފަދައިން، އެ މީހުން ނަރަކައގެ އަލިފާނުން ރައްކާތެރިކުރައްވާފާދޭވެ".
حديث الشّريف
މަދީނާ ގައިވާ المسجد النّبوي ގައި ކަދުރު ރުއްބުޑެއް ހުއްޓެވެ. رَسُوْلُ اللهِ ﷺ ޚުޠުބާ ދެއްވި އިރު، ހުންނަވަނީ އެ ކަދުރު ރުއްބުގައި ލެނގިލައްވައެވެ. އެ ރުއްބުޑަށް ކިޔަނީ حنّانة އެވެ. މިންބަރެއް ޖަހައި ބޭނުންކުރަން ފެށުމުން، އެކަލޭގެފާނު حنّانةގެ ކައިރިއަށް އެ އަށް ލެނގިލެއްވުމަށް ވަޑައެއް ނުގަންނަވައެވެ. ޖަމާޢަތުގައި ތިބި އެންމެންނަށް އެ ރުއްބުޑުން ރޯ އަޑު އިވިއްޖެ އެވެ. رَسُوْلُ اللهِ ﷺ މިންބަރުން ފައިބާވަޑައިގެން، حنّانةއާ ބައްދަވާލެއްވި އެވެ. ދެން އޭތި ރުއިން ހުއްޓާލައިފި އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު އެއަށް ނުބެއްދި ނަމަ، ތިމަންކަލޭގެފާނާ ވަކިވުމުގެ ސަބަބުން އެ ރުއްބުޑު ޤިޔާމަތް ވަންދެން ރޯނެ އެވެ".
މިފަދަ މުޢުޖިޒާތްތައް ވަރަށް ގިނަ ފަހަރު ފެނި ވާރިދުވެގެން އައިސްފައި ވެއެވެ.
ވަރަށް ގިނަ ފަހަރު ފެނިފައިވާ ގޮތުގައި، އެކަލޭގެފާނު ހޮއްވަވާ ހިލަކޮޅުކޮޅާއި، އެކަލޭގެފާނު ނަންގަވާ ކާއެތިކޮޅުކޮޅު މާމުއިކުޅަނދުރުގެ އަޑު ފަދަ އަޑަކުން الله تعالى އަށް ތަސްބީޙަ ކިޔައެވެ.
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ ގެ އަރިހަށް ކާފަރަކު އައިސް ބުންޏެވެ. "ކަލޭގެފާނަކީ ރަސޫލަކު ކަން ތިމަންނަ އަށް އެނގޭނެ ގޮތަކީ ކޮބައިތޯ އެބެ"؟ رَسُوْلُ اللهِ ﷺ އޭނާ އާ ސުވާލުކުރެއްވި އެވެ. "މި ކަދުރު ރުކުގައިވާ ކަދުރު އިހާ އަށް ތިމަންކަލޭގެފާނު ގޮވާލެއްވުމުން، އޭތި ފައިބައިފި ކަމުގައި ވާ ނަމަ، ތިބާ އީމާންވާނަން ހެއްޔެވެ"؟ އެ ކާފަރު މީހާ ބުނިގޮތުގައި، އެހެން ވެއްޖެ ނަމަ އޭނާ އިސްލާމް ވާނެ އެވެ. ދެން އެ ކަދުރު އިހާ އަށް ގޮވާލެއްވުމުން، އޭތި ފުންމައިގެން ތިރިއަށް ފައިބައިފި އެވެ. އެކަލޭގެފާނު "އެނބުރި ތިބާގެ ޖަގަހަ އަށް ދާށެވެ" މިހެން حديث ކުރެއްވުމުން، އެ އިހާ ކުރިން އޮތް ތަނަށް ގޮސް ކުރިން އޮތް ގޮތަށް އެލުވިއްޖެ އެވެ. މި މަންޒަރު ފެނުމުން، އެ ކާފަރު މީހާ އީމާންވެއްޖެ އެވެ.
މައްކާ ގައި، މަދު ހިޔަޅުތަކެއް ކަންބަޅި ބަކަރި ބައިގަނޑަކުން ބަކަރިތަކެއް ޖަހައިގަނެފި އެވެ. ބަކަރި ހުއިހައްޕާ މީހާ އެ ހިޔަޅުތަކާ ދިމާކޮށް އެ ކަންބަޅި ބަކަރިތައް އަނބުރާ އަތުލުމުން އޭގެ ތެރެއިން ހިޔަޅެއް ވާހަކަދައްކަން ފަށައިފި އެވެ. އެގޮތުން، އެ ހިޔަޅު ބުންޏެވެ. "އަހަރެމެންނަށް الله تعالى ފޮނުއްވި ރިޒްޤު އަހަރެމެން އަތުން ދަމައިގަތް އިރު، ތިބާ الله تعالى އަށް ބިރުވެތި ނުވޭ ހެއްޔެވެ"؟ ޙައިރާންވެ ހުރެ، ބަކަރި ހުއިހައްޕާ މީހާ މަޑުމަޑުން ބުންޏެވެ. "އާހ. ހިޔަޅެއް އެބަ ވާހަކަދައްކައެވެ"! ހިޔަޅުގެ ވާހަކަދެއްކުން ކުރިޔަށް ގެންދަމުން ބުންޏެވެ. "އަދި މާ ބޮޑަށް ޙައިރާންކުރުވަނިވި ކަމެއްގެ ވާހަކަ އަހަރެން ތިބާ އަށް ބުނެދެން ހެއްޔެވެ؟ الله تعالى ގެ ރަސޫލާ مُحمَّد رَسُوْلُ اللهِ ﷺ މަދީނާ ގައި މުޢުޖިޒާތް އެބަ ދައްކަވައެވެ". ބަކަރި ހުއިހައްޕާ މީހާ އައިސް، މިވާހަކަ رَسُوْلُ اللهِ ﷺ އަށް ދަންނަވައި އިސްލާމްވެއްޖެ އެވެ.
مُحمَّد رَسُوْلُ اللهِ ﷺ ވިނަގަނޑު ގައިހިންގަވަމުން ގެންދަވަނިކޮށް، އަޑަކުން ތިން ފަހަރު "އޭ މާތް ﷲ ގެ ރަސޫލާ އޭ" ބުނާ އަޑު އިވިއްޖެ އެވެ. އެކަލޭގެފާނު އެ އަޑާ ދިމާލަށް އެނބުރިވަޑައިގަތް އިރު، ފެނިވަޑައިގަތީ، ބަނދެފައިވާ ފުއްލާއެކެވެ. އެއާ ޖެހިގެން ނިދާފައި އޮތް މީހަކު އެތާނގައި އޮތެވެ. އޭތި ބޭނުންވަނީ ކޮން ކަމެއް ތޯ އެކަލޭގެފާނު ފުއްލާ ކައިރިން އެއްސެވި އެވެ. ފުއްލާ ބުންޏެވެ. "ޝިކާރަވެރިޔަކު އަޅުގަނޑު އަތުލައިގަތީ އެވެ. އަޅުގަނޑުގެ ދެ ޅަ ދަރިން އެތާ އެއޮތް ފަރުބަދަ މަތީ ގައި އެބަ ތިއްބެވެ. އަޅުގަނޑު ދޫކޮށްދެއްވާށެވެ! އަޅުގަނޑު ގޮސް އެ ދެ ދަރިންނަށް ކިރުދީފައި އެބަ އަންނަމެވެ". رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "ތިބާގެ ހުވާޔާ އެއްގޮތަށް ޢަމަލުކޮށް އެބުރި އަންނާނަން ހެއްޔެވެ"؟ ފުއްލާ ބުންޏެވެ. "އަޅުގަނޑު މާތް ﷲ ގަންދީ ހުވާކުރަމެވެ. އަޅުގަނޑު އެނބުރި ނާންނަނ ނަމަ، މާތް ގެ ކޯފާ އަޅުގަނޑުގެ މައްޗަށް ޖައްސަވާދޭވެ"! އެ ފުއްލާ މިނިވަން ކުރެއްވި އެވެ. އޭތި އިރުކޮޅެއް ފަހުން އަތުވެއްޖެ އެވެ. އެ މީހާ ތެދުވެ "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑަށް އަމުރުކުރައްވާ ކަމެއް އެބަ އޮތް ތޯ އެވެ"؟ މިހެން ސުވާލުކުރުމުން رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މި ފުއްލާ މިނިވަންކޮށް ދޫކޮށްލާށެވެ"! އެ މީހާ، ފުއްލާ މޮހެލާ ދޫކޮށްލައިފި އެވެ. ފުއްލާ ބުންޏެވެ. "أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، وَ أَنَّكَ رَسُولُ الله"، މިހެން ބުނެފައި ދުރަށް ގޮސްފި އެވެ.
رَسُوْلُ اللهِ ﷺ އެއް ދުވަހަކު، ރަށްފުށު މީހަކަށް އީމާންވުމަށް ދަޢުވަތު ދެއްވި އެވެ. ރަށްފުށު މީހާ ބުންޏެވެ. "އަޅުގަނޑުގެ މުސްލިމު އަވަށްޓެރިއެއްގެ މަރުވެފައިވާ އަންހެން ދަރިފުޅު އަލުން ދިރުއްވައިފި ނަމަ އަޅުގަނޑު އީމާންވާނަމެވެ". رَسُوْلُ اللهِ ﷺ އާއި، ރަށްފުށު މީހާ އަންހެން ކުއްޖާގެ މަހާނަ ކައިރި އަށް ވަޑައިގެންފި އެވެ. އެ އަންހެން ކުއްޖާގެ ނަމުން رَسُوْلُ اللهِ ﷺ ގޮވާލައްވައިފި އެވެ. އެންމެ ފުރަތަމަ އެ މަހާނައިގެ ތެރެއިން އިވުނީ އަޑެކެވެ. ދެން އަންހެންކުއްޖާ ނުކުމެއްޖެ އެވެ. حديث ކުރެއްވި އެވެ. "އެނބުރި ދުނިޔެ އަށް އަންނަން ތިބާ ބޭނުން ހެއްޔެވެ"؟ އަންހެން ކުއްޖާ ބުންޏެވެ. ""މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑު އެނބުރި ދުނިޔެ އަށް ދާން ބޭނުމެއް ނޫނެވެ. އަޅުގަނޑުގެ ބައްޕަގެ ގެއަށް ވުރެ މި ތާނގައި އަޅުގަނޑަށް މާ ހިތްފަސޭހަ އެވެ. މުސްލިމަކަށް، ދުނިޔޭގެ ދިރިހުރުމަށް ވުރެ އާޚިރަތް މާ ރަނގަޅުވާނެ އެވެ". ރަށްފުށު މީހާ އަށް މި ތަން ފެނުމުން، އޭނާ ވަގުތުން އިސްލާމް ވެއްޖެ އެވެ.
جابر بن عبدالله (رضي الله عنه) ކަންބަޅި ބަކަރިއެއް ރޯސްޓްކުރެއްވި އެވެ. رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުގެ އަޞްޙާބުން އެ ކަންބަޅި ފަރިއްކުޅުއްވި އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ކަށިތައް މުގުރާނުލާށެވެ". އެކަލޭގެފާނު ކަށިތައް އެއްކުރައްވައި، އޭގެ މަތީގައި އެކަލޭގެފާނުގެ ބަރަކާތްތެރި ދެ އަތްޕުޅު ބާއްވަވައި ދުޢާކުރެއްވި އެވެ. އެ ބަކަރި އަލުން ދިރުއްވި އެވެ.
އެމީހުން رَسُوْلُ اللهِ ﷺ ގެ އަރިހަށް ގެނައީ ބޮޑުވެފައި ހުއްޓަސް އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާ ކުޑަކުއްޖެކެވެ. رَسُوْلُ اللهِ ﷺ ސުވާލުކުރެއްވި އެވެ. "އަހަންނަކީ ކާކު ހެއްޔެވެ"؟ ކުޑަކުއްޖާ ޖަވާބު ދިނެވެ. "ކަލޭގެފާނަކީ މާތް ﷲ ގެ ރަސޫލާ އެވެ". އެ ވަގުތުން ފެށިގެން އެ ކުޑަކުއްޖާ ވާހަކަދައްކަން ފަށައިފި އެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވަން ދެން އެ ކުއްޖާގެ ވާހަކަދެއްކުމުގެ ޤާބިލިޔަތުކަން ނުގެއްލެ އެވެ.
ކޮންމެވެސް މީހަކަށް ހަރުފަ ބިހަކަށް ފައިން އެރި ލޮލުގެ ފެނުން ގެއްލިއްޖެ އެވެ. އެބައި މީހުން އޭނާ رَسُوْلُ اللهِ ﷺ ގެ އަރިހަށް ގެނެސްފި އެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ކުޅު އެ މީހާގެ ލޮލުގައި ހޭކުމުން، އޭނާ އަށް އަލުން ފެންނަން ފަށައިފި އެވެ. އަދި ކީއްތޯއެވެ! އޭނާގެ ޢުމުރުން އަށްޑިހަ އަހަރަށް ވީ އިރު، ތިނޯހުގައި ބަރަނި ލައްވަން އެދެއެވެ.
محمد بن خاطب ރިވާކުރައްވާފައި ވެއެވެ. "އަހަރެން އޭރު ޒުވާނެވެ. ކެކިކެކި ހުރި ފެން އަހަރެންގެ ގަޔަށް އެޅި އަހަރެންގެ ހަށިގަނޑު އަނދައިފި އެވެ. އަހަރެންގެ ބައްޕަ رَسُوْلُ اللهِ ﷺ ގެ އަރިހަށް އަހަރެން ގެންގޮސްފި އެވެ. އެކަލޭގެފާނުގެ ކުޅު އަނދާފައިވާ ތަންތަނުގައި އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން ކާއްތާލައްވައި ދުޢާކުރެއްވި އެވެ. އަނދާފައިވާ ތަންތަން ވަގުތުން ރަނގަޅުވެއްޖެ އެވެ."
އަންހެނަކު އޭނާގެ ބޯތަލަވެފައިވާ ފިރިހެން ދަރިއަކު ގެނައެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ބަރަކާތްތެރި ދެ އަތްޕުޅު މަޑުމަޑުން އެ ކުއްޖާގެ ބޮލުގައި ކާއްތާލެއްވި އެވެ. އޭނާ ރަނގަޅުވެ، ވަގުތުން އިސްތަށި ފަޅަން ފަށައިފި އެވެ".
التّرمذي އާއި النّسائي ގެ "السُّنن" ފޮތްތަކުގައި ލިޔެވިފައި ވެއެވެ.: އެއް ދުވަހަކު، ދެ ލޮލޯ ކަނު މީހަކު رَسُوْلُ اللهِ ﷺ ގެ އަރިހަށް އައިސް ބުންޏެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ ލޮލުގެ ފެނުން ލިބުމަށް ދުޢާކޮށްދެއްވުން އެދެމެވެ". رَسُوْلُ اللهِ ﷺ އޭނާ އަށް ހަމްދަރުދީވެ ވަޑައިގަތެވެ؛ އެކަލޭގެފާނު، އެ މީހާ އަށް އިރުޝާދު ދެއްވީ ފުރިހަމަ ވުޟޫއެއް ކޮށް، އަންނަނިވި ދުޢާ ކިޔުމަށެވެ. "ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އަޅާ އިބަ އިލާހަށް އާދޭސް ދަންނަވަމެވެ. އަޅާ އިބަ ރަސްކަލާނގެ އަށް ދަންނަވަނީ އިބަރަސްކަލާނގެ ލޮބުވެތި مُحمَّد رَسُوْلُ اللهِ ﷺ ގެ ޝަފާޢަތްތެރިކަމުގެ ޛަރީޢާ އިންނެވެ. އަޅުގަނޑު ނުހަނު ލޯބިވާ مُحمَّد رَسُوْلُ اللهِ ﷺ އެވެ! އަޅުގަނޑު އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އަށް އާދޭސް ދަންނަވަނީ، ކަލޭގެފާނު މެދުވެރިކޮށެވެ. އަޅުގަނޑު އެކަލާނގެ ކިބަފުޅުން އެދި ދަންނަވަނީ، ކަލޭގެފާނަށް ޓަކައި އަޅާގެ ދުޢާ އެކަލާނގެ އިޖާބަކޮށްދެއްވުމެވެ. އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! މި މަތިވެރިވެގެންވާ ރަސޫލާ އަޅާގެ ޝަފާޢަތްތެރިޔާ ކަމުގައި ލައްވާދޭވެ! އެކަލޭގެފާނަށް ޓަކައި އަޅާގެ ދުޢާ އިޖާބަކޮށްދެއްވާދޭވެ"! އެ މީހާ ވުޟޫކޮށްގެން ދުޢާކުރުމުން އޭނާގެ ދެ ލޮލަށް ފެންނަން ފަށައިފި އެވެ. މުސްލިމުން އަބަދު ވެސް މި ދުޢާ ކިޔައި އެދޭ ކަންތައްތައް ޙާޞިލުކުރި އެވެ.
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ އާއި (އެކަލޭގެފާނުގެ ބަފައިފުށުގެ ބޮޑުބޭބޭ) أبو طالب ގެންދެވީ ސަޙަރާއެއް ގައި ދަތުރުކުރައްވަމުންނެވެ. ވަރަށް ބޮޑަށް ކަރުހިއްކައިގެންފި ކަމަށް أبو طالب ވިދާޅުވެއްޖެ އެވެ. ސަވާރީން ފައިބާވަޑައިގެން رَسُوْلُ اللهِ ﷺ އެއްސެވި އެވެ. "ތިބާ ކަރުހިއްކައިގެންފަ ތޯ އެވެ"؟ އެކަލޭގެފާނުގެ ބަރަކާތްތެރި ފައިޕުޅުގެ އިޑިން ބިންގަނޑުގައި ޖެއްސެވުމުން ފެން ހޯސްލާފައި އަންނަން ފަށައިފި އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ބޮޑުބޭބޭ، މި ފެނުން ހިއްޕަވާށެވެ"!
"އޭ حفصة އެވެ! أبوبكر އާއި، ކަމަނާގެ ބައްޕާފުޅު ތިމަންކަލޭގެފާނުގެ އުއްމަތުގެ ވެރިކަންކުރައްވާނެ އެވެ".
حديث شريف
ޙުދައިބާ ހަނގުރާމައިގެ ތެރޭގައި، މުސްލިމުން ކޭމްޕް ޖައްސަވައިގެން ތިއްބެވީ، ފެން ނެތް ވަޅެއްގެ ކައިރީގައެވެ. ބޭނުންވާ ވަރަށް ފެން ނެތްކަމުގެ ޝަކުވާ ސިފައިން ކޮށްފި އެވެ. رَسُوْلُ اللهِ ﷺ އެދިވަޑައިގަތީ ފެންއަޅާ ބާލިދީއަކަށެވެ. އެކަލޭގެފާނު ފެން ބާލިދީ ގައި ހުރި ފެނުން ވުޟޫކުރެއްވުމަށް ފަހު، އޭގެ ތެރެއަށް ކުޅުޖެއްސެވި އެވެ. ދެން، އޭގައި ހުރި ފެން އެ ވަޅު ތެރެއަށް އެޅުއްވި އެވެ. އެކަލޭގެފާނު ދުންޏެއް ނަންގަވައި ވަޅުގެ ތެރެއަށް އެއްލާލެއްވި އެވެ. ދެން، އެތާ ތިބި މީހުންނަށް ފެނުނީ، އެ ވަޅު ފުރެންދެން ފެން އެޅިގެން ދިޔަ ތަނެވެ.
ހަނގުރާމައެއް ގައި މުސްލިމު ސިފައިން ޝަކުވާކުރެއްވީ އެ ބޭކަލުން ކަރުހިއްކައިގެންފައި ތިއްބެވި ކަމަށެވެ. رَسُوْلُ اللهِ ﷺ ދެ ސިފައިން ފެން ހޯދުމަށް ފޮނުއްވި އެވެ. ޖަމަލަކަށް ސަވާރުވެގެން އިން އަންހެނަކު ދެ ފެންހަމާ އެކު އެ ދެ ބޭކަލުންނަށް ފެނިގެން އެ އަންހެން މީހާ ގެނެސްފި އެވެ. رَسُوْلُ اللهِ ﷺ އަންހެން މީހާ ކައިރިން ފެންފޮދަކަށް އެދިވަޑައިގެންފި އެވެ. رَسُوْلُ اللهِ ﷺ އެ ފެން ޓައްޕަކަށް އަޅުއްވައިފި އެވެ. ހުރިހާ ސިފައިން ވެސް، ބޭކަލަކަށް ފަހު ބޭކަލެއް އެ ބޭކަލުންގެ ތަށިތަކާއި، ފެންހަން ތަކަށް ފެންއަޅުއްވައި ފުރުއްވައިފި އެވެ. އެ ބޭކަލުން އެ އަންހެން މީހާ އަށް ކަދުރުކޮޅެއް ދީ، އޭނާގެ ފެންހަންތަކަށް ފެން އަޅުއްވައި ފުރުއްވައިފި އެވެ. އެ އަންހެން މީހާ އަށް حديث ކުރެއްވި އެވެ. "އަހަރެމެން ތިބާގެ ފެން މަދެއް ނުކުރަމެވެ. އަހަރެމެނަށް ފެން ދެއްވީ الله تعالى އެވެ".
رَسُوْلُ اللهِ ﷺ މަދީނާ ގައި ޚުޠުބާ ދެއްވަމުން ގެންދަވަނިކޮށް މީހަކު ބުންޏެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! ފެން ނުލިބުމުގެ ސަބަބުން، އަޅުގަނޑުމެންގެ ކުޑަކުދިންނާއި، ޖަނަވާރުތަކާއި، ދަނޑުތައް މަރުވެދަނީ އެވެ. އަޅުގަނޑުމެން ސަލާމަތްކޮށް ދެއްވާދޭވެ"! އެކަލޭގެފާނުގެ ދެ އަތްޕުޅު މައްޗަށް ނަންގަވައި ދުޢާކުރެއްވި އެވެ. އެއީ، ވިލާތައް ނެތް ދުވަހަކަށް ވިޔަސް، އެކަލޭގެފާނުގެ ދެ އަތްޕުޅު މޫނުފުޅު ގައި ކާއްތާލެއްވި ތަނާ ވިލާތައް ޖަމާވާން ފަށައިފި އެވެ. ވަގުތުން، ވާރޭ ވެހެން ފަށައިފި އެވެ. އެ ގޮތަށް ދުވަސްކޮޅެއް ވަންދެން ވާރޭ ވެހިވެހި އޮތެވެ. ހަމަ އެ މީހާ އަނެއްކާ ޝަކުވާކުރި އިރު ވެސް އެކަލޭގެފާނު ހުންނެވީ މިންބަރުގައި ޚުޠުބާ ދެއްވުމަށެވެ. އޭނާ ބުންޏެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުމެން މި ވާރޭގައި ހަލާކުވެދާނެ އެވެ". އެއާއެކު، رَسُوْلُ اللهِ ﷺ ހިނިފުޅުވެޑުމަށް ފަހު ދުޢާކުރެއްވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އިބަރަސްކަލާނގެ ރަޙްމަތް އިބަރަސްކަލާނގެ އެހެން އަޅުތަކުންނަށް ވެސް ދެއްވާދޭވެ"! އެއަށް ފަހު، ވިލާތައް ސާފުވެ، އިރު ފާޅުވެއްޖެ އެވެ.
جابر بن عبدالله (رضي الله عنه) ރިވާކުރައްވާފައި ވެއެވެ.: އަހަރެން ހުރީ ވަރަށް ބޮޑަށް ދަރަނިވެރިވެފައެވެ. އެކަމާ ބެހޭގޮތުން އަހަރެން رَسُوْلُ اللهِ ﷺ އަށް ދެންނެވީމެވެ. އެކަލޭގެފާނު އަހަރެންގެ ކަދުރު ދަނޑަށް ވަޑައިގެން ކަދުރު ފުނިތަކުގެ ވަށައިގެން ހިންގެވި އެވެ. އެ ގޮތަށް ތިން ބުރު ޖެއްސެވި އެވެ. ދެން އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިބާ އަށް ފައިސާ ދޫކުރި މީހުން މި ތަނަށް އައުމަށް އަންގާށެވެ". ފައިސާ ދިން ކޮންމެ މީހަކަށް ދޭންވީ ވަރު ދެއްވި އެވެ. އެކަމަކު، އެ ތާ ހުރި ކަދުރު ފުނިތަކުން އެއްވެސް ވަރަކަށް މަދެއް ނުވި އެވެ.
އަންހެނަކު، ހަދިޔާއެއްގެ ގޮތުން މާމުއި ފޮނުވި އެވެ. رَسُوْلُ اللهِ ﷺ މާމުއި ޤަބޫލުކުރައްވައި، ހުސް ފުޅި އަނބުރާ ފޮނުއްވި އެވެ. ގެ ކުޅަދުންވަންތަކަމުން، އެ ފުޅި އެ އަންހެންމީހާ އަށް ލިބުނީ މާމުއި ފުރިފައި ހުއްޓައެވެ. އެ އަންހެންމީހާ އައިސް ސުވާލު ދެންނެވި އެވެ. "މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑޫގެ ފާފައަކީ ކޮބައި ތޯ އެވެ؟ ކަލޭގެފާނު އަޅުގަނޑުގެ ހަދިޔާ ޤަބޫލުފުޅު ނުކުރެއްވީ ކީއްވެގެން ތޯ އެވެ"؟ އެކަލޭގެފާނު حديث ކުރެއްވި އެވެ. "އަހަރެމެން ތިބާގެ ހަދިޔާ ޤަބޫލުކޮށްފީމެވެ. ތިބާ އަށް ތި ފެންނަ މާމުޔަކީ، ދިން ހަދިޔާގެ ބަދަލުގައި الله تعالى ދެއްވި ބަރަކާތެވެ". އަންހެންމީހާ އެކަމާ ހިތްހަމަޖެހި، އެނބުރި ގެއަށް ހިނގައްޖެ އެވެ. އެ އަންހެންމީހާ އާއި، އޭނާގެ ދަރިން އެ މާމު އެތަކެއް މަސް ވަންދެން ކެއުމުގައި ބޭނުންކުރި އެވެ. އެހެން ނަމަވެސް އެ މާމުއިން މަދެއްނުވި އެވެ. އެއް ދުވަހަކު، ވިސްނާލުމެއް ނެތި، އެ މީހުން އެ މާމުއި އެހެން ފުޅިއަކަށް ލިއެވެ. އެ މީހުން އެ ފުޅިން ނަގައިގެން ކެއުމުން، މާމުއި ވަރަށް އަވަހަށް ހުސްވެއްޖެ އެވެ. އެ މީހުން އަށް މިކަން ޚަބަރުކޮށްފި އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ފޮނުއްވި ފުޅީގައި ހުރި މާމުއި އެ ފުޅި ތެރޭގައި ހުރި ނަމަ، ދުނިޔެ ދެމިއޮތްހާ އިރަކަށް އެ މީހުންނަށް އެ ކެވި، އެއިން އެއްވެސް ވަރަކަށް މަދުނުވީހެވެ".
أبُو هُرَيرَة (رضي الله عنه) ރިވާކުރައްވާފައި ވެއެވެ.: ކަދުރުކޮޅަކާ އެކު އަހަރެން رَسُوْلُ اللهِ ﷺ ގެ އަރިހަށް ގޮސް އެ ކަދުރަށް އެ ކަލޭގެފާނުގެ ބަރަކާތްލެއްވުން އެދި ދެންނެވީމެވެ. އެ ކަދުރަށް ބަރަކާތް ލެއްވުމަށް ޓަކައި، އެކަލޭގެފާނު ދުޢާކުރެއްވި އެވެ. އަދި ގޮތުން حديث ކުރެއްވި އެވެ. "މި ކަދުރުކޮޅު ނަގައި، އެއްޗަކަށް ލާށެވެ. ތިބާ ކަދަރު ބޭނުންވާ ކޮންމެ ފަހަރަކު، ތިބާގެ އަތުން ނަގާށެވެ. އެއިން ކަދުރު ނެގުމަށް ބަންޑުން ނުޖަހާށެވެ". ކަދުރު އަޅާފައި ހުރި ކޮތަޅު އަބަދު ވެސް އަހަރެން އަތުގައި ރެއާއި ދުވާލު ބާއްވަމެވެ. عُثمان (رضي الله عنه) ގެ ދުވަސްވަރާ ޖެހެންދެން އެއިން ހުރިހާ ވަގުތެއް ގައި ކޭމެވެ. އަހަންނާ އެކު ވަގުތު ހޭދަކުރާ ކޮންމެ މީހަކަށް އެ ކަދުރުން ދެމެވެ. އަދި އޭގެ މަދު އެތިކޮޅެއް ޞަދަޤާތަށް ދެއްވައެވެ. عُثمان (رضي الله عنه) ޝަހީދުކޮށްލި ދުވަހު އަހަރެންގެ ކޮތަޅު ގެއްލިއްޖެ އެވެ.
سُليمان (عليه السّلام) ފަދައިން، رَسُوْلُ اللهِ ﷺ އަށް ވެސް ހުރިހާ ޖަނަވާރެއްގެ ބަސް އެނގިވަޑައިގަތެވެ. މާލިކު ނުވަތަ އެހެން މީހުންނާ މެދު ޝަކުވާކުރުމަށް رَسُوْلُ اللهِ ﷺ ގެ އަރިހަށް އަންނަ ޖަނަވާރުތައް ވަރަށް ގިނައިން ފެނިފައިވެއެވެ. رَسُوْلُ اللهِ ﷺ އަޞްޙާބު ބޭކަލުންނަށް އެކަން އަންގަވައެވެ. ޙުނައިނު ހަނގުރާމައިގެ ތެރޭގައި، ދުއްވަވަމުން ގެންދެވި ދުލްދުލް ނަމަކަށް ކިޔާ ހުދުކުލައިގެ ބަޣަލް އަށް "ތިރިވާށެވެ" حديث ކުރެއްވި އެވެ.އެ ބަޣަލް ވަގުތުން އޭތީގެކަކޫ މައްޗަށް ތިރިވެ، އަތުމުށެއްގެ ވެލި ބިން މަތިނ ނަގުމަށް ފަހު، ކާފަރުންގެ ގަޔަށް ޖަހައިފި އެވެ.
އެއް ދުވަހަކު، އެކަލޭގެފާނުގެ އަނބިކަމަނާ حفصة (رضي الله عنه) ގާތު، "أبو بكر އާއި ތިބާގެ ބައްޕާފުޅު ތިމަންކަލޭގެފާނުގެ އުއްމަތުގެ ވެރިކަން ކުރާނެ" އެހެން حديث ކުރައްވައި، أبو بكر އާއި، عُثمِان (رضي الله عنه) ޚަލީފާއިންނަށް ވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވި އެވެ.
މަދީނާ ގައި ޒަކާތުގެ ގޮތުގައި ލިބުނު ކަދުރު ގެ ފާރަވެރިޔަކަށް رَسُوْلُ اللهِ ﷺ ޢައްޔަންކުރެއްވީ أبُو هُرَيرَة (رضي الله عنه) އެވެ. ކޮންމެވެސް މީހަކު ކަދުރުން ވައްކަންކުރަނިކޮށް أبُو هُرَيرَة (رضي الله عنه) އަތުލައިގެންނެވި އެވެ. އެ މީހާ އާ ދިމާލަށް، އޭނާ رَسُوْلُ اللهِ ﷺ ގެ އަރިހަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. ވަގުކަލޭގެ އޭނާ އަކީ ފަގީރެއް ކަމާއި، ބޮޑު ޢާއިލާއެއް ބަހަލައްޓަންޖެހޭ ކަމަށް ބުނުމުން، އޭނާ ދޫކޮށްލެއްވި އެވެ. ޖެހިގެންއައި ދުވަހު، رَسُوْلُ اللهِ ﷺ أبُو هُرَيرَة (رضي الله عنه) ގެ އަރިހަށް މީހަކު ފޮނުއްވައި، "ތިބާ ދޫކޮށްލެއްވި މީހާ ރޭގައި ކުރީ ކީއް ހެއްޔެވެ"؟ މިހެން އޭނާ ކައިރިން އައްސަވައިފި އެވެ. ކަން ވީ ގޮތް أبُو هُرَيرَة ކިޔައިދެއްވުމުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. "އެ މީހުން ތިބާ އަށް އޮޅުވާލީ އެވެ. އޭނާ އެނބުރި އަންނާނެ އެވެ". ޙަޤީޤަތުގައި ވެސް ޖެހގެން އައި ރޭ އެ މީހާ އަނެއްކާ ވެސް އެ ގެއަށް ވަދެ ވައްކަންކޮށްފި އެވެ. އެމީހާ އަނެއްކާ ވެސް އާދޭސްކޮށްގަތެވެ. "ﷲ އަށް ޓަކައި އަޅުގަނޑު ދޫކޮށްދެއްވާދޭވެ". މިހެން ބުނުމުން އަނެއްކާ ވެސް އެމީހާ ދޫކޮށްލައިފި އެވެ. ތިންވަނަ ރޭ، އޭނާ އަތުލައިގަތުމުން، އޭނާ ކުރި އާދޭހުގެ ފައިދާއެއް ނުކުރި އެވެ. އެހެންކަމުން، މި ފަހަރު އޭނާ ބުންޏެވެ. "މި ފަހަރު ތިބާ އަހަރެން ދޫކޮށްދީފި ނަމަ، ތިބާ އަށް ވަރަށް ފައިދާކުރަނިވި އެއްޗެއް ދަސްކޮށްދޭނަމެވެ". މި ކަން أبُو هُرَيرَة ޤަބޫލުކުރެއްވުމުން، އޭނާ ބުންޏެވެ. "ތިބާ ކޮންމެ ރެއަކު ނިދަން އޮށޯތުމުގެ ކުރިން آية الكُرسي ކިޔައިފި ނަމަ، الله تعالى ތިބާ ރައްކާތެރިކޮށްދެއްވާނެ އެވެ. އަދި ޝައިޠާނާ ތިބާ އާ އެ ގޮތަށް ދިމާނުކުރާނެ އެވެ". މިހެން ބުނެފައި އެ މީހާ ގޮސްފި އެވެ. ޖެހިގެންއައި ދުވަހު، أبُو هُرَيرَة ގެ ކައިރިން ކުރީ ރޭ ކަންވީގޮތުގެ ޚަބަރު رَسُوْلُ اللهِ ﷺ އެއްސެވުމުން އޭނާ އެކަލޭގެފާނަށް ވީ ހުރިހާ ކަމެއް ކިޔައިދީފި އެވެ. އެއާއެކު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "މި ފަހަރު އޭނާ އެ ބުނީ ތެދެވެ. އެހެން ނަމަވެސް، އޭނާ އަކީ ގޮތެއްފޮތެއް ނެތް ދޮގުވެރިއެކެވެ. ތިން ރޭ ވަންދެން ތިބާ ވާހަކަދައްކަމުން ދިޔައީ ކާކާ ކަން އެނގޭ ހެއްޔެވެ"؟ أبُو هُرَيرَة ޖަވާބު ދެއްވި އެވެ. "ނޫން. އަޅުގަނޑަކަށް ނޭނެގޭ" މިހެން ވިދާޅުވުމުން، އެކަލޭގެފާނު حديث ކުރެއްވި އެވެ. "އެ މީހަކީ ޝައިޠާނާ އެވެ".
ބައިޒަންޓައިން އެމްޕަރަރ ގެ ލަޝްކަރުތަކާ ހަނގުރާމަ ކުރުމަށް ޓަކައި، މޫތާ އޭ ކިޔުނު ސަރަޙައްދަކަށް رَسُوْلُ اللهِ ﷺ ސިފައިން ފޮނުއްވި އެވެ. ޞަޙާބީންގެ ތިން ކޮމާންޑަރުން (ريد بن حارثة، حعفر بن أبي طالب، عبدالله بن رواحة) ބޭކަލަކަށް ފަހު ބޭކަލެއް ޝަހީދުވެގެންދިޔަ އެވެ. އެ ވަގުތު، މަދީނާގައިވާ މިންބަރުގައެވެ؛ الله تعالى ހަނގުރާމައިގެ މަންޒަރު އެކަލޭގެފާނަށް ދެއްކެވުމުން، އެކަލޭގެފާނާ އެކު ތިބި މީހުން ކައިރީގައި އެ ވާހަކަ ޙާދީޘްކުރެއްވި އެވެ.
رَسُوْلُ اللهِ ﷺ، مُعاذ بن جبل (رضي الله عنه) ގަވަރނަރ ގެ ގޮތުގައި ޔަމަނަށް ފޮނުއްވި އިރު، މަދީނާގެ ރަށްބޭރުގައި އޭނާ އަށް رَسُوْلُ اللهِ ﷺ އަލްވަދާޢު ކިޔުއްވި އެވެ. ދެން އެކަލޭގެފާނު حديث ކުރެއްވި އެވެ. "ޤިޔާމަތާ ޖެހެންދެން، ތިބާ އާއި ތިމަންކަލޭގެފާނު ދެން ބައްދަލުނުވާނެ އެވެ". رَسُوْلُ اللهِ ﷺ މަދީނާ ގައި ސުވަރުގެވަޑައިގެންނެވި އރު، مُعاذ އަދި ހުންނެވީ ޔަމަނުގައެވެ.
"އޭ معاوية އެވެ! އެއް ދުވަހަކުން ތިބާ ތިމަންކަލޭގެފާނުގެ އުއްމަތުގެ حاكم ކަން ކުރައްވާ ނަމަ، ރަނގަޅު ކަންތައް ކުރާ މީހުންނަށް އިނާމު ދީފައި، ނުވައި ޢަމަލު ހިންގާ މީހުންނަށް މަޢާފުކުރައްވާށެވެ".
حديث شريف
رَسُوْلُ اللهِ ﷺ މަރުގެ ދާންމަތީ ގައި ދަރިކަނބަލުން فاطمةގެފާނާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ ގާތްތިމާގެ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ތިމަންކަލޭގެފާނާ ބައްދަލުވާނީ ކަމަނާ އެވެ". އޭގެ ހަ މަސް ފަހުން، فاطمة(رضي الله عنها)އަވަހާރަވެއްޖެ އެވެ. އެ ކަމަނާގެ ކުރިންرَسُوْلُ اللهِ ﷺ ގެ އެހެން އެއްވެސް ތިމާގެ މީހަކު އަވަހާރައެއް ނުވެއެވެ.
قيص بن شمَاس (رضي الله عنه) އާ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. "ތިބާ ރިވެތި ދިރިއުޅުމެއް އުޅެފައި މަރުވާނީ ޝަހީދެއްގެ ގޮތުގައެވެ". قيص ޝަހީދުވެވަޑައިގަތީ أبوبكر الصّدّيق (رضي الله عنه) ގެ ޚަލީފާ ކަމުގައި مُسيلَمةُ الكذّاب އާ ދެކޮޅަށް ޔަމާމާ ގައި ކުރެވުނު ހަނގުރާމައިގައެވެ.
ފާރިސީ ޝާހު ޚޮރްސޯ އާއި، ބީޒަންޓައިން އެމްޕެރަރ ގެ ބިންތައް މުސްލިމުން ފަތަޙަކުރާނެ ކަމާއި، އެ މީހުންގެ މާލިއްޔަތު ހޭދަކުރެވި މާތް ﷲ ގެ މަގުގައި ހޭދަކުރެވޭނެ ކަމުގެ އުފާވެރި ޚަބަރު رَسُوْلُ اللهِ ﷺ ދެއްވި އެވެ.
رَسُوْلُ اللهِ ﷺ ކުރިއާލާ ކިޔައިދެއްވި ގޮތުގައި، އެކަލޭގެފާނުގެ އުއްމަތުގެ މީހުން ކަނޑުގައި ހަނގުރާމަކުރަން ދާނެ ކަމަށާއި، ޞަޙާބާއެއް ކަމުގައިވާ أُمّ حرام ނަމަކަށް ކިޔާ އަންހެން ބޭކަނބަލަކު އެ ހަނގުރާމައި ބައިވެރިވާނެ އެވެ. ޚަލީފާ عُثمان بن عفّان (رضي الله عنه) ގެ ދުވަސްވަރު މުސްލިމުން ރިޔާނަގައިގެން ދަތުރުކޮށްފައި ސައިޕްރަސް އަށް ގޮސް ހަނގުރާމަކުރި އެވެ. އެ އަންހެން ކަމަނާ އެ މީހުންނާ އެކު ވިއެވެ. އެ ކަމަނާ އެ ހަނގުރާމައިގައި ޝަހީދުވިއެވެ.3
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ އިންނެވީ އުސް ތަނެއް ގައި އިށީނދެވަޑައިގެންނެވެ. އެކަލޭގެފާނާ އެކު އެތާ ތިބި މީހުންނާ ދިމާލަށް އެނބުރިވަޑައިގެންފައި حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނަށް މި ފެނިވަޑައިގަންނަވާ ކަންތައްތައް ތިބާ އަށް ފެނޭ ހެއްޔެވެ؟ ތިމަންކަލޭގެފާނު ހުވާކުރައްވާފައި މި حديثކުރައްވަނީ، ތިޔަބައި މީހުންގެ ގެދޮރާއި، މަގުތަކުގައި ބޮޑު ފިތުނައެއް ހިގާނެ ކަމަށެވެ". عُثمان بن عفّان (رضي الله عنه) ޝަހީދުކުރެވުނުދުވަސްވަރާއު، އަދި އޭގެ ފަހުން ޔަޒީދުގެ ދުވަސްވަރު މަދީނާ ގައި ބޮޑު ފިތުނަ އުފެދި؛ މަގުތަކުގައި ގިނަ ބައެއްގެ ލޭ އޮހޮރުވާލެވުނެވެ.
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ ކުރިޔަށް ވާންހުރި ކަމަކަށް އެކަލޭގެފާނު ކިޔައިދެއްވީ އެކަލޭގެފާނުގެ އަނބިކަނބަލަކު، ޚަލީފާ އާ ދެކޮޅަށް ބަޣާވަތްކުރާނެ ކަމަށެވެ. މިހެން حديث ކުރެއްވުމުން عائشة (رضي الله عنها) އެކަމާ ހުނުމުން އެކަލޭގެފާނު حديث ކުރެއްވި އެވެ. "އޭ حُميرة އެވެ!4 ތިމަންކަލޭގެފާނު ވިދާޅުވާ ބަސްފުޅު ހަނދާންނައްތާނުލާށެވެ! އެ އަންހެނުންނަކީ ކަމަނާ ކަމަށް ވެސް ވެދާނެ އެވެ". ދެން އެކަލޭގެފާނު علي بن أبي طالب (رضي الله عنه) އާ ދިމާލަށް އެނބުރިވަޑައިގެންފައި حديث ކުރެއްވި އެވެ. "އެ ކަމަނާ އާ މެދު މުޢާމަލާތްކުރެއްވުމުގެ ބާރު ކަލޭގެފާނަށް ލިބިއްޖެ ނަމަ، އެކަމާ އާ މެދު އޯގާތެރިކޮށް މުޢާމަލާތްކުރައްވާށެވެ"! عائشة (رضي الله عنها)، علي بن أبي طالب (رضي الله عنه) އާ ދެކޮޅަށް ހަނގުރާމަކުރައްވައި، ހައްޔަރުކުރެވެނީ އޭގެ ތިރީސް އަހަރު ފަހުންނެވެ. علي بن أبي طالب (رضي الله عنه) އެކަމަނާ އަށް އޯގާތެރިކަމާއި، ދައްކަވައި، އެ ކަމަނާ ބަޞަރާ އިން މަދީނާ އަށް ފޮނުއްވި އެވެ.
رَسُوْلُ اللهِ ﷺ، مُعاوِية بن أبي سُفيان (رضي الله عنه) އާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "އެއް ދުވަހަކުން ތިބާ ތިމަންކަލޭގެފާނުގެ އުއްމަތުގެ حاكم ކަން ކުރައްވާ ނަމަ، ރަނގަޅު ކަންތައް ކުރާ މީހުންނަށް އިނާމު ދީފައި، ނުވައި ޢަމަލު ހިންގާ މީހުންނަށް މަޢާފުކުރައްވާށެވެ"! ޚަލީފާ عُمر އަދި ޚަލީފާ عُثمان (رضي الله عنه) ގެ ދުވަސްވަރު، مُعاوِية بن أبي سُفيان (رضي الله عنه) ހުންނެވީ ވިހި އަހަރު ވަންދެން ދިމިޝްޤުގެ ގަވަރނަރަކަށެވެ. އަދި އޭގެ ފަހުން ޚަލީފާގެ ގޮތުގައި ވިހި އަހަރު އޭނާ ޚިދުމަތްކުރެއްވި އެވެ.
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "مُعاوِية އެއްގޮތަކަށް ވެސް ބަލިނުކުރެވޭނެ އެވެ". މި حديثގެ ޚަބަރު علي بن أبي طالب (رضي الله عنه) އަށް ލިބިވަޑައިގަތުމުން ވިދާޅުވި އެވެ. "ތިކަން އަހަންނަށް ކުރިން އެނގުނު ނަމަ، مُعاوِية بن أبي سُفيان (رضي الله عنه) އާ އަހުރެން ހަނގުރާމަ ނުކުރީމުހެވެ".
رَسُوْلُ اللهِ ﷺ، عمّار بن ياسر (رضي الله عنه) އާ މުޚާޠަބުކުރައްވާ حديث ކުރެއްވި އެވެ. "ތިބާ ޤަތުލުކޮށްލާނީ، ބާޣީންނެވެ". ޙަޤީޤަތުގައި ވެސް، އޭނާ އާއި علي بن أبي طالب (رضي الله عنه)، مُعاوِية بن أبي سُفيان (رضي الله عنه) އާ ހަނގުރާމަކުރައްވަމުން ގެނަދަވަނިކޮށް عمّار ޝަހީދުވިއެވެ.
އެކަލޭގެފާނުގެ އަންހެން ދަރިކަނބަލުން فاطمةގެފާނުގެ ދަރިކަލުން حسن (رضي الله عنهما) އާ ބެހޭގޮތުން رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނުގެ މި ދަރިކަލުންނަކީ، ރަނގަޅުކަމުގެ މަޞްދަރެވެ. މުސްލިމުންގެ ބޮޑު ދެ ލަޝްކަރުގެ ދެމެދުގައި ޞުލްޙަ ޤާއިމްވެގެން ދިއުމުގެ ސަބަބަކަށް الله تعالى އޭނާ ލައްވާނެ އެވެ". އޭގެ އަހަރުތަކެއް ފަހުން، އޭނާ އާ ދެކޮޅަށް ބޮޑު ލަޝްކަރަކާ އެކު ހަންގުރާމަކުރައްވަން އުޅުއްވަނިކޮށް، އޭނާ އެކަން ދޫކޮށްލައްވައި، މުސްލިމުންގެ މެދުގައި ފިތުނަވެރިކަން އުފެދުން ހުއްޓުވުމަށް ޓަކައި، ޚަލީފާއަކަށް ވެވަޑައިގަތުމުގެ ޚިޔާލު ދޫކޮށްލައްވައި، مُعاوِية بن أبي سُفيان (رضي الله عنه) އާ ޚަލީފާކަން ހަވާލުކުރެއްވި އެވެ.
رَسُوْلُ اللهِ ﷺ ޙިޖާމާ ކުރެއްވި ފަހުން، އެކަލޭގެފާނުގެ ލޭފޮދު عبدالله بن زبير (رضي الله عنه) ހިއްޕެވި އެވެ. މި މަންޒަރު رَسُوْلُ اللهِ ﷺ އަށް ފެނިވަޑައިގަތުމުން حديث ކުރެއްވި އެވެ. "މީސްތަކުންގެ ފަރާތުން ތިބާ އަށް ގެއްލުންވާނެ ކަންތައްތައް އެނގޭ ހެއްޔެވެ؟ އެ މީހުންނަށް ތިބާގެ ފަރާތުން ވަރަށް ބޮޑަށް ގެއްލުންވާނެ އެވެ. ނަރަކައިގެ އަލިފާނުން ތިބާ އަންދައެއް ނުލެވޭނެ އެވެ". މައްކާ ގައި ޚަލީފާކަން عبدالله بن زبير (رضي الله عنه) އިޢުލާންކުރެއްވުމުން، عبدالملك بن مروان ބޮޑު ލަޝްކަރަކާ އެކު ޙައްޖާޖު ބޮޑު ލަޝްކަރަކާ އެކު ދިމިޝްޤުން މައްކާ އަށް ފޮނުއްވި އެވެ. އެ މީހުން عبدالله بن زبير (رضي الله عنه) ހިފައި ހައްޔަރުކޮށް އަވަހާރަކޮށްލި އެވެ.
އެއް ދުވަހަކު، عبد الله بن عبّاس ގެ މަންމާފުޅާ ދިމާލަށް ބަލަހައްޓަވައިގެން ހުންނަވާ رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ.! "ކަމަނާ އަށް ފިރިހެން ދަރިކަލަކު ލިބޭނެ އެވެ. އެކުއްޖާ ވިހެއުމުން އޭނާ ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ"! ފަހުން، ދަރިފުޅު ވިހޭ ފަހުން، އެ ކުއްޖާ رَسُوْلُ اللهِ ﷺ ގެ އަރިހަށް ގެނައެވެ. އެ ކުއްޖާގެ ކަންފަތް ދޮށުގައި ބަންގި އާއި އިޤާމާ ކިޔުއްވުމަށް ފަހު އެ ކުއްޖާގެ އަނގައިގެ ތެރެއަށް އެކަލޭގެފާނުގެ ބަރަކާތްތެރު ކުޅު އެޅުއްވި އެވެ. އެކުއްޖާ އަށް އެކަލޭގެފާނު عبدالله މި ނަން ދެއްވައި، އޭނާގެ މަންމަ އަތަށް ދެއްވުމަށް ފަހު حديث ކުރެއްވި އެވެ. "ކަމަނާ އާ އެކު ޚަލީފާއިންގެ ބައްޕަ ގެންދާށެވެ"! ކުއްޖާގެ ބައްޕަ އަށް މި ވާހަކަ އަޑުއިވުމުން، އޭނާ ގެ އަރިހަށް ވަޑައިގެން އެހެން حديث ކުރެއްވި ތޯ އެއްސެވި އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "އާނއެކެވެ! ތިމަންކަލޭގެފާނު އެހެން حديثކުރެއްވީމެވެ. އެ ކުއްޖާ އަކީ ޚަލީފާއިންގެ ބައްޕާ އެވެ. އޭގެ ތެރޭގައި، سفّاح އާއި، مهدي އާއި، عيسى عليه السّلام އާ އެކު ނަމާދުކުރާނެ މީހަކު ވާނެ އެވެ". ޢައްބާސީ ދައުލަތުގައި ގިނަގުނަ ޚަލީފާއިން ވެރިކަން ކުރެއްވި އެވެ. އެ އެންމެންނަކީ عبدالله بن عبّاس ގެ ދަރިފަސްކޮޅުގެ މީހުންނެވެ.
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން رافضي ންނޭ ކިޔޭ ބަޔަކު ފާޅުވާނެ އެވެ. އެ މީހުން އިސްލާމް ދީން ދޫކޮށްލާނެ އެވެ".
"އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! މި މީހާ ދީނުގައި މޮޅު ޢިލްމުވެރިޔަކަށް އަދި ޙިކްމަތްތެރިޔަކަށް ހައްދވާދޭވޭ! އޭނާ އަށް ކީރިތި قرآن ގެ ޢިލްމު ދެއްވާދޭވެ".
حديث شريف
رَسُوْلُ اللهِ ﷺ ވަނީ، އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ދުޢާކޮށްދެއްވާފަ އެވެ؛ އެ ހުރިހާ ދުޢާތަކެއް ވެސް އިޖާބަކުރައްވައި، އޭގެ ފައިދާތައް ވެސް ވަނީ ލިބިގެން ގޮސްފައެވެ.
علي بن أبي طالب (رضي الله عنه) ރިވާކުރައްވާފައި ވެއެވެ.: رَسُوْلُ اللهِ ﷺ ބޭނުންފުޅުވީ، ޤާޟީއެއްގެ ގޮތުގައި އަހަރެން ޔަމަނަށް ފޮނުއްވާށެވެ. އަހަރެން ދެންނެވީމެވެ. "މާތް ﷲ ގެ ރަސޫލާ ﷺ އެވެ! ޤާޟީއެއްގެ ގޮތުގައި އުޅެން އަޅުގަނޑަކަށް ނޭނގެއެވެ"! އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅު އަހަރެންގެ މޭމަތީގައި ބާއްވަވާފައި ދުޢާކުރެއްވި އެވެ. "ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އޭނާގެ ހިތުގައި ރަނގަޅު ކަންތައްތައް ލައްވާދޭވެ! އަބަދު ވެސް ތެދު ބުނުމުގެ ސިފަ އޭނާ އަށް ދެއްވާދޭވެ". އޭރުއްސުރެން ފެށިގެން، އަހަރެންނާ ހަމަޔަށް އަންނަ ޝަކުވާތަކުގެ ތެރެއިން ޞައްޙަ ކަންތައް އަހަންނަށް އިޙްސާސްކުރެވެއެވެ. އަދި އަހަރެންގެ ޙުކުމް އަބަދު ވެސް ޞައްޙަ އެވެ.
ސުވަރުގެ ވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު رَسُوْلُ اللهِ ﷺ ދެއްވި ދިހަ ބޭކަލުންނަށް ކިޔެނީ "العَشرَةُ المُبشَّرة" އެވެ. سعد بن أبي وقّاص (رضي الله عنه) އަކީ އޭގެ ތެރެއިން އެކެކެވެ. أُحد ހަނގުރާމައިގެ ތެރޭގައި، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި އެވެ. رَبَُ"! އޭރުން ފެށިގެން، ގެ ކޮންމެ ދުޢާއެއް އިޖާބަކުރެވުނެވެ. އަދި އޭނާ ފޮނުއްވި ކޮންމެ ދުންޏެއް ޢަދުއްވުންގެ ލަޝްކަރަށް އެރި އެވެ.
رَسُوْلُ اللهِ ﷺ ގެ އަތްޕުޅު، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު ގެ ދަރިކަލުން عبدالله بن عبّاس ގެ ނިތްކުރީގައި ޖައްސާލެއްވުމަށް ފަހު حديث ކުރެއްވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! މި މީހާ ދީނުގައި މޮޅު ޢިލްމުވެރިޔަކަށް އަދި ޙިކްމަތްތެރިޔަކަށް ހައްދވާދޭވޭ! އޭނާ އަށް ކީރިތި قرآن ގެ ޢިލްމު ދެއްވާދޭވެ"! އޭރުއްސުރެން ފެށިގެން عبدالله بن عبّاس އަކީ އޭނާގެ ޒަމާނުގައި ހުރިހާ ޢިލްމެއް ގައި، ޚާއްޞަކޮށް تفسير އާއި، حديث އާއި، فقــه ޢިލްމުގައި އެފަދަ ދެވަނައެއް ނެތް ފަދަ ބޭފުޅަކަށް ވެއްޖެ އެވެ. ޞަޙާބީންނާއި، ތާބިޢީން، އޭނާގެ އަރިހުން ހުރިހާ އެއްޗެއް އުނގެނުނެވެ. "ترجمان القرآن"، "بَحرُ العِلم"، އަދި "رَئِيسُ المُفَسِّرِين" މި ނަންނަމުން އޭނާ މަޝްހޫރުވެގެންދިޔަ އެވެ. އިސްލާމީ ޤައުމުތަކުގައި އޭނާގެ ދަރިވަރުން ގިނަ ޢަދަދަކަށް ތިއްބެވެ.5
رَسُوْلُ اللهِ ﷺ ގެ ނޯކަރެއް ކަމުގައިވާ أنس بن مالك (رضي الله عنه) އަށް އެކަލޭގެފާނު އަންނަނިވި ދުޢާކުރެއްވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އޭނާ އަށް ވަރަށް ގިނައިން މުއްސަނދިކަމާއި، ދަރިން ދެއްވައި، ދިގު ޢުމުރެއް ދެއްވައި، އޭނާގެ ފާފަތައް ފުއްސަވާދޭވެ"! ވަގުތު ފާއިތުވީ ވަރަކަށް، أنس بن مالك (رضي الله عنه) ގެ މުއްސަނދިކަން އިތުރުވަމުންދިޔަ އެވެ. އޭނާގެ ބަގީޗާތަކުގައި ގިނަ ޢަދަދެއްގެ މޭވާ ކޮންމެ އަހަރަކު ވެސް އެޅިވެ. އޭނާގެ އަށް ގިނަ ޢަދަދެއްގެ ދަރިން ލިބުނެވެ. އޭނާ ސަތޭކަ ދިހަ އަހަރު ވަންދެން ދުނިޔޭގައި ދިރި ހުންނެވި އެވެ. އޭނާގެ ޢުމުރުގެ ފަހުކޮޅު، އޭނާ ވިދާޅުވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އިބަ ސުވަމީންގެ حَبِيْبُ އަޅުގަނޑަށް ދުޢާކޮށްދެއްވި ތިން ކަމެއް އިބަ ސުވާމީންގެ ވަނީ އިޖާބަކުރައްވާފައެވެ. އިބަ ރަސްކަލާނގެ ހަތަރުވަނަ ކަންތައް އިޖާބަކޮށްދެއްވައި، އަޅުގަނޑުގެ ފާފަތައް ފުއްސަވާދެއްވާނަން ތޯ އަޅުގަނޑުގެ ހިތަށް އަރައެވެ"؟ ކޮންމެވެސް އަޑަކުން ބުނާ އަޑު އިވުނެވެ. "އަހަރެން ހަތަރުވަނަ ކަންތައް އިޖާބަކޮށްފީމެވެ. ތިބާގެ ހިތަށް ތަސައްލީއެއް ލިބިގަންނާށެވެ"!
رَسُوْلُ اللهِ ﷺ، مالك بن ربيعة އަށް ޓަކައި އަންނަނިވި ދުޢާކުރެއްވި އެވެ. "ތިބާ އަށް ގިނަ ދަރިން ދެއްވާދޭވެ"! مالك އަށް އަށްޑިހަ ދަރިން ލިބުނެވެ.
ވަރަށް ބޮޑަށް މަޝްހޫރުވި ޅެންވެރިއެއް ކަމުގައިވާ نابِغَة އުޅުއްވި އެވެ. އޭނާގެ ބައެއް ޅެންތައް އޭނާ ކިޔުއްވުމުން، ޢަރަބިންގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރިފައިވި رَسُوْلُ اللهِ ﷺ އަންނަނިވި ދުޢާކުރެއްވި އެވެ. "الله تعالى، ތިބާގެ ދަތްތައް ފައިބާ ގޮތް ނަހައްދަވާދޭވެ"! نابِغَة ގެ ޢުމުރުން އޭރު ސަތޭކަ އަހަރެވެ. އަދި އޭނާގެ ދަތްތައް ހުދުވެފައި ސާފެވެ. އަދި އެތުރިފައިވީ އިތާމުތްތަކެއް ފަދައިންނެވެ.
رَسُوْلُ اللهِ ﷺ، عُروة بن جُعْدُ އަށް ޓަކައި އަންނަނިވި ދުޢާކުރެއްވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އޭނާގެ ވިޔަފާރި ފައިދާހުރި އެއްޗަކަށް ހައްދާވާދޭވެ"! عُروة ވިދާޅުވި އެވެ. "އޭރުއްސުރެން ފެށިގެން، އަހަރެން ކުރި ހުރިހާ ވިޔަފާރިއަކުން ފައިދާވިއެވެ. އަހަންނަށް ގެއްލުމެއް ނުވެއެވެ".
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ ގެ ދަރިކަނބަލުން فاطمة (رضي الله عنها) އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތެވެ. ބަނޑުހައިފުޅުވެގެން ގޮސް އެކަމަނާ ހުންނެވީ ހަށިކޮޅުގެ ކުލަ ފަނޑުވެފައެވެ. އެކަލޭގެފާނުގެ އަތްޕުޅު އެ ކަމަނާގެ މޭފުޅުގައި ޖައްސަވާފައި އަންނަނިވި ދުޢާކުރެއްވި އެވެ. "ބަނޑުހައިކަންމަތީ ތިބޭ މީހުންގެ ބަނޑުފުރާނަ މުއްތިކުރައްވާ އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! مُحمّدُ ގެ ދަރިކަނބަލުން فاطمة ބަނޑުހައިކަން މަތީ ދޫކޮށްނުލައްވާދޭވެ"! فاطمةގެފާނުގެ މޫނުފުޅު ވަގުތުން ފިނިފެންކުލަޔަށް ބަދަލުވެ ދިރުން ލިބިއްޖެ އެވެ. އޭގެ ފަހުން އެކަމަނާ އަވަހާރަ ވަންދެން ބަނޑޫހައިހޫނުކަމެއް އިޙްސާސް ނުކުރެވެއެވެ.
'العَشرَةُ المُبشَّرة'ގެ ތެރެއިން ބޭކަލެއް ކަމުގައިވާ عبدالرّحمن بن عوف އަށް ބަރަކާތް ލެއްވުން އެދިވަޑައިގެން رَسُوْلُ اللهِ ﷺ ދުޢާކުރެއްވި އެވެ. އޭނާގެ މުއްސަނދިކަން އިތުރުވީލެއް ގިނަކަމުން، އޭނާ ވެގެންދިޔައީ އެންމެ މުއްސަނދިންގެ ތެރޭގައެވެ.
رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ކޮންމެ ނަބީއެއްގެ ދުޢާ އިޖާބަކުރެވިގެން ވެއެވެ. ކޮންމެ ނަބީއެއް ވެސް އެ ބޭކަލެއްގެ އުއްމަތަށް ދުޢާކުރެއްވި އެވެ. އެކަމަކު، ތިމަންކަލޭގެފާނު ދުޢާކުރައްވަނީ، ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނުގެ އުއްމަތަށް ޝަފާޢަތް ލެއްވުމުގެ އިޒުނަ ދެއްވުމަށެވެ. މާތް ﷲ ގެ އިރާދަފުޅުން، ތިމަންކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވާނެ އެވެ. މުޝްރިކުންނަށް ނުވާ އެންމެންނަށް ތިމަންކަލޭގެފާނު ޝަފާޢަތް ދެއްވާނަމެވެ".
رَسُوْلُ اللهِ ﷺ މައްކާގެ ބައެއް އަވަށްތަކަށް ވަޑައިގެން، އެމީހުން އިސްލާމް ދީން ޤަބޫލުކުރޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. އެބައި މީހުން ޤަބޫލުނުކުރީ އެވެ. އެކަލާނގެ ނަބިއްޔާ يوسف (عليه السّلام) ގެ ދުވަސްވަރު މިޞްރަށް އައި ފަދަ ތަދުމަޑުކަމެއް ޖެއްސެވުމަށް އެކަލޭގެފާނު ދުޢާކުރެއްވި އެވެ. އެ އަހަރު އެ މީހުންނަށް ތަދުމަޑުކަމެއް ޖެހި، މުޅަމަސް ކާ ހިސާބަށް ކަންތައް ދިޔައެވެ.
رَسُوْلُ اللهِ ﷺ ގެ ބޮޑުބޭބޭ أبو لهب ގެ ފިރިހެންދަރި عُتَيبة رَسُوْلُ اللهِ ﷺ ގެ ދަނބިދަރިފުޅަށް ވިޔަސް، އޭނާ ހަމައެކަނި އިސްލާމް ދީން ޤަބޫލުނުކުރުމުގައި ދެމިހުރުމުގެ އިތުރަށް، رَسُوْلُ اللهِ ﷺ އަށް ބޮޑު ހިތާމަވެރިކަން ގެނައެވެ. އޭނާ، رَسُوْلُ اللهِ ﷺ ގެ ލޮބުވެތި ދަރިކަނބަލުން أُمُّ كُلثُوم ވަރިކުރި އެވެ. އޭނާ ހުތުރުވެގެންވާ ބަސްތައް ބުނެހެދި އެވެ. ވަރަށް ބޮޑަށް ހިތާމަފުޅު ކުރައްވައި، އަންނަނިވި ދުޢާކުރެއްވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އިބަރަސްކަލާނގެ ކުއްތާތަކުގެ ތެރެއިން ކުއްތާއެއް އޭނާގެ މައްޗަށް ފާކުރައްވާދޭވެ"! ވިޔަފާރި ދަތުރެއް ގައި عُتَيبة ދިމިޝްޤަށް ދިޔަ ފަހަރެއް ގައި އޭނާ، އޭނާގެ އެކުވެރިންނާ އެކު އެއް ރޭ ނިދާފައި އޮތެވެ. ސިންގާއެއް އައިސް އެ ގްރޫޕްގެ އެންމެންގެ ވަސް، މީހަކަށް ފަހު މީހެއް، ބަލަމުން ގޮސް، عُتَيبة އާ ޖެހުނީމާ، އޭތި އޭނާ ޖަހައިގަނެގެން އޭނާ ވީދާ ކުދިކުދިކޮށްލައިފި އެވެ.
ކޮންމެވެސް މީހަކު ކަމުންދިޔައީ އޭނާގެ ވާތުންނެވެ. رَسُوْلُ اللهِ ﷺ އޭނާ އާ މުޚާޠަބުކުރައްވައި حديث ކުރެއްވި އެވެ. "ތިބާގެ ކަނާތުން ކާށެވެ". އެ މީހާ ދޮގުހަދާފައި ބުންޏެވެ. "އަޅުގަނޑުގެ ކަނާތް ޙަރަކާތެއް ނުކުރެއެވެ". رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ކަލޭގެ ކަނާތް ދެން މީގެ ފަހުން ޙަރަކާތްނުކުރާހުށި ކަމެވެ".6 އޭގެ ފަހުން، އެ މީހާ މަރުވަންދެން އޭނާގެ ކަނާތް ޙަރަކާތެއް ނުކުރެވެއެވެ.
رَسُوْلُ اللهِ ﷺ، ފާރިސް ކަރައިގެ ޝާހު ޚުސްރޫ ޕަރުވޭޒު އަށް، އިސްލާމް ދީނަށް ދަޢުވަތުދެއްވައި ސިޓީއެއް ފޮނުއްވި އެވެ. ގޮތެއްފޮތެއް ނެތް ޚުސްރޫ އެ ސިޓީ ވިދާލައި، އެ ސިޓީ ހިފައިގެންދިޔަ މަންދޫބު ޝަހީދުކޮށްލައިފި އެވެ. رَسُوْلُ اللهِ ﷺ އަށް މި ޚަބަރު ލިބިވަޑައިގަތުމުން، އެކަލޭގެފާނު އެކަމާ ވަރަށް ހިތާމަކުރައްވައި حديث ކުރެއްވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އޭނާ އަޅާގެ ސިޓީ ވީދާލި ގޮތަށް އޭނާގެ މުދާ ކުދިކުދިކުރައްވާފާދޭވެ"! ޚުސްރޫގެ ދަރި ކަވަދު ޚަންޖަރެއް ޖަހާ އޭނާ މަރާލި އިރު، ދުނިޔޭގައި ހުންނެވި އެވެ. އަދި ފަހުން، ޚަލީފާ عُمر (رضي الله عنه) ގެ ދުވަސްވަރު، މުސްލިމުން ފާރިސްކަރަ އެއްކޮށް ފަތަޙަކުރި އެވެ. އަދި ޚުސްރޫގެ މުދަލެއް ވެސް އަދި ދަރިކޮޅެއް ވެސް ދެމިގެން ގޮސްފައެއް ނުވެއެވެ.
رَسُوْلُ اللهِ ﷺ މީސްތަކުންނަށް އިރުޝާދު ދެއްވައި، ހެޔޮ ކަންތަކަށް އަމުރުކުރައްވައި، ނުބައި ކަންތައް ނަހީކުރައްވަމުން ގެންދެވި އިރު، ގޮތެއްފޮތެއް ނެތް މީހެއް ކަމަށް ވާ مروان ގެ ބައްޕަ ކަމުގައިވާ هقم بن عاص ދިޔައީ رَسُوْلُ اللهِ ﷺ ގެ ފަސްފަހަތުން، ޖެއްސުންކުރާ ފާޑަށް އެސްފިޔަޖަހަމުން، މޫނު މައްޗަށް ހުތުރު ވައްތަރުޖައްސަމުންނެވެ. رَسُوْلُ اللهِ ﷺ ފަހަތަށް އެނބުރި ވަޑައިގެންނެވި އިރު، އޭނާގެ ހުތުރު ސިފަ ފެނިވަޑައިގެން حديث ކުރެއްވި އެވެ. "ކަލޭ ތި ފާޅުވި ގޮތަށް ކަލޭ ދަމަހައްޓަވާށިއެވެ"! އޭނާ މަރުވަންދެން،އޭނާގެ މޫނު ހުރީ އެ ގޮތަށެވެ.
الله تعالى އަބަދު ވެސް އެކަލާނގެ ޙަބީބު رَسُوْلُ اللهِ ﷺ ދަތިކަންތައްތަކުން ސަލާމަތްކޮށްދެއްވި އެވެ. رَسُوْلُ اللهِ ﷺ ގެ އެންމެ ބޮޑު ޢަދާވާތްތެރިޔަކީ أبو جهل އެވެ. އެއް ދުވަހަކު، رَسُوْلُ اللهِ ﷺ ގެ އިސްތަށިފުޅު މައްޗަށް ބޮޑު ހިލައެއް ވައްޓާލަން ހިއްލާލިތަނާ رَسُوْلُ اللهِ ﷺ ގެ ދެ ކޮނޑުފުޅު މަތީ ގައި ދެ ހަރުފަ އޮތް ތަން އޭނާ އަށް ފެނި ދުވެ ރައްކާވެއްޖެ އެވެ.
"އޭ رسول އާއެވެ! ﷲ މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރިކުރައްވާނެތެވެ".
المائدة: 67
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ ގެފުޅު ކައިރީ ގައި ނަމާދުކުރައްވަމުން ގެންދަވަނިކޮށް، ނުބައިވެގެންވާ أبو جهل އެ ފުރުޞަތުގެ ބޭނުންކޮށް، އެކަލޭގެފާނާ ދިމާލަށް ވަޅިއެއް ހިފައިގެން ދަމުން ގޮސް، އެކަމަކު ކުއްލިއަކަށް އެނބުރިގެންފައި، ދުވެ ރައްކާވެއްޖެ އެވެ. އޭގެ ފަހުން އޭނާގެ އެކުވެރިން އޭނާ ގާތުން އޭނާ ބިރުގަތީ ކީއްވެގެން ތޯ ސުވާލުކުރުމުން އޭނާ އޮޅުންފިލުވައިދިނީ އަންނަނިވި ގޮތަށެވެ. "مُحمّد ގެފާނާއި އާ އަހަންނާ ދެމެދު އަލިފާން ހިފާފައި ހުރި ވަޅުގަނޑެއް އަހަންނަށް ފެނުނެވެ. ގިނަ ބަޔަކު އަހަރެންގެ އިންތިޒާރުގައި ތިއްބެވެ. އަހަރެން އެންމެ ފިޔަވަޅެއް ކުރިޔަށް އެޅި ނަމަވެސް، އެ މީހުން އަހަރެން އަތުލައިގަނެ އެ އަލިފާންގަނޑަށް އެއްލައިލީހެވެ". މުސްލިމުންނަށް މި ޚަބަރު ލިބުމުން އެ ކަން ގެ އަރިހުން ސުވާލު ދެންނެވުމުން، حديث ކުރެއްވި އެވެ. "الله تعالى ގެ މަލާއިކަތުން އޭނާ ހިފަހައްޓަވައި، އޭނާ ކުދިކުދިކޮށްލެއްވީހެވެ".
ހިޖުރައިން ހަތަރު ވަނަ އަހަރު، ޔަހޫދީ ޤަބީލާ بني النّضير ވަންހައިގެ ކިއްލާއެއްގެ ފާރު ދަށުގައި އެކަލޭގެފާނުގެ އަޞްޙާބުންނާ ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް، ޔަހޫދީއަކު ބޭނުންވީ ބޮޑު ހިލައެއް މަތިން ވައްޓާލުމަށެވެ. އޭނާ އެ ހިލަނަގަން ދިއުމުން އޭނާގެ ދެ އަތް ވެސް ވާވީ އެވެ.
ދުރު ހިސާބުތަކުން ޖަމާޢަތް ޖަމާޢަތަށް މީހުން އިސްލާމްވުމަށް އަންނަން ފެށީ ހިޖުރައިން ނުވަ ވަނަ އަހަރުގައެވެ. ދެ ކާފަރުން ކަމުގައިވާ އާއި، عامر އާއި أرباد ދެ މީހުން މީސްތަކުންގެ ތެރެއަށް ވަދެ އެ މީހުންނާ މަސްހުނިވެއްޖެ އެވެ. رَسُوْلُ اللهِ ﷺ ގެ އަރިހުގައި عامر އޭނާ އަކީ އިސްލާމް ވެއްޖެ ކަމަށް ދަންނަވަމުންދިޔަ އިރު، أرباد ވަނީ رَسُوْلُ اللهِ ﷺ ގެ ފަހަތްޕުޅުން ދެމިހަނެގެން ގޮސް އޭނާގެ ކަނޑި އުރައިނަގަން މަސައްކަތްކޮށްފައެވެ. އެވަގުތު އޭނާގެ ދެ އަތް ވާވެއްޖެ އެވެ. عامر އިޝާރާތުން އޭނާ ކައިރީގައި "ކަލޭ ފަސްޖެހެނީ ކީއްވެ"؟، މިކަހަލަ ގޮތަކަށް އެހުމުން، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "الله تعالى ވަނީ ކަލޭމެން ދެ މީހުންގެ ދީފާނެ ހާނީކައަކުން ތިމަންކަލޭގެފާނު ރައްކާތެރިކުރައްވާފަ އެވެ". އެ މީހުން އެ ތަނުން ދިޔަ ވަގުތު أرباد ގާތުގައި އޭނާގެ ވަޢުދު ނުފުއްދީ ކީއްވެގެން ހޭ، عامر އެހިއެވެ. أرباد އަންނަނިވި ޖަވާބު ދިނެވެ. "އަހަންނަށް އެކަން ވެވޭނީ ކިހިނެއް ތަ؟ އަހަރެންގެ ކަނޑި އުރައިން ދަމައިގަތުމަށް ވަރަށް ގިނަ ފަހަރު އުޅުނީމެވެ. އެއިން ކޮންމެ ފަހަރަކު، ދެމެދުން އަހަންނަށް ފެންނަނީ ކަލެއެވެ". މަދު ދުވަސްތަކެއް ފަހުން، އަވިދީފައިއޮތް ދުވަހަކު، ކުއްލިއަކަށް އުޑުމަތި ވިލާތަކުން ފުރި، أرباد އާއި އޭނާގެ ޖަމަލަށް ވިދުޖަހައި މަރުވެއްޖެ އެވެ.
އެއް ދުވަހަކު، ވުޟޫކުރައްވައި، ފައިވާނުގެ އެއްކިބަ ތުރުކުރައްވައި، އަނެއް ކިބަޔަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް، އައިގޮތަށް އައި ދޫންޏެއް އެ ކިބަ ޖަހައިގަނެގެން ގޮސް ވައިގެ ތެރޭގައި އޭތި އަޅުވާލައިފި އެވެ. އެއިން ވެއްޓުނީ ހަރުފައެކެވެ. އެ ދޫނި އެ ފައިވާން ކިބަ ބިން މައްޗަށް ވައްޓާލާފައި އުދުހިގެން ހިނގައްޖެ އެވެ. އެ ދުވަހުން ފެށިގެން، ފައިވާނަށް އެރުމުގެ ކުރުމުގެ އެ ތަޅުވާލުމަކީ ސުންނަތެކެވެ.
رَسُوْلُ اللهِ ﷺ ވަނީ ހަނގުރާމަތަކާއި، ސަޙަރާތަކުގައި އެކަލޭގެފާނު ޙިމާޔަތްކުރުމަށް ޓަކައި އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން ފާރަވެރިން ޢައްޔަންކުރައްވާފަ އެވެ. ކީރިތ قرآن ގެ سورة المُلك ގެ 8 ވަނަ އާޔަތުގައި ބަޔާންކުރައްވާފައެވެ. ކީރިތި قرآن ގެ المائدة سورة ގެ 67 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ ۚ وَاللَّهُ يَعْصِمُكَ مِنَ النَّاسِ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ ﴿٦٧﴾) * المائدة: 67) މާނައީ: "އޭ رسول އާއެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި آية ތައް ކަލޭގެފާނު އިއްވަވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވި ނަމަ، ކަލޭގެފާނު އެކަލާނގެ رسالة އިއްވެވި ކަމަކަށް ނުވާނެ އެވެ. އަދި ﷲ މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރިކުރައްވާނެތެވެ. ހަމަކަށަވަރުން كافر ވި މީސްތަކުންނަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ". ޢަދުއްވުންގެ މެދުން ހިނގަވާފައި އުޅުއްވައި، އެއްވެސް ބިރުވެރިކަމެއް އިޙްސާސްކުރެއްވުމެއް ނެތި ގިނިކަންޏާ އަވަހާރަފުޅުލައްވައެވެ.
أنس بن مالك (رضي الله عنه) ރިވާކުރައްވާފައި ވެއެވެ.: "رَسُوْلُ اللهِ ﷺ ގެ އަތްޕުޅު ގައި އެކަލޭގެފާނުގެ މޫނުފުޅު ފުއްސަވަން ރުމާލެއް ގެންގުޅުއްވި އެވެ. އެ ރުމާލުން އެކަލޭގެފާނުގެ މޫނުފުޅު ފުއްސެވުމަށް ފަހު، މިލަވުމުން އަލިފާނަށް ލައްވަވައެވެ. އެގޮތަށް ހެއްދެވުމުން މިލަތައް އަނދައިގެން ގޮސް ރުމާލު ނައަނދައި، އެކަމަކު ސާފުވެއެވެ".
رَسُوْلُ اللهِ ﷺ ފެން ހިއްޕެވީ ވަޅަކުން ނެގޭ ފެން ބާލިދީއަކުންނެވެ. ދެން ބާކީ ހުންނަ ފެން އަލުން ވަޅަށް އަޅުއްވައެވެ. އޭރުއްސުރެން ފެށިގެން އެ ވަޅުން ދުވަނީ ގޮމަކަސްތޫރީގެ ވަހެވެ.
އާރޓިކާރިޔާ ނަމަކަށް ކިޔޭ ބައްޔެއް عُروة بن فرقد (رضي الله عنه) ގެ ހަށިކޮޅު ގައި ފެތުރިއްޖެ އެވެ. އޭނާގެ ހެދުން ބޭލުއްވުމަށް ފަހު އެކަލޭގެފާނުގެ އަމިއްލަފުޅު އަތްޕުޅަށް ކުޅު ޖެއްސެވުމަށް ފަހު އެކަލޭގެފާނުގެ އަތްޕުޅުން އޭނާގެ ހަށިގަނޑު ގައި ކޭއްތެވި އެވެ. ބަލިމީހާ ރަނގަޅުވިއެވެ. އޭނާގެ ހަށިގަނޑުން ދުވީ ގޮމަކަސްތޫރީގެ ވަހެވެ. އެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ކުރިޔަށް ދިޔައެވެ.
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ ނަމާދުކުރައްވަމުން ގެންދަވަނިކޮށް، ޝައިޠާނާ އައިސް، އެކަލޭގެފާނުގެ ނަމާދަށް ހުރަސް އަޅައި މެދުކަނޑުވާލަން މަސައްކަތްކުރި އެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ދެ އަތްޕުޅުން ޝައިޠާނާ ހިފެހައްޓެވުމަށް ފަހު ދޫކޮށްލެއްވީ، އޭނާ އަލުން އެކަލޭގެފާނުގެ ނަމާދުކުރެއްވުމަށް ހުރަސް ނޭޅުމަށް ވަޢުދުވުމުންނެވެ.
މަދީނާގައި ތިބި މުނާފިޤުންގެ ވެރިޔާ، عبدالله بن أًبَيًّ بن سَلُول އޭނާގެ މަރު ގާތްވުމުން މަދީނާ އަށް އައިސް އަށް އާދޭސް ދެންނެވީ އަންނަނިވި ފަދައިންނެވެ. "ކަލޭގެފާނު ތުރުކުރައްވައިގެން ތި ހުންނެވި ގަމީހުން އަޅުގަނޑަށް ކަފުނެއް ތައްޔާރުކޮށްދެއްވުން އެދެމެވެ. އެކަލޭގެފާނުގެ އަރިހުން އެދެވޭ ކޮންމެ އެއްޗެއް ދެއްވުމަކީ، އެކަލޭގެފާނުގެ އާދަޔަކަށް ވެފައިވުމާ އެކު، އެކަލޭގެފާނުގެ ގަމީސްކޮޅު އޭނާ އަށް ދެއްވައިފި އެވެ. އޭނާ މަރުވުމަށް ފަހު އޭނާގެ މައްޗަށް ޖަނާޒާ ނަމާދު ވެސް އެކަލޭގެފާނު ކުރެއްވި އެވެ. رَسُوْلُ اللهِ ﷺ ގެ މި ދީލަތިކަން ކަމުގޮސްގެން މަދީނާގެ އެއް ހާސް މުނާފިޤުން އިސްލާމްވިއެވެ.
ޤުރައިޝު ވަންހައިގެ ކާފަރުންގެ ތެރެއިން އެހެން މީހުންނަށް ވުރެ ބޮޑަށް وليد بن مُغيرة، عاص بن وائل، حارث بن قيص، أسود بن يغوث، أسود بن مطّلب ވަނީ رَسُوْلُ اللهِ ﷺ އަށް އަނިޔާކުރުމުގައި އެކަކު ވެސް ނުދާ ހިސާބަށް ގޮސްފައެވެ.جبريل (عليه السّلام) ވަޑައިގެން سورة الحجر ގެ 95 ވަނަ އާޔަތް ބާވައިލެއްވި އެވެ. ކީރިތި قرآن ގެ الحجر سورة ގެ 95 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (إِنَّا كَفَيْنَاكَ الْمُسْتَهْزِئِينَ ﴿٩٥﴾) * الحجر: 95) މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނަށް ފުރައްސާރަކުރާ މީހުންގެ ނުބައިކަމުން ތިމަންރަސްކަލާނގެ ކަލޭގެފާނު ރައްކާތެރިކުރައްވާ ހުށީމެވެ". އަދި وليد ގެ ފައިތިލައާ ދިމާލަށް އިޝާރާތްކުރެއްވި އެވެ. ދެވަނަ އަށް ފައިގެ އިޑިން، ތިން ވަނަ އަށް ނޭފަތް، ހަތަރު ވަނަ އަށް އެ މީހެއްގެ ބޯ، އަދި ފަސްވަނަ އަށް އެ މީހަކުގެ ދެލޮލެވެ. وليد ގެ ފަޔަށް އަރާފައިވަނީ ދުންޏެކެވެ. އޭނާ އަކީ ވަރަށް ބޮޑަށް ހަރުކަށި އަދި އަނިޔާވެރި މީހެއް ކަމަށް ވާ އިރު، ދުނި ނަގަން ގުދެއްނުވި އެވެ. ދުނީގެ މަޢުދަނަށް ވާ ބައި ގޮސް ފައިގެ ކުޑަހުޅުގެ މަޑުކަށި ފޫއަޅުވާލައި، ސިއާޓިކާ ޖެހުމަށް މެދުވެރިވިއެވެ. ތޫނު ކަށްޓަކަށް އެރި، އެކަށި އޭނާގެ ފައިތިލައިގެ އިޑިމަށް ފުންކޮށް ވަދެ ކޮތަޅެއް ހެން ދުޅަވެއްޖެ އެވެ. حارث ގެ ނޭވާއިން ކެނޑިނޭޅި ލޭފައިބަމުންދިޔަ އެވެ. އޭނާގެ ބޯ ގަހެއް ގައި ޖެހުނު އިރު أسود އިނީ ގަހެއްގެ ދަށުގައި އުފަލުން އިށީންދެގެންނެވެ. އަދި އަނެއް أسود ލޯ އަނދިރިވެ، އެ އެންމެން މަރުވެ ނެތިހިގަނޖެ އެވެ.
މަދީނާގެ بني النجّار ވަންހައިގެ ތެރޭގައި ރީތި އަންހެނެއް އުޅުނެވެ. ޖިންނިއަކު އެ އަންހެންމީހާ ދެކެ ލޯބިވެ، އަބަދުވެސް އޭނާ ކައިރިއަށް އައިސް އައިސް ހުއްޓެވެ. އެއް ދުވަހު، މަދީނާ އަށް رَسُوْلُ اللهِ ﷺ ހިޖުރަކުރެއްވި ފަހުން، އެ ޖިންނި، އެ އަންހެންމީހާގެ ގޭގެ ކުރިމަތީގައި ހުރި ފާރުމަތީގައި އިށީންދެގެން އިންދާ ޖިންނި ކައިރިން އަންހެންމީހާ ސުވާލުކުރިއެވެ. "ތިބާ އަހަރެން ކައިރިއަށް މިހާރު ޒިޔާރަތްނުކުރަނީ ކީއްވެގެން ހެއްޔެވެ"؟ ޖިންނި ޖަވާބު ދިނެވެ. "الله تعالى ގެ ނަބިއްޔާ ވަނީ ޒިނޭކުރުމާއި، ހުރިހާ ޙަރާމް ކަންތައް ކުރުން ނަހީކުރައްވާފައެވެ".
بئر معونة އޭ ނަމަކަށް ކިޔުނު ހަނގުރާމައިގައި، ކާފަރުން އެ މީހުންގެ ވަޢުދާ ޚިލާފުވެ، އެކެއް ނުވަތަ ދެ ބޭކަލުން ފިޔަވައި، ޞަޙާބީންގެ ތެރެއިން ހަތްދިހަ ބޭކަލުން ޝަހީދުކޮށްލައިފި އެވެ. އޭގެތެރޭގައި، އެންމެ ފުރަތަމަ އިސްލާމްވީ ބޭކަލުންގެ ތެރޭގައި ހިމެނޭ، އަދި أبوبكر الصّدّيق (رضي الله عنه) މިނިވަންކުރެއްވި ކުރީގެ އަޅެއް ކަމުގައިވާ عامر بن فُهيرة (رضي الله عنه) ހިމެނިވަޑައިގަންނަވައެވެ. عامر بن فُهيرة (رضي الله عنه) ގެ ގައިކޮޅަށް ޚަންޖަރު ޖަހައި މަރާލުމުން، ކާފަރުންގެ ލޯތަކުގެ ކުރިމަތީ ގައި، މަލާއިކަތުން އޭނާގެ ހަށިކޮޅު ޖައްވަށް އުފުއްލެވި އެވެ. އެމީހުން، މި ޙާދިސާ رَسُوْلُ اللهِ ﷺ އަށް ޚަބަރުކުރުމުން އެކަލޭގެފާނު حديث ކުރެއްވި އެވެ. "އޭނާ ވަޅުލެއްވީ ސުވަރުގޭގެ މަލާއިކަތުންނެވެ. އަދި އޭނާގެ ފުރާނަ ވަނީ ސުވަރުގެ އަށް އުފުއްލެވިފައެވެ".
سعد بن مُعاذ (رضي الله عنه) ވަނީ أُحد ހަނގުރާމައިގައި ޒަޚަމްވެ މާކުރިން ޝަހީދުވެފައެވެ. رَسُوْلُ اللهِ ﷺ ޚަބަރުދެއްވާފައިވާ ގޮތުގައި ހަތްދިހަ ހާސް މަލާއިކަތުން އޭނާގެ ޖަނާޒާ އަށް ޙާޒިރުވެވަޑައިގަތެވެ. އޭނާގެ ކަށްވަޅު ކޮނެމުންދިޔަ އިރު، މުޅި ތަނަށް އޮތޯ ގޮމަކަސްތޫރީގެ ވަސް ފެތުރިފައެވެ.
رَسُوْلُ اللهِ ﷺ ގެ އަނބިކަނބަލެއް ކަމުގައިވާ أُمُّ سَلمَى (رضي الله عنها) މިނިވަންކުރެއްވި އަޅެއް ކަމުގައިވާ سفينة، رَسُوْلُ اللهِ ﷺއަށް ޚިދުމަތްކުރުމުގައި އެއްގޮތަކަށް ވެސް އިހުމާލެއް ނުވެއެވެ. ބީޒައިންޓައިން ލަޝްކަރުތަކާ ދެކޮޅަށް ކުރެވުނު ހަނގުރާމައެއް ގައި، އޭނާ ލަޝްކަރާ ވަކިވެ، ކާފަރުންގެ އަތްދަށުވެ ހައްޔަރުކުރެވުނެވެ. ކޮންމެވެސް ގޮތަކުން، އޭނާ ސަލާމަތްވެގެން އެނބުރި ޤައުމަށް ދިއުމުގެ މަގުމަތީގައި އުޅެނިކޮށް، އޭނާގެ ކުރިމައްޗަށް ފާވީ ބިރުވެރި ސިންގާއެކެވެ. އޭނާ ބުންޏެވެ. "އަހަންނަކީ، رَسُوْلُ اللهِ ﷺ ގެ ނޯކަރެވެ". މިހެންބުނުމާ އެކު، އޭނާ ތަޖްރިބާކުރި ހުރިހާ ކަމެއް ސިންގާ އަށް ކިޔައިދީފި އެވެ. ސިންގާ އޭތީގެ މޫނާއި ލޮލުން އޭނާގެ ގައިގައި ފިރުމަމުން، އޭނާ އާ އެކު ހިނގާފައިދާން ފަށައިފި އެވެ. ޢަދުއްވުން އޭނާ އަށް އަނިޔާކޮށްފާނެ ކަމަށް ބިރުން، ސިންގާ ދިޔައީ އޭނާ އާ ވަރަށް ކައރިންނެވެ. މުސްލިމު ލަޝްކަރުތައް ފެންނަ ހިސާބަށް އައުމުން، ސިންގާ ހިނގާފައި އެނބުރި ދުރަށް ގޮސްފި އެވެ.
جهجاه الغفّاري ނަމަކަށް ކިޔުނު މީހަކު ޚަލީފާ عُثمان (رضي الله عنه) އާ ދެކޮޅަށް ބަޣާވާތްކޮށްފި އެވެ. އޭނާ މުވައްޒަފުން ގާތު ބުނަމުންދިޔައީ، رَسُوْلُ اللهِ ﷺ އަބަދު ވެސް ހުންނަވަނީ އެކަލޭގެފާނުގެ ދެ އަޕްޕުޅު ކަކޫފުޅު މަތީގައި ބާއްވަވައިގެންނެވެ. އޭގެ އެއް އަހަރު ފަހުން، އެންތްރެކްސް ކިޔާ ބައްޔެއް އޭނާގެ ކަކުލަށް ޖެހި އެ ބަލީގައި އޭނާ މަރުވެއްޖެ އެވެ.
معاوية بن أبي سُفيان (رضي الله عنه) ދިމިޝްޤުން ޙައްޖަށް ވަޑައިގެން، ބޭނުންފުޅުވީ، އެ މިންބަރުގެ ރޫޙާނީ ބަރަކާތުން ފައިދާ ލިބިގތުމަށް ޓަކައި، މަދީނާ ގައި ވާ رَسُوْلُ اللهِ ﷺ ގެ މިންބަރު ދިމިޝްޤަށް ގެންދިއުމަށެވެ. އެމީހުން މިންބަރު ހުރި ތަނުން ނެގި ވަގުތު، އިރުކޭތަ ހިފައިފި އެވެ. ހުރިހާ ދިމާލަކުން އަނދިރިވީ ވަރުން އުޑު މަތިން ތަރިތައް ފެންނަން ފަށައިފި އެވެ. އެ ހިސާބުން އޭނާ އެކަން ދޫކޮށްލެއްވީ އެވެ.
أُحد ހަނގުރާމައިގައި، أبو قتادة ގެ ދެލޮލުން އެއް ލޯ ސޮކެޓުން ނެއްޓިގެން ގޮސް އޭނާގެ ކޯރާފަތް މައްޗަށް ވެއްޓިއްޖެ އެވެ. އެ މީހުން އޭނާ رَسُوْلُ اللهِ ﷺ ގެ އަރިހަށް ގެންގޮސްފި އެވެ. رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި އަތްޕުޅުން ލޯ އޭގެ ސޮކެޓް ގައި ބޭއްވެވުމަށް ފަހު އަންނަނިވި ދުޢާކުރެއްވި އެވެ. "އަޅާ ހައްދަވާ ބޮޑުކުރެއްވި رَبُّ އެވެ! އޭނާގެ ލޯ ރިވެތިކުރައްވާދޭވެ"! أبو قتادة ގެ މި ލޯ އަނެއް ލޮލަށް ވުރެ މާ ރީތި ވެފައި މި ލޮލުގެ ފެނުން އަނެއް ލޮލަށް ވުރެ ރަނގަޅެވެ. އެއް ދުވަހަކު، أبو قتادة ގެ ކާފަ ދަރިކަލަކު ހުރީ ޚަލީފާ عُمر بن عبدالعَزيز ގެ އަރިހުގައެވެ. އެއީ ކާކުތޯ، ޚަލީފާ އެއްސެވުމުން، އޭނާ ޅެމެއް ކިޔައި، އެއީ، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން އެ މީހެއްގެ ލޯ ބަދަލުކޮށްދެއްވި މީހާގެ ކާފަ ދަރިކަލުން ކަމަށް ވިދާޅުވި އެވެ. ޚަލީފާ އަށް މި ޅެން ބައިތު އަޑުއިވުމުން، ޚަލީފާ އޭނާ އާ މެދު މުޢަމަލާތް ކުރެއްވީ އިޙްތިރާމާއި، ދީލަތި އޯގާތެރިކަމާ އެކުގައެވެ.
إياث بن سلامة ރިވާކުރައްވާފައި ވެއެވެ.: ޚައިބަރު ހަނގުރާމައިގެ ތެރޭގައި، رَسُوْلُ اللهِ ﷺ އަޅުގަނޑު علي بن أبي طالب (رضي الله عنه) އާ ހަމަޔަށް ފޮނުއްވި އެވެ. عليގެފާނު އުޅުއްވީ ދެ ލޯފުޅުގައި ރިހޭތީ އެވެ. އަހަރެން އެކަލޭގެފާނުގެ އަތްޕުޅުގައި ހިފައިގެން އެކަލޭގެފާނު ވަރަށް އުނދަގުލުން ގެނެސްފީމެވެ. رَسُوْلُ اللهِ ﷺ، އެކަލޭގެފާނުގެ ބަރަކާތްތެރި އިނގިލިފުޅުތަކަށް ކުޅުޖެއްސެވުމަށް ފަހު މަޑުމަޑުން عليގެފާނުގެ ލޮލުގައި ކާއްތާލައްވައިފި އެވެ. މުސްލިމުންގެ ދިދަ عليގެފާނުގެ އަތަށް ދެއްވުމަށް ފަހު އޭނާ ފޮނުއްވީ ޚައިބަރަށް ވަންނަ ގޭޓުގެ ބޭރުގައި ހަނގުރާމަކުރެއްވުމަށެވެ. ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ނުހުޅުވިފައިވާ ދޮރަށް علي بن أبي طالب (رضي الله عنه) ދަންމަވާލައްވައިފި އެވެ. އެއާއެކު، އަޞްޙާބު ބޭކަލުން ކިއްލާ އަށް ވަންނަވައިފި އެވެ.
އެއް ދުވަހަކު، رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ދަރިކަނބަލުން فاطمةގެފާނުގެ ގެކޮޅަށް ޒިޔާރަތްކުރައްވައި، ޙާލަކީ ކޮބައި ތޯ ސުވާލުކުރެއްވި އެވެ. فاطمة (رضي الله عنها) ޖަވާބު ދެއްވި އެވެ. "ބައްޕާފުޅާއެވެ! އަޅުގަނޑުގެ ދަރިކަލުންތަކާއި، އަޅުގަނޑު ނުކައި، ނުބޮއެ އުޅޭތާ ތިން ދުވަސް ވެއްޖެ އެވެ. އަޅުގަނޑުމެން މި ތަޙަމއްލުކުރަމުން މި ދަނީ ބަނޑުހައިހޫނު ކަމެވެ. އަޅުގަނޑުގެ ޙާލަތު މުހިއްމެއް ނޫނެވެ. އެހެންނަމަވެސް، حسن އާއި حُسينގެ ޙާލަތުގެ ސަބަބުން އަޅުގަނޑު ވަރަށް ހިތާމަވެރި އެބަ ވެއެވެ".
އެއާއެކު رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އޭ فاطمة އެވެ! ތިމަންކަލޭގެފާނުގެ ލޮބުވެތި ދަރިކަނބަލުންނޭވެ! ކަމަނާ ބަނޑުހައިކަން މަތީ ހުންނަތާ ތިން ދުވަސް ވެއްޖެ އެވެ. ތިމަންކަލޭގެފާނު ބަނޑުހައިކަންމަތީ ހުންނަވާތާ ހަތަރު ދުވަސް ވެއްޖެ އެވެ". އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ކާފަދަރިން ކަމުގައިވާ حسن އާއި، حسين (رضي الله عنهما) ބަނޑުހައިހޫނުކަން މަތީގައި ވާތީ، އެކަލޭގެފާނު އެކަމާ ވަރަށް ބޮޑަށް ހިތާމަކުރެއްވި އެވެ.
އޭނާގެ ދެ ދަރިކަލުންނަށް ކާންދިނުމަށް ޓަކައި، ކޮންމެވެސް އެއްޗެއް ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަށް ނުކުންނެވި އެވެ. عليގެފާނު މަދީނާ އިން ނުކުންނެވި އިރު، ފެނިވަޑައިގަތީ ރަށްފުށު މީހަކު ފެން ވަޅެއްގެ ކައިރީގައި އޭނާގެ ޖަމަލަށް ފެންދޭން އުޅެނިކޮށެވެ.
عليގެފާނު އެ މީހާ އާ ހަމަޔަށް ވަޑައިގެން އެއްސެވި އެވެ. "އޭ ޢަރަތްބާއެވެ! އަގަކަށް ތިބާގެ ޖަމަލުތަކަށް ފެންދޭނެ މީހަކު ތިބާ ބޭނުން ހެއްޔެވެ"؟ ރަށްފުށު މީހާ ޖަވާބުދިނެވެ. "އާނއެކެވެ! އަހަރެން މި ހޯދަނީ އެކަހަލަ މީހެކެވެ. ތިބާ ބޭނުން ނަމަ އަހަރެންގެ ޖަމަލުތަކަށް ފެންދޭށެވެ! ތިބާ ފުރާ ކޮންމެ ފެން ބާލިދީއަކަށް އަހަރެން ތިން ކަދުރު ދޭނަމެވެ".
عليގެފާނު އެކަން ޤަބޫލުފުޅުކުރައްވައި، ފެން ނަންގަވަން ފައްޓަވައިފި އެވެ. މިގޮތުން، ނުވަ ބާލިދީގެ ފެން ނެންގެވިތަނާ، ބާލިދީގެ ވާގަނޑު ކުއްލިއަށް ކަނޑައިގެން ގޮސް، ބާލިދީ ވަޅުގައި ތާށިވެއްޖެ އެވެ. މިތަން ފެނިގފައި، ރަށްފުށުމީހާ ރުޅިއައިސްގެން ހުރެ ތެދުވެ، عليގެފާނުގެ މޫނު ގައި ޖަހައިފި އެވެ.
ދެން، އަށް ބާލިދީގެ ފެނަށް އޭނާ ސައުވީސް ކަދުރު ދީފި އެވެ. މިހިނގައިދިޔަ ކަންތަކާ عليގެފާނު ވަރަށް ހިތާމަކުރައްވައި، އެކަލޭގެފާނުގެ އަތް ވަޅާ ދިމާލަށް ދިއްކޮށްލައްވައިފި އެވެ. ބާލިދީ ވަޅުން ނެންގެވުމަށް ފަހު ވަޅު ކައިރީގައި ބެހެއްޓެވުމަށް ފަހު އެތަން ދޫކޮށް ވަޑައިގެންފި އެވެ.
ރަށްފުށުމީހާ ސިހިއްޖެ އެވެ. އޭނާގެ އަތް އެ ފުން ވަޅުގެ ފުނަށް ފޯރާނީ ކިހިނެއް ހެއްޔެވެ؟! އޭނާ ނިސްބަތްވަނީ އަންނާނެ ކަމުގެ ޚަބަރު ލިބިފައިވާ ދީނަށް ބާވައެވެ؟ މި ޚިޔާލުތަކުން ޙައިރާންވެފައި ހުރި ރަށްފުށުމީހާ ބުންޏެވެ. "އޭނާގެ ރަސޫލާ އަކީ ތެދު ރަސޫލެކެވެ. އަހަރެން އީމާންވެއްޖައީމެވެ".
އެފަދަ ބޮޑު ކުށެއް އޭނާ އަށް ކުރެވުނީތީ އޭނާ އެކަމާ ދެރަވެއްޖެ އެވެ. އޭނާގެ އަމިއްލަ ޒާތާ މުޚާޠަބުކޮށްފައި އޭނާ ބުންޏެވެ. "އެފަދަ ބޭކަލެއްގެ ގައިގައި ޖެހި އަތް ޖެހޭނީ ބުރިކޮށްލާށެވެ. އެ އަތުގެ ކަށިތައް ޖެހޭނީ ބިންދާލާށެވެ". އޭނާގެ ކަނޑި ނަގައި އޭނާގެ އަތްތިލައިގައި ޖަހައިފި އެވެ. އޭނާގެ އަތް ބުރިކޮށްލައިފި އެވެ.
އޭނާ އަށް ބޮޑު ތަދު އިޙްސާސްކުރެވި، އެހެންނަމަވެސް، އޭނާގެ ހިތަށް ވަނީ ހަމަޖެހުން ލިބިފައެވެ. އޭނާގެ ކަނޑާފައިވާ އަތް ނެގުމަށް ފަހު އެ ދިޔަ ގޮތަށް ސީދާ ދިޔައީ المسجد النّبوي އަށެވެ. رَسُوْلُ اللهِ ﷺ ވީ ކޮން ތާކު ތޯ އަޞްޙާބު ބޭކަލުން އަރިހުން އެހި އެވެ. އެ މީހުން ބުނީ، އެކަލޭގެފާނު ވީ ދަރިކަނބަލުން فاطمة ގެ ގެއަށް ވަޑައިގެންފައެވެ. އެ ރަށްފުށުމީހާ فاطمة ފާނުގެ ގެކޮޅު ހުންނަތަން ދަސްކުރުމަށް ފަހު އެ ގެއަށް ގޮސްފި އެވެ.
އެ ވަގުތު، ގެންދެވީ އެކަލޭގެފާނުގެ ދެ ކާފަ ދަރިކަލުން حسن އަދި حُسين (رضي الله عنهما) އުނގުގައި ބައިންދަވައިގެން ގެނެވުނު ކަދުރުން ކާންދެއްވަމުންނެވެ.
ރަށްފުށުމީހާ އަށް އޭނާ އަށް ހެދުނު ގޯހުގެ ބޮޑުކަން ވިސްނި، އޭނާ މޮޔަވަނީ ކަމަށް އިޙްސާސްވެ، ހޯސްލާފައި އޭނާގެ ދެ ލޮލުން ކަރުނަ އޮހެމުންދިޔަ އެވެ.
މި މައްސަލައިގައި އޭނާ فاطمة ފާނުގެ ގެކޮޅަށް އައިސް ދޮރުގައި ޓަކިޖަހައިފި އެވެ. ގެއިން ނުކުމެވަޑައިގަތީ އިރުއަރައިގެން އަންނަ ފަދައިން، އަލި ފަތުރުއްވަމުންނެވެ. ރަށްފުށުމީހާ އަށް رَسُوْلُ اللهِ ﷺ ފެނުމާ އެކު، އޭނާ އާދޭސްކުރެއެވެ. "ކަލޭގެފާނަކީ މާތް ﷲ ގެ ރަސޫލާ ކަމަށް އަޅުގަނޑު އީމާންވަމެވެ! އަޅުގަނޑު ކުރި ކަންތަކާ ދެތެރޭ އަޅުގަނޑު ދެރަވެ ހިތާމަކުރަމެވެ. މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑަށް މަޢާފުކުރައްވާށެވެ"!
رَسُوْلُ اللهِ ﷺ "ތިބާގެ އަތް ކަނޑާލީ ކީއްވެ؟"، މިހެން އެއްސެވުމުން، އޭނާ ޖަވާބު ދިނެވެ. "އެހެނީ، މި އަތުން ކަލޭގެފާނަށް އީމާންވާ މޫނެއް ގައި ޖެހުނީތީ އަޅުގަނޑު ލަދުވެތިވީ އެވެ! މާތް ﷲ ގެ ރަސޫލާ އެވެ! އަޅުގަނޑުގެ ފުރާނަ ކަލޭގެފާނަށް ޤުރުބާންކުރައްވާށި އެވެ"!
ރަޙްމަތުގެ ކަނޑު ކަމުގައިވާ އަހަރެމެންގެ رَسُوْلُ اللهِ ﷺ، ރަށްފުށުމީހާގެ އަތުން އޭނާގެ ބުރިވެފައިވާ އަތުން ނެންގެވި އެވެ. "بسم الله الرّحمن الرّحيم" މިހެން حديث ކުރައްވަމުން އެ އަތް ރަށްފުށުމީހާގެ ލޭފައިބަމުންދިޔަ އަތްތިލައިގައ ޖެއްސެވި އެވެ. الله تعالى ގެ އިޒުނަފުޅާ އެކު، رَسُوْلُ اللهِ ﷺ ގެ މުޢުޖިޒާތެއްގެ ގޮތުން، އެ އަތް އިހު ހުތި ގޮތަށް ރުޖޫޢަވެއްޖެ އެވެ. الله تعالى އަކީ އެންމެ އެންމެ ބާރުގަދަ ރަސްކަލާނގެ އެވެ؛ އެކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާނގެ އެވެ.
