رَسُوْلُ اللهِ ﷺ ގެ އަޞްޙާބުން
"مُحمّد ގެފާނީ، ﷲ ގެ رسول އާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافر ންގެ މައްޗަށް ގަދަފަދަވެގެންވާ ބައެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރި ބަޔެކެވެ".
الفتح: 29
رَسُوْلُ اللهِ ﷺ ގެ އަޞްޙާބުން: މުސްލިމަކުއެއީ، އަންހެނަކަސް ނުވަތަ ފިރިހެނަކަސް، ކުޑަކުއްޖަކަސް ނުވަތަ ބޮޑުމީހަކަސް، ކުޑަކޮށް ނަމަވެސް، އެއް ފަހަރު ދެކެފައިވާ މީހަކީ، އަދި އެކަލޭގެފާނާ ވާހަކަދައްކާފައިވާ ލޯފަން މީހަކީ، އީމާންކަން މަތީ މަރުވެފައިވާ މީހެއް ނަމަ އެއީ، "صاحِب" ނުވަތަ "صَحابِي" (رضي الله عنهم)އެކެވެ.
رَسُوْلُ اللهِ ﷺ ދުށް އިރު، އެ މީހަކީ ކާފަރެއް ނަމަ އަދި އިސްލާމްވީ رَسُوْلُ اللهِ ﷺ ސުވަރުގެވަޑައިގަތުމަށް ފަހު ކަމުގައި ވާ ނަމަ، ނުވަތަ އެ މީހަކަށް رَسُوْلُ اللهِ ﷺ ފެނުނު އިރު މުސްލިމަކަށް ވެފައި ފަހުން މުރުތައްދުވެފައިވާ ކަމަށް ވާ ނަމަ، އެއީ ޞަޙާބީއެއް ނޫނެވެ. ޞަޙާބީއަކަށް ވުމަށް ފަހު މުރުތައްދުވެފައި، ސުވަރުގެވަޑައިގަތުމަށް ފަހު، އެނބުރި އިސްލާމްވެއްޖެ ނަމަ، އެއީ ޞަޙާބީ އެކެވެ. رَسُوْلُ اللهِ ﷺ އަކީ، ޖިންނީންގެ ވެސް ރަސޫލާ ކަމަށް ވުމާ އެކު، ޖިންނިއަކު ވެސް ޞަޙާބީއަކަށް ވެދާނެ އެވެ.
ނަބީންނާއި، މަލާއިކަތުންގެ އިސް ބޭކަލުންނަށް ފަހު، ހުރިހާ މަޚްލޫޤުންގެ ތެރެއިން އެންމެ މަތިވެރިވެގެންވަނީ أضحابُ الكِرام އެވެ. ކޮންމެ މީހެއްގެ ނަންފުޅު ކިޔަންވާނީ އިޙްތިރާމާ އެކު "حضرة" ނުވަތަ "رضي الله عنه" އާ އެކުގައެވެ.
مُحمّد ﷺ އަކީ ރަސޫލެއް ކަމަށް އީމާންވާ އެންމެންނަކީ، މުސްލިމުންނެވެ. އަދި ކޮންމެ ނަސްލެއް އަދި ޤައުމެއްގެ މީހެއް ކަމަށް ވިޔަސް، ކިޔެނީ مُحمّد ﷺ ގެ أُمَّة އެވެ.
އަޞްޙާބުންގެ ކޮންމެ ބޭފުޅަކު ވެސް، އުއްމަތުގެ އެންމެންނަށް ވުރެ މަތިވެރިގެން ވެއެވެ.
أصحابُ الكِرام ގެ فضل ވަންތަކަމާއި، މަތިވެރިކަމަށް ބަލާ އިރު، އެކަން ކީރިތި قرآن ގެ سورة آل عمران ގެ 110 ވަނަ އާޔަތާއި، سورة التّوبة ގެ 100 ވަނަ އާޔަތުގައި އެކަލާނގެ ވަނީ ބަޔާންކޮށްދެއްވާފަ އެވެ. ކީރިތި قرآن ގެ آل عمران سورة ގެ 110 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ)1 * آل عمران: 110) މާނައީ: "މީސްތަކުންނަށް ޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައި މީހުން ވީމުއެވެ".
ކީރިތި قرآن ގެ سورة التوبة ގެ 100 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ ﴿١٠٠﴾)2 * التوبة: 100) މާނައީ: "مهاجر ންނާއި، أنصار ންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެ ބޭކަލުންނާ تبع ވީ މީހުން (ދަންނާށެވެ!) ﷲ، އެއުރެންނަށް ރުހިވޮޑިގެންފި އެވެ. އަދި އެއުރެން އެކަލާނގެ އަށް ރުހުނޫއެވެ. އަދި އެ ތަންތާނގެ ދަށުން ކޯރުައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެކަލާނގެ އެއުރެންނަށް ޓަކައި ތައްޔާރުކުރެއްވިތެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ".
ކީރިތި قرآن ގެ الفتح سورة ގެ 29 ވަނަ އާޔަތުގައި الله تعلى ވަޙީކުރައްވާފައި ވެއެވެ. (مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٢٩﴾)3 * الفتح: 29) މާނައީ: "مُحمّد ގެފާނީ، ﷲ ގެ رسول އާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافر ންގެ މައްޗަށް ގަދަފަދަވެގެންވާ ބައެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރި ބަޔެކެވެ. ﷲ ގެ حضرة ން فضل ވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوع ކޮށް سجدة ކޮށްއުޅޭ ބަޔަކު ކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫ އެވެ. سجد ގެ أثرން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައި ވެއެވެ. އެއީ، توراة ގައިވާ، އެއުރެންގެ مثال އެވެ. އަދި إنجيلގައިވާ، އެއުރެންގެ مثال އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއް ފަދައެވެ. ދެން އެ ގޮވާން ގަސްތަކަށް ގަދަކަން ދިނެވެ. ދެން، އެ ގޮވާން ގަސްތައް ފަލަވެ، އޭގެ ތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން عجائب ކޮށް حيران ކުރުވަމުންނެވެ. އެއުރެން ދެކެ، كافر ން ރުޅިއެރުވުމަށް ޓަކައެވެ. އެއުރެންގެ ތެރެއިން إيمان ވެ صالح عمل ތައް ކުޅަ މީހުންނަށް ފާފަ ފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް ﷲ وعد ކުރައްވާފައި ވެއެވެ".
ތިރީގައި މިވަނީ أصحاب الكرام އާ ބެހޭގޮތުން ވާރިދުވެފައިވާ ބައެއް حديثތަކެވެ.:
"ތިމަންކަލޭގެފާނުގެ އަޞްޙާބުންނަށް ބަދުދުޢާނުކުރާށެވެ! ތިމަންކަލޭގެފާނުގެ އަޞްޙާބުންގެ ފަހުން ދުނިޔޭގައި އުޅޭ މީހަކު ޞަދަޤާތުގެ ގޮތުގައި ރަން ފަރުބަދައެއް ދިނަސް، އެ މީހަކަށް، ތިމަންކަލޭގެފާނުގެ އަޞްޙާބުން ގޮށްމުށުގެ ބާލީ ކޮޅެއް ޞަދަޤާތަށް ދިނުމުން ލިބޭ ޘަވާބާ އެއް ވަރު ނުވަތަ އޭގެ ދެބައިކުޅަ އެއްބައިހާ މިންވަރަށް ވެސް ޘަވާބު ނުލިބޭނެ އެވެ".4
"ތިމަންކަލޭގެފާނުގެ އަޞްޙާބުން، އުޑުގައިވާ ތަރިތައް ފަދައެވެ. ކޮންމެ ތަރިއަކަށް ބެލިޔަސް ތިބާ އަށް ދާންވީ މަގު އެނގޭނެ އެވެ".5
"ތިމަންކަލޭގެފާނުގެ އަޞްޙާބުންނާ ދެކޮޅަށް ޢަދާވާތްތެރިކަމެއް ބޭއްވުމުން ދުރުވާށެވެ! މާތް ﷲ އަށް ބިރުވެތިވާށެވެ! އެ ބޭކަލުންނަށް ލޯބިވާ މީހުން އެކަން އެ ގޮތަށް އެ ކުރަނީ އެ މީހުން ތިމަންކަލޭގެފާނު ދެކެ ލޯބިވާތީ އެވެ. އެ ބޭކަލުންނާ ދޭތެރޭ ޢަދާވާތްތެރިކަން ބާއްވާ މީހުން އެކަން އެހެން އެ ކުރަނީ، އެ މީހުންނަކީ ތިމަންކަލޭގެފާނުގެ ޢަދާވާތެރިންނަށް ވާތީ އެވެ. އެ ބޭކަލުންނަށް ހިތްދަތިކުރާ މީހުން ތިމަންކަލޭގެފާނަށް ވެސް ހިތްދަތިކުރެއެވެ. އަދި ތިމަންކަލޭގެފާނަށް ހިތްދަތިކުރާ މީހުން ޔަޤީނުން ވެސް الله تعالى އަށް ހިތްދަތިކުރެއެވެ".
"ތިމަންކަލޭގެފާނުގެ އުއްމަތުގެ އެންމެ ހެޔޮވެގެންވާ މީހުންނަކީ، ތިމަންކަލޭގެފާނުގެ ދުވަސްވަރު އުޅުނު މީހުންނެވެ. އެ ބޭކަލުންގެ ފަހުން އަންނާނެ އެންމެ ހެޔޮ މީހުންނަކީ، އެ ބޭކަލުންގެ ފަހުން އަންނާނެ މުއުމިނުންނެވެ. އަދި ދެން އަންނާނެ އެންމެ ހެޔޮ މީހުންނަކީ، އޭގެ ފަހުން އަންނާނެ މީހުންނެވެ".
"ނަރަކައިގެ އަލިފާނުން، ތިމަންކަލޭގެފާނު ދެކެފައިވާ މުސްލިމަކު ނުވަތަ ތިމަންކަލޭގެފާނު ދުށް މީހުން ދެކެފައިވާ މުސްލިމަކު އަންދައެއް ނުލާނެ އެވެ".6
މި މާތްވެގެންވާ އާޔަތްތަކުންނާއި، حديثތަކުން ސާފުކޮށް ދައްކުވައިދެނީ، އަޞްޙާބުންގެ މަތިވެރިކަމާއި، فضل ވަންތަވެރިކަމެވެ.
އަޞްޙާބުންނަކީ، ދީނީ ޙުކުމްތަކާ ގުޅިގެން އެންމެ އިތުބާރުކުރެވޭ ފަރާތްތަކެވެ. އެހެނީ، އެ ބޭފުޅުން ކީރިތި ޤުރްއާން އުނގެނިވަޑައިގަތީ، ސީދާ رَسُوْلُ اللهِ ﷺ ގެ އަރިހުން ކަމަށް ވެފައި، އެ އުނގެނިވަޑައިގަތް ޢިލްމު އެ ބޭފުޅުންގެ ފަހުން އައި މީހުންނަށް އުނގަންވައިދެއްވާފައި ވާތީ އެވެ. ޢަމަލުކުރެއްވި ގޮތްތަކާއި، حديث ކުރެއްވި ކުރެއްވުމާ ބެހޭ މަޢުލޫމާތުތައް ބިނާވެފައިވަނީ ޚުދު އެ ބޭފުޅުން އަމިއްލަ އަށް ދެކެލެއްވި އަދި އަޑުއެއްސެވި ގޮތަށެވެ.
އެހެންކަމުން، ޖުމްލަގޮތެއްގައި، އެ ބޭފުޅުން ނަޤްލުކުރެއްވި ޙުކުމްތަކަކީ، حديثތަކުގެ އަސާސެވެ.
އިސްލާމް ދީނުގައި، إجماع الأُمّة މާނައަކީ ޢިލްމުވެރިންގެ އިއްތިފާޤު ފުރިހަމައަށް އަދި ބަރާބަރަށް ކުރެވިފައިވަނީ ހަމައެކަނި އަޞްޙާބުންގެ ޒަމާނުގައެވެ. އޭގެ އިތުރަށް، ކޮންމެ ޞަޙާބީއަކީ، އެ ބޭފުޅެއްގެ ބަސްފުލަކީ ދީނީ ދަލީލަކަށް ވާ مُجتَهِدُ ޢިލްމުވެރިއެކެވެ. އެ ބޭފުޅުންގެ ފަހުން އައި مُجتَهِدُ ޢިލްމުވެރިންނަށް ވުރެ އެ ބޭފުޅުން މަތިވެރިވެގެން އިސްވެގެން ވެއެވެ.
أهلُ السُّنَّة ގެ ޢިލްމުވެރިން، أصحاب الكِرام (رضي الله عنهم) ބައްސަވާފައިވަނީ، މަތިވެރިކަމަށް ބަލާއިރު، ތިން ގިންތިއަކަށެވެ. އެއީ:
"ތިމަންކަލޭގެފާނުގެ އަޞްޙާބުން، އުޑުގައިވާ ތަރިތައް ފަދައެވެ. ކޮންމެ ތަރިއަކަށް ބެލިޔަސް ތިބާ އަށް ދާންވީ މަގު އެނގޭނެ އެވެ".
حديث شريف
المُهاجِرِين (ހިޖުރަވެރިން): އެއީ، އަމިއްލަ ވަޠަނާއި، ގާތްތިމާގެ މީހުން މައްކާ ނުވަތަ އެހެން ތަނެއް ގައި ދޫކޮށްލައްވައި، މައްކާ ފަތަޙަކުރެއްވުމުގެ ކުރިން މަދީނާ އަށް ހިޖުރަކުރެއްވި ބޭފުޅުންނެވެ. އެ ބޭފުޅުން އިސްލާމް ދީން ޤަބޫލުކުރައްވާފައި ވަނީ، މަދީނާ ގައި رَسُوْلُ اللهِ ﷺ އާ ގުޅުމުގެ ކުރިން ނުވަތަ އޭގެ ފަހުންނެވެ.
الأنصار (އެހީތެރިން، ތާއީދުކުރާ މީހުން): މަދީނާ އާއި، މަދީނާގެ ރަށްބޭރު ސަރަޙައްދުގައި ދިރިއުޅުނު މުސްލިމުންނާއި، أوس ވަންހަ އާއި خزرج ވަންހައިގެ މީހުންނަށް ކިޔުނީ الأنصار އެވެ. އެހެނީ، އެބައި މީހުން ވަނީ رَسُوْلُ اللهِ ﷺ އާއި، މައްކާގެ މީހުންނަށް ތަފާތު އެކި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ޤުރުބާންވުމަށް ވަޢުދުވެ، އެ ވަޢުދު ފުއްދަވާފައެވެ.
އެހެން ޞަޙާބީން: މިއީ، މުހާޖިރީންނަށް ނުވަތަ އަންޞާރުންނަށް ނުވާ، އެކަމަކު، އެހެން ހިސާބުތަކުން އައިސް، رَسُوْلُ اللهِ ﷺ ގެ އަރިހުގައި ވުމުގެ ޝަރަފު ލިބުނު މުސްލިމުންނެވެ. އެހެން ސަރަޙައްދުތަކުން އިސްލާމްވީ މީހުން ނުވަތަ މައްކާ ފަތަޙަކުރެއްވި އިރު އިސްލާމްވީ މީހުން ހިމެނެނީ މީގެ ތެރޭގައެވެ. އެ ބޭކަލުންނަށް ހަމައެކަނި ކިޔެވީ ޞަޙާބީން (رضي الله عنهم أجمعين) ނެވެ.
ހަތަރު ޚަލީފާއިންނަކީ، أصحابُ الكِرام ންގެ ތެރެއިން އެންމެ އިސް ބޭކަލުންނެވެ. ޚަލީފާ ކަމަށް އިސްކުރެވުނު ތަރުތީބުން: أبو بكر (رضي الله عنه)، عُمَرُ (رضي الله عنه)، عُثمَان (رضي الله عنه)، علي (رضي الله عنه).
އެއަށް ފަހު، ދެން އެންމެ މަތިވެރި އަދި އިސް ޞަޙާބީންނަކީ، 'العَشَرة المُبَشَّرَة'، އާދެ، ސުވަރުގެ ވަންނާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައިވާ ދިހަ ބޭކަލުންގެ ތެރެއިން ދެން ބާކީ ތިއްބެވި ހަ ބޭކަލުންނެވެ. އެ ބޭކަލުންނީ: طلحة بن عُبيدُ الله، زُبيرُ بن العَوَّام، عبدُالرَّحمن بن عوف، سعد بن أبي وقَّاص، ساعد بن زيد، أبو عُبيدة بن الجرَاح (رضي الله عنهم أجمعين) އެވެ.
އެ ބޭކަލުންގެ ފަހަތުން އެންމެ މަތިވެރި ޞަޙާބީންނަކީ، އެންމެ ފުރަތަމަ އިސްލާމްވި ސާޅީސް ބޭފުޅުންނެވެ. އެ ބޭފުޅުންނަށް ފަހު، ދެން ތަރުތީބުގައި އަންނަނީ، ބަދުރު ހަނގުރާމައިގައި ބައިވެރިވި ތިން ސަތޭކަ ތިރީސް ޞަޙާބީންނެވެ. ދެން، أُحد ހަނގުރާމައިގައި ހަނގުރާމަކުރެއްވި ހަތް ސަތޭކަ ބަޠަލުނެނެވެ. އެ ބޭފުޅުންނަށް ފަހު ދެން ތަރުތީބުގައި އަންނަނީ، ހިޖުރައިން ހަ ވަނަ އަހަރު ގަހެއްގެ ދަށުގައި رَسُوْلُ اللهِ ﷺ ގެ އަރިހުގައި "އެނބުރި ދިއުމަށް ވުރެ މަރުވުން ވެސް އަޅުގަނޑުމެންނަށް މާ ރަނގަޅެވެ" މިހެން ބުނެ ވަޢުދުވީ މީހުންނެވެ. މި ޢަހްދަށް ކިޔުނު ނަމަކީ "بيعةُ الرِّضوان" އެވެ.7
أصحابُ الكِرَام ންގެ ޢަދަދު: މައްކާ ފަތަޙަކުރެއްވުމުގައި ބާރަ ހާސް ޞަޙާބީން ތިއްބެވި އެވެ. ތަބޫކު ހަނގުރާމައިގައި ތޭރަ ހާސް، رَسُوْلُ اللهِ ﷺ ގެ ގައި ނުވަ ހާސް، އަދި رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގެންނެވި އިރު، އެއް ލައްކަ ސައުވީސް ހާސް ޞަހާބިން ބިންމަތީ ގައި ތިއްބެވި އެވެ. މިއާ ގުޅޭ އެހެން ރިވާޔަތްތައް ވެސް ވެއެވެ.8
أصحابُ الكِرَام ންގެ ތެރެއިން އެންމެ ފަހުން އަވަހާރަވީ ބޭފުޅުން: عبدالله بن عوف އަވަހާރަވީ ކޫފާ ގައި ހިޖުރައިން 86 (މީލާދީން 705) ވަނަ އަހަރު. عبدالله بن ياسر އަވަހާރަވީ ދިމިޝްޤު ގައި ހިޖުރައިން 88 (މީލާދީން 706) ވަނަ އަހަރު. سهل بن سعد އަވަހާރަވީ މަދީނާ ގައި ހިޖުރައިން 91 (މީލާދީން 709) ވަނަ އަހަރު އޭނާގެ ޢުމުރުން ސަތޭކަ އަހަރުގައި. أنس بن مالك އަވަހާރަވީ ބަޞަރާ ގައި ހިޖުރައިން 93 (މީލާދީން 711) ވަނަ އަހަރު. أبُو الطُفيل عامر بن واثلة އަވަހާރަވީ މައްކާ ގައި ހިޖުރައިން 100 (މީލާދީން 718) ވަނަ އަހަރު.
رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުމަށް ފަހު، ހަތަރު ޚަލީފާއިންގެ ޒަމާނުގައި، އިސްލާމް ދީން ފެތުރުމަށާއި، ޖިހާދުކުރުމަށް أصحابُ الكِرام ވީ ވަޢުދުގެ މަތީގައި ތިއްބެވި އެވެ. ކުރިން ދެއްކެވި ވާހަކަ ބަދަލެއް ނުކުރައްވައެވެ. އެ ހުރިހާ ބޭފުޅުން ވެސް އެ ބޭފުޅުންގެ ގެތަކާއި، ވަޠަން ދޫކުރައްވައި، ޢަރަބި ކަރައިން ބޭރަށް ދަތުރުކުރެއްވީ، ހުރިހާ ސަރަޙައްދެއް ގައި އިސްލާމް ދީން ފެތުރުއްވުމަށެވެ. އެ ގޮތުން ވަޑައިގަތް ގިނަ ބޭފުޅުން އެނބުރި ވަޑައިނުގެން، ވަޑައިގަތް ކޮންމެ ތަނެއް ގައި ޖިހާދުކުރައްވައި، އަވަހާރަ ވަންދެން އިސްލާމް ދީން ފެތުރުއްވި އެވެ. އެހެންކަމުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ގިނަ ޤައުމުތަކެއް ފަތަޙަކުރެވުނެވެ. ފަތަޙަކުރެވުނު ބިންތަކުގައި ހަލުވިކަމާ އެކު އިސްލާމް ދީން ފެތުރިގެންދިޔަ އެވެ.
ހުރިހާ އަޞްޙާބުންނަކީ ވެސް އިތުބާރުކުރެވޭ ބޭފުޅުންނެވެ. އެ ހުރިހާ ބޭފުޅުންނަކީ ވެސް އިސްލާމް ދީނަށް ގޮވާލެއްވުމުގައި އެއްވަރަކަށް އިޙްތިރާމްލިބޭ ބޭފުޅުންނެވެ. ކީރިތި ޤުރްއާން އެކުލަވާލެއްވި ބޭފުޅުންނަކީ އެއީ އެވެ. رَسُوْلُ اللهِ ﷺ ގެ ފަރާތްޕުޅުން حديث ރިވާކުރެއްވި ބޭފުޅުންނަކީ އެއީ އެވެ. އެ ބޭފުޅުން ދެކެ ލޯބިވުމަކީ، اهل السُّنَّة ގެ ތެރޭގައި ވުމުގެ އެންމެ މުހިއްމު ޝަރުޠެވެ.
(أصحابُ الكِرَام އިސްލާމް ދީނަށް ކުރެއްވި ޚިދުމަތްތަކާއި، އެ ބޭފުޅުންގެ ނަމޫނާ ދިރިއުޅުއްވުމާއި، އެ ބޭފުޅުންގެ فضل ވަންތަކަމާއި، އެ ހުރިހާ ބޭފުޅުންގެ ނަންފުޅުތަކާއި، ބަޔޮގްރަފީތަކުގެ މަޢުލޫމާތު ލިއްބައިދޭ ގިނަގުނަ ފޮތްތަކެއް ލިޔެވި އަދި ޝާއިޢުކުރެވިފައި ވެއެވެ. ޙަޤީޤަތު ކިތާބެވީ ޕަބްލިކޭޝަންސް އިން ޝާއިޢުކޮށްފައިވާ ތުރުކީ ފޮތްތައް ކަމުގައިވާ "ޞަޙާބާ - ބަރަކާތްލެއްވިގެންވާ" އަދި "މަނާކިބް އޭ ޝިހާރު ޔާރު އޭ ގުޒިން" އަކީ ވަރަށް އަގުހުރި ފޮތްތަކެވެ.)
محمّد އަކީ ކައުނުގެ ربُّ ގެ ޙަބީބޭ،
އެކަލޭގެފާނުގެ ހަށިކޮޅު ޠާހިރޭ، ނަންފުޅަކީ أحمد އޭ، އެކަލޭގެފާނަކީ ޢާލަމްތަކަށް ރަޙްމަތޭ.
އެކަލޭގެފާނުގެ އަޚްލާޤު ރީއްޗޭ، ލައުލާކޭ ލިބިވަޑައިގެންނެވި ފަރާތޭ....
މަޢްރިފާ، އަދަބު، ފާއިޒް އަދިނޫރުގެ ފައްވާރާއޭ.
ޙައްޤާއި އަޅުންނާ ދެމެދުވާ ޙަޤީޤީ ވާޞިޠާ އަކީ މިއީއޭ،
އެކަލޭގެފާނުގެ ބަސްފުޅަކީ ފުރާނަތަކުގެ ފަރުވާއޭ، އެކަލޭގެފާނުގެ ނަންފުޅު ވަނީ ހިތްތަކުގެ ދަބަރަށޭ.
ހިތްބަލިކަށި ކަމަށް ޝިފާހޯދައިދޭ މީހާއޭ.
ހަމައެކަނި އެކަލޭގެފާނެއް ނޫނޭ އެކަމަކު އެކަލޭގެފާނުގެ އުއްމަތް ވެސް މަލާއިކަތުންނަށް ވުރެ މަތިވެރިއޭ.
އެކަލާނގެގެ އެ ޚާއްޞަ އަޅާ އަށް އެކަލާނގެ އެހީތެރިން ފޮނުއްވިއޭ،
އެކަލޭގެފާނު އެންމެ ބޮޑަށް ލޯބިވި އަޅުން އަޞްޙާބުންނަށް ހެއްދެވިއޭ.
ﷲ ގެ ރަސޫލާ حديثކުރެއްވީ، އެމީހުންގެ މަގަކީ ތިމނަކަލޭގެފާނުގެ މަގޭ،
އެކަލޭގެފާނު އެ ޤަރުނު ދެއްކެވީ އެންމެ ރަނގޅު ޤަރުނުގެ ގޮތުގައޭ.
އެމީހުން محمّد المصطفى ދެކެ ލޯބިވީ ޚުދޫ ޙަޔާތަށް ވުރެ ބޮޑަށޭ،
އެބައިމީހުން ހުރިހާ ދުނިޔަވީ ކަންތައްތައް ދޫކޮށްލީ ހަމައެކަނި އެކަލޭގެފާނަށް ޓަކައޭ.
އެމީހުން އެމީހުންގެ ފުރާނަތައް ޤުރްބާންކުރީ އިސްލާމްދީން ފެތުރުމަށްޓަކައޭ.
އޭ رَبُّ އޭ، ކިހާރިވެތި ޙާލަތެއް ތޯއޭ، އޭ رَبُّ އޭ، ކިހާ މަޖްދެއްތޯއޭ.
އެކަލޭގެފާނާ އެކު ލިބޭ އެންމެ ޞުޙުބަތަކުން އެމީހުންގެ ނަފްސުތައް ސާފުވެއޭ،
އެ މީހުންގެ ހިތްތައް ފުރިފައިވަނީ، މަޢްރިފާއާއި، ކާމިޔާބާއި، ނޫރާއި، ތަޖައްލީންނޭ.
ވަލިއްޔުންނަށް ޚާއްޞަ ޙާލަތްތައް ލިބިގަތުމަށް ނެގީ ވަގުތުކޮޅެކޭ،
އަދި އެ މީހުން އަބަދުވެސް އެކަލޭގެފާނަށް ތަބަޢަވިއޭ، ކިހާ މަތިވެރި ޝަރަފެއްހޭ.
އަދި އެ އެންމެން އެހެން މީހުންނަށް އިންޞާފުވެރިވެފައި، އަނިޔާވެރިއެއް ނޫނޭ،
އެމީހުން ޚަލީފާކަން އެމީހުން ނަފްސުތަކަށް ބޭނުމެއްނުވާނެއޭ.
އަދި އެ ކަމަށްޓަކައި، އެކަކު އަނެކަކާ ތަޅާފޮޅައި ގެއްލުމެއް ނުދޭނެއޭ،
އެމީހުން ވަނީ އެންމެ މަތީ ދަރަޖައިގައޭ، އަދި އެ އެންމެންނަކީ މުޖްތަހިދުންނޭ.
