ޣަޒްވަތު بدر الصُغرى
"ތިމަންކަލޭގެފާނުގެ ވުޖޫދު އެކަލާނގެ ބާރުގެ ދަށުގައިވާ ﷲ ގެ ނަންފުޅަށް ޓަކައި، ތިމަންކަލޭގެފާނު ޔަޤީނުން ވެސް ހަނގުރާމަ އަށް ވަޑައިގަންނަވާނަމެވެ".
حديث الشريف
މި ޣަޒްވާ އަށް "بدر الموعد" އަދި "بدر الصغرى" އޭ ވެސް ކިޔެއެވެ. أُحد ދޫކޮށް ދަމުން، أبو سُفيان "އަންނަ އަހަރު ބަދުރުގައ އަނެއްކާ ވެސް ހަނގުރާމަކުރަމާ ހިނގާ" މިހެން ބުނުމުން، رَسُوْلُ اللهِ ﷺ ގެ އިޝާރާތަކަށް، "ހިންގާށޭ ދަމާ" އޭ ވިދާޅުވެ عُمرُ (رضي الله عنه) ޖަވާބު ދެއްވި އެވެ.
أبو سُفيان ދިޔައީ، ސިފައިން ޖަމާކޮށް، ޤުރައިޝުންނަށް ހަނގުރާމަކުރުމަށް ހިތްވަރުދެމުންނެވެ. އެކަމަކު، ހިތުގެ އަޑިން އޭނާ އެ ކަމަކަށް ނޭދެއެވެ. ކޮންމެއަކަސް، އޭނާ އިސްކޮށް ހުރުމުން، އޭނާ ވަޢުދުވީ ގޮތަށް ކަންނުކުރިއޭ މީހުން ނުބުނާނެތާ އެވެ. އެ ވަގުތު، ނާޢިމް ބިން މަސްޢޫދު އަޝްޖާޢީ މައްކާ އަށް އަތުވެއްޖެ އެވެ. އޭނާ ބުނިގޮތުގައި، އިސްލާމް ދީނުގެ ސިފައިން ތިބީ ހަނގުރާމަ އަށް ތައްޔާރުވެ، ވަރުގަދަކޮށެވެ. أبو سُفيان ބުންޏެވެ. "ކަލޭ މަދީނާ އަށް ގޮސް، محمّدގެފާނާއި، އެކަލޭގެފާނުގެ ޞަޙާބީން ލައްވާ ހަނގުރާމަ އަށް ނާންނާނެ ކަމަށް އެއްބަސްކުރުވައިފި ނަމަ، ކަލެ އަށް ޢުމުރުން ތިން އަހަރުގެ ވިހި ޖަމަލު ދޭނަމެވެ. سُهيل بن عمرُو އަކީ އަހަރެންގެ މި ވަޢުދުގެ ރަހުނެވެ". ނާޢިމް އެ ހުށަހެޅުން ޤަބޫލުކުރި އެވެ. އޭނާ މަދީނާ އަށް އައިސް، ގިނަ ޢަދަދެއްގެ ކާފަރު ސިފައިން އެއްވެފައިވާ ކަމުގެ ޚަބަރު ދިނެވެ. ބައެއް އަޞްޙާބު ބޭކަލުން ޖެހިލުންވި އެވެ. އެކަމަކު، أبوبكر އަދި عُمرُ (رضي الله عنه)، رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގެން މަދީނާ އިން ބޭރަށް ވަޑައިގަތުމަށް ހުށަހެޅުއްވި އެވެ. رَسُوْلُ اللهِ ﷺ އެކަމާ އުފާކުރެއްވި އެވެ. އެކަލޭގެފާނު حديث ކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ ވުޖޫދު އެކަލާނގެ ބާރުގެ ދަށުގައިވާ ﷲ ގެ ނަންފުޅަށް ޓަކައި، ތިމަންކަލޭގެފާނު ޔަޤީނުން ވެސް ހަނގުރާމަ އަށް ވަޑައިގަންނަވާނަމެވެ". އެކަލޭގެފާނުގެ ނައިބުގެ ގޮތުގައި މަދީނާ ގައި ބެހެއްޓެވީ عبدالله بن رواحة (رضي الله عنه) އެވެ.
އެ ވަގުތު، މައްކާގެ މުޝްރިކުން، أبو سُفيان ގެ ކޮމާންޑުކަމުގެ ދަށުގައި، އިސްލާމް ދީން ފެތުރުން ހުއްޓުވުމަށް ޓަކައި، 2000 ސިފައިންނާ އެކު ބަދުރަށް ދިއުމަށް ދަތުރު ފަށައިފި އެވެ. އެ މީހުންނަށް ވުރެ ކުރިން رَسُوْلُ اللهِ ﷺ، 1500 ހިތްވަރުގަދަ ޞަޙާބީންނާ އެކު ބަދުރަށް ވަޑައިގެންފި އެވެ. މުޖާހިދުން އެ މީހުންނަށް ވުރެ ކުރިން ބަދުރަށް އައިސްތިބިކަން އެނގި މުޝްރިކުންގެ ހިތްތައް ބިރުވެރިކަމުން ފުރިއްޖެ އެވެ. އެ މީހުންނަށް ދާން ކެރުނީ މައްރުއްޒަހްރާން އާ ހިސާބަށް އެކަންޏެވެ. މުސްލިމުންގެ ހިތްވަރު ގަދަ ސިފައިންނާ ކުރިމަތިލާކަށް އެ މީހުންނަކަށް ނުކެރުނެވެ. ބިރުވެރިކަމުގައި، އެ އަހަރުގެ ބަނޑަށްޖެހުން ޢުޒުރަކަށް ހަދައިގެން އެ މީހުން އެނބުރި މައްކާ އަށް ގޮސްފި އެވެ. މައްކާގެ އަހްލުވެރިން، އެ މީހުންނަށް ޖެއްސުންކޮށް މަލާމާތްކޮށްފި އެވެ.
މުސްލިމުންގެ އަތުގައި އޮތީ އެންމެ ދެ އަހެވެ. އެކަމަކު، އެ މީހުންގެ އަތުގައި ބައިވަރު ވިޔަފާރި މުދާ ހުއްޓެވެ. އެކަމަކު، ބަދުރު ގައި ބޮޑު އަގުގައި އެތަކެތި ވިއްކާލެވުނެވެ. އެއީ ޛުލްޤައިދާ މަހުގެ މެދުތެރެއެވެ. رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ޞަޙާބީންނާ އެކު، ބަދުރު ގައި އަށް ދުވަސް ވަންދެން މުޝްރިކުންގެ އިންތިޒާގު ގައި ތިއްބެވި އެވެ. ދެން، ހިތްހަމަޖެހުމާއި، އަބުރުވެރިކަމާ އެކު މަދީނާ އަށް ވަޑައިގަތުމަށް ދަތުރު ފަށްޓަވައިފި އެވެ.
ޣަޒްވަތު ޒާތުއް ރިޤާޢު
މި ޣަޒްވާ ހިނގީ މުޙައްރަމް މަހުގައެވެ. މަދީނާ އަށް ބަކަރި ވިއްކަން އައި މީހަކު، މުސްލިމުންނަށް ކިޔައިދިން ގޮތުގައި، بني عمّار އާއި ބަނީ ސަލާމާ އާ މި ދެ ޤަބީލާ އިން ދަނީ މުސްލިމުންނަށް ޙަމަލާދިނުމަށް ސިފައިން އެއްކުރަމުންނެވެ. މި ޚަބަރު رَسُوْلُ اللهِ ﷺ އާ ހަމަޔަށް ފޯރައިފި އެވެ. އެ މަހުގެ 10 ވަނަ އަށް ވީ ހޯމަ ދުވަހުގެ ރޭ، عثمان ގެފާނު މަދީނާ ގައި ނައިބަކަށް ބަހައްޓަވާފައި، رَسُوْلُ اللهِ ﷺ މަދީނާ އިން ނުކުންނެވީ ހަތަރު ސަތޭކަ މީހުން، ނުވަތަ އެއް ރިވާޔަތެއް ގައި ވާ ގޮތުން، ހަތް ސަތޭކަ މީހުންނާ އެކުގައެވެ. މުޝްރިކުން ތިބި ތަނަށް މުސްލިމުންނަށް ދެވިއްޖެ އެވެ. އެކަމަކު، އެ ތަނުން ފެނުނީ އެންމެ އަންހެނެކެވެ. މުޝްރިކުންގެ ފިރިހެނުން ފަރުބަދަތަކަށް ގޮސް ފިލައިފި އެވެ. ޙަމަލާއެއް އަތުވެދާނެ ކަމަށް ހީކޮށް، އެ މީހުން އެ ހިސާބުގެ މުޝްރިކުންގެ ޤަބީލާތަކަށް އުނދަގޫކޮށް ފޭރުނެވެ.1 ފަނަރަ ދުވަހަށް ދެމިގެންދިޔަ މި ސަރިއްޔާ އަށް ފަހު މުސްލިމުން އެނބުރި މަދީނާ އަށް އެނބުރި ރުޖޫޢަވެއްޖެ އެވެ.
ޣަޒްވަތު މުރައިސީޢު
ޣަޒްވަތު ދައުމަތުލް ޖަންދަލް
"ޖުވައިރިޔާ އަށް ވުރެ ރަނގަޅު އަދި މަތިވެރި އަންހެން ކަނބަލެއް އަހަރެން ނުދެކެވެ".
عائشة (رضي الله عنها)
ދިމިޝްޤަށް ދަތުރުކުރާ މަގުން ދަތުރުކުރާ މީހުންނަށް އުނދަގޫކޮށް، މަދީނާ އަށް ޙަމަލަދޭނެ ކަމުގެ އިންޒާރު ދެމުންދާތީ، އެއްހާސް ސިފައިންނާ އެކު ދައުމަތުލް ޖަންދަލް ގައި އުޅޭ ޤަބީލާތަކާ ދެކޮޅަށް رَسُوْلُ اللهِ ﷺ ސަރިއްޔާއެއް އަކަށް ނުކުންނެވި އެވެ. އެއީ، ރަބީޢުލް އައްވަލް މަހުގެ ފަހުކޮޅުގެ ހޯމަ ދުވަހެކެވެ. އެކަލޭގެފާނު މަދީނާ ގައި ނައިބަކަށް ބެހެއްޓެވީ ސިބާއު ބިން ޢުރުތުފާ އެވެ. އިސްލާމީ ލަޝްކަރު އަންނަ ޚަބަރު ލިބިގެން ޢަދުއްވުންގެ ޤަބީލާތައް ފިލައިރައްކާވެއްޖެ އެވެ. ދައުމަތުލް ޖަންދަލް ގައި ދުވަސްކޮޅަކަށް އިސްލާމީ ލަޝްކަރު މަދީނާ އަށް ދިޔައީ ރަބީއުލް އާޚިރު މަހުގެ ވިހި ވަނަ ދުވަސް ހިސާބުގައެވެ.2
ޣަޒްވަތު މުރައިސީޢު
މި ހަނގުރާމަ އަށް ޣަޒްވަތު ބަނީ މުސްތަލަޤު އޭ ވެސް ކިޔެއެވެ. މުރައިސީޢު އަކީ ޚުޒާޢަތު ވަންހައިގެ ފެންވަޅާއި، އެ ވަޅުގެ ޙިމާޔަތަށް ރާނާފައިވާ ފާރަށް ކިޔޭ ނަމެވެ. މި ތަނަކީ، ޚުޒާޢަތު ވަންހައިގެ ޢަސްކަރީ ބޭހެއް ވެސް މެއެވެ.
ހިޖްރައިން ފަސް ވަނަ އަހަރު، މުސްތަލަޤު ވަންހައިގެ ވެރިޔާ حارث بن أبي ضرار رَسُوْلُ اللهِ ﷺ އާ ދެކޮޅަށް ހަނގުރާމަކުރުމަށް އެތައް ބަޔަކު އެއްކޮށްފި އެވެ. އޭނާ ބޭނުންވީ އެ މީހުން ހަތިޔާރު އެޅުމަށް ފަހު، މަދީނާ އާ ދިމާލަށް ދިއުމެވެ. މި ޚަބަރު رَسُوْلُ اللهِ ﷺ އަށް ލިބިވަޑައިގަތުމާ އެކު، އެކަލޭގެފާނު، ހަތް ސަތޭކަ މީހުންގެ ފައުޖެއް ވަގުތުން ބަނީ މުސްތަލަޤު ވަންހަޔާ ދެކޮޅަށް ހަނގުރާމަކުރުމަށް ގޮސްފި އެވެ. މުރައިސީޢު ވަޅު ގައި މަރުކަޒެއް ޤާއިމްކޮށްފި އެވެ. އެންމެ ފުރަތަމަ ބަނީ މުސްތަލަޤު ވަންހަ އަށް އިސްލާމް ދީނަށް ދަޢުވަތު ދެވުނެވެ. އެ މީހުން އިސްލާމް ދީން ޤަބޫލުނުކޮށް، ދުނި އުކަން ފަށައިފި އެވެ. رَسُوْلُ اللهِ ﷺ ގެ "އެންމެން އެއްފަހަރާ ކުއްލިއަކަށް ޙަމަލާދީ"، މި އަމުރުފުޅަށް ތަބާވުމުގެ ގޮތުން އަޞްޙާބު ބޭކަލުން ބަނީ މުސްތަލަޤު ވަންހަ އިން ދިހަ މީހުން ޤަތުލުކޮށްފި އެވެ. އެ ޤަބީލާގެ ވެރިޔާ ފިލައިގެން ގޮސް އޭނާގެ ފުރާނަ ސަލާމަތްކޮށްފި އެވެ. އެކަމަކު، އޭނާގެ އަންހެންދަރި ބައްރާ އާއި، ހަ ސަތޭކަ މީހުން އޭނާގެ ޤަބީލާ އިން އަސީރުންގެ ގޮތުގައި ހައްޔަތުކުރެވުނެވެ. ޣަނީމާ މުދާ ބެހުނެވެ. ބައްރާ رَسُوْلُ اللهِ ﷺ ގެ އަރިހަށް ގޮސް ދެންނެވި އެވެ. "އަޅުގަނޑު ޙަވާލުކުރެވުނު ޞާޙިބާ އާ އެކު އެއްބަސްވުމަކަށް އައީ، ނުވަ ފައުނަށް މިނިވަންކުރުމަށެވެ. އަޅުގަނޑަށް އެހީތެރިވެދެއްވާށެވެ"! رَسُوْلُ اللهِ ﷺ އޭނާ އަށް ހަމްދަރުދީވެ، އެ ކަނބުލޭގެ އެދުނު ކަންތައް ކޮށްދެއްވައި، އޭނާ ބައްލަވައިގަތެވެ. ދެން، އެކަލޭގެފާނު އެ ކަނބުލޭގެ މިނިވަންކުރެއްވި އެވެ. އިސްލާމް ދީން އޮޅުންފިލުއްވައިދެއްވުމުން، އެ ކަނބުލޭގެ އިސްލާމް ވެއްޖެ އެވެ. އެ ކަނބުލޭގެ އިސްލާމްވުމުން رَسُوْلُ اللهِ ﷺ ވަރަށް ބޮޑަށް އުފާކުރައްވައި، އެ ކަނބުލޭގެ އާ ކައިވެނި ބައްލައިގަތެވެ. މި ތަން ފެނިފައި އަޞްހާބުން ބުނޫ އެވެ. "رَسُوْلُ اللهِ ﷺ ގެ އަނބިކަނބަލުންގެ ތިމާގެމީހުން އަޅުންގެ ގޮތުގައި ގެންގުޅެން އަހަރެމެން ލަދުވެތިވަމެވެ". މިހެން ބުނެ ހައްޔަރުގައި ތިބި އަޅުން މިނިވަންކޮށްފި އެވެ. މި ކައިވެނީގެ ސަބަބަން އެތަކެއް ސަތޭކަ އަޅުން މިނިވަންވެގެން ދިޔަ އެވެ.
رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އަނބިކަނބަލުންގެ ނަން برّة އިން جُويرية އަށް ބަދަލުކުރެއްވި އެވެ. جُويرية (رضي الله عنها) އާ ބެހޭގޮތުން عائشة (رضي الله عنها) ވިދާޅުވެފައިވެއެވެ. "جُويرية އަށް ވުރެ ރަނގަޅު އަދި މަތިވެރި އަންހެނަކު ތިމަންނާ ނުދެކެމެވެ".3
އިސްލާމީ ލަޝްކަރު، ކާމިޔަބީ އަށް ފަހު އަލިވެ އުޖާލާވެގެންވާ މަދީނާ އަށް އެނބުރި އައުމަށް ފަށައިގެންފި ހިނދު، އެ ސަރަޙައްދުގެ ވަށައިގެން އުޅޭ ޤަބީލާތައް ބިރުގަނެ، މުސްލިމުންނަށް ޙަމަލާ ދިނުމަކީ ކިހާ ނުރައްކާތެރި ކަމެއް ކަން އެނގިއްޖެ އެވެ.
ހިޖްރައިން ފަސް ވަނަ އަހަރު ހިނގި ބައެއް މުހިއްމު ޙާދިސާތައް
ޣަޒްވަތު މުސްޠަލަޤުން އެނބުރި އައި މަގުމަތީގައި ބާރުގަދަ ވައިރޯޅިއެއް ޖެހިއްޖެ އެވެ. އަޞްޙާބު ބޭކަލުން ހީފުޅުކުރެއްވީ ޢަދުއްވުން ބޭނުންވީ މަދީނާ އަށް ގޮސް، ލޫޓުވާށެވެ. رَسُوْلُ اللهِ ﷺ حديث ކުރެއްވި އެވެ. "ބިރުނުގަންނާށެވެ. މަދީނާ އަކީ އަމާން ތަނެކެވެ؛ އެ ރަށުގެ ކޮންމެ ކަނެއް ގައި، ފާރަޔަށް ތިއްބަވާ މަލާއިކަތުން އެބަ ތިއްބެވި އެވެ. މިއަދު މުނާފިޤަކު ވަނީ މަރުވެފައެވެ. އެއީ، أُبيُّ بن سَلُول ގެ އެކުވެރިޔާ زيد بن فُراعُ އެވެ".
عائشة އަދި أُمُّ سلمى (رضي الله عنهما) ވެސް މި ހަނގުރާމައިގައި ބައިވެރިވެލެއްވި އެވެ. މުނާފިޤުން ވަނީ، عائشةގެފާނާ ދިމާލަށް ހުތުރު އެއްޗެހި ކިޔެވެ. ބައެއް މުސްލިމުން ވެސް މި ގޮތަށް ފެތުރި އަބުރުކަތިލުމުގެ އޮޅުވާލުމުގެ ވާހަކަތަކުގައި ޖެހިގެންދިޔަ އެވެ. މި ކަމާ ގުޅިގެން ކީރިތި قرآن ގެ سورة النّور ގެ 11 ވަނަ އާޔަތުން 20 ވަނަ އާޔަތާ ހަމަޔަށް ބާވާލައިވައި، މުނާފިޤުން ފެތުރި ވާހަކަތަކުގެ ޙަޤީޤަތް ބަޔާންކޮށްދެއްވައި، عائشةގެ ފާނަށް އެކަލާނގެ ތަޢުރީފުކުރައްވާފައި ވެއެވެ.4 رَسُوْلُ اللهِ ﷺ حديثކުރައްވާފައި ވެއެވެ. "عائشة އެވެ! ކަމަނާ އަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. މާތް ﷲ ވަނީ ކަމަނާގެ ކުށެއް ނެތް ކަމަށް ވަޙީކުރައްވާފައެވެ. ކަމަނާގެ ޢިއްފަތްތެރިކަމަށް އެކަލާނގެ ހެކިވެވޮޑިގެން ވެއެވެ". رَسُوْلُ اللهِ ﷺ ޞަޙާބީން މިސްކިތަށް ޖަމާކުރެއްވި އެވެ. އެކަލޭގެފާނު ޚުޠުބާއެއް ކިޔުއްވައި، ބާވައިލެވުނު އާޔަތްތައް ކިޔުއްވައިފި އެވެ. އެ އާޔަތްތަކުގެ ބަރަކާތުން، މުއުމިނުންގެ ހިތްތަކުގައި އުފެދުނު ޝައްކު ފިލައިފި އެވެ. އަބުރު ކަތިލި މީހުންނަށް އަދަބު ދެވުނެވެ.
ޣަޒްވާ އިން އެނބުރި ވަޑައިގަތް އިރު، ތަޔައްމުމު ކުރުމާ ބެހޭ އާޔަތް ބާވައިލެއްވި އެވެ. އެގޮތުން، ކީރިތި قرآن ގެ سورة المائدة ގެ 6 ވަނަ އާޔަތް ބާވައިލެއްވި އެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَاطَّهَّرُوا ۚ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ ﴿٦﴾)5 * المائدة : 6) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން ނަމާދަށް ތެދުވެއްޖެ ނަމަ، (އެބަހީ: ނަމާދުކުރާން قصد ކޮށްފި ނަމަ) ފަހެ، ތިޔަބައި މީހުންގެ މޫނުތަކާއި، ތިޔަބައި މީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައި މީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައި މީހުންގެ ފައިތައް ދެ ތަނބިކަށްޓ ހަމަޔަށް ދޮންނާށެވެ. އަދި ޖުނުބުވެރިން ކަމުގައި ތިޔަބައި މީހުން ވެއްޖެ ނަމަ، ފަހެ، ތިޔަބައި މީހުން طاهر ވެގަންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައި މީހުން ކަމުގައި ވެއްޖެ ނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެ ނަމަ، ނުވަތަ ތިޔަބައި މީހުން ކުރެ މީހަކު ހަނޑަހުން އަތުވެއްޖެ ނަމަ، ނުވަތަ އަންހެނުން ގައި ބީހިއްޖެ ނަމަ، ދެން، ފެން ނުލިބިއްޖިއްޔާ طاهر ވެލީން ތިޔަބައި މީހުން تيمّم ކުރާށެވެ! ފަހެ، ތިޔަބައި މީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިޔަބައި މީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވަތެވެ. އަދި ކީއްހެއްޔެވެ! އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައި މީހުން طاهر ކުރެއްވުމަށާއި، ތިޔަބައި މީހުންގެ މައްޗަށް އެކަލާނގެ نعمة ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައި މީހުން شكر ކުޅައުމަށް ޓަކައެވެ".
عائشة (رضي الله عنها) ގެ ކަރުގައިއަޅާ ފަށް ސަލްސަލާ ކިޔާ ސަރަޙައްދަކަށް ގެއްލިއްޖެ އެވެ. އެ ތަނަކީ، މަދީނާ އާ ކައިރީގައިވާ ތަނެކެވެ. ކަރުގައި އަޅާ ފަށް ފެންނަންދެން އެ ބޭފުޅުން އެ ތާނގައި ތިއްބެވި އެވެ. އެ ތާނގައި ފެން ނެތް ތާނގައި، ޞަޙާބީންގެ އަތުގައި ވެސް ފެނެއް ނެތެވެ. رَسُوْلُ اللهِ ﷺ ނިދިކުރައްވަމުން ގެންދެވީ، عائشةގެފާނުގެ ކަކޫ މަތީގައެވެ. ފެން ނެތް ވާހަކަ އަޞްޙާބު ބޭކަލުން، أبوبكر ގެފާނަށް ޚަބަރުކުރައްވައިފި އެވެ. أبوبكر ގެފާނު رَسُوْلُ اللهِ ﷺ ގެ އަރިހަށް ވަޑައިގަތުމުން އެކަލޭގެފާނު ނިދިން ހޭފުޅުލައްވައިފި އެވެ. ތަޔައްމުމުކުރުމާ ބެހޭ އާޔަތް الله تعالى ބާވާލައްވައިފި އެވެ. އަޞްޙާބު ބޭކަލުން ތަޔައްމުމުކުރެއްވުމަށް ފަހު ނަމާދުކުރެއްވި އެވެ. ދެން، عائشةގެފާނު ޖަމަލަށް ސަވާރުވެވަޑައިގެންފި އެވެ. ޖަމަލު ތެދުވި އިރު ކަރުގައި އަޅާ ފަށް ފެނިއްޖެ އެވެ.
ތިބާ އަކީ ﷲ ގެ ލޯބިވާއޭ އަދި ކައުނުގެ އަލިކަމޭ،
ހިނދުކޮޅަކަށް ވެސް ތިބާގެ ލޯބިވެރިން ތިބާގެ ދޮރުން ވަކިނުކުރާށޭ.
ވަގުތުކޮޅަކަށް ވެސް ތިބާގެ ބަރަކާތްތެރި ނަންފުޅު އަޅުގަނޑުގެ ދުލުން ދުރުނުކުރައްވާދޭވެ،
އެއީ އަޅުގަނޑުގެ ހަލާކުވެފައިވާ ހިތުގެ ފަރުވާއޭ؛ އަޅުގަނޑުގެ ރޫޙަށް އުފާވެރިކަން އެއިން ލިބެއޭ.
އަޅުގަނޑުގެ އުއްމީދަކީ ތިބާގެ ކޮންމެ ނަމެއް ވެސް އެހެން ގޮތަކަށް ޝަފާޢަތްތެރިވުމޭ،
އަޙްމަދު އަދި މަޙްމޫދު، އަބުލްޤާސިމް محمّد مُصطَفى.
އެކަލޭގެފާނަށް "والشمس" އަދި "والضحى" ކިޔުނޭ،
އަހުރެން އެކަލޭގެފާނު އިރާއި ހަނދާ އެއްގޮތްކުރުމުގެ މައްސަލައަކީ ކޮބައިހޭ؟
