ބޮޑެތި ފާފަތައް
ހަތްދިހަ ދެ ބޮޑެތި ފާފަތަކަކީ:
އިންޞާފެއް ނެތި މީހަކު މެރުން.
ޒިނޭކުރުން.
އެއް ޖިންސުން ގުޅުންހިންގުން.
ރާބުއިން (ރާބުއިމަކީ ޙަރާމް ކަމެކެވެ.)
ވައްކަންކުރުން.
ހިތްއުފާކުރުމަށް މަސްތުވާ ތަކެތި ބޭނުންކުރުން.
ފޭރުން.
ދޮގުހެކި ދިނުން.
ރޯދަ މަހު މުސްލިމުންގެ ތެރޭގައި ފާޅުގައި ކެއުން.
ރިބާ ދިނުން ނުވަތަ ބޭނުންކުރުން.
ގިނަގިނައިން ހުވާކޮށްއުޅުން.
މައިންބަފައިންނަށް ކިޔަމަންނުވުން.
އިސްލާމް ދީނަށް ތަބަޢަވާ މަޙްރަމް ތިމާގެމީހުންނަށް ޒިޔާރަތްކުރުން ހުއްޓާލުން.
ހަނގުރާމައެއްގެ ތެރޭގައި ހަނގުރާމައިގެ މައިދާން ދޫކޮށް ޢަދުއްވުންނަށް ފިލުން.
ޔަތީމުންގެ މުދާ ޖަހައިގަތުން.
މިނެކިރުމުގައި އޮޅުވާލުން.
ނަމާދުގެ ވަގުތު ޖެހުމުގެ ކުރިން ނުވަތަ ފަހުން ކުރުން.
އެހެން މުސްލިމުންގެ ހިތުގައިޖެއްސުން (އެއީ ގެފުޅު ތަޅާލުމަށް ވުރެ ބޮޑު ފާފައެކެވެ.) ކުފުރުވުމަށް ފަހު، މީހުންގެ ހިތުގައި ޖެއްސުމަށް ވުރެ ނުރުއްސަވާ ކަމެއް ނޯވެއެވެ.
رَسُوْلُ اللهِ ﷺ حديث ނުކުރައްވާ ވާހަކައެއް އަމިއްލަ އަށް ހަދަހަދައިގެން ދައްކައި، އެއީ ޙަދީޘެއް ކަމަށް ދަޢުވާކުރުން.
ރިޝްވަތު ޤަބޫލުކުރުން.
ތެދު ހެކި ދިނުމުން ދުރުވުން.
މީހާގެ މުދަލުން ޒަކާތް ނުވަތަ ޢުޝަރު ނުދިނުން.
ބާރު ލިބިފައިވާ މީހުން، އެހެން މީހަކު ފާފައަކަށް އަރައިގަތުމުން މަނާނުކުރުން.
ދިރިހުރި ޖަނަވާރެއް އަންދާލުން.
ކީރިތި ޤުރްއާން އުނގެނުމަށް ފަހު ކީރިތި ޤުރްއާން ކިޔެވުން ހަނދާން ނައްތާލުން.
الله تعالى ގެ ރަޙްމަތާ މެދު މާޔޫސްވުން.
އެއީ މުސްލިމުންނަށް ވިޔަސް، ނުވަތަ މުސްލިމުންނަށް ނުވިޔަސް، މީސްތަކުންނަށް ޚިޔާނާތްތެރިވުން.
އޫރު މަސް ކެއުން.
أصحابُ الكِرام އަށް ނަފްރަތުކޮށް، އެ ބޭފުޅުންނާ މެދު ނުސިޔާނުކޮށް ވާހަކަދެއްކުން.
ބަނޑުފުރުމުން ވެސް ކެއުން ކުރިޔަށް ގެންދިއުން.
އަންހެނުން، އެކަނބަލުންގެ ފިރިންނާ އެކު އެއް ދާންކުރުމުން ދުރުވުން.
އަންހެނުން، ފިރިމީހާގެ ހުއްދައަކާ ނުލައި އެހެން މީހުންނަށް ޒިޔާރަތްކުރަން ގެއިން ނުކުތުން.
ޢިއްފަތްތެރި އަންހެނުންނަކީ ޒިނޭކުރާ އަންހެނުން ކަމަށް ބުނުން.
ދެބައޮޑުވުން.
ތިމާގެ ޢައުރަ ގިނަވަންތައް ކަޝްފުކުރުން. (ފިރިހެނެއް ޢައުރަ އަކީ ފޫޅާއި ކދެ ކަކުލުގެ ތިރި އާ ދެމެދެވެ. އަންހެނެއްގެ ޢައުރައިގެ ތެރޭގައި ބޮލުގެ އިސްތަށިގަނޑާއި، ދެ އަތާއި، ދެ ފައި ހިމެނެ އެވެ.) އެހެން މީހެއް ޢައުރަ ގުނަވަންތަކަށް ބެލުމަކީ ޙަރާމް ކަމެކެވެ.
މުޅަ މަސް ކެއުން ނުވަތަ އެހެން މީހުން އެ މަސް ކާން ޖެއްސުން.
އަމާނާތަށް ޚިޔާނާތްތެރިވުން.
މުސްލިމަކާ މެދު ނެތިމޮށުން.
އެހެން މީހުންގެ މުދަލަށް ދަހިވެތިވުން.
الله تعالى އަށް ޝަރީކުކުރުން.
ދޮގުހެދުން.
ކިބުރުވެރިވުން، އަމިއްލަ ނަފްސު އެހެން މީހުންނަށް ވުރެ މޮޅު ކަމަށް ހީކުރުން.
މަރުގެ ދާން މަތީގައި އޮންނަ މީހަކު އޭނާގެ ވާރުތަވެރިޔަކު ވާރުތަ މުދަލުން މަޙްރޫމްކުރުން.
ބަޚީލުވުން.
ދުނިޔެއަށް ދަހިވެތިވުން (ދުނިޔަވީ އެދުންތައް).
الله تعالى ގެ ޢަޒާބަށް ބިރުވެތިނުވުން.
ޙަރާމް ކަމެއް ޙަރާމްނުކުރުން.
ޙަލާލު ކަމެއް ޙަލާލު ނުކުރުން.
ކަހީނުކަމާއި، ކަހީނުން ޣައިބުގެ ކަންތައްތަކާ މެދު ދައްކާ ވާހަކަތަކަށް އީމާންވުން.
އިސްލާމް ދީން ދޫކޮށް މުރުތައްދުވުން.
މަޙްރަމް ނޫން އަންހެނުންނާއި އަންހެންކުދިންނަށް ބެލުން. މާނަ އަކީ (އެދުންވެރިކަމާ އެކު) އެ ކަނބަލުންގެ ގުނަވަންތަކުގެ ތެރެއިން ބެލުން ހަރާމް ގުނަވަންތަކަށް ބެލުން.
އަންހެނުން ފިރިހެން ހެދުން ލުން.
ފިރިހެނުން އަންހެން ހެދުން ލުން.
ގެފުޅުގެ ޙަރަމްގެ ސަހަޙައްދުގެ ތެރޭގައި ފާފައެއް ކުރުން.
ބަންގި ނުވަތަ ނަމާދު ވަގުތު ޖެހުމުގެ ކުރިން ކުރުން.
ދައުލަތުގެ އަމުރުތަކަށާއި، ޤާނޫނުތަކަށް ތަމައްރުދުވުން.
އަނބިމީހާގެ ޢައުރަ، އެ މީހެއްގެ މަންމަގެ ޢައުރަ ގުނަވަންތަކާ އެއްފަދަކުރުން.
އެ މީހެއްގެ މައިދައިތަ އާ ދިމާލަށް އަވަގުރާނަ ގޮވުން.
އެއްވެސް ހަތިޔާރަކުން އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލުން.
ކުއްތާއެއް ކާފައި ބާކީ ހުންނަ ކާއެއްޗެހި ކެއުން.
ތިބާ މީހަކަށް ކޮންދިފައިވާ ހެޔޮކަންތަކުގެ ވާހަކަދެއްކުން.
(ފިރިހެނުން) ފަށުވި ފޭރާން ލުން.
ޖާހިލުކަމުގައި ގޮތްދޫނުކުރުން (أهل السًّنَة ގެ މަޒްހަބާއި، ފަރުޟުތައް، ޙަރާމް ކަންތައްތައް ކަންތައްތަކާއި، ހުރިހާ ޟަރޫރީ ޢިލްމެއް ދަސްނުކުރުން.)
މާތް ﷲ ގެ އިސްމުފުޅު ގަންދީ ނޫން ގޮތަކަށް ނުވަތަ އިސްލާމް ދީނުގައި އަންގަވާފައިނުވާ ގޮތަކަށް ހުވާކުރުން.
ޢިލްމުން އެއްކިބާވުން.
ޖާހިލުކަމަކީ ބަލާއެއްކަން ނުވިސްނުން.
ބޮޑެތި ފާފަތަކަށް އަރައިގަތުން ތަކުރާރުކުރުމަށް ފައިވިއްދާފައި ހުރުން.
އަޑު ހަރުކޮށް ހުނުން.
ނަމާދެއްގެ ވަގުތު ފަހަނައަޅާ ދާއިރު ވެސް ޖުނުބުވެރިކަމުގެ ދެމިހުރުން.
މީހެއްގެ އަނބިމީހާ ޙައިޟް ނުވަތަ ނިފާސްކަމުގައި ހުއްޓައި ޖިމާޢުވުން.
ތަޣަންނީކުރުން (ކީރިތި ޤުރްއާން ލަވަކިޔާ ރަގުގައި ކިޔުން). ފާޙިޝް ލަވަތައް ކިޔުން. މިޔުޒިކް އާލާތްތައް ކުޅުމާއި، އެއަށް އަޑުއެހުން.
އަމިއްލަ އަށް މަރުވުން.
ރިވެތި އަޚްލާޤު
އިސްލާމް ދީނުގައި އަންގަވާފައިވަނީ، ރިވެތި އަޚްލާޤުން ސުލޫކު ވަރުގަދަކުރުމަށާއި، ހުތުރު ކަންތައްތަކުން ނަފްސު ޠާހިރުކުރުމަށާއި، ރަގަޅު މިޒާޖެއް ހުރުމަށާއި، ޢިއްފަތްތެރިވުމަށާއި، ހުރިހާ ގޮތަކުން ވެސް ހިތްތިރިވުމަށެވެ. މި ޢިލްމާއި، އެގޮތަށް އުޅުމަށް ކިޔަނީ تَصَوُّفْ އެވެ.
ހަށިގަނޑުގެ ޞިއްޙަތާ މެދު ބޭސްވެރިކަމުގެ ޢިލްމުން އަހަރެމެންނަށް އުނގަންނައިދޭ އިރު، تَصَوُّفْ އިން އަހަރެމެންނަށް އުނގަންނައިދެނީ، ހިތާއި ފުރާނަ ނުބައި ކަންތައްތަކުން މިންޖުކުރާނެ ގޮތެވެ. އެއާއެކު، ހިތުގެ ބަލީގެ ޢަލާމާތްތައް ކަމުގައިވާ ނުބައި ޢަމަލުތަކުން އިންސާނާ ދުރުކޮށްދީ، الله تعالى ގެ ރުއްސެވުން ޙާޞިލުކުރުމަށް ޓަކައި ޞާލިޙު ޢަމަލުތައް ކުރުމަށް އެހީތެރިވެދެއެވެ.
އިސްލާމް ދީން އަންގަވަނީ، އެންމެ ފުރަތަމަ ޢިލްމު އުނގެނި، އޭގެ ފަހުން، ހަމައެކަނި الله تعالى ގެ ރުއްސެވުން ޙާޞިލުކުރުމަށް ޓަކައި، އެ ޢިލްމާ އެއް ގޮތަށް ޢަމަލުތައް ބަހައްޓައި އަޅުކަންތައް އަދާކުރުމަށެވެ. އޭގެ މާނައަކީ، އިސްލާމް ދީން އަންގަވަނީ ޢިލްމާއި، ޢަމަލުތަކާއި (ޢަމަލުތަކާއި، އަޅުކަންތައް)، އިޚްލާޞްތެރިކަމެވެ. (އިޚްލާޞްތެރިކަން ނުވަތަ އޭގެ މާނަ އަކީ، ހުރިހާ ކަމެއް الله تعالى އަށް ޓަކައި ކުރުމެވެ.) އިންސާނެއްގެ ރޫޙާނީ ކުރިއެރުމާއި، ދުނިޔެއާއި އާޚިރަތުގައި އަބަދީ ނިޢުމަތް ޙާޞިލުކުރުން، މަތިންދާ ބޯޓެއްގެ އުދުހުމާ އެއްގޮތްކުރާ ކަމުގައި ވާ ނަމަ، އީމާންކަމާއި، ޢަމަލުތައް، ނުވަތަ އީމާންކަމާއި އަޅުކަންތަކަކީ، އެ ބޯޓުގެ 'ބޮޑީ' އަދި އިންޖީނެވެ.
تَصَوُّفْ ވުމުގައި ކުރިއެރުމަކީ، އޭގެ ހަކަތައިގެ މަޞްދަރު އަދި ތެލެވެ. އަމާޒަށް ވާޞިލުވުމަށް ޓަކައި، މަތިންދާބޯޓު ހޯދައެވެ. އޭގެ މާނަ އަކީ، އީމާންތެރިކަމާއި، އަޅުކަންތައް ލިބިގަނެއެވެ. ފަށްޓައިގަތުމަށް ޓަކައި، ތެޔޮ ހޯދަންޖެހެއެވެ. އެއީ، تَصَوُّفْ ވުމުގައި ކުރިއެރުން ހޯދުމަށް ޓަކައެވެ.
تَصَوُّفْ ވުމުގައި ދެ މަޤްޞަދެއް ވެއެވެ. އެއީ:
ފުރަތަމަ މަޤްޞަދަކީ، އީމާންތެރިކަން ހަރުލެއްވުމެވެ. މާނަ އަކީ، ޝައްކަށް ގުޑުވާނުލެވޭނެހެން އީމާންތެރިކަން ހިތުގައި ހަރުލެއްވުމެވެ. ސިކުނޑިއާއި، ދަލީލުދެއްކުމުން ވަރުގަދަކުރެވޭ އީމާންތެރިކަން އެހާ ވަރުގަދައެއް ނުވާނެ އެވެ. ކީރިތި قرآن ގެ سورة الرّعد ގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾) * الإسراء: -28) މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުނެ ނޫންހެއްޔެވެ؟". ޒިކްރުގެ މާނަ އަކީ، الله تعالى ހަނދުމަކޮށް، ކުރާ ކޮންމެ ޢަމަލެއް، އެކަލާނގެ އަންގަވާފައިވާ ގޮތަށް ކުރުމެވެ.
تَصَوُّفْ ގެ ދެވަނަ މަޤްޞަދަކީ، އަޅުކަންކުރުން ފަސޭހަކޮށް، އަމިއްލަ އިޚްތިޔާރާ އެކު އަޅުކަންކުރުމާއި، نفس الأمّارة ގައި ވާ ކަންނެތްކަމާއި، ޖެހިލުންވުން ފިލުވާލުމެވެ. އުނގެނި އެ މަގުގައި ހިނގައިގެން މެނުވީ، ފަސޭހަކަމާއި އަމިއްލަ އިޚްތިޔާރުގައި އަޅުކަންތައް އަދާކޮށް، ނަފްރަތުކުރުމާ އެކު ފާފަތަކަށް އަރައިގަތުމުން ދުރެއް ނުވެވޭނެ އެވެ.
تَصَوُّفْ ގައި ހިފެހެއްޓުމުގެ މަޤްޞަދަކީ، އެހެން މީހުންނަށް ނޭނގޭ ކަންތައްތައް ދެނެގަތުމުގެ ކުޅަދާނަކަން ލިބިގަތުން، ނުވަތަ އެހެން މީހުންނަށް އެ މީހުންނަށް ނޭނގޭ ކަންތައްތަކުގެ ޚަބަރުދިނުން، ނުވަތަ ނޫރާއި، ރޫޙުތައް ދެނެގަތުން، ނުވަތަ އަގުހުރި ހުވަފެންތަކުން ހިތްއުފާލިބިގަތުމެއް ވެސް ނުމެ ނޫންމެއެވެ.
تَصَوُّفْ ގެ ޒަރީޢާ އިން ލިބިގަނެވޭ معارفތަކާއި ޙާލަތުތަކަށް ވާޞިލުވުމަށް ޓަކައި، އެ މީހަކު ފުރަތަމަ އެ މީހެއްގެ އަމިއްލަ ނަފްސު އިޞްލާޙުވެ، އިސްލާމް ދީނުގައި އަންގަވާފައިވާ ކަންތައްތަކާއި، ނަހީކުރައްވާފައިވާ ކަންތައްތައް އުނގެނި، އަދި އޭގެ ފަހުން، އެއާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުތަކާއި، އަޅުކަންތައް ކުރަންވާނެ އެވެ. ކަންހިނގާ ގޮތަށް ބަލާއިރު، މި ތިން ކަންތައް ކުރުމަކާ ނުލައި، މުޑުދާރު ކަންތައްތަކުން ހިތް ސާފުކޮށް، ނުބައި ކަންތައްތަކުން ނަފްސު ޠާހިރުކޮށް، ހެޔޮކަންތައްތަކުން އެ ހިތް ފުރާލާއި، ގެއްލުންދެނިވި އެ ނަފްސުގެ ޝަހުވާނީ ކަންތައްތަކުން ސަލާމަތެއް ނުކުރެވޭނެ އެވެ.
