ލޮބުވެތި ރަސޫލާ

54 فَرْض

ކޮންމެ މުސްލިމަކު ޤަބޫލުކޮށް ޢަމަލުކުރަންޖެހޭ ފަންސާސް ހަތަރު ފަރްޟެއް ޢިލްމުވެރިން ވަނީ ފާހަގަކުރައްވާފައެވެ. އެއީ:

الله تعالى އަކީ އެއްކައުވަންތަ ރަސްކަލާނގެކަން ޤަބޫލުކޯށް، އެކަލާނގެ މަތިން ހަނދާންނައްތާނުލުން. (‏މީގެ މާނަ އަކީ، އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ހުރިހާ ކަމެއް ކުރުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.)‏

ޙަލާލު ތަކެތި ކައި ބޮއެހެދުން.
ވުޟޫކުރުން.
އެ ނަމާދެއްގެ ވަގުތު ޖެހުމުން ކޮންމެ ދުވަހެއްގެ ފަރުޟު ފަސް ނަމާދު ކުރުން.
ޙައިޟް، ނިފާސް، އަދި ޖުނުވެރިކަމުން ޠާހިރުވުމަށް ޓަކައި ހިނައިގަތުން.
ރިޒްޤު ދެއްވަނީ ހަމައެކަނި الله تعالى ކަމަށް އީމާންވުން.
ސާފު ޠާހިރު އަދި ޙަލާލު ފޭރާން ލުން.
މާތް ﷲ އަށް ވަކީލުކޮށްގެން ހުރެ މަސައްކަތް ކުރުން.
ތިމާ އަށް ލިބިގެންވާ މިންވަރަށް ހިތްރުހިގެން ހުރުން.

الله تعالى އަށް އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުން (‏އެކަލާނގެ ދެއްވި ނިޢުމަތްތައް އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ބޭނުންކުރުން)‏.

ޤަޟާ ޤަދަރަށް ރުހިގެންހުރުން.
ބަލާވެރިކަމަށް ކެތްތެރިވުން.
ފާފަތަކުން ތައުބާވުން.

އިޚްލާޞްތެރިކަމާ އެކު އަޅުކަންތައް އަދާކުރުން (‏މާނަ އަކީ، ހަމައެކަނި الله تعالى އަށް އެކަލާނގެ ރުއްސެވުން އެދި އެކަލާނގެ އަށް އަޅުކަންކުރުން)‏

އިސްލާމް ދީނުގެ ޢަދުއްވުންނަކީ ތިބާގެ ޢަދުއްވުން ކަމަށް ބެލުން.
ކީރިތި ޤުރްއާނަކީ ޙުއްޖަތް ކަމަށް ބެލުން. އަދި އެ ފޮތުގެ ޙުކުމްތައް ޤަބޫލުކުރުން.

ތިބާ މަރަށް ތައްޔާރުވުން. މާނަ އަކީ، ފަރުޟުތައް އަދާކޮށް ޙަރާމް ކަންތައްތަކުން ދުރުވެގެން އީމާންތެރިކަމާ އެކު މަރަށް ތައްޔާރުވުން.

الله تعالى ލޯބިވެވޮޑިގަންނަވާ މީހުން ދެކެ ލޯބިވެ، އެކަލާނގެ ލޯބިވެވޮޑިނުގަންނަވާ މީހުން ދެކެ ލޯބިނުވެ އެ މީހުންނާ ދުރުވުން (‏މިކަމަށް އޮތް މުޞްޠަޙަކީ، حُب في الله އަދި بُغض في الله އެވެ.)‏

ތިބާގެ މައިންބަފައިންނަށް ކިޔަމަންގަނެ އިޙްސާންތެރިވުން.
އެކަމަށް ކުޅަދާނަވެގެންވާ މީހުން ހެޔޮ ކަންތަކަށް އަމުރުކޮށް، މުންކަރާތްތައް ނަހީކުރުން.
އިސްލާމް ދީނަށް އުޅޭ ތިބާގެ މަޙްރަމް ތިމާގެ މީހުންނަށް ޒިޔާރަތްކުރުން.
އަމާނަތަށް ޚިޔާނަތްތެރިނުވުން.
الله تعالى އަށް ބިރުވެތިވެ، އިސްރާފުކުރުމުންނާއި، މުންކަރާތްތަކުން ދުރުވުން.

މާތް ﷲ އާއި، އެކަލާނގެ ރަސޫލާ އަށް ކިޔަމަންގަތުން. (‏މާނަ އަކީ، ކޮންމެ ކަމެއް ވެސް އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ކުރުމަށް މަސައްކަތްކުރުން)‏

"މީހަކު ފާފައެއް ކޮށް އެކަމަށް ދެރަވެ ހިތާމަކޮށްފިނަމަ، އެ ދެރަވުން ވެގެންދާނީ އެ ފާފައިގެ ކައްފާރާއަކަށެވެ".
حديث الشّريف

ފާފަތަކުން ދުރުވެ، އަޅުކަންކުރުން.
މުސްލިމު ވެރިންނަށް ކިޔަމަންވުން.
ތިބާގެ ވަށައިގެންވާ އެންމެހާ މަޚްލޫޤާތުތަކާ މެދު ވިސްނައި ޢިބްރަތް ޙާޞިލުކުރުން.
الله تعالى ގެ ވުޖޫދުވުމާ މެދު ވިސްނައި ފިކުރު ހިންގުން.
ޙަރާމް އަދި ބަދުއަޚްޤީ ބަސްތައް ބުނުމުން ތިބާގެ ދޫ ރައްކާތެރިކުރުން.
ބޭކާރު ކަންތައްތަކާއި، ގެއްލުންހުރި ދުނިޔަވީ އެދުންތަކުނ ތިބާގެ ހިތް ޠާހިރުކުރުން.
އެއްވެސް މީހަކަށް މަލާމާތް ނުކުރުން.
ޙަރާމް ތަކެއްޗަށް ނުބެލުން.
ވަޢުދު ފުއްދުން.
ޙަރާމްކުރައްވާފައިވާ ކަންތައްތައް (‏ފާޙިޝް ކަންތައްތަކާއި، މިޔުޒިކް އާލާތްތައް)‏ އަޑުނޭހުން.
ފަރުޟު ކަންތައްތަކާއި، ޙަރާމް ކަންތައްތައް ދަސްކުރުން.
މިނެކިރުމުގައި ތެދުވެރިވުން.
الله تعالى ގެ ޢަޒާބުން ނުލިބޭނެ ކަމަށް ނުވިސްނައި، އެކަލާނގެ ޢަޒާބަށް ބިރުވެތިވުން.
الله تعالى ގެ ރަޙްމަތާ މެދު މާޔޫސްނުވުން.
ތިބާގެ މުދަލުން މުސްލިމު ފަޤީރުންނަށް ޒަކާތް ދީ އެ މީހުންނަށް އެހީތެރިވުން.
މީހާގެ ހަވާ ނަފްސުގެ ޙަރާމް އެދުންވެރިކަމަށް ނުހެއްލުން.
މާތް ﷲ އަށް ޓަކައި، ބަނޑުހައިހޫނުކަމުގައި ވާ މީހަކަށް ކާނާ ދިނުން.
ފުދޭ ވަރަށް ރިޒްޤު ހޯދުމަށް ޓަކައި، މަސައްކަތްކުރުން.
ތިބާގެ މުދަލުން ޒަކާތްދީ، ތިބާގެ ދަނޑުގޮވާމުން "ޢުޝްރު" ދިނުން.
މީހެއްގެ އަނބިމީހާ ޙައިޟުގައި ނިފާސްކަމުގައި ވަނިކޮށް ޖިންސީ ގުޅުން ނުހިންގުމުން.
މީހެއްގެ ހިތް ފާފަތަކުން ޠާހިރުކޮށްގަތުން.
އަނިޔާވެރިވެ ހަރުކަށިވުމުން ދުރުހެލިވުން.
ޔަތީމުންގެ މުދާ ރައްކާތެރިކުރުން.
ކުޑަ ފިރިހެން ކުދިންނާ މެދު ޖިސްމާނީ އެދުންވެރިކަން އުފެދުމަށް މެދުވެރިވާ ފަދަ ޢަމަލުތަކާއި، ސުލޫކުތަކުން ދުރުވުން.
ފަރުޟު ފަސް ނަމާދު އެ ނަމާދުތަކުގެ ވަތުތުތަކުގައި ކުރުން.
އަށް ޝަރީކަކު މެދުވެރިނުކުރުން.
ޒިނޭނުކުރުން.
ވައިން އާއި އެހެން ރާތައް ނުބުއިން.
ޝަރްޢީ ސަބަނެއް ނެތި ހުވާކުރުން (‏އާދައިގެ ކަންތައްތަކާ މެދު ހުވާނުކުރުން)‏

އެހެން މީހުންގެ މުދާތައް ބޭއިންޞާފުން ނުވަތަ އަނިޔާވެރި ހަރުކަށިކަމުން މާނަ އަކި ނަހަމަ ގޮތްގޮތުން އަތުލައިނުގަތުން. މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމަށް ބިރުވެތިވުން.

(‏މީސްތަކުންގެ ޙައްޤުތަކަށް އެންމެ ބޮޑަށް އަރައިގަތުމަކީ، އަދި އެންމެ ބޮޑަށް ޢަޒާބު ޙައްޤުވާ ކަމަކީ، އެ މީހެއްގެ ތިމާގެ މީހުންނަށާއި، ދަށުގައިވާ މީހުންނަށް ހެޔޮ ކަންތައްތަކަށް އަމުރުނުކޮށް، އެ މީހުންނަށް އިސްލާމް ދީނުގެ ޢިލްމު އުނގަންނައިނުދިނުމެވެ. أهل السُّنَّة ގެ ޢަޤީދާ، ދީން އަދި އީމާންތެރިކަން ބަދަލުކުރާ ބިދުޢަވެރިޔާ ވެސް ހަމަ އެހެންނެވެ.)‏

އޭ އަހަރެންގެ ހިތާއޭ! މި ހެދުމާއި، މުނިފޫހިފިލުވުމަކީ ތިބާ އަށް ކޯއްޗެއް ހެއްޔެވެ؟
އެކަލޭގެފާނު ކާޕެޓަކާއި، ކުރަކި ފޮތިގަނޑަކުން ފުއްދަވާލެއްވިޔަސްމެއޭ.
އަހަރެންގެ ފާފަތައް ގުނާ ޢަދަދުނުކުރެވެއޭ، ހުރިހާ ޙައްދަކަށް ވުރެ ގިނައޭ،
އަޅުގަނޑު ތިބާގެ އަރިހަށް މިއައީ ރަޙްމަތަށް އެދިއޭ، ތިބާ އަކީ ޝަފާޢަތުގެ މަޞްދަރޭ.
މި ތައުބާވަނީއޭ، އިޖާބަކުރައްވާދޭވެ، يا ربُّ!
ޝައިޠާނާގެ ފިތުނައިން އޭނާ ސަލާމަތްކޮށްދެއްވާދޭވެ.

السلطان سليمان القانوني (‏މުޙިއްބީ)‏