مُحمَّدٌ رَسُوْلُ اللهِ ﷺ އެންގެވި ގޮތަށް އުޅުން
"ކީރިތި قرآن ގެ سورة السباء ގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿٢٨﴾) * سباء: -28) މާނައީ: "އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމކު، މީސްތަކުން ކުރެ ގިނަ މީހުން (އެކަމެއް) ނުދަނެތެވެ".
سباء: 28
مُحمَّدٌ رَسُوْلُ اللهِ ﷺއެންގެވި ގޮތަށް މީހަކު އުޅުމަކީ، އެކަލޭގެފާނަށް ތަބަޢަވުމެވެ. އެކަލޭގެފާނުގެ މަގަކީ، ކީރިތި ޤުރްއާނުން ދައްކާފައިވާ މަގެވެ. އެ މަގަށް ކިޔާ ނަމަކީ، الدّين الإسلام (އިސްލާމް ދީން) އެވެ. މީހަކު އެކަލޭގެފާނަށް ތަބަޢަވުމަށް ޓަކައި، އެ މީހަކު ފުރަތަމަ ޖެހޭނީ އީމާންވެ؛ ދެން އިސްލާމް ދީން އުނގެނި؛ ދެން ފަރުޟުތައް އަދާކޮށް އަދި ޙަރާމް ކަންތައްތަކާ ދުރުވެ، ސުންނަތުގައި ވާ އުޅެ، މަކްރޫހަ ކަންތައްތަކުން ކުރުމުން ދުރުވެގަތުމެވެ. މި ހުރިހާ ކަމަކަށް ފަހު، مُباح (ހުއްދަކުރެވިގެންވާ) ކަންތައްތައް ކުރުމުގައި ވެސް އެކަލޭގެފާނަށް ތަބަޢަވުން ހުއްޓެވެ. އީމާންވުމުގެ މާނަ އަކީ، އެކަލޭގެފާނަށް ތަބަޢަވުން ފައްޓައި، ނިޢުމަތުގެ ދޮރުން ވަނުމެވެ.
الله تعالى އެކަލޭގެފާނު ފޮނުއްވީ، ދުނިޔޭގެ މިސްތަކުންނަށް ނިޢުމަތްތަކަށް ދަޢުވަތުދެއްވުމަށެވެ. ކީރިތި قرآن ގެ سورة السباء ގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿٢٨﴾) * سباء: -28) މާނައީ: "އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމކު، މީސްތަކުން ކުރެ ގިނަ މީހުން (އެކަމެއް) ނުދަނެތެވެ".
މިސާލެއްގެ ގޮތުން ދަންނަވާ ނަމަ، وقت القَيلُولة ގައި ނިދާ އެކަލޭގެފާނަށް ތަބަޢަވާ މީހާގެ އަގު، އެކަލޭގެފާނަށް ތަބަޢަވުމަކާ ނުލައި އެތަކެއް ރޭ އަޅުކަމުގައި ހޭދަކުރާ މީހަކަށް ވުރެ ބޮޑުވެގެން ވެއެވެ. މެންދުރު ވަގުތުގެ ކުރިން އިރުކޮޅަކަށް ނިދިއަވަހާރަ ލެއްޕެވުމަކީ އެކަލޭގެފާނުގެ ޝަރަފުވެރި އާދަފުޅެކެވެ. ހަމަ އެހެންމެ، ދީނުގައި އަންގަވާފައި ވާތީ، ޢީދު ދުވަސްތަކުގައި ރޯދަ ނުހިފައި، އެކަމަކު ކައިބޮއެ އުޅުން، އޭނާގެ ދީނުގައި ނެތް ގޮތަށް އެތަކެއް އަހަރު ރޯދަ ހިފުމަށް ވުރެ މަތިވެރިވެގެން ވެއެވެ. ދީނުގައިވާ ގޮތަށް ފަޤީރުންނަށް ދެވޭ މަދު އެތިކޮޅު ނުވަތަ ޒަކާތް ދިނުން، ފަރުބަދައެއް ހާ ބޮޑު ރަން ފައުނު ފުންޏެއް އެ މީހެއްގެ ޝައުޤުވެރިކަމުން ޞަދަޤާތުގެ ގޮތުގައި ދިނުމަށް ވުރެ މަތިވެރިވެގެން ވެއެވެ.
ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމަށް ފަހު، أميرُ المُؤمنين عُمر (رضي الله عنه) ޖަމާޢަތަށް ބައްލަވާލައްވައި، އެކަކު މަދު ކަމަށް ފާހަގަކުރެއްވިގެން އޭނާ ވީ ކޮން ތަނެއް ގައި ތޯ އެއްސެވި އެވެ. އެކަލޭގެފާނުގެ އަރިސް ބޭފުޅުން ދެންނެވި އެވެ. "އޭނާ ފަތިސް ވަންދެން އަޅުކަން ކުރެއެވެ. ފަހަރެއް ގައި އޭނާ ނިދުނީ ކަމަށް ވެދާނެ އެވެ". أميرُ المُؤمنين ވިދާޅުވި އެވެ. "ތިމަންކަލޭގެފާނު އުއްމީދުކުރެއްވީ އޭނާ މުޅި ރޭގަނޑު ނިދައި، ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމެވެ؛ އެހެން ނަމަ މާރަނގަޅުވީހެވެ".
އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ނޫޅޭ މީހުން، އެ މީހުންގެ ނަފްސުތައް ދަތިއުނދަގޫ ކަންތައްތަކާ ކުރިމަތިކުރުވައި، އެ މީހުންގެ ނަފްސުތައް ބަލިކަށިކޮށްލައެވެ. އެއާއެކު، އެއީ، އަގެއް ނެތް ދަށު ދަރަޖައެކެވެ. އެހެނީ، އެ މީހުން އެކަންތައް ކުރަނީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ކަމުގައި ނުވާތީ އެވެ. އެ މީހުންގެ މި މަސައްކަތުން ލިބޭ ފައިދާއަކީ، އެއްވެސް ފައިދާއެއް ވާ ނަމަ، ދުނިޔެއިން ލިބޭ ބައެއް އިމްތިޔާޒުތަކެކެވެ. މި ދުނިޔެއަކީ، އަގެއް ނެތް ތަނަކަށް ވާ އިރު، އެ ދުނިޔޭގެ ބައެއްގައި ހުންނާނީ ކޮން އަގެއް ހެއްޔެވެ؟ މި މީސްމީހުން، ސާފުކުރާ މީހުން ފަދަ އެވެ؛ ސާފުކުރާ މީހުން އެހެން އެއްވެސް މީހަކަށް ވުރެ ބުރަކޮށް މަސައްކަތްކޮށް، އަދި މާ ބޮޑަށް ވަރުބަލިވެއެވެ. އެކަމަކު، އެ މީހުންނަށް ލިބޭ މުސާރަ އެހެން މީހުންނަށް ވުރެ މަދެވެ. އިސްލާމް ދީނުގައި ވާ ގޮތަށް އުޅެމުންދާ މީހުން، އަގު ބޮޑު ޖަވާހިރާއި، އަގުހުރި އަލިމަހުގެ ވިޔަފާރިކުރާ ގަހަނާގެ ވިޔަފާރިކުރާ މީހުން ފަދައެވެ. އެ މީހުން މަދުން މަސައްކަތްކޮށް، އެކަމަކު އެ މީހުންނަށް ލިބޭ އާމްދަނީ ވަރަށް ބޮޑެވެ. ބައެއް ފަހަރު، އެންމެ ގަޑި އިރެއްގެ މަސައްކަތުން އެބައި މީހުންނަށް އެއް ލައްކަ އަހަރުގެ އާމްދަނީ ލިބެ އެވެ. މީގެ ސަބަބަބކީ، އިސްލާމް ދީނުގައި ވާ ގޮތަށް ކުރާ ޢަމަލު، الله تعالى ގެ ޙަޟްރަތުގައި މަޤްބޫލުވެފައި ލޯބިވެވޮޑިގެން ވުމެވެ؛ އެކަލާނގެ އެ ފަދަ ޢަމަލުތަކަށް ލޯބިވެވޮޑިގެން ވެއެވެ. އެކަން، އެކަލާނގެ ވަނީ ކީރިތި قرآن ގެ އެތައް ތަނެއް ގައި ޞަރީޙަކޮށް ބަޔާންކޮށްދެއްވާފައެވެ.
މިސާލެއްގެ ގޮތުން، ކީރިތި قرآن ގެ سورة آل عمران ގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ ﴿٣١﴾) * آل عمران: -31) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައި މީހުން، ﷲ ދެކެ ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައި މީހުން، ތިމަންކަލޭގެފާނަށް ވާށެވެ! އޭރުން ﷲ ތިޔަބައި މީހުން ދެކެ ލޯބިވެވޮޑިގަންނަވާނެތެވެ".
رَسُوْلُ اللهِ ﷺ އަށް ތަބަޢަވުމުގެ މާނަ އަކީ، އިސްލާމް ދީނުގެ ޙުކުމްތަކުގެ އަގުވަޒަންކޮށް، ލޯތްބާ އެކު އެއަށް ޢަމަލުކޮށް، އެކަލޭގެފާނު އެންގެވި ކަންތައްތަކަށާއި، އިސްލާމީ ޢިލްމުވެރިނާއި، ވަރަޢަވެރިންނާއި، އިސްލާމް ދީނުގައި އަގުވަޒަންކުރެވޭ ކަންތައްތަކަށް އިޙްތިރާމްކޮށް، އެކަލޭގެފާނުގެ ދީން ފެތުރުމަށް މަސައްކަތްކޮށް، އެކަލޭގެފާނުގެ ދީނުގައިވާ ގޮތަށް އުޅެން ބޭނުންނުވާ މީހުންނަށް ނުވަތަ އެ ދީން ޤާބޫލުނުކޮށް އަޅާނުލާ ނަފްރަތުކުރުމެވެ.
އިސްލާމް ދީނާ ޚިލާފު އެއްވެސް ކަމަކަށް ރުއްސަވާވޮޑިނުގަންނަވައެވެ. ރުއްސަވާވޮޑިނުގަންނަވާ ކަންކަމަށް ޘަވާބު ދެއްވުމަކީ ވެދާނެ ކަމެއް ހެއްޔެވެ؟ އެކަމަކު އޭގެ އިދިކޮޅެވެ. އެފަދަ ކަންތައްތަކުން ލިބޭނީ ޢަޒާބެވެ.
ދުނިޔެ އާއި އާޚިރަތު ގައި އުފާވެރިކަން ލިބުން ބިނާވެގެންވަނީ، މި ދުނިޔެ އާއި ދެން އަންނަން އޮތް ދުނިޔޭގެ ވެސް ސައްޔިދު ކަމުގައިވާ مُحمَّدٌ رَسُوْلُ اللهِ ﷺ އަށް ހަމައެކަނި ތަބަޢަވެގެންނެވެ. އެކަލޭގެފާނަށް ތަބަޢަވުމަށް ޓަކައި، އީމާންވެ، އިސްލާމް ދީނުގެ ޙުކުމްތައް އުނގެނި، އަދި އެއަށް ޢަމަލުކުރުން ކޮންމެހެން ޟަރޫރީ އެވެ.
އާޚިރަތުގައި ނަރަކައިން މިންޖުވުން އޮތީ ހަމައެކަނި مُحمَّدٌ رَسُوْلُ اللهِ ﷺ އަށް ތަބަޢަވީ މީހުންނަށް އެކަންޏެވެ. މި ދުނިޔޭގައި ކޮށްފައިވާ ހުރިހާ ހެޔޮ ޢަމަލަކުންނާއި، ހޯދޭ ކޮންމެ ކަމަކުންނާއި، ކޮންމެ ޙާލަތަކުންނާއި، ކޮންމެ ޢިލްމަކުން އާޚިރަތު ގައި ފައިދާއެއް ވާނީ رَسُوْلُ اللهِ ﷺ ގެ ސުންނަތަށް ތަބަޢަވުމުގެ ޝަރުޠުގެ ދަށުންނެވެ. އެހެން ނޫން ނަމަ، ގެ ރަސޫލާ އަށް ތަބަޢަނުވާ މީހުން ކޮށްފައިވާ ހުރިހާ ރަނގަޅު ޢަމަލެއް ދެމިހުންނާނީ މި ދުނިޔޭގައެވެ. އަދި އެބައި މީހުންގެ އަންނަ އޮތް ދުނިޔެ ބަރުބާދުވެގެންދާނެ އެވެ. އޭގެ މާނަ އަކީ، އޭރުން އެ ހެޔޮ ޢަމަލުތައް ވެގެންދާނީ ހަމައެކަނި ހެޔޮކަންތަކުގެ ގޮތުގައި ސިފައިގައިވާ އޮޅުވާލުމަކަށެވެ.
މީހަކު مُحمَّدٌ رَسُوْلُ اللهِ ﷺ އަށް ފުރިހަމަ އަށް ތަބަޢަވުމަށް ޓަކައި، އެ މީހަކު އެކަލޭގެފާނަށް ފުރިހަމަ އަށް ލޯބިވާން ޖެހެއެވެ. ފުރިހަމައަށް ލޯބިވާ ކަމުގެ ޢަލާމާތަކީ، އެކަލޭގެފާނުގެ ޢަދުއްވުންނާ ދުރުވެ، އެކަލޭގެފާނަށް ނަފްރަތުކުރާ މީހުންނަށް ނަފްރަތުކުރުމުމެވެ. ލޯބީގެ ތެރޭގައި އިހުމާލުވުމެއް ނުހިމެނޭނެ އެވެ. ޢާޝިޤުން، އެ މީހުން ލޯބިވާ މީހުންނަށް މޮޔަވެ، އެ މީހުންނާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނެ އެވެ. އެ މީހުންނާ ދެކޮޅަށް މަސައްކަތްކުރާ މީހުންނާ އެކު ނޫޅެވޭނެ އެވެ. އިދިކޮޅު ދެ ފަރާތަކަށް ވާ ލޯބި އެއް ހިތެއް ގައި އެއްނުވާނެ އެވެ. އޭގެ މާނަ އަކީ، އިދިކޮޅު ދޭއްޗެއް އެއް ތަނެއް ގައި އެކީގައި ވުޖޫދުވުމަކީ މުސްތަޙީލު ކަމެކެވެ.
ދުނިޔަވީ ނިޢުމަތްތަކަކީ ނެތިގެންދާ ކެހިވެރި އެއްޗިއްސެވެ. ތިބާ އަށް މިއަދު ލިބިފައިވާ ނިޢުމަތަކީ، މާދަމާ އެހެން މީހެއްގެ އެއްޗެކެވެ. އެކަމަކު، އާޚިރަތުގައި ލިބޭނެ ނިޢުމަތް ގުނާ ޢަދަދު ނުކުރެވޭ އިރު، އެކަންތައްތައް ޙާޞިލުކުރެވެނީ މި ދުނިޔޭގައެވެ. ދުނިޔޭގެ މަދު ދުވަސްތަކެއް، މި ދުނިޔެ އާއި އާޚިރަތުގައި އެންމެ އަގުހުރި މަޚްލޫޤު ކަމުގައިވާ مُحمَّدٌ رَسُوْلُ اللهِ ﷺ އަށް ތަބަޢަވުމުގައި ހޭދަކުރެވިއްޖެ ނަމަ، އަހަރެމެން އުއްމީދުކުރާނީ ނިމުމެއް ނެތް ނިޢުމަތްތަކަށާއި، އަބަދީ ދިންނެވުމަށެވެ. އެހެން ނޫން ނަމަ، އިންސާނާ އެކަލޭގެފާނަށް ތަބަޢަނުވާ ނަމަ، ކޮންމެ ކަމެއް ވެގެންދާނީ ބޭކާރު ކަމަކަށެވެ. އެކަލޭގެފާނަށް ތަބަޢަވުމަކާ ނުލައި ކުރާ ކޮންމެ ހެޔޮ ޢަމަލަކާއި، ދީލަތި ޢަމަލެއް ދެމިހުންނާނީ މިތާނގައެވެ؛ އާޚިރަތުގައި އެއްވެސް އެއްޗެއް ޙާޞިލެއް ނުވާނެ އެވެ. مُحمَّدٌ رَسُوْلُ اللهِ ﷺ އަށް ތަބަޢަވުމުގެ ގޮތުން ކުރާ ކުޑަ ޢަމަލެއް ވެސް، މި ދުނިޔެ އާއި އާޚިރަތުގެ ހުރިހާ ނިޢުމަތްތަކަކަށް ވުރެ މާމަތިވެރި ވެގެން ވެއެވެ. އިންސާނިއްޔަތުގެ ފަޟްލުވަންތަކަމާއި، ޝަރަފުވެރިކަން ލިބުމަކީ އެކަލޭގެފާނަށް ތަބަޢަވުމެވެ.
رَسُوْلُ اللهِ ﷺ އަށް ތަބަޢަވުމަށް ބޭނުންވާ މުސްލިމުންގެ މައްޗަށް ވާ އަސާސީ ޝަރުޠަކީ، أهل السُّنّة ގެ ހަތަރު މަޒްހަބުން ކުރެ މަޒްހަބެއް ގައި ވުމެވެ. رَسُوْلُ اللهِ ﷺ އަށް އީމާންވެ، އެކަލޭގެފާނު ގެނެސްދެއްވި ކަންތައްތައް ޤަބޫލުކޮށް، އެކަލޭގެފާނަށް ލޯބިކޮށް ކިޔަމަންގަނެ، އެކަލޭގެފާނުގެ އިރުޝަދުތައް ޤަބޫލުކޮށް، އެކަލޭގެފާނަށް އިޙްތިރާމްކޮށް އަދަބު ތަޢުޒީމުކުރުމަކީ ވާޖިބެކެވެ. ކީރިތި قرآن ގެ سورة الأعراف ގެ 158 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (فَآمِنُوا بِاللَّهِ وَرَسُولِهِ النَّبِيِّ الْأُمِّيِّ الَّذِي يُؤْمِنُ بِاللَّهِ وَكَلِمَاتِهِ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ ﴿١٥٨﴾)1 * الأعراف: -158) މާނައީ: "ފަހެ، ﷲ އަށާއި، أمي ނަބިއްޔާ ކަމުގައިވާ އެކަލާނގެ رسول އާ އަށް ތިޔަބައި މީހުން إيمان ވާށެވެ! އެކަލޭގެފާނީ ﷲ އަށާއި، އެކަލާނގެ ބަސްފުޅުތަކަށް إيمان ވެވަޑައިގަންނަވާ ނަބިއްޔާ އެވެ. އަދި ތިޔަބައި މީހުން، އެކަލޭގެފާނަށް تبع ވާށެވެ! (އެއީ) ތިޔަބައި މީހުން ތެދުމަގު ލިބިގަތުމަށް ޓަކައެވެ". އަދި ކީރިތި قرآن ގެ سورة الفتح ގެ 13 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (وَمَن لَّمْ يُؤْمِن بِاللَّهِ وَرَسُولِهِ فَإِنَّا أَعْتَدْنَا لِلْكَافِرِينَ سَعِيرًا ﴿١٣﴾)2 * الفتح: -13) މާނައީ: "އަދި ﷲ އަށާއި، އެކަލާނގެ رسول އާ އަށް إيمان ނުވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ كافرންނަށް ޓަކައި އަނދައަނދާ ހުންނަ ނަރަކަ ތައްޔާރުކުރެއްވީމެވެ".
يحيى بن محمود بن محمد ين عبدالله، محمد بن إبراهيم بن سعيد، أميّة بن بستان، مجمد بن إبراهيم بن سعيد ގެ ކިބައިން ވާރިދުވެގެންވާ ގޮތުގައި، رَسُوْلُ اللهِ ﷺ ގެ އަރިހުން أبُو هُريرة (رضي الله عنه) ރިވާކުރައްވާފައި ވެއެވެ.: رَسُوْلُ اللهِ ﷺ حديثކުރައްވާފައި ވެއެވެ.: "الله تعالى ފިޔަވައި އެހެން އިލާހަކު ނުވާ ކަމަށް ހެކިވެ، ތިމަންކަލޭގެފާނަށާއި، ތިމަންކަލޭގެފާނު ގެނެސްދެއްވި ދީނަށް (އިސްލާމް ދީނަށް) އީމާންނުވާހާ ހިނދަކު މީސްތަކުންނާ (ކާފަރުންނާ) ހަނގުރާމަ ކުރުމަށް ތިމަންކަލޭގޭފާނުގެ މައްޗަށް ވަނީ އަމުރުކުރެއްވިގެންނެވެ. އެ މީހުން އެ ގޮތަށް ޢަމަލުކޮށްފި ނަމަ، އެ މީހުންގެ މުދަލާއި، ނަފްސުތައް ތިމަންކަލޭގެފާނުގެ ކިބަފުޅުން ސަލާމަތްވާނެ އެވެ. އިސްލާމް ދީނުގެ ޙައްޤަށް ޓަކައި މެނުވީ، الله تعالى އޭނާގެ ޙިސާބު ބައްލަވާނެތެވެ".3
"ތިމަން ކަލޭގެފާނަށް ތަބަޢަވެއްޖެ މީހާ، الله تعالى އަށް ތަބަޢަވެއްޖެ އެވެ. ތިމަން ކަލޭގެފާނާ އުރެދިއްޖެ މީހާ، الله تعالى އަށް އުރެދިއްޖެ އެވެ".
"ތިމަން ކަލޭގެފާނަށް ތަބަޢަވެއްޖެ މީހާ، الله تعالى އަށް ތަބަޢަވެއްޖެ އެވެ. ތިމަން ކަލޭގެފާނާ އުރެދިއްޖެ މީހާ، الله تعالى އަށް އުރެދިއްޖެ އެވެ".
حديث الشّريف
"ތިމަންކަލޭގެފާނަށް ތަބަޢަވެ، ތިމަންކަލޭގެފާނު ގެނެސްދެއްވި ދީނާ އެއްގޮތަށް އުޅޭ މީހާ އާއި، ތިމަންކަލޭގެފާނާ ދެކޮޅަށް ބަޣާވާތްކޮށް ތިމަންކަލޭގެފާނު ގެނެސްދެއްވި ދީނާ ޚިލާފުވާ މީހާގެ ޙާލަތްތައް، ގެއެއް ބިނާކޮށް (މީސްތަކުން ބޮޑު ޖާފަތެއް ދިނުމަށް ޓަކައި) މީރު އެތަކެއް ކާނާ ތައްޔާރުކޮށް މީހުންނަށް ދަޢުވަތު ދިނުމުގެ މަސްއޫލިއްޔަތު ކޮންމެވެސް މީހަކާ ޙަވާލުކުރި މީހާގެ ޙާލަތާ އެއް ގޮތެވެ. ދަޢުވަތު ޤަބޫލުކުރި މީހުން ގެއަށް ވަދެ އެ މީހުން ބޭނުންވި ވަރަކަށް ކެއެވެ. އެހެން ނަމަވެސް، ދަޢުވަތު ޤަބޫލުނުކުރި މީހުންނަށް އެ ގެއަށް ނުވަދެވެއެވެ. އަދި ތައްޔާރުކޮށްފައި ހުރި ކާނާ އިން ނުކުވެއެވެ. އެ ގެއަކީ (رَسُوْلُ اللهِ ﷺ ގެ ދަޢުވަތު ޤަބޫލުކުރި الله تعالى ދެކެ ބިރުވެތިވީ މީހުންނަށް ތައްޔާރުކުރެވިފައިވާ) ސުވަރުގެ އެވެ. (الله تعالى އަށާއި، ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ އަށް) ދަޢުވަތުދިން ބޭކަލަކީ مُحمَّدٌ رَسُوْلُ اللهِ ﷺ އެވެ. ތިމަން ކަލޭގެފާނާ އުރެދިއްޖެ މީހާ، الله تعالى އަށް އުރެދިއްޖެ އެވެ. އެކަލޭގެފާނަށް ތަބަޢަވީ މީހުން، އެކަލޭގެފާނަށް އިންކާރުކުރި ކާފަރުންގެ ތެރެއިން ވަކިކޮށް ދެނެވަޑައިގަންނަވައެވެ".
"ތިމަންކަލޭގެފާނުގެ މަގަށް ތަބަޢަވާށެވެ. އަދި ތިމަންކަލޭގެފާނުގެ ފަހުން ތަބަޢަވާނީ (رَسُوْلُ اللهِ ﷺ ގެ ފަހުން ވެރިކަން ކުރެއްވި ހަތަރު ޚަލީފާއިން ކަމުގައިވާ) خلفاء الرّاشدين ދެއްކެވި މަގަށެވެ. އެ ކަންތައްތަކުގައި ތިބާގެ ހުރިހާ ބާރަކާ އެކު ހިފަހައްޓާށެވެ. (ދީނުގެ ނަމުގައި) އޭގެފަހުން އުފެދޭ (ކީރިތި قرآن އާއި، ސުންނަތާއި، އުއްމަތުގެ އިޖްމާޢުން [مُجتهد ގެ ނަންދެވިފައިވާ ފުންނާބު އުސް ޢިލްމުވެރިންގެ އިއްތިފާޤު] އަދި ފިޤްހު ޢިލްމުވެރިންގެ ޤިޔާސުކުރުމުން [ކީރިތި قرآن އާއި، حديثތަކުން، އިޖްތިހާދުކުރުމުގެ ޒަރީޢާ އިން ޙުކުމްތަކާއި، އަމުރުފުޅުތަކާއި، ނަހީކުރެއްވި ކަންތައްތަކުގެ ޙުކުމްތައް ނެރުއްވުމަށް ޓަކައި ފިޤްހު ޢިލްމުވެރިން ކުރައްވާ ބުރަ މަސައްކަތާއި، މިގޮތުން ނެރެވޭ ޤަވާޢިދުތަކާއި އަސާސްތައް] ނުފެންނަ ކަންތައްތައް) ބިދުޢަތަކުން ދުރުވާށެވެ. އެހެނީ، (ދީނުގެ ނަމުގައި) އޭގެ ފަހުން އަލަށް އުފައްދާ ކަންތައްތަކަކީ ބިދުޢަ އެވެ. ކޮންމެ ބިދުޢަ އަކީ ޚުރާފާތެކެވެ".4
رَسُوْلُ اللهِ ﷺ އަށް ތަބަޢަވުމާ ބެހޭގޮތުން أنس بن مالك ރިވާކުރައްވާފައިވާ ގޮތުގައި رَسُوْلُ اللهِ ﷺ حديثކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނުގެ ސުންނަތް ދިރުވާ މީހާ (މާނަ އަކީ، އެއަށް ޢަމަލުކުރުމާ އެކު ސުންނަތް ފެތުރުން) ތިމަންކަލޭގެފާނު ދިރުވައިފި އެވެ. (މާނަ އަކީ، ތިމަންކަލޭގެފާނުގެ މަޖްދު އުފުލައި، ތިމަންކަލޭގެފާނު އެންގެވި ގޮތް ހާމަކޮށްފި އެވެ.) އަދި ތިމަންކަލޭގެފާނު ދިރުވާ މިހާ ވާނީ ތިމަންކަލޭގެފާނާ އެކު ސުވަރުގޭގައެވެ".
رَسُوْلُ اللهِ ﷺ، بلال بن حارث އާ މުޚާޠަބުކުރައްވައި حديث ކުރައްވާފައި އެވެ. "މީހަކު سُنّةُ الحَسنة އެއް (އެކަންކަމަކުން ފައިދާކުރުވަނިވި، އަދި އިސްލާމް ދީނާ ފުށުއަރާ ނުވަތަ އިސްލާމް ދީނާ ދެކޮޅު ކަމެއް) ދިރުވައިފި ނަމަ، އެކަމުގެ ޘަވާބާއި، އެ ގޮތަށް ޢަމަލުކުރާނެ އެންމެންނަށް ލިބޭ ޘަވާބު ލިބޭނެ އެވެ. އިސްލާމް ދީނުގައި سُنّةُ السَيئة (އިސްލާމް ދީނާ ފުށުއަރާ ނުވަތަ އިސްލާމް ދީނާ ދެކޮޅު ކަމެއް) އެއް މީހަކު ތަޢާރަފުކޮށްފި ނަމަ، އޭނާ އަށް އެކަމުން ލިބޭނެ ޢަޒާބު އޭނާ އަށް ދެވޭނެ އެވެ".5
عمر بن عبدالعزيز ވިދާޅުވެފައި ވެއެވެ. " رَسُوْلُ اللهِ ﷺ ވަނީ ރިވެތި މަގެއް ހުޅުއްވަވާދެއްވާފައެވެ. އަދި އެކަލޭގެފާނަށް ފަހު، އެކަލޭގެފާނުގެ ޚަލީފާއިން އެ މަގުން ހިންގެވި އެވެ. رَسُوْلُ اللهِ ﷺ އާއި އެކަލޭގެފާނުގެ ޚަލީފާއިން ދެއްކެވި މަހުން ހިނގުމުގެ މާނަ އަކީ، الله تعالى ގެ ފޮތުގައިވާ ގޮތަށް އުޅުމެވެ. الله تعالى އާއި، އަހަރެމެންގެ ސައްޔިދު رَسُوْلُ اللهِ ﷺ އަށް ކިޔަމަންގަތުމުގެ މާނަ އަކީ، الله تعالى ގެ ދީން ވަރުގަދަކުރުމެވެ. އިސްލާމް ދީން ފަސާދަކުރުމަކީ، ނުވަތަ ބަދަލުކުރުމަކީ، އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ". رَسُوْلُ اللهِ ﷺ ގެ ސުންނަތާ ޚިލާފުވެފައިވާ މީހަކު ބުނާގޮތަށް ޢަމަލުކުރުން ޖާއިޒެއް ނޫނެވެ.
رَسُوْلُ اللهِ ﷺ އާއި، އެކަލޭގެފާނުންގެ އަޞްޙާބު ބޭކަލުންގެ މަގުން ހިނގައިފި މީހުން ތެދު މަގަށް ވާޞިލުވެއްޖެ އެވެ. އަދި އެ މީހުންގެ ފަރާތުން އެހީތެރިކަމަށް އެދުނު މީހުންނަށް އެހީތެރިކަން ލިބޭނެ އެވެ. އަހަރެމެންގެ ރަސޫލާއާއި، އެކަލޭގެފާނުންގެ އަޞްޙާބުން ދެއްކެވި މަގާ ދެކޮޅުހަދައި، އެއާ އެއްގޮތަށް ޢަމަލުނުކުރާ މީހާ ވަނީ މުސްލިމުންގެ މަގު ފިޔަވައި އެހެން މަގެއްގައެވެ. އެފަދަ މީހުން ނުބައި ކަންތައް ކުރުމަށް ދޫކޮށްލައްވަމުން، އެފަދަ މީހަކު ވައްދަވާނީ ނަރަކަ އަށެވެ. ނަރަކަ އަކީ މަންޒިލްތަކުގެ ތެރެއިން އެންމެ ގޯސް މަންޒިލެވެ.
"އެ މީހަކު ދެކެ الله تعالى ވަރަށް ބޮޑަށް ލޯބިވެވޮޑިގަންނަވާ މީހަކީ، ދީނީ ތަޢުލީމު ޙާޞިލުކޮށް އެހެން މީހުންނަށް އުނގަންނައިދޭ މީހާ އެވެ. ތިބާގެ ދީން އިސްލާމީ ޢިލްމުވެރިންގެ އަރިހުން އުނގެނޭށެވެ".
حديث الشّريف
أحمد بن حنبل ވިދާޅުވެފައި ވެއެވެ. "އެއް ދުވަހަކު އަހަރެން ހުރީ މަޖްލިހެއްގަ އެވެ. ފެންގަނޑުގެ ތެރެއަށް ދިއުމަށް އެ މީހުން ވާދަކުރި އެވެ. އަހަންނަށް ބަލާ އިރު، حديث ގައި ވާފަދައިން 'މާތް ﷲ އާއި، ޤިޔާމަތް ދުވަހަށް އީމާންވާ މީހުން، (ޢައުރަ ނިވާކޮށްގެން މެނުވީ) ފާޚާނާ އަށް ނުވަންނަ ހުއްޓެވެ. އަހަރެން އަހަރެންގެ ފައިވާން ނުބާލަމެވެ. އެ ރޭ، ކޮންމެވެސް މީހަކު އަހަރެންގެ ހުވަފެނުގައި އަހަރެން ގާތު ބުންނެވެ. 'އޭ أحمد އެވެ! ތިބާ އަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. رَسُوْلُ اللهِ ﷺ ގެ މަގަށް ތިބާ ތަބަޢަވެފައި ވާތީ الله تعالى ވަނީ ތިބާގެ ފާފަތައް ފުއްސަވާދެއްވާފައެވެ. އެކަލާނގެ ވަނީ ތިބާ އިމާމަކަށް ހައްދަވާފައެވެ. މީސްތަކުން ތިބާ އަށް ތަބަޢަވާނެ އެވެ". އަހަރެން ތީ ކާޚު ތޯ ދެންނެވުމުން، އޭނާ ވިދާޅުވީ 'އަހަންނަކީ جبريل އެވެ' މިހެންނެވެ.
އެ މީހުން ކުރާ ކޮންމެ ކަމެއް ގައި رَسُوْلُ اللهِ ﷺ އަށް ތަބަޢަނުވާ މީހަކު، މުއުމިނަކަށް ނުވާނެ އެވެ. އެ މީހުންގެ އަމިއްލަ ނަފްސުތަކަށް ވުރެ އެކަލޭގެފާނަށް ލޯބިނުކުރާ ނަމަ، އެ މީހުންގެ އީމާންތެރިކަން ފުރިހަމައެއް ނުވެއެވެ. ހުރިހާ ޖިންނީންނާއި، ހުރިހާ އިންސީންގެ މައްޗަށް ފޮނުއްވުނު ރަސޫލަކީ رَسُوْلُ اللهِ ﷺ އެވެ.
ކޮންމެ ޤަރުނެއްގެ ހުރިހާ ތަނެއްގައި އުޅުނު މީހުން ވެސް އެކަލޭގެފާނަށް ތަބަޢަވުމަކީ ވާޖިބެކެވެ. ކޮންމެ މުއުމިނަކު ވެސް އެ މީހެއްގެ ދީނަށް ނަޞްރުދީ، އޭނާގެ ރިވެތި އަޚްލާޤު އާދަޔަކަށް ހަދައި، އެކަލޭގެފާނުގެ ބަރަކާތްތެރި ނަންފުޅު ގިނަގިނައިން ކިޔައި، އެކަލޭގެފާނުގެ ނަފުޅު ކިޔައި އަޑުއިވޭ އިރު އިޙްތިރާމާއި ލޯތްބާ އެކު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ކިޔައި، އެކަލޭގެފާނުގެ ބަރަކާތްތެރި މޫނުފުޅު ފެނުމުން ލޯބިވުމާއި، ކިރިތި ޤުރްއާނާއި އެކަލޭގެފާނު ގެންނެވި ދީނަށް އިޙްތިރާމްކުރުމަކީ ޟަރޫރީ ކަމެކެވެ.
އެކަލޭގެފާނީ ހަވާ ނަފްސުން ވާހަކަދައްކަވާ ބޭކަލެއް ނޫނޭ، އެކަލޭގެފާނުގެ ސާފު ބަސްފުޅުތަކަކީ ވަޙީއޭ،
އެކަލޭގެފާނީ ޙިކްމަތުގެ މުތުން ފުރިގެންވީ ކަނޑެކޭ، ދީލަތިކަމުގެ އެ ފައްވާރާއޭ.
އެކަލޭގެފާނު ވީ މީސްތަކުންގެ މެދުގައޭ، އެހެނަސް، އެކަލޭގެފާނުގެ ހިތްޕުޅު ވީ ހަމައެކަނި މާތް ﷲ ގެ ހަޟްރަތުގައޭ،
އެކަލޭގެފާނަށް އެއްކައުވަންތަކަން އަބަދުވެސް ފެނިވަޑައިގަތީ ޖަމްޢުކޮށޭ، ދީލަތިކަމުގެ އެ ފައްވާރާއޭ.
އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ އަޞްޙާބުންގެ މައްޗަށް ޞަލަވާތް ލައްވާށިއޭ،
އެހެނީ، އެކަލޭގެފާނު އެ ބޭކަލުންނާ އެކުވެރިކަން ބޭއްވެވިއޭ، ދީލަތިކަމުގެ އެ ފައްވާރާއޭ.
އޭ ޙައްޤީއޭ،މީސްތަކުންގެ މަތިން ހަނދާންނައްތާލައި، މާތް ﷲ ގެ ޙަބީބުގެ އަރިހުން އަޚްލާޤު އުނގެނޭށޭ،
އެހެނީ، الله تعالى ވަނީ އެކަލޭގެފާނަށް ރިވެތި އަޚްލާޤު ހިބަކޮށްދެއްވާފައޭ، ދީލަތިކަމުގެ އެ ފައްވާރާއޭ.
إبراهيم حقّي أرضرومي
ޙަޤީޤީ މުސްލިމަކަށް ވުމުގެ ޝަރުޠުތައް
ޢަރަބި ބަހުން، "إسلام" ގެ މާނަ އަކީ، "މީހަކުގެ ނަފްސު ޙަވާލުކޮށް ކިޔަމަންގަނެ، ދިންނެވުމާއި"، "އަމާންކަމަށް" ވާޞިލުވުމެވެ. الإمام أبو حنيفة (رحمه الله عليه) ގެ މާނަކުރައްވާފައިވަނީ، "الله تعالى ގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންވުމެވެ". މަތީގައިވާ ބަޔާންކުރެވިފައިވާ ޙަޤީޤަތްތައް ފަރުވާތެރިކަމާ އެކު ކިޔައިފި ނަމަ، މުސްލިމަކު އުޅެންވީ ގޮތް ސާފުކޮށް އެނގޭނެ އެވެ. މުސްލިމެއްގެ ކިބައިގައި ހުންނަންވީ ސިފަތައް ޢިލްމުވެރިން އޮޅުންފިލުއްވާދެއްވާފައިވަނީ އަންނަނިވި ފަދައިންނެވެ.: އެންމެ ފުރަތަމަ، މުސްލިކު ނަމަ ޖިސްމާނީ ގޮތުންނާއި، ރޫޙާނީ ގޮތުން ސާފުތާހިރުވާން ޖެހޭނެ އެވެ. ކީރިތި قرآن ގެ އެތައް ތަނެއް ގައި "إنّي أُحبُّ المتطهرين" މިހެން الله تعالى ވަނީ ވަޙީކުރައްވާފައެވެ. މުސްލިމުން، މިސްކިތްތަކަށާއި، ގެތަކަށް އެ މީހުންގެ ފައިވާނުގައި ނުވަދެއެވެ. އެ މީހުންގެ ކާޕެޓްތަކާއި، ތަޅުންގަނޑުތައް ބަހައްޓަނީ މިލަކަމެއް ނެތި ސާފުކޮށެވެ. ކޮންމެ މުސްލިމެއްގެ ގޭގައި ފާޚާނާއެއް ހުރެއެވެ. އެބައި މީހުންގެ ހަށިތަކާއި، ފޭރާންތަކާއި، ކެއުންތައް އަބަދު ވެސް ހުންނަނީ ސާފުކޮށެވެ. މިގޮތަށް ހެދުމުން، އެބައި މީހުން ޖަރާސީމުތަކާއި، ބަލިތައް ނުފަތުރައެވެ. ޙަޤީޤީ މުސްލިމަކީ ސާފުތާހިރު ވެފައި، އޭނާގެ ޞިއްޙަތަށް ވަރަށް ބޮޑަށް އަޅާލާ މީހެކެވެ. އޭނާ އެއްގޮތަކަށް ވެސް ރަލެއް ނުބޯނެ އެވެ. ރަލަކީ ޙަރާމްވެފައި ފާޑެއްގެ ވިހަ އެއްޗެކެވެ. މުސްލިމަކު އޫރު މަސް ނުކާނެ އެވެ. އެ މަސް ޙަރާމް ކުރައްވާފައިވަނީ، އޭގެ ގިނަގުނަ ނުރައްކާތަކާއި، ގެއްލުންތަކާ ހެދި އެވެ. رَسُوْلُ اللهِ ﷺ ވަނީ ބޭސްވެރިކަމުގެ ޢިލްމަށް އެތައް ގޮތަކުން ތަޢުރީފުކުރައްވާފައެވެ. އޭގެ މިސާލަކީ، އެކަލޭގެފާނުގެ އަންނަނިވި حديث ބަސްފުޅެވެ. "ދެ ވައްތަރެއްގެ ޢިލްމު ވެއެވެ. އެއީ: ހަށިގަނޑުގެ ޢިލްމާއި، ދީނުގެ ޢިލްމެވެ". އޭގެ މާނަ އަކީ، ރޫޙު ޙިމާޔަތްކޮށްދޭ ދީނީ ޢިލްމާއި، ހަށިގަނޑު ރައްކާތެރިކޮށްދޭ ޞިއްޙީ ޢިލްމާއި މި ދެ ޢިލްމަކީ އެންމެ މުހިއްމު ދެ ޢިލްމު ކަމަށް حديث ކުރައްވަމުން، އެކަލޭގެފާނު ބޭނުންފުޅުވީ އަހަރެމެންގެ ހަށިގަނޑާއި، ރޫޙުގެ ބާރު ހިފެހެއްޓުމަށް އަހަރެމެން ގަދައަޅާ މަސައްކަތް ކުރުމަށެވެ. އިސްލާމް ދީނުގައި އަންގަވާފައިވަނީ، ދީނީ ޢިލްމު ޙާޞިލުކުރުމުގެ ކުރިން ހަށިގަނޑުގެ ޢިލްމު އުނގެނުމަށެވެ. އެހެނީ، ހުރިހާ ވައްތަރެއްގެ ހެޔޮ ޢަމަލުތައް ކުރެވޭނީ ދުޅަހެޔޮ ހަށިގަނޑަކުންނެވެ. رَسُوْلُ اللهِ ﷺ ވަނީ ބީޒަންޓައިން އެމްޕެރަރ ހެރަކްލަޔަސް އާ އެކު، ސިޓީގެ ޒަރީޢާ އިން މުވާޞަލާތު ކުރައްވާފަ އެވެ. އެގޮތުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް މަންދޫބުން ފޮނުއްވި އެވެ. މީގެ ތެރެއިން އެ ފަހަރު، ހެރަކްލަޔަސް، رَسُوْلُ اللهِ ﷺ އަށް ގިނަ ޢަދަދެއްގެ ހަދިޔާ ފޮނުއްވި އެވެ. އޭގެ ތެރެއިން އެއް ހަދިޔާ އަކީ، މެޑިކަލް ޑޮކްޓަރެކެވެ. އެ ޑޮކްޓަރ އައި ވަގުތު އޭނާ رَسُوْلُ اللهِ ﷺ ގެ އަރިހަށް ގޮސް ދެންނެވި އެވެ. "މަނިކުފާނެވެ! އެމްޕެރަރ އަޅުގަނޑު ކަލޭގެފާނުގެ އަރިހަށް ފޮނުއްވީ ޚާދިމެއްގެ ގޮތުގައެވެ. ބަލި މީހުންނަށް އަޅުގަނޑު ހިލޭ ބޭސްކޮށްދޭނަމެވެ". رَسُوْلُ اللهِ ﷺ އޭނާގެ ޚިދުމަތް ޤަބޫލުކުރެއްވި އެވެ. އެކަލޭގެފާނު އަމުރުކުރެއްވީ ޑޮކްޓަރ ހުންނަން ގެއެއް ހަމަޖެއްސުމަށެވެ. ޑޮކްޓަރަށް ކޮންމެ ދުވަހަކު
"ތިމަންކަލޭގެފާނު الله تعالى ގަންދީ ހުވާކުރައްވަމެވެ. މީހަކު އޭނާގެ މުސްލިމު އަޚާ އަށް ޓަކައި، ތިމާގެ އަމިއްލަ ނަފްސަށް ލޯބިކުރާ ކަންތައްތައް ވުމަށް ލޯބިނުކުރާހާ ހިނދަކު އޭނާގެ އީމާންކަން ފުރިހަމައެއް ނުވާނެ އެވެ". الحديث الشّريف
މުސްލިމުން މީރު ކެއުންތަކާއި ބުއިންތައް ގެނެސްދިނެވެ. މިގޮތަށް އެތަކެއް މަސްތަކެއް ވިއެވެ. އެއްވެސް މުސްލިމެއް އެ ޑޮކްޓަރަށް ދައްކާކަށް ނައެވެ. ޑޮކްޓަރ މިކަމާ ލަދުން ގޮސް، އެނބުރި ދިއުމުގެ އިޒުނައަށް އެދިގެން ބުންޏެވެ. "މަނިކުފާނެވެ! އަޅުގަނޑު މިތަނަށް އައީ މަނިކުފާނަށް ޚިދުމަތްކުރުމަށެވެ. މިހާތަނަށް އަދި އެއްވެސް ބަލި މީހަކު އަޅުގަނޑަށް ދައްކާކަށް ނާދެއެވެ. ކަމެއް ނުކޮށް އިށީންދެގެން އިނދެ އަޅުގަނޑު މިދިޔައީ އަރާމުކޮށް ކައިބޮއެ ހަދަމުންނެވެ. މިހާރު ދެން އަޅުގަނޑު ބޭނުންވަނީ އެނބުރި އަޅުގަނޑުގެ ގެއަށް ދާށެވެ". ޖަވާބުގައި رَسُوْلُ اللهِ ﷺ ހަދީޘްކުރެއްވި އެވެ. "ތިބާ ބޭނުން ގޮތެއް ހަދާށެވެ. ތިބާ އިތުރު މުއްދަތަކަށް ހުންނަ ހިތްވެއްޖެ ނަމަ، އެ މީހުންގެ މެހްމާނުންނަށް ޚިދުމަތްކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެހެން ނަމަވެސް، ތިބާ އެނބުރި ދާން ބޭނުން ނަމަ، އުފާވެރި ދަތުރަކަށް އެދިލައްވަމެވެ! އެކަމަކު ތިބާ ދަންނާށެވެ. ތިބާ މިތާނގައި އެތަކެއް އަހަރެއް ވަންދެން ހުއްޓަސް، އެއްވެސް މުސްލިމަކު ތިބާ އަށް ދައްކާކަށް ނާންނާނެ އެވެ. އޭގެ ސަބަބަކީ، ތިމަންކަލޭގެފާނު އަޞްޙާބުން ބަލިނުވާތީ އެވެ. އިސްލާމް ދީނުން ވަނީ، ފުރިހަމަ ޞިއްޙަތެއްގައި ހުންނާނެ ގޮތުގެ އިރުޝާދު ދީފައެވެ. ތިމަންކަލޭގެފާނުގެ އަޞްޙާބުން ސާފުތާހިރުކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއެވެ. ބަނޑުހައިވެގެން ނޫނީ އެ މީހުން އެއްޗެއް ނުކައެވެ. އަދި އެއްކޮށް ބަނޑު ފުރުމުގެ ކުރިން އެ މީހުން ކެއުން ހުއްޓާލައެވެ". މަތީގައިވާ ބަސްތަކުން ޤަޞްދުކުރެވިފައިވާ މާނަ އަކީ، މުސްލިމަކު އެއްގޮތަކަށް ވެސް ބަލިނުވާ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް، އޭނާގެ ޞިއްޙަތަށާއި، ސާފުތާހިރުކަމަށް އަޅާލާ މުސްލިމަކަށް ދިގު މުއްދަތަކަށް ފުރިހަމަ ޞިއްޙަތެއްގައި ދެމިހުރެއެވެ. އޭނާ ބަލިވަނީ ވަރަށް މަދުންނެވެ. މަރަކީ ދިރިއުޅުމުގެ ޙަޤީޤަތެކެވެ. މަރަކުން ސަލާމަތެއް ނުވެވޭނެ އެވެ. ކޮންމެ އިންސާނަކު ވެސް ކޮންމެވެސް ބައްޔެއް ގައި މަރުވާނެ އެވެ. އެކަމަކު، މަރުވަންދެން، އެ މީހަކުގެ ހަށިގަނޑު ދުޅަހެޔޮކޮށް ބެލެހެއްޓޭނީ، ހަމައެކަނި އިސްލާމީ ދީނުގައި އަންގަވާފައިވާ ކަންތައްތަކާއި، ސާފުތާހިރުކަމަށް ސަމާލުކަން ދީގެންނެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ތިމަންކަލޭގެފާނު ފޮނުއްވުނީ ރިވެތި ސިފަތައް ފުރިހަމަކުރައްވައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިވެތި އަޚްލާޤު ފެތުރުއްވުމަށެވެ". رَسُوْلُ اللهِ ﷺ ގެއެހެން ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "ތިޔަބައި މީހުންގެ ތެރޭގައިވާ އީމާންތެރިކަން އެންމެ މަތިވެރީ ރިވެތި އަޚްލާޤުގެ ވެރިންނެވެ". ރޫޙާނީ ޠަހާރަތަކީ މުސްލިމަކަށް ޟަރޫރަތެކެވެ. އެހެން މީހުންނަށް ދޮގުހަދާ، މަކަރުހަދާ، އޮޅުވާލާ މީހަކީ، ހަރުކަށި އަދި އަނިޔާވެރި މީހަކީ، ދީނުގައި އޭނާގެ އަޚުންނަށް ވާ މީހުންނަށް އެހީތެރިވުމުން ފިލާ މީހަކީ، އެހެން މީހުންގެ މައްޗަށް ބޮޑާވެ ކިބުރުވެރިވެގަންނަ މީހަކީ، ހަމައެކަނި އޭނާގެ އަމިއްލަ އެދުމަށް ވިސްނާ މީހަކީ، ކިތަންމެ ވަރަކަށް އަޅުކަން ކުރި ކަމުގައި ވިޔަސް، ތެދުވެރި މުސްލިމެއް ނޫނެވެ. ކީރިތި قرآن ގެ سورة الماعون ގެ ފުރަތަމަ ތިން އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ ﴿١﴾ فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ ﴿٢﴾ وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ ﴿٣﴾)* الماعون: -1-3) މާނައީ: "(قيامة ދުވަހުން) ޖަޒާދެއްވާނޭކަން ދޮގުކުރާ މީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމު ތޯއެވެ؟ (1) ފަހެ، އެއީ، يتيم ކުއްޖާ ކޮށްޕައި ކުރިޔަށްލާ މީހާ އެވެ. (2) އަދި مسكينންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާ އެވެ". އެފަދަ މީހުންގެ އަޅުކަންތައް ޤަބޫލުނުކުރައްވާނެ އެވެ. އިސްލާމް ދީނުގައި، ފަރުޟުކަންތައް އަދާކުރުމަށް ވުރެ ޙަރާމް ކަންތައްތަކުން ދުރުން މާ މުހިއްމެވެ. ޙަޤީޤީ މުސްލިމަކީ، ހުރިހާ ކަމަކަށް ވުރެ ކުރިން، ފުރިހަމަ އަށް ތަޞައްރަފު ފުދިފައިވާ މީހެކެވެ. އޭނާގެ މޫނުމަތިން ފެންނާނީ ހިނިތުންވުމެވެ. އޭނާ އަކީ، ޙައްޤު ބަހުން ވާހަކަދައްކާ ރީތި ބަހުން ވާހަކަދައްކާ މީހެކެވެ. ރުޅިއަކީ ކޮބައި ކަމެއް އޭނާ އަށް ނޭނގޭނެ އެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "މަޑުމައިތިރިކަން ހިބަކޮށްދެވިފައިވާ މީހާ އަކީ، މި ދުނިޔެއާއި، އާޚިރަތުގެ ރަނގަޅުކަން ލިބިފައިވާ މީހެކެވެ". މުސްލިމު މީހާ އަކީ ނިހާޔަތަށް ހިތްތިރި މީހެކެވެ. އޭނާ އާ ދިމާވެ ބައްދަލުވާ ކޮންމެ މީހަކު ދައްކާ ވާހަކަ އޭނާ އަޑުއަހައި، އޭނާ އަށް ވީ ވަރަކުން އެހީތެރިވާނެ އެވެ. މުސްލިމު މީހާ އަކީ އަބުރުވެރި އަދި އަދަބުވެރި މީހެކެވެ. އޭނާގެ ޢާއިލާ އާއި އޭނާގެ ޤައުމު ދެކެ އޭނާ ލޯބިވާނެ އެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "ވަޠަން ދެކެ ލޯބިވުމަކީ އީމާންތެރިކަމުގެ ތެރެއިން ވާ ކަމެކެވެ". އެކަލާނގެ އަޅުތަކުން އުޅުމަށް الله تعالى ލޯބިވެވޮޑިގަންނަވާ ގޮތް ވަނީ ވަރަށް ފުރިހަމައަށް ކީރިތި قرآن ގައި ބަޔާންކުރައްވާފައެވެ. ކީރިތި قرآن ގެ سورة الفرقان ގެ 63 އިން 69 އާ ހަމަޔަށް މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (وَعِبَادُ الرَّحْمَٰنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا ﴿٦٣﴾ وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا ﴿٦٤﴾ وَالَّذِينَ يَقُولُونَ رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴿٦٥﴾ إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا ﴿٦٦﴾ وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا ﴿٦٧﴾ وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَٰهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ﴿٦٨﴾ يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا ﴿٦٩﴾)* الفرقان: -63-69) މާނައީ: "(رحمن ވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާ އެކު ބިމުގައި ހިނގާ އުޅޭ މީހުންނެވެ. އަދި ޖާހިލުން އެއުރެންނާ مخاطب ކޮށް ވާހަކަދައްކައިފި ހިނދަކު، އެއުރެން (އަމާންކަމާ އެކު) سلام އޭ ބުނެތެވެ. (63) އަދި އެއުރެންނީ، އެއުރެންގެ ވެރި ރަސްކަލާނގެ އަށް އަޅުކަން ކުޅައުމަށް، سجدة ކުރުމުގަޔާއި، قيام އަށް ތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ. (64) އަދި އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކކޮ! ނަރަކައިގެ عذاب، އަޅަމެންގެ ކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ عذاب އަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ. (65) ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، قائم ވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ. (66) އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފި ނަމަ إسراف ނުކުރާ، އަދި މުށްބަރު ވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭ މީހުންނެވެ. (67) އެއުރެންނީ ﷲ އާ އެކު އެހެން إله އަކަށް ގޮވައި ނަހަދާ މީހުންނެވެ. އަދި ﷲ، حرمة ތެރި ކުރައްވާފައިވާ نفس އެއް، حق ގޮތުން ނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭކުރާ މީހުންނެވެ. އެއިން ކަމެއް ކޮށްފި މީހާ (އެކަމުގެ) عقوبات އާ ބައްދަލުކުރާނެތެވެ. (68) އެ މީހަކަށް قيامة ދުވަހުން عذاب ގިނަގުނަކުރައްވާ ހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ حال އެ عذاب ގެ ތެރޭގައި، އެ މީހަކުދެމިހުންނާނެތެވެ" (69). ހަމަ މި ސޫރަތުގެ ގެ 72 އިން 74 އާ ހަމަޔަށް މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (وَالَّذِينَ لَا يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا ﴿٧٢﴾ وَالَّذِينَ إِذَا ذُكِّرُوا بِآيَاتِ رَبِّهِمْ لَمْ يَخِرُّوا عَلَيْهَا صُمًّا وَعُمْيَانًا ﴿٧٣﴾ وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ﴿٧٤﴾)* الفرقان: -72-74) މާނައީ: "އަދި އެއުރެންނީ ދޮގުހެކިނުދޭ މީހުންނެވެ. އަދި ބޭކާރު ބަސްތަކާއި ކަންތައް ދިމާވާ ހިނދު، މާތްމީހުންގެ ގޮތުގައި (އެކަމުގައި ބައިވެރިނުވެ) ފަހަނަޅައިދާ މީހުންނެވެ. (72) އަދި އެއުރެންނީ، އެއުރެންގެ ވެރި ރަސްކަލާނގެ آية ތައް ހަނދާންކޮށްދޭ ހިނދު ބީރު ކަނު ބައެއްގެ ގޮތުގައި، އެ آية ތަކުގެ މައްޗަށް ވެއްޓި ނުގަންނަ މީހުންނެވެ. (73) އަދި އެއީ ބުނާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބީންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާނުންކަމުގައި އަޅަމެން ލައްވާނދޭވެ!" (74). މީގެ އިތުރަށް، سورة الصف ގެ 2 ވަނަ އަދި 3 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ ﴿٢﴾ كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ ﴿٣﴾)* الصف: -2-3) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައި މީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟ (2) ތިޔަބައި މީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، ﷲ ގެ حضرة ގައި ނުރުއްސެވުން ބޮޑުވެގެން ވެއެވެ" (3). މި ދެ އާޔަތުގެ މާނައިން ދައްކައިދެނީ، އެ މީހަކަށް ނުކުރެވޭނެ ކަންތަކަށް ހުވާކޮށް ނުވަތަ ވަޢުދުވުމަކީ، ގެ ޙަޟްރަތުގައި އެ މީހަކު ވަރަށް ގޯސް މީހަކަށް ވެގެންދާނެ ސަބަބެއް ކަމެވެ. ޙަޤީޤީ މުސްލިމަކީ، އޭނާގެ މައިންބަފައިންނަށާއި، މުދައްރިސުންނަށާއި، ކޮމާންޑަރުންނަށާއި، ޤާނޫނުތަކަށާއި، އޭނާގެ ޤައުމުގެ އިސް މުއައްސަސާތަކަށް ވަރަށް ބޮޑަށް އިޙްތިރާމްކުރާ މީހެކެވެ. ބޭކާރު ކަންތައްތަކުގައި އޭނާގެ ވަގުތު ބޭކާރެއް ނުކުރާނެ އެވެ. އޭނާގެ ވަގުތު ފައިދާހުރި ކަންތައްތަކުގައި މެނުވީ ހޭދައެއް ނުކުރާނރއެވެ. އޭނާ ޖުވާނުކުޅޭނެ އެވެ. އޭނާގެ ވަގުތު އޭނާ ބޭކާރެއް ނުކުރާނެ އެވެ. ޙަޤީޤީ މުސްލިމެއް ނަމަ، އޭނާގެ އަޅުކަންތައް ފުރިހަމައަށް އަދާކުރާނެ އެވެ. އޭނާ الله تعالى އަށް ޝުކުރުވެރިވާނެ އެވެ. އަމިއްލަ އިޚްތިޔާރުން ބޭރުގައި ހުރެ ނުވަތަ ޣާފިލުކަންމަތީ ހުރެ، އަޅުކަންކޮށްގެން ނުވާނެ އެވެ. އަޅުކަން ކުރަންވާނީ، ކުރާހިތުން އަދި الله تعالى އަށް މަތިވެރި ލޯތްބަކުން ލޯބިވާ ޙާލުގައެވެ. الله تعالى ދެކެ ބިރުވެތިވުމުގެ މާނަ އަކީ، އެކަލާނގެ ދެކެ ނުހަނު
"ޙިކްމަތް އެކުލެވިގެންވަނީ ދިހަ ބަޔަކުންނެވެ. އޭގެ ތެރެއިން ނުވަ ބައި ވަނީ عُزْلة ގައެވެ. އަދި އެއް ބައި ވަނީ މަދުން ވާހަކަދެއްކުމުގައެވެ". الحديث الشّريف
ލޯބިވުމެވެ. މީސްތަކުން، އެ މީހުން ވަރަށް ބޮޑަށް ލޯބިވާ މީހަކު ދެރަކޮށްލަން ބޭނުންނުވާ ފަދައިން، އަދި އޭނާ އެ މީހަކު ރުޅިއަރުވަން ބިރުގަންނަ ފަދައިން، އަށް އަޅުކަންކުރަންވާނީ، އެކަލާނގެ ދެކެ އަހަރެމެން ވާ ލޯބި ދައްކުވައިދޭނެ ގޮތަކަށެވެ. އަހަރެމެންނަށް ދެއްވާފައިވާ ނިޢުމަތްތައް މަތިވެރިކަމުން ގޮސް، އަހަރެމެންގެ މައްޗަށް ވާ އެކަލާނގެއަށް ޝުކުރުވެރިވުމުގެ ދަރަނި ދެއްކޭނީ ހަމައެކަނި ފުރިހަމަ އިޚްލާޞްތެރި ކަމާ އެކު އެކަލާނގެ ދެކެ ވެވޭ ލޯތްބާއި، އެކަލާނގެ އަށް ކުރެވޭ އަޅުކަމުންނެވެ. ތަފާތު ވައްތަރުގެ އަޅުކަންތައް ވެއެވެ. އިސްވެ ދެންނެވިފައިވާ ފަދައިން، ބައެއް ވައްތަރުތަކުގެ އަޅުކަމަކީ، ﷲ އާއި އަޅާ އާ ދެމެދުގައެވެ. އެމީހެއްގެ އަޅުކަން އަދާކުރުމުގައި ފަރުވާކުޑަކޮށްފި މީހާ އަށް الله تعالى ޢަފޫކޮށްދެއްވަފާނެ އެވެ. އެހެން މީހުންގެ ޙައްޤުތަކަށް އިޙްތިރާމްކުރުމަކީ ވެސް އަޅުކަމުގެ ތެރެއިންވާ ކަމެކެވެ. އެކަމަކު، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުންނަށް، އަދި އެމީހެއްގެ މައްޗަށް ޙައްޤުތަކެއްވާ މީހުންނަށް، އެކަލާނގެ ޢަފޫނުކުރައްވާނެ އެވެ. އެކަމަކު، އެކަލާނގެ އެއްގޮތަކަށް ވެސް އެގޮތަށް ޢަމަލެއް ނުކުރައްވާނެތެވެ. رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެގެން އައިސްވެފައިވެ އެވެ. "މީސްތަކުންނަށް ރަޙުމް ނުބަހައްޓާ މީހަކަށް الله تعالى ރަޙުމް ނުބަހައްޓަވާނެ އެވެ". "އަނިޔާވެރިކަން ދުރުކޮށްގެން، އަނިޔާކުރާމީހާ އާއި، އަނިޔާލިބޭމީހާ އާ ދެ މީހުންނަށް އެހީތެރިވާށެވެ". "ގަމީހެއް ގަތުމަށް ދެވޭ ފައިސާގެ ދިހަ ބައިކުޅަ ނުބަ ބައި ޙަލާލުވެފައި، ދިހަ ބައިކުޅަ އެއް ބައި ޙަރާމް ނަމަ، އެ ގަމީސް ލައިގެން ހުރެ ކުރާ ނަމާދު الله تعالى ޤަބޫލުފުޅެއް ނުކުރައްވާނެއެވެ". "އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚާ އެވެ. އޭނާ، އޭނާގެ އަޚާ އަށް އަނިޔާއެއް ނުކުރާނެ އެވެ. އެކަމަކު، އޭނާ ސަލާމަތްކުރަން އަވަސްވެގަންނާނެ އެވެ. އޭނާގެ އަޚާ ދެރަކޮށް، އޭނާ އަށް ވުރެ ދެރަނިކަމެތި މީހެއް ކަމަށް ނުބަލާނެ އެވެ. އޭނާގެ ލޭގެ ގުޅުމަށް، މުދަލަށް، ޢިއްފަތްތެރިކަމަށް، ނުވަތަ ޝަރަފަށް އަރައިގަތުމަކީ، އޭނާގެ މައްޗަށް ޙަރާމްވެގެންވާ ކަމެކެވެ". "ތިމަންކަލޭގެފާނު މާތް ﷲ ގަންދީ ހުވާކުރައްވާ حديث ކުރައްވަމެވެ. އިންސާނާ، އޭނާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ވަރަށް އޭނާގެ މުސްލިމު އަޚާ ދެކެ ލޯބި ނުވާ ނަމަ، އޭނާގެ އީމާންކަން ފުރިހަމައެއް ނުވާނެ އެވެ". ތިމަންކަލޭގެފާނު މާތް ﷲ ގަންދީ ހުވާކުރައްވާ حديث ކުރައްވަމެވެ. އޭނާގެ އަވަށްޓެރިޔާ އިތުބާރުނުކުރާ މީހާއަކީ މުއުމިނެއް ނޫނެވެ. (އޭގެ މާނަ އަކީ ޙަޤީޤީ މުސްލިމެއް ނޫނެވެ.) އުފާވެރިކަމާއި، ހެޔޮކަމާއި، މި ދުނިޔޭގެ އަމާންކަން ޙާޞިލުކުރުމަށާއި، އާޚިރަތުގެ ޢަޒާބުން މިންޖުވުމަށް ޓަކައި ކޮންމެހެން މުހިއްމު ދެ ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ، ގެ އަމުރުފުޅުތަކަށް ޢަމަލުކުރުމެވެ. ދެވަނަ ކަމަކީ، ޙަރާމްކުރައްވާފައިވާ ކަންތައްތަކުން ދުރުވެގަތުމެވެ. މި ދެ ކަމުން ކުރެ އެންމެ މުހިއްމު ކަމަކީ، ދެވަނަ ކަމެވެ. ޙަރާމްކުރައްވާފައިވާ ކަންތައްތަކުން އެއްކޮށް ދުރުވުމަށް ޓަކައި، މުބާޙު ކަންތައްތަކުން ބޭނުންވާ ވަރަށް ވުރެ ބޮޑުވާ ބައިން މަނާވެގަންނަން ޖެހެއެވެ. މުބާޙު ކަންތައްތައް ކުރަންވާނީ ބޭނުންޖެހޭ މިންވަރަށެވެ. މީހަކު، އޭނާ ގަޔާވާހާ ގޮތަކަށް މުބާޙުކުރެވިފައިވާ ކަންތައްތައް ކުރާކަމުގައި ވާ ނަމަ، މާނަ އަކީ، ކުރުން ހުއްދަ ކަންތައްތަކުގެ ތެރެއިން، ނުވަތަ މުބާޙު ކަންތައްތައް ބޭނުންވާ ވަރަށް ވުރެ އިތުރަށް ބޭނުންކުރާ ނަމަ، شُبهة ތަކަށް ފަށާފާނެ އެވެ. އަދި شُبهةތަކަކީ، ޙަރާމް ކަންތައްތަކާ ގާތްކުރާ ކަންތައްތަކެވެ. އިންސާނާގެ ނަފްސަކީ، ޖަނާވާރު ފަދައިން، ފޮނި އެއްޗެކެވެ. ކައިރި ފަށުން ހިނގާ މީހާ އެތަނުން ތިރިއަށް ވެއްޓިދާނެ އެވެ. އިސްލާމް ދީނުގެ ޢިމްލުވެރިން ވިދާޅުވެފައި ވެއެވެ.: "ބޯ އިސްދަށަށް ޖަހައިގެން ތިބޭ ފާފަވެރިން، މޭފުއްޕާލައިގެން ތިބެ އަޅުކަންކުރާ މީހުންނަށް ވުރެ މަތިވެރިވެގެން ވެއެވެ". ޙަރާމް ކަންތައްތަކުން ދުރުވެވޭނެ ދެ ގޮތެއް ވެއެވެ.: ފުރަތަމަ ގޮތަކީ، الله تعالى ގެ ޙައްޤުތަކަށް އަރައިގަންނަ ފާފަތަކުން ދުރުވެގަތުމެވެ؛ ދެވަނަ ގޮތަކީ، އެހެން މީހުންގެ ނުވަތަ އެހެން މަޚްލޫޤުންގެ ޙައްޤުތަކަށް އަރައިގަންނަ ފާފަތަކުން ދުރުވެގަތުމެވެ. الله تعالى އެއްވެސް ކަމަކަށް ބޭނުންވެ ވޮޑިނުގަންނަވައެވެ. އަދި އެކަލާނގެއަކީ ރަޙީމްވަންތަ ޣަފޫރުވަންތަ ރަސްކަލާނގެ އެވެ. އަނެއްކޮޅުން، ހަމައެކަނި ބޭނުންވަނީ ގިނަ ޢަދަދެއްގެ އެއްޗިއްސެއް ނޫނެވެ. އެކަމަކު، އޭނާ އަކީ ބަޚީލު މީހެއް ވެސް މެއެވެ. رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "އެހެން އިންސާނުންގެ ޙައްޤުތައް އޭނާގެ ބޮލުގައި އެޅިފައިވާ، އަދި މީސްތަކުންގެ މުދަލަށާއި، ޢިއްފަތްތެރިކަމަށް އަރައިގެންފައިވާ މީހާ، އެ ޙައްޤުތައް އަނބުރާ ދޭންޖެހޭނެ އެވެ. އަދި މަރުވުމުގެ ކުރިން ފާފަފުއްސެވުމަށް އެދި ދުޢާކުރަންޖެހޭނެ އެވެ. އެހެނީ، އެ ދުވަހު، ރަނާއި، މުދަލުގައި އަގެއް ނުހުންނާނެ އެވެ. އެ ދުވަހު، އޭނާ ދުނިޔޭގައި ކުރި އަޅުކަންތައް އޭގެ ޙައްޤުވެރިންނަށް ދެވޭނެ އެވެ. އޭނާގެ އަތުގައި އެއްވެސް އަޅުކަމެއް ނެތް ނަމަ، ނުވަތަ ބާކީ އަޅުކަމެއް ނެތް ނަމަ، އޭގެ ޙައްޤުވެރި މީހާގެ ފާފަތައް އޭނާގެ ބޮލުގައި އުޅުވޭނެ އެވެ". އެއް ދުވަހަކު،رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަޞްހާބުންނާ ސުވާލުކުރެއްވި އެވެ. "ބަނގުރޫޓުވެފައިވާ މީހާ ކަމަށް ގޮވޭ މީހަކީ ކާކުކަން އެނގޭ ހެއްޔެވެ"؟ އެ ބޭކަލުން ދެންނެވި އެވެ. "ފައިސާއެއް މުދަލެއް ނެތް މީހާ އެވެ". އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން، ބަނގުރޫޓުވެފައިވާ މީހާ އަކީ، ޤިޔާމަތް ދުވަހު އެ މީހެއްގެ ފަތްކޮޅުގައި ނަމާދާއި، ރޯދަހިފުމާއި، ޒަކާތްދިނުމުގެ ގިނަ ޢަދަދެއްގެ ޘަވާބު ހިމެނޭ މީހާ އެވެ. އެކަމަކު، އޭނާ ވަނީ މީހުންނަށް ބަދުދުޢާކޮށް، އަބުރުކަތިލައި، އެ މީހުންގެ މުދާތައް ޖަހައިގެންފައެވެ. އޭނާގެ ޘަވާބުތައް ބައިބަޔަށް ބަހާލައި، އަޞްލު ޙައްޤުވެރިންނަށް ބަހާލެވޭނެ އެވެ. ޙައްޤުތައް ބަހާލުމުގެ ކުރިން އޭނާގެ ޘަވާބުތައް ހުސްވެއްޖެ ނަމަ، ޙައްޤުތަކުގެ އަހުލުވެރިންގެ ފާފަތައް އޭނާގެ ބޮލުގައި އެޅުވޭނެ އެވެ. ދެން އޭނާ ދަމާކޫއްތާފައި ނަރަކަށް އެއްލާލެވޭނެ އެވެ". المكتُوبات މި ފޮތުގެ ދެވަނަ ޢަދަދުގެ 110 ވަނަ ސިޓީ ގައި محمد معصوم الفارُوقي السرهندي (رحمه الله) އޭނާގެ ދަރިވަރަކަށް ލިޔެފައިވެއެވެ. "ތިބާ ފާފައެއް ކޮށްފި ނަމަ ތިބާ ވަގުތުނ ތައުބާވާންޖެހޭނެ އެވެ. ތައުބާވާން ޖެހޭނީ ސިއްރުން ކުރި ފާފަޔަކަށް ސިއްރުން، އަދި މީހުންނަށް ފެންނަ ގޮތަކަށް ކުރި ފާފައެއް ނަމަ، ތައުބާވާންޖެހޭނީ މީހުންނަށް ފެންނަ ގޮތަކަށެވެ. ތައުބާވުން ލަސްކޮށްގެންނުވާނެ އެވެ. كراما كاتبين މަލާއިކަތުން ވަގުތުން ނުލިޔުއްވައެވެ. އެ މީހަކު ތައުބާވެއްޖެ ނަމަ، އެ ފާފަ އެއްގޮތަކަށް ވެސް ނުލިޔުއްވޭނެ އެވެ. އެ ބޭކަލުން އެ ފާފަ ލިޔުއްވާނީ އޭނާ އެ ފާފަ އަށް ތައުބާނުވެއްޖެ ނަމައެވެ. جعفر بن سنان ވިދާޅުވެފައި ވެއެވެ. 'ފާފަ އަކަށް ތައުބާނުވުން، އެ ފާފައަކަށް އަރއިގަތުމަށް ވުރެ ގޯހެވެ.' އަދި ވަގުތުން ތައުވާނުވެއްޖެ މީހާ، މަރުވުމުގެ ކުރިން އެކަން ކުރަންވާނެ އެވެ. ތަޤްވާވެރިކަމަކީ، ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަންތައްތައް ނުކުރުމެވެ. އަދި ވަރަޢަވެރިވުމަކީ، شُبهاتތައް ނުކުރުމެވެ. ވާޖިބުކުރައްވާފައިވާ ކަމެއް ކުރުމަށް ވުރެ ޙަރާމްކުރައްވާފައިވާ ކަމެއް ނުކުރުން އައުލާކަން ބޮޑުވެގެން ވެއެވެ. އަހަރެމެންގެ ތެރެއިން އިސް ބޭފުޅުން ވިދާޅުވެފައި ވެއެވެ. 'ގޯސް މީހުންނާއި، ރަނގަޅު މީހުން ވެސް ޞާލިޙު ޢަމަލުތައް ކުރެއެވެ. އެކަމަކު، ފާފަތަކުން ދުރުވަނީ ހަމައެކަނި ޞިއްދީޤުންނެވެ...' رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. 'ޤިޔާމަތް ދުވަހު، ނިޢުމަތްތައް ދެއްވި ހުރިހާ އެންމެންގެ މައްޗަށް ވަރަޢަވެރިންނާއި، ޒާހިދުން އިސްވާނެ އެވެ'. ( زُهد ގެ މާނަ އަކީ ޙަލާލު ވިޔަސް، ޟަރޫރީ ނޫން ދުނިޔަވީ ކަންތައްތަކުން ދުރުވުމެވެ.) رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. 'ވަރަޢަވެރި ފިރިހެނާގެ ނަމާދު ވަނީ ޤަބޫލުކުރެވިގެންނެވެ' އަދި 'ވަރަޢަވެރި ފިރިހެނަކާ އެކު ވުމަކީ އަޅުކަމެކެވެ. އަދި އޭނާ އާ އެކު ވާހަކަދެއްކުމަކީ، ޞަދަޤާތްދިނުން ފަދަ ބަރަކާތްތެރި ކަމެކެވެ'. ތިބާ އެ ކަންކަމާ މެދު ޝައްކުއުފެދޭ ކަންކަމާ މެދު ތިބާ ހިތާ މަޝްވަރާކުރާށެވެ! ތިބާގެ ހިތް އެ ކަމަކާ ބިރުގަންނަ ކަމެއް ނުކުރާށެވެ! ތިބާގެ ހަވާ ނަފްސަށް އަޑުނާހާށެވެ! 'ހަވާ ނަފްސު މައިތިރިކޮށް ހިތަށް ހަމަޖެހުން ގެނެސްދޭ ކޮންމެ ކަމަކީ ރަނގަޅު ކަމެކެވެ. ހަވާ ނަފްސު ހޭލައްވާ ހިތަށް ކަނބޮޑުވުން ގެނެސްދޭ ކޮންމެ ކަމަކީ ފާފައެކެވެ'. އަދި ވެސް رَسُوْلُ اللهِ ﷺ ގެ އެހެން ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. 'ޙަލާލު ކަންތައްތައް ވަނީ ބަޔާންކުރައްވާފައެވެ. އަދި ޙަރާމް ކަންތައްތައް ވެސް ވަނީ އަންގަވާފައެވެ. شُبهة ތަކުން ދުރުވާށެވެ. ތިޔަބައި މީހުންނަށް އެކަމުގައި ޝައްކެއް ނުވާ ކަންތައްތައް ކުރާށެވެ'. މި حديثފުޅުތަކުން ދައްކައިދެނީ، شُبهات ތަކާއި، ހިތަށް އުނދަގޫކުރުވާ ކަންތައްތަކުން ދުރުވާންޖެހޭ ކަމެވެ. شُبهةއަކަށް ނުވާ ކަންތައްތައް ކުރުން ޖާއިޒުވެގެން ވެއެވެ.رَسُوْلُ اللهِ ﷺ ގެ އެހެން ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. 'الله تعالى ކީރތި قرآن ގައި ޙަލާލުކުރައްވާފައިވާ ކަންތައްތައް ޙަލާލެވެ. ކީރިތި قرآن ގައި އެކަލާނގެ ޒިކްކުރައްވާފައިނުވާ ކަންތައްތައް އެކަލާނގެ ޢަފޫކުރައްވާނެ އެވެ'. އަހަރެމެންނާޝައްކުއުފެދޭ ކަހަލަ ކަމަކާ ކުރިމަތިވެއްޖެ ނަމަ، އަހަރެމެންގެ އަތްތައް ހިތް މަތީގައި ބާއްވާށެވެ. ހިތް ނުތެޅޭ ނަމަ، އެކަމެއް ކުރާށެވެ. އަދި ހިތް ތެޅިގެންފި ނަމަ، އެ ކަމެއް ނުކުރާށެވެ. رَسُوْلُ اللهِ ﷺ ގެ ޙަދީޘެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. 'ތިބާގެ އަތް ތިބާގެ މޭ މަތީގައި ބާއްވާށެވެ! ޙަލާލު ކަމަކާ މެދު ހިތް ހަމަޖެހޭނެ އެވެ. ޙަރާމް ކަމަކާ މެދު ހިތް ތެޅޭނެ އެވެ. ތިބާ ކަމަކާ މެދު ޝައްކު އުފެދޭ ނަމަ، އެ ކަމެއް ނުކުރާށެވެ! ދީނީ ޢިލްމުވެރިން އެ ކަމަކާ މެދު ފަތުވާއެއް ނެރުނަސް އެ ކަމެއް ނުކުރާށެވެ!' އީމާންތެރި މުއުމިނަކު ނަމަ ބޮޑެތި ފާފަތަކަށް އަރައިގަތުމުން ދުރުވުމަށް ޓަކައި، ކުދި ފާފަތައް ކުރުމުން ދުރުވާނެ އެވެ. އަހަރެމެން
"ބޮޑު ޢާއިލާއެއް ލިބިފައިވާ، އެކަމަކު މަދުން އާމްދަނީ ލިބޭ، އަދި އޭނާގެ ނަމާދު ބަރާބަރަށް ކޮށް، މުސްލިމުންނާ މެދު ޣީބަނުބުނާ މީހާ ޤިޔާމަތް ދުވަހުން ވާނީ ތިމަންކަލޭގެފާނާ އެކުގައެވެ". الحديث الشّريف
ބަލަންވާނީ، އަހަރެމެންގެ ހުރިހާ އަޅުކަމަކާއި، ހެޔޮ ޢަމަލުތައް މަދުކަމަށެވެ'. އަހަރެމެން ޤަބޫލުކުރަންވާނީ، އަހަރެމެންނަށް الله تعالى ގެ އަމުރުފުޅުތަކާ އެއްގޮތަށް ނޫޅެވޭ ކަމަށެވެ. أبو محمّد عبدالله بن منازل ވިދާޅުވެފައި ވެއެވެ. 'الله تعالى ވަނީ ގިނަ ވައްތަރުތަކެއްގެ އަޅުކަންތައް ކުރުމަށް އަމުރުކުރައްވާފަ އެވެ. އެކަލާނގެ ވަނީ ކެތްތެރިވުމަށާއި، إعتكاف އަށް އިނުމާއި، ނަމާދުކުރުމާއި، ރޯދަހިފުމާއި، فجر ލުމުގެ ކުރިން إستغفار (އެ މީހެއްގެ ފާފަ ފުއްސެވުން އެދި މާތް ﷲ އަށް އާދޭސް ދެންނެވުން) ކުރުމެވެ. إستغفار ކުރުން ލެއްވެވީ ލިސްޓުގެ އެންމެ ފަހަތަށެވެ. އެހެންކަމުން، އިންސާނުން އެ މީހުންގެ ހުރިހާ އަޅުކަންތަކާއި، ހެޔޮ ޢަމަލުތައް މަދުކަމަށް ބަލައި، ޢަފޫކުރެއްވުމަށާއި، مغفرة އަށް އެދި ދެންނެވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ'. جعفر بن سنان ވިދާޅުވެފައި ވެއެވެ. 'އަޅުކަންކުރާ މީހުން، އެ މީހުންނަކީ ފާފަކުރާ މީހުންނަށް ވުރެ މަތިވެރި ބައެއް ކަމަށް ހީކުރުމަކީ، އެބައި މީހުންގެ ފާފަޔަށް ވުރެ ނުބައި ކަމެކެވެ'. އެއް ފަހަރަކު، حضرة علي مرتعش ރަމަޟާން މަހުގެ 20 ގެ ފަހުން، إعتكاف ދޫކޮށް މިސްކިތުން ނުކުންނަވައިފި އެވެ. އޭނާ މިސްކިތް ދޫކޮށް ނުކުންނެވި ސަބަބާ މެދު ސުވާކުރުމުން ވިދާޅުވި އެވެ.: 'ތިމަންނާ އަށް ޙާފިޡުން ރާގުރާގަށް ކީރިތި ޤުރްއާން ކިޔަވައި، މޮޅުކަން ދައްކަން ފެށުމުން، އަހަންނަށް އެތެރޭގައި އެއަށް ވުރެ ބޮޑަށް ނުހުރެވުނީ އެވެ'. އަހަރެމެންނާއި، އަހަރެމެންގެ ޢާއިލާތަކުގެ ރިޒްޤު ހޯދުމަށް އަހަރެމެން މަސައްކަތް ކުރަންވާނީ ޙަލާލު ގޮތްގޮތަށެވެ'. މިކަން ޙާޞިލުކުރުމަށް ޓަކައި، ވިޔަފާރި އާއި، އަތްތެރިމަސައްކަތްތައް ކޮންމެހެން މުހިއްމެވެ. ސަލަފުއްޞާލިޙުން އަބަދު ވެސް މަސައްކަތް ކުރައްވައި އާމްދަނީ ހޯއްދެވީ މި ގޮތަށެވެ. ޙަލާލު މަސައްކަތް ކުރުމުން ލިބޭ ޘަވާބުގެ ވާހަކަ ބަޔާންކޮށްދެއްވާފައިވާ ގިނަހުނަ حديثތައް ވާރިދުވެފައި ވެއެވެ. محمّد بن سالم ގެ އަރިހުން ސުވާލުކުރެވުނެވެ.: 'އަހަރެމެން މަސައްކަތްކޮށް އާމްދަނީ ހޯދަންވީ ތޯ އެވެ؟ ނުވަތަ އަހަރެމެން މާތް ﷲ އަށް އަޅުކަންކޮށް އެކަލާނގެ އަށް ވަކީލުކުރަންވީ ތޯ އެވެ'؟ އޭނާ ވިދާޅުވި އެވެ. 'މާތް ﷲ އަށް ވަކީލުކުރުމަކީ، رَسُوْلُ اللهِ ﷺ ގެ ސިފަފުޅެކެވެ. އަދި މަސައްކަތްޕުޅު ކުރައްވައިގެން އާމްދަނީ ހޯއްދެވުމަކީ، އެކަލޭގެފާނުގެ ސުންނަތެވެ. ތިޔަބައި މީހުން މަސައްކަތްކޮށް، މާތް ﷲ އަށް ވަކީލުކުރަންވާނެ އެވެ'. أبو محمّد بن منازل ވިދާޅުވި އެވެ. 'މަސައްކަތްކޮށް، މާތް ﷲ އަށް ތަވައްކުލުކުރުން، އެކަހެރިވެގެން އަޅުކަންކުރުމަށް ވުރެ މޮޅުއިތުރުވެގެންވެއެވެ'. ކެއުމުގައި އަހަރެމެން މެދުމިންވާން ޖެހެއެވެ. މަސައްކަތްނުކުރެވޭ ވަރަށް ގިނައިން އަހަރެމެން ކައިގެންނުވާނެ އެވެ. އަދި ހަމަ އެހެންމެ، އަޅުކަން ނުކުރެވޭ މިންވަރަށް ޑައިޓް ހަދާކަށް ނުޖެހެއެވެ. حضرة شاه النقشبند ވިދާޅުވެފައި ވެއެވެ. 'ރަނގަޅަށް ކާށެވެ! އަދި ރަނގަޅަށް މަސައްކަތް ކުރާށެވެ'. ކުރުކޮށް ދަންނަވާ ނަމަ، އަޅުކަންކުރުމަށާއި، ހެޔޮ ޢަމަލުތައް ކުރުމަށް އެހީއަކަށް ވާ ކޮންމެ ކަމަކީ ރަނގަޚު އަދި ބަރަކާތް ލެއްވިގެންވާ ކަމެކެވެ. އަދި އަޅުކަންކުރުމަށާއި، ހެޔޮ ޢަމަލުތައް މަދުކޮށްލާ ކަންކަމަކީ ޙަރާމް ކަންތައްތަކެވެ. އަހަރެމެން ކުރާ އެއްވެސް ރަނގަޅު ކަމެއް ކުރުމުގެ ނިޔަތާ މެދު އަހަރެމެން ސަމާލުވާން ޖެހެއެވެ. ނިޔަތް ރަނގަޅު ނޫން ނަމަ، އަހަރެމެން އެ ކަންތައްތައް ކޮށްގެންނުވާނެ އެވެ. އިސްލާމް ދީނަށް ތަބަޢަނުވެ، ބިދުޢަ އާއި، ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުންނާ އަހަރެމެން ދުރުވާން ޖެހޭނެ އެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، އެފަދަ މީހުންނާ އަހަރެމެން އެކުވެރިވެގެން ނުވާނެ އެވެ. رَسُوْلُ اللهِ ﷺ ގެ ހަދީޘްފުޅެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ.: "ޙިކްމަތް އެކުލެވިގެންވަނީ ދިހަ ބަޔަކުންނެވެ. އޭގެތެރެއިން ނުވަ ކަމަކީ، އެކަހެރިވުން (عُزْلَة) އެވެ. އަދި އެއް ރުކުނަކީ މަދުން ވާހަކަދެއްކުން މަދުވުމެވެ". ބޭނުންޖެހުމުން، އަހަރެމެން މިފަދަ ބޭފުޅުންނާ ބައްދަލުކުރަންވާނެ އެވެ. އުފާކުރަންވީ ވަގުތަކީ، މަރުވުމުގެ ފަހެވެ. އަހަރެމެން ތަޤްވާވެރި މުސްލިމުންނާ އެކުވެރިވެ، އެ ބޭފުޅުންނަށް ފައިދާކުރުވަނިވި ބަޔަކަށް އަހަރެމެން ވެ، އެ ބޭފުޅުންގެ ކިބައިން ފައިދާ ލިބިގަންނަންވާނެ އެވެ. އަހަރެމެންގެ ވަގުތުތައް، ބޭކާރު، ތާކުންތާކުނުޖެހޭ ވާހަކަތައް ދެއްކުމުގައި އަހަރެމެންގެ ވަގުތުތައް ބޭކާރުކޮށްގެން ނުވާނެ އެވެ. އަހަރެމެން އެންމެންނާ ވެސް، އެއީ ޞާލިޙުންނަށް ވިޔަސް، ނުވަތަ ގޯސް މީހުންނަށް ވިޔަސް، މުޢާމަލާތްކުރަންވީ ހިނިތުންވުމާ އެކުގައެވެ. ފިތުނަވެރިކަމަށް އުފެދިދާނެ ކަންތައްތައް އަހަރެމެން ކޮށްގެންނުވާނެ އެވެ. އަދި މީހުންނާ ޢަދާވާތްތެރި ވެގެންނުވާނެ އެވެ. الحافظ الشيرازي ގެ ބަސްފުޅު އަހަރެމެން ޤަބޫލުކުރަމާ ބަހީ އެވެ. 'އެކުވެރިންނާ ތެދުބަހުން ވާހަކަދައްކައި، ޢަދާވާތްތެރިންނާ ހިނިތުން މޫނަކާއި، ރިވެތި ބަހުން ވާހަކަދައްކާށެވެ'. މަޢާފަށް އެދޭ މީހުންނަށް އަހަރެމެން މަޢާފުކުރަންވާނެ އެވެ. އެންމެންނަށް ވެސް އަހަރެމެން ރިވެތި އަޚްލާޤެއް ދައްކަންވާނެ އެވެ. އެއްވެސް މީހަކު ދައްކާ ވާހަކަ އަށް ދެކޮޅުހަދައި، ނުވަތަ އެއްވެސް މީހަކާ ޖަދަލުކޮށްގެންނުވާނެ އެވެ. އެނެމެންނާ އެކު ވެސް އަހަރެމެން ހަރުކަށިކޮށް ވާހަކަނުދައްކައި، އެކަމަކު ރިވެތިކޮށް ވާހަކަދައްކަންވާނެ އެވެ. الشّيخ عبدالله بيال ވިދާޅުވެފައި ވެއެވެ. 'تصوُّف ގެ މާނަ އަކީ، ނަމާދުކުރުމެއް، ރޯދަހިފުމެއް، ނުވަތަ ރޭއަޅުކަމެއް ނޫނެވެ. މި ކަންތައްތަކަކީ، އަޅެއްގެ ގޮތުން ކޮންމެ އިންސާނަކު ކުރަންޖެހޭ ކަންތައްތަކެވެ. تصوُّف ގެ މާނަ އަކީ، އެއްވެސް މީހަކަށް އަނިޔާއެއް ނުދިނުމެވެ. މިކަން ޙާޞިލުކޮށްފި މީހާ އެ އަމާޒަށް ވާޞިލުވެއްޖެ އެވެ'. '. ވަލީވެރިޔަކު އެހެން މީހުންގެ ތެރެއިން ފާހަގަކުރާނީ ކިހިނެއްތޯ، حضرة محمّد بن سالم ގެ އަރިހުން ސުވާލު ދެންނެވުނެވެ. އޭނާ ވިދާޅުވި އެވެ. 'އޭނާ ފާހަގަވާނީ، އޭނާގެ މަޑުމައިތިރި ރިވެތި ވާހަކަދެއްކުމާއި، އޭނާގެ ރިވެތި އަޚްލާޤާއި، ގިނަގުނަ ދީލަތިކަމުންނެވެ. އޭނާ ވާހަކަދައްކާ އިރު، އޭނާ ދެބަސްވުމެއް ނުވާނެ އެވެ. އަދި މަޢާފަށް އެދޭ މީހުންނަށް މަޢާފުކޮށްދީ، އެންމެންނަށް އޯގާތެރިވާނެ އެވެ'. أبو أحمد المكّاري ވިދާޅުވެފައި ވެއެވެ. 'فُتُوَّة (ދީލަތިވުން) ގެ މާނަ އަކީ، ތިބާ އަށް ފުރައްސާރަކުރި މީހަކަށް ހެޔޮކޮށްހިތައި، ތިބާ ނުރުހޭ މީހަކަށް ހަދިޔާދީ، ތިބާ އަށް އުނދަގޫކުރާ މީހަކަށް ހިނިތުންވުމެވެ'. އަހަރެމެން ވާހަކަދައްކަންވާނީ މަދުންނެވެ. އަދި ނިދައި ހީހަދންވާނީ މަދުންނެވެ. މާ ގިނައިން ހުނުމަކީ، ހިތް އަނދިރިކޮށްލާ ކަމެކެވެ. އަހަރެމެން މަސައްކަތްކުރަންވާނެ އެވެ. އެކަމަކު، އަހަރެމެން އޭގެ ދަރުމަ އެދެންވާނީ ހަމައެކަނ މާތް ﷲ ގެ ޙަޟްރަތުންނެވެ. އެކަލާނގެ އަމުރުފުޅު ކުރެއްވި ކަންތައްތައް ކުރުމުގައި އަހަރެމެން ގަޔާވާންވާނެ އެވެ.އަހަރެމެން ހަމައެކަނި الله تعالى އަށް ތަވައްކުލުކުރާ ނަމަ، އެކަލާނގެ އަހަރެމެންނަށް، އަހަރެމެން އެދޭހާ ކަމެއް ދެއްވާނެ އެވެ. رَسُوْلُ اللهِ ﷺ ގެ ޙަޘީދެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. 'ހަމައެކަނި އެކަލާނގެއަށް ތަވައްކުލުކުރާ މީހާ އެދޭ ކޮންމެ ކަމެއް ދެއްވާނެ އެވެ. އަދި އެހެން މީހުން އޭނާ އަށް އެހީތެރިވާނެ ގޮތަށް ކަންތައްތައް މެދުވެރިކުރައްވާނެ އެވެ'. يحيى بن مُعاذ الرّازيވިދާޅުވެފައި ވެއެވެ. 'އެހެން މީހުން ތިބާ ދެކެ ލޯބިވާނީ، ތިބާ الله تعالى އަށް ލޯބިވާ މިންވަރަށެވެ. އެހެން މީހުން ތިބާ ދެކެ ބިރުގަންނާނީ، ތިބާ الله تعالى އަށް އަށް ބިރުވެތިވާ މިންވަރަކަށެވެ. އެހެން މީހުން ތިމާ އަށް އެހީތެރިވާނީ، ތިބާ الله تعالى އަށް އަށް އަޅުކަންކުރާ މިންވަރަކަށެވެ'. ތިބާ އަށް ޚާއްޞަ ކަންތައްތަކުގެ ފަހަތުން ނުދުވާށެވެ! أبو محمّد عبدالله الرّاشدي (رحمة الله تعالى عنه) ވިދާޅުވެފައި ވެއެވެ. 'އިންސާނާ އާއި الله تعالى އާ ދެމެދުގައި ވާ އެންމެ ބޮޑު ހުރަހަކީ، އިންސާނާ ހަމައެކަނި އޭނާގެ އަމިއްލަ ނަފްސާ މެދު ވިސްނައި، އޭނާ ފަދައިން ނުކުޅެދިގެންވާ އެހެން އިންސާނަކަށް އިތުބާރުކުރުމެވެ. އަހަރެމެން ވިސްނަންވާނީ الله تعالى ގެ ލޯބި ލިބިގަތުމަށެވެ. މީސްތަކުންގެ ލޯބި ހޯދުމަކަށެއް ނޫނެވެ'. އަހަރެމެންގެ އަނބިންނާއި، ދަރިންނާ އަހަރެމެން މުޢާމަލާތްކުރަންވާނީ، ރިވެތި ބަސްތަކުންނާއި، އުފާވެރި މޫނަކާ އެކުގައެވެ. އަހަރެމެންނަށް ވީ ވަރަކުން އެ މީހުންނާ އެކު ވަގުތު ހޭދަކުރަންވާނެ އެވެ. الله تعالى އާ ދުރަށް ދާ ވަރަށް އަހަރެމެން އެ މީހުންނާ ގާތްނުވާށެވެ. ދީނީ މަޤާމުތަކުގައި ތިބޭ ތަންދޮރުނުދަންނަ ގެއްލެނިވެގެންވާ މީހުންނާ އަހަރެމެންގެ ދީނީ ކަންތައްތަކާ މެދު، މަޝްވަރާކޮށްގެންނުވާނެ އެވެ. އަދި ހަމައެއާއެކު، ދުނިޔޭގެ ދަހިވެތިކަމުގައި އުޅޭ މީހުންނާ އެކުގައި އުޅެގެންނުވާނެ އެވެ. އަހަރެމެން ކުރާ ކޮންމެ ކަމެއް ގައި އަހަރެމެން ސުންނަތަށް ތަބަޢަވެ، ކޮންމެ ބިދުޢަ އަކުން ދުރުވާންޖެހޭނެ އެވެ. އަހަރެމެން އުފަލުގައި ތިބޭ އިރު، އިސްލާމް ދީނުގެ ޙުދޫދުން ބޭރުވެގެންނުވާނެ އެވެ. އަދި ހަމައެއާއެކު، އަހަރެމެން ދަތި ޙާލުގައި އުޅޭ އިރު، الله تعالى ގެ މަދަދު ލިބުމުގައި އަހަރެމެން އުއްމީދު ގެއްލުވާލައިގެންނުވާނެ އެވެ. ކޮންމެ ދަތިކަމަކާ އެކު ފަސޭހަކަމެއް ވާކަން އަހަރެމެން ހަނދާންނައްތާލައިގެން ނުވާނެ އެވެ. އުފަލާއި، ދަތިކަމުގައި އަހަރެމެން ދެކޭގޮތް ބަދަލުކޮށްގެންނުވާނެ އެވެ؛ ތަނަވަސްކަމާއި، ތަދުކަމުގައި ވެސް އަހަރެމެން ތިބެންވާނީ އެއް ގޮތެއްގައެވެ. އަދި ކީއްތޯއެވެ! ޙަޤީޤަތުގައި، ތަދުކަމުގައި އަހަރެމެން އިޙްސާސްކުރަންވާނީ ހަމަޖެހުމެވެ. އަދި ތަނަވަސްކަމުގައި އަހަރެމެން އިޙްސާސްކުރަންވާނީ ކަންބޮޑުވުމެވެ. ހިންގާ ޙާދިސާތަކުގެ ސަބަބުން އަހަރެމެންގެ ޙާލަތު ބަދަލުކޮށްގެންނުވާނެ އެވެ. އެހެން މީހުންގެ ޢައިބުތައް ހޯދަން އުޅުމުގެ ބަދަލުގައި، އަހަރެމެންގެ އަމިއްލަ ކުށްތައް ޤަބޫލުކުރަންވާނެ އެވެ. އަހަރެމެންނަކީ، އެހެން އެއްވެސް މުސްލިމަކަށް ވުރެ މާ މަތިވެރި ކަމަށް ދެކިގެންނުވާނެ އެވެ. އެހެން ކޮންމެ މުސްލިމަކީ އަހަރެމެންނަށް ވުރެ މަތިވެރި ބައެއް ކަމަށް ދެކެންވާނެ އެވެ. އަހަރެމެން މުސްލިމަކާ ބައްދަލުވާ އިރު، އަހަރެމެން ޤަބޫލުކުރަންވާނީ، އަހަރެމެންގެ އުފާވެރިކަން ލިބުން އޮތީ ފަހަރެއް ގައި އެ މުސްލިމާ އަހަރެމެންނަށް ކޮށްދޭ ހެޔޮ ދުޢާ އިން ކަމަށެވެ. އަހަރެމެން އެ ބަޔަކަށް
"ތިބާގެ މުސްލިމު އަޚާ އަށް ހިނިތުންވުމާއި، އޭނާގެ ރަނގަޅު ކަންތައްތައް އުނގަންނައިދިނުމާއި، އޭނާ ނަހީކުރައްވާފައިވާ ކަންތައްތައް ކުރުމުން ދުރުކޮށްދިނުމާއި، މަގުދައްކައިދިނުމުގައި ނުދަންނަ މީހުންނަށް އެހީތެރިވުމާއި، ހިލަ އާއި، ކަށިތަކާއި، ކަށްޓާއި މި ނޫނަސް މިފަދަ ފަކުރު، މުޑުދާރު އަދި ގެއްލުންދެނިވި ތަކެތި މަގުން ނަގައި ސާފުކުރުމާއި، އެހެން މީހުންނަށް ފެން ދިނުމާއި، މި ހުރިހާ ކަންކަމަކީ ޞަދަޤާތުގެ ވައްތަރުތަކެވެ". الحديث الشّريف
ޚިދުމަތްކޮށްދޭޖެހޭ މީހުންނާ އެކު އަހަރެމެން ވާންޖެހޭނީ ޚާދިމުންގެ ގޮތުގައެވެ. رَسُوْلُ اللهِ ﷺ ގެ حديثފުޅެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. "އަންނަނިވި ތިން ޢަމަލު ކުރާ މުސްލިމެއްގެ ކިބައިގައި ފުރިހަމަ އީމާންކަން ވެއެވެ.: އެއީ، އެ މީހެއްގެ ޢާއިލާ އަށް ޚިދުމަތްކުރުން، ފަޤީރުންނާ (ސަލާމްޖަހާ މީހުނެއް ނޫން) އެކު ވަގުތު ހޭދަކުރުން އަދި އެ މީހެއްގެ ނޯކަރުންނާ އެކު ކެއެމެވެ". މި ތިން ކަންތައް ކީރިތި قرآن ގައި ބަޔާންކުރައްވާފައިވަނީ، މުއުމިނުންގެ ކިބައިގައިވާ ސިފަތަކެއްގެ ގޮތުގައެވެ. سلف الصّالح ންގެ އާދަކާދަތައް އަހަރެމެން ދަސްކޮށް، އެ ގޮތަށް އުޅެވޭތޯ މަސައްކަތްކުރަންވާނެ އެވެ. މީހަކު ނެތް ތާނގައި އޭނާ ގޯސްކޮށް ވާހަކަދައްކައިގެން ނުވާނެ އެވެ. ދެބައޮޑުވާ މީހާ އަހަރެމެން ހުއްޓުވަންވާނެ އެވެ. (މީހަކު ނެތް ތާނގައި އޭނާ އަށް ހތްދަތިވާ ފަދަ ތެދު ވާހަކައެއް ބުނުމަކީ ޣީބަބުނުމެވެ. ދެބައޮޑުވުމެވެ. ބުނެވުނު ވާހަކައަކީ ދޮގެއް ނަމަ، އެއީ ބަދުބަސް ބުނުމެވެ. ދެ ކަމަކީ ވެސް ބޮޑެތި ފާފަތަކެވެ.) ހެޔޮ ކަންތައްތަކަށް އަމުރުކޮށް، މުންކަރާތްތައް ނަހީކުރުމަކީ އަހަރެމެންގެ އާދަޔަކަށް ހަދަންޖެހޭނެ އެވެ''. رَسُوْلُ اللهِ ﷺ ގެ حديثފުޅެއް ގައި ވާރިދުވެގެން އައިސްފައި ވެއެވެ. 'ގިނަ ޢަދަދެއްގެ ޢާއިލީ މެމްބަރުން ހިމެނޭ ގެއެއްގައި އުޅޭ، އެކަމަކު މަދު އާމްދަނީއެއް ލިބޭ، ބަރާބަރަށް އޭނާގެ ނަމާދުތައް ކުރާ، ދެބައޮޑުނުވާ މީހާ ޤިޔާމަތް ދުވަހުން ވާނީ ތިމަންކަލޭގެފާނާ އެކުގައެވެ'". މުސްލިމުންނަކީ، އެ މީހުންގެ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިވެ، އެ މީހުންނަށް އުފާވެރިކަން ގެނެސްދޭ މީހުންނެވެ. އާދެ، މިކަމާ ބެހޭގޮތުން رَسُوْلُ اللهِ ﷺ حديث ކުރައްވާފައި ވެއެވެ. "މުސްލިމުންނަކީ އަޚުންނެވެ. އެ މީހުން އެކަކު އަނެކަކަށް ގެއްލުމެއްދީ، އަނެކަކާ މެދު އިހާނެތިކޮށް މުޢާމަލާތެއް ނުކުރާނެ އެވެ. މުސްލިމަކު އޭނާގެ މުސްލިމު އަޚަކަށް އެހީތެރިވެއްޖެ ނަމަ، الله تعالى އޭގެ ބަދަލުގައި އޭނާގެ މަސައްކަތް ފަސޭހަކޮށްދެއްވާނެއެވެ. މީހަކު، މުސްލިމަކު ދަތިކަމަކުން ސަލާމަތްކޮށްދީ، އޭނާ އުފާކޮށްދޭ ނަމަ، ޤިޔާމަތް ދުވަހު އެންމެ ދަތި ވަގުތުގައި الله تعالى އޭނާ ސަލާމަތްކުރައްވާނެ އެވެ. މީހަކު، މުސްލިމެއްގެ އައިބެއް، ނުވަތަ އުނިކަމެއް ފޮރުވައިދީފި ނަމަ، ޤިޔާމަތް ދުވަހު الله تعالى އޭނާގެ ޢައިބުތަކާއި، ކުށްތައް ފޮރިވައިދެއްވާނެތެވެ". "މީހަކު އޭނާގެ މުސްލިމު އަޚާ އަށް އެހީވާހާ ހިނދަކު އޭނާ އަށް އެހީވެވޮޑިގަންނަވާނެ އެވެ". "އެކަލާނގެ ބައެއް އަޅުތަކުން ޚަލްޤުކުރައްވާފައިވަނީ، އެހެން މީހުންގެ ބޭނުންތައް ފުއްދުމަށާއި، އެ މީހުންނަށް އެހީތެރިވުމަށެވެ. ބޭނުންޖެހފައިވާ މީހުން އެ މީހުންނާ (އަޅުތަކުންނާ) ހަމަޔަށް ދާނެ އެވެ. އެ މީހުންގެ މައްޗަށް ޤިޔާމަތް ދުވަހުގެ ޢަޒާބުގެ ބިރުވެރިކަމެއް ނެތެވެ". "މީހަކު އޭނާގެ ދީނީގޮތުން އަޚާ އަށް ވިޔަފާރީ ގައި އެހީތެރިވުމަށް ގޮސްފި ނަމަ، އޭނާ އަޅާ ކޮންމެ ފިޔަވަޅަކާ އެކު، ހަތްދިހަ ޘަވާބު އޭނާ އަށް ދެއްވައި، އޭނާގެ ހަތްދިހަ ފާފަ ފުއްސަވާދެއްވާނެ އެވެ. އޭނާގެ މަސައްކަތް ނިމެންދެން މިގޮތަށް ކުރިޔަށްދާނެ އެވެ. މަސައްކަތް ނިމުމުން، އޭނާގެ ހުރިހާ ފާފަތަކެއް ފުއްސަވާދެއްވާނެ އެވެ. މަސައްކަތުގައި އޭނާ މަރުވެއްޖެ ނަމަ، އެއްވެސް ސުވާލުކުރެއްވުމަކާ ނުލައި އޭނާ ސުވަރުގެ ވައްދަވާނެތެވެ". "މީހަކު ދައުލަތުގެ މުއައްސަސާއަކަށް ގޮސް، އެ މުއައްސަސާގެ މީހުންނާ ވާހަކަދައްކައި ހަދައިގެން އެތައް ވަރަކުން އޭނާގެ މުސްލިމު އަޚާ އަށް ކުރިމަތިވެފައިވާ ދަތިކަމަކުން ސަލާމަތްކޮށްދީ، ހިތްހަމަޖެހުން ހޯދައިދީފި ނަމަ، ޤިޔާމަތް ދުވަހު އެހެން އެންމެން صراط ފާލަމުން ކައްސާލައިގެން ވެއްޓޭ އިރު، އެ ފާލަމުން އަވަހަށް ހުރަސްކުރުމަށް ޓަކައި الله تعالى އޭނާ އަށް އެހީތެރިވެވޮޑިގަންނަވާނެ އެވެ". " الله تعالى އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ޢަމަލަކީ، މުސްލިމަކަށް އަންނައުނާއި، ކާނާ ދީގެން ނުވަތަ ބޭނުންވާ އެހެން ކަމެއް ކޮށްދީގެން މުސްލިމަކަށް ހިތްހަމަޖެހުން ގެނެސްދިނުމެވެ". "މީހަކު މުސްލިމަކަށް އިޙްސާންތެރިވާ ހިނދު، الله تعالى މި ހެޔޮ ޢަމަލުން މަލާއިކަތެއް ޚަލްޤުކުރައްވާނެ އެވެ. މި މަލާއިކަތާ މެދުކެނޑުމެއް ނެތި އަބަދު އަޅުކަންކުރާނެ އެވެ. އެ މަލާއިކަތާ ކުރައްވާ އަޅުކަންތަކުގެ ޘަވާބު ދެއްވާނީ އެ މީހަކަށެވެ. އެ މީހާ މަރުވެ ކަށްވަޅު ގައި ބޭއްވުމުން، އުޖާލާ އެކުވެރި މޫނާކާ އެކު އެ މަލާއިކަތާ އޭނާގެ ކަށްވަޅަށް އަންނާނެ އެވެ. އެ މަލާއިކަތާ ފެނުމުން އޭނާ އަށް ތަސައްލީ އިޙްސާސްކުރެވި އުފާވެރިކަން ގެނެސްދޭނެ އެވެ. އަދި ސުވާލުކުރާނެ އެވެ. 'ތިބާ އަކީ ކާކު ހެއްޔެވެ؟' އޭނާ ޖަވާބު ދެވޭނެ އެވެ. 'އަހަންނަކީ، ތިބާ މިވެނި މީހަކަށް ކޮށްދިން ހެޔޮކަންތަކާއި، އޭނާގެ ހިތަށް ގެނެސްދިން އުފާވެރިކަމެވެ. الله تعالى ތިމަންނާ ފޮނުއްވީ މިއަދު ތިބާ އަށް ހިތްހަމަޖެހުން ގެނެސްދީ، ޤިޔާމަތް ދުވަހު ތިބާ އަށް ޝަފާޢަތްތެރިކަން ދީ، އަދި ސުވަރުގޭގައިވާ ތިބާގެ ތަން ދެއްކުމަށެވެ'". "މީހެއްގެ ރިވެތި އަޚްލާޤުގެ ސަބަބުން، އޭނާ އަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބިގެންދާނެ އެވެ. ސުންނަތް އަޅުކަންތަކުން އެ ދަރަޖަ އޭނާ އަށް ނުލިބޭނެ އެވެ. ގޯސް މިޒާޖުގެ ސަބަބުން، އެ މީހަކު ނަރަކައިގެ އެންމެ ފުނަށް ވައްޓާލާނެ އެވެ". "ހިނިތުންވެފައިވާ މޫނަކާ އެކު ސަލާމްކުރާ މީހާ އަށް ޞަދަޤާތް ދިނުމުގެ ޘަވާބު ލިބޭނެ އެވެ". "ތިބާގެ މުސްލި އަޚާ އަށް ހިނިތުންވެލައި، އޭނާ އަށް ހެޔޮކަންތައް ދަސްކޮށްދީ، ނުބައިކަންތައް ކުރުމުން ދުރުކޮށް، ކުރިޔަށްދާނެ މަގު ދައްކައިދިނުމަށް އެދޭ ބީރައްޓެހިންނަށް މަގުދައްކައިދީ، މަގުތަކުން ހިލަތަކާއި، ކަށިތަކާއި، ކަށްޓާއި، އެފަދަ މުޑުދާރު، ހަޑި އަދި ގެއްލުންދެނިވި އެހެން ތަކެތި ނަގައި ސާފުކޮށް، އެހެން މީހުންނަށް ބޯފެން ދިނުމަކީ، މުޅިން ވެސް ޞަދަޤާތްދިނުމުގެ ވައްތަރުތަކެވެ". "ސުވަރުގޭގައި ގަނޑުވަރުތަކެއް ވެއެވެ. އެއިން ގަނޑުވަރެއް ގައި އުޅޭ މީހާ އަށް އޭނާ ދެކެން ބޭނުން ކޮންމެ ތަނެއް ފެންނާނެ އެވެ. އަދި އޭނާ އޭނާ އިޚްތިޔާރުކުރާ ކޮންމެ ތަނެއް ގައި ފާޅުވެވޭނެ އެވެ". أبو مالك الأشعري(رحمة الله عليه) "އެފަދަ ގަނޑުވަރުތައް ދެވޭނީ ކޮން ބަޔަކަށް ތޯ އެވެ؟" މިހެން އެއްސެވުމުން، رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "އެ ގަނޑުވަރުތައް ދެވޭނީ މަޑުމައިތރިކޮށް ރީތިކޮށް ވާހަކަދައްކާއުޅޭ، ދީލަތި، އަދި އެހެން މީހުން ނިދަން ތިބޭ އިރު، ގެ ވޮޑިގެންވުމާއި، އެކަލާނގެ މަތިވެރިކަމާ މެދު ވިސްނައި، އެކަލާނގެ އަށް ދުޢާ ދަންނަވާ އުޅޭ މީހުންނަށެވެ". ޙަޤީޤީ މުސްލިމަކީ، ޚުރާފާތުތަކަށް އީމާންވާ މީހެއް ނޫނެވެ. އޭނާ މަލާމާތްކުރަނީ ކީރިތި ޤުރްއާން ނޫން އެހެން ލިޔުންތައް ހިމެނޭ ގޮތަށް ސިޙުރާއި، ބަދުނަސީބާއި، ފާލުބެލުމާއި، ތަވީދުއެޅުން ފަދަ ކަންތައްތަކަށެވެ. ހަމަ އެހެންމެ، ނޫކުލައިގެ މަނާ އޮށާއި، މަހާނަ ގަލުގައި އުއްބައްތި އާއި، ވަޔަރާއި، ވާ ބެހެއްޓުމާއި، ކަރާމާތްތެރި ކަންތައްތައް ކުރާ ކަމަށް (މާނަ އަކީ ވަލީވެރިންނަށް الله تعالى ދެއްވާފައިވާ އާދަޔާ ޚިލާފު ބާރުތައް ލިބިފައިވާ ކަމަށް) ދަޢުވާކުރާ ދޮގުވެރިންނާ މެދު ވެސް އޭނާ މަލާމާތްކުރާނެ އެވެ. ޙަޤީޤަތުގައި، މިފަދަ ގިނަ ކަންތައްތައް އަހަރެމެންނާ ހަމަޔަށް ނަޤްލުވެގެން އައިސްފައިވަނީ އެހެން ދީންތަކުންނެވެ. ދީނީ ޢިލްމުވެރިންގެ ކިބައިން ކަރާމާތްތެރިކަން ލިބުމަށް އެދޭ މީހުންނަށް ބޮޑުވެގެންވާ އިސްލާމީ ޢިލްމުވެރިޔާ الإمام الرّبّاني (رحمة الله عليه) ރައްދުދެއްވަނީ އަންނަނިވި ފަދައިންނެވެ. "ދީނީ ޢިލްމުވެރިންގެ ކިބައިން ކަރާމާތްތެރިކަން ފެންނާނެ ކަމަށް މީސްތަކުން ދެކެއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ފަރާތުން ކަރާމާތްތެރިކަން ނުފެނި ހިނގައިދާނެ އެވެ. އެކަމަކު، އެ ބޭފުޅުންނަކީ، އެހެން މީހުންނަށް ވުރެ الله تعالى އާ ކުއްތަން މީހުންނެވެ. އެންމެ މަތިވެރިވެގެންވާ ކަރާމާތަކީ، އިސްލާމީ ތަޢުލީމު އުނގެނުމާއި، އިސްލާމް ދީނާ އެއްގޮތަށް ދިރުއުޅުން ބައްޓަންކުރުމެވެ". އަބަދުވެސް މީސްތަކުންނާ މުޢާމަލާތް ކުރާ އިރު، އެއީ އެހެން ދީންތަކުގެ މީހުންނަށް ވީ ނަމަވެސް، އޯގާތެރި ބަސްތަކުން ވާހަކަދެއްކުމަށް ކީރިތި قرآن ގައި ވަނީ އަންގަވާފަ އެވެ. ފިޤްހު ފޮތްތަކުގައި ލިޔެވިފައިވާ ގޮތުގައި، ޣައިރު މުސްލިމެއްގެ އިޙްސާސްތަކަށް އަރައިގަތުމަކީ، ނުވަތަ އޭނާގެ މޫނުމަތީ ގައި އޭނާ އަކީ ކާފިރެއް ނުވަތަ އެފަދަ އެފަދަ އެހެން ނަންނަމުން ގޮވައި ހެދުމަކީ ބޮޑު ފާފައެކެވެ. އެފަދައިން ޢަމަލުކުރާ މީހާ އަށް ޢަޒާބު ލިބޭނެ އެވެ. އަމާޒަކީ އެންމެންނަށް ވެސް އިސްލާމް ދީނުގެ މަތިވެރިކަން އުނގަންނައިދިނުމެވެ. ރިވެތި ބަހުން ވާހަކަދެއްކުމާއި، ޢިލްމާއި، ކެތްތެރިކަމާއި، އީމާންތެރިކަމުން މެނުވީ މި ޖިހާދު ނުކުރެވޭނެ އެވެ. މީހަކެއްގެ ފަރާތުން ކަމެއްގެ ޙަޤީޤަތް ޤަބޫލުކުރުވަން ބޭނުންވާ މީހާ، ފުރަތަމަ ޚުދު އެކަމެއް ޤަބޫލުކުރަން ޖެހެއެވެ. އަދި މުސްލިމަކީ، އެއްވެސް އިރެއް ގައި އޭނާގެ ކެތްތެރިކަން ކޮޅުންލައި، ނުވަތަ އޭނާގެ ޢަޤީދާ އޮޅުންފިލުވައިދިނުމަށް އުނދަގޫވާނެ މީހެއް ނޫނެވެ. އިސްލާމް ދީން ފަދަ ސާފު އަދި މަންޠިޤީ އެހެން ދީނެއް ނެތެވެ. ހަމައެކަނި ޙައްޤު ދީނަކީ މި ދީންކަން ސާބިތުކޮށްދިނުމަކީ ފަސޭހަ ކަމެކެވެ. ކުރުކޮށް ދަންނަވާ ނަމަ، ޙަޤީޤީ މުސްލިމަކީ، ފުރިހަމަ އަޚްލާޤީ ސިފަތައް ލިބިފައިވާ، އަބުރުވެރި، ތެދުވެރި، ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން ޠާހިރު، ހުރިހާ ކަމެއްގައި އިތުބާރުހިފޭ މީހެކެވެ. ހުރިހާ އެންމެން އިސްލާމް ދީން ޤަބޫލުކޮށްފި ނަމަ، މި ބިންމަތީ ގައި ނުބައި ކަމެއް، އޮޅުވާލކުމެއް، ހަނގުރާމައެއް އަދި އަނިޔާވެރިކަމެއް ނުވަތަ ހަރުކަށިކަމެއް ނެތީހެވެ. އެހެންކަމުން، އަހަރެމެންގެ މައްޗަށް ވާޖިބުގެންވަނީ، ފުރިހަމަ އަދި ޙަޤީޤީ މުސްލިމުންނަށް ވުމަށް އަހަރެމެންނަށް ވީއެންމެ ބޮޑަކަށް މަސައްކަތްކޮށް، ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް އިސްލާމް ދީން ފަތުރައި، އެ ދީނުގެ ޖައުހަރާއި، ތަފްޞީލުތައް އޮޅުންފިލުވައިދިނުމެވެ.
