ލޮބުވެތި ރަސޫލާ

ޙާދިސާތަކުގެ ތަރުތީބު

ނޯޓް: (‏ބ)‏ ޙަވާލާދެނީ بعثة ގެ އަހަރުތަކަށެވެ. (‏AD)‏ ޢާއްމު ކަލަންޑަރަށް އަދި (‏h)‏ ނިސްބަތްވަނީ ހިޖުރަ އަށެވެ.

މީލާދީން 570
عبدالله بن عبدالمطّلب އާއި، آمنة ގެފާނު ކައިވެނިކުރެއްވި އެވެ.
رَسُوْلُ اللهِ ﷺ ގެ ބަރަކާތްތެރި ނޫރު އެކަލޭގެފާނުގެ މަންމާފުޅަށް ނަޤްލުވީ (‏ޖުމާދަލް އައްވަލް/ ޖުލައި)‏ އެވެ.
ތިޔާގިކަމުގެ އަހަރު
رَسُوْلُ اللهِ ﷺ ގެ ބައްޕާފުޅު عبدالله ގެފާނު އަވަހާރަވި (‏ރަޖަބް/ ސެޕްޓެމްބަރ)‏.
571
ނީލަގެރި އެތުގެ ޙާދިސާ (‏މުޙައްރަމް/ ފެބްރުއަރީ)‏
ޢާލަމްތަކުގެ ސުލްޠާން محمّد (‏صلّى الله عليه وسلّم)‏ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުން
(‏12 ރަބީޢުލް އައްވަލް، ހޯމަ/ 20 އޭޕްރީލް، ހަނދުމަހުން 53 (‏މީލާދީގޮތުން 51)‏ އަހަރު ހިޖުރައިގެ ކުރިން، ނީލަގެރި އެތުގެ ޙާދިސާގެ 55 އަހަރު ފަހުން)‏.
އެކަލޭގެފާނުގެ ކިރުމަޔަކަށް حليمة ގެފާނު ހަމަޖެއްސުން (‏ރަބީޢުލް އާޚިރު)‏.
573
أبوبكر الصدّيق (‏رضي الله عنه)‏ އުފަންވެވަޑައިގަތުން.
576
އެކަލޭގެފާނުގެ ކިރުމައިކަމަނާ އެކަލޭގެފާނުގެ މަންމާފުޅު އާމިނަތުގެފާނުގެ އަރިހަށް އެކަލޭގެފާނު ގެންނެވި.
577
رَسُوْلُ اللهِ ﷺ ގެ މަންމާފުޅު އާމިނަތުގެފާނު ޢަބްވާ ގައި އަވަހާރަވުން.
أُمُّ أَيمن ކީރިތި رَسُوْلُ اللهِ ﷺ، އެކަލޭގެފާނުގެ ކާފާފުޅު عبدالمطّلب ގެ އަރިހަށް މައްކާ އަށް ގެނެއުން.
عُثمان (‏رضي الله عنه)‏ އުފަންވެވަޑައިގަތުން.
579
އެކަލޭގެފާނުގެ ކާފާފުޅު عبدالمطّلب އަވަހާރަވުން. އަދި އެކަލޭގެފާނުގެ ބަފައިފުށުގެ ބޮޑުބޭބޭ އަބޫ ޠާލިބާ ޙަވާލުކުރެވުން.
583
رَسُوْلُ اللهِ ﷺ ދިމިޝްޤަށް ވިޔަފާރި ޤާފިލާއެއް ގައި ބޮޑުބޭބޭފުޅު أبوطالب އާ އެކު ނުކުންނަވައި، ބުޞްރާ އާ ހަމައިން އަނބުރާ ފޮނުވާލެއްވުން.
588
رَسُوْلُ اللهِ ﷺ ގެ ބަފައިފުށުގެ ބޮޑުބޭބޭ زُبيرގެފާނާ އެކު ޔަމަނަށް ވަޑައިގަތުން.
591
أبوبكر (‏رضي الله عنه)‏ އާ އެކު ދިމިޝްޤަށް ވަޑައިގަތުން.
حلْف الفضول ގުޅުމުގައި رَسُوْلُ اللهِ ﷺ ބައިވެރިވެވަޑައިގަތުން.
595
خديجة ގެފާނުގެ ވިޔަފާރި ޤާފިލާއެއް ގައި ބުޞްރާ ނަމަކަށް ކިޔާ ރަށަކަށް رَسُوْلُ اللهِ ﷺ ވަޑައިގަތުން.
596
خديجة ގެފާނާ ކައިވެނި ބައްލަވައިގަތުން.
599
علي (‏رضي الله عنه)‏ އުފަންވެވަޑައިގަތުން.
600
رَسُوْلُ اللهِ ﷺ ގެ ރަސޫލުކަމުގެ އުފާވެރި ޚަބަރު ދެއްވުމުގެ ގޮތުން ޢުކާޒު ގައި قص بن ساعدة ތަޤްރީރުކުރެއްވުން.
605
މާތްވެގެންވާ ގެފުޅު މަރާމާތުކުރުމުގެ ތެރެއިން حجرُ الأسود ބަދަލުކުރުމަށް ޓަކައި ޙާކިމްގެ ދައުރު رَسُوْلُ اللهِ ﷺ އަދާކުރެއްވުން.
b.1/610
بِعْثَة: رَسُوْلُ اللهِ ﷺ ނަބީކަމާއިގެން ފޮނުއްވުނީ ޢުމުރުފުޅުން 40 އަހަރު (‏17 ރަމަޟާން، ހޯމަ)‏ ގައި.
އެކަލޭގެފާނުގެ މައްޗަށް އެންމެ ފުރަތަމަ ވަޙީ ބާވާލެއްވުނީ ޙިރާ ފަރުބަދަ (‏جبل النُّور)‏ ގައެވެ. (‏سورة العلقގެ ފުރަތަމަ 5 އާޔަތް ބާވައިލެއްވުނެވެ)‏ (‏ރަމަޟާން/ އޮގަސްޓް)‏.
2/611
ދުވަސް ގަނޑަކަށް ވަޙީ ބާވައިލެއްވުން މެދުކެނޑުމާ އެކު، جبريل (‏عليه السّلام)‏ ފެނިވަޑައިގެންފާނެ ކަމުގެ އުއްމީދު ގައި ގިނަގިނައިން ޙިރާ ފަރުބަދަ އަށް، ވަޑައިގަތެވެ. إسرافيل (‏عليه السّلام)‏ ވަޑައިގެން رَسُوْلُ اللهِ ﷺ އަށް ބައެއް ކަންކަން އުނގަންނަވައިދެއްވި އެވެ.
3/612
ފުރަތަމަ މުސްލިމުން: خديجة ގެފާނު، أبوبكر الصدّيق، علي بن أبي طالب، زيد بن حارثة (‏އަދި އޭނާގެ އަނބިކަނބަލުން أُمُّ أَيمن)‏، عُثمان بن عفّان، طلحة بن عُبيدُالله، زُبيرُ بن عوّام، عبدالرّحمن بن عوف، سعد بن أبي وقّاص.
4/613
رَسُوْلُ اللهِ ﷺ މީސްތަކުންނަށް އިސްލާމް ދީނަށް ގޮވާލެއްވީ، އެކަލޭގެފާނުގެ ގާތް ތިމާގެ މީހުންނަށެވެ.
މުޝްރިކުން، މުސްލިމުންނަށް އަހުވަދައްކައި އަނިޔާކުރަން ފެށި އެވެ.
ފުރަތަމަ ޝަހީދުން: ޔާސިރު (‏رضي الله عنه)‏، އޭނާގެ ފިރިހެން ދަރިކަލުން ޢަބްދު ﷲ (‏رضي الله عنه)‏ އަދި އޭނާގެ އަނބިކަނބަލުން ސުމައްޔާ.
عائشة (‏رضي الله عنها)‏ އުފަންވެވަޑައިގަތުން.
5/614
މުސްލިމުން އެންމެ ފުރަތަމަ ޙަބަޝް ކަރަޔަށް ހިޖުރަކުރުން (‏ރަޖަބު/ މޭ)‏.
މުހާޖިރުން ޙަބަޝް ކަރައިން އެނބުރި މަދީނާ އަށް އެނބުރި ވަޑައިގަތުން.
6/615
حمزة ގެފާނު އިސްލާމްވުން.
عُمرُގެފާނު އިސްލާމްވުން.
ޙަބަޝް ކަރަޔަށް ދެބވަނަ ފަހަރަށް ހިޖުރަކުރުން.
ދާރުލް އަރްޤަމުން رَسُوْلُ اللهِ ﷺ އާއި މުސްލިމުން ނިކުމެވަޑައިގަތުން.
7/616
ޙިޞާރުކުރުން ފެށުން (‏މުޙައްރަމް)‏
8/617
عثمان (‏رضي الله عنه)‏ އަދި އެކަލޭގޭފާނުގެ އަނބިކަނބަލުން رُقيّة ޙަބަޝް ކަރައިން އެނބުރިވަޑައިގަތުން.
9/618
ހަނދު ދެ ފަޅި ކުރެއްވުމުގެ މުޢުޖިޒާތް: رَسُوْلُ اللهِ ﷺ އިޝާރާތްކުރެއްވުމުން ހަނދު ދެ ފަޅިވެގެންދިޔަ އެވެ.
10/619
ޙިޞާރުކުރުން ނިމުމަކަށް ގެނެވުނު.
10/620
أبو طالب އަވަހާރަވި (‏7 ރަމަޟާން/ އޭޕްރީލް)‏.
ޚަދީޖާ (‏رضي الله عنها)‏ އަވަހާރަވި (‏10 ރަމަޟާން/ އޭޕްރީލް)‏.
سعدة بنت زمعة رَسُوْلُ اللهِ ﷺ އާ ކައިވެނިކުރެއްވުން (‏ރަމަޟާން/ މޭ)‏.
رَسُوْلُ اللهِ ﷺ، زيد بن حارثة އާ އެކު ޠާއިފަށް ވަޑައިގަތް (‏ޝައްވާލް/ މޭ)‏.
ނުޞައިބީންގެ ޖިންނީން އިސްލާމްވުން.
رَسُوْلُ اللهِ ﷺ ޠާއިފުން މައްކާ އަށް އެނބުރި ވަޑައިގަތުން (‏23 ޛުލްޤައިދާ)‏.
ޢަޤަބާގެ ބައްދަލުވުން (‏10 ޛުލްޙިއްޖާ/ 17 ޖުލައި)‏.
11/621
މިޢުރާޖަށް އަރާވަޑައިގަތުމުގެ މުޢުޖިޒާތާއި، ފަސް ނަމާދު ފަރްޟްކުރެއްވުން (‏27 ރަޖަބް)‏. ގެފުޅުގެ ދޮރުކޮޅު ކައިރީ ގައި ދެ ދުވަސް ވަންދެން جبريل (‏عليه السّلام)‏ ގެ އިމާމުކަން ކުރެވި އެވެ. (‏މިޢުރާޖުގެ ތާރީޚާ ބެހޭ އެހެން ރިވާޔަތްތައް ވެއެވެ. އެތައް ފަހަރަކު މިޢުރާޖު ކުރެވުނެވެ. އެއިން އެ ފަހަރަކީ، އެކަލޭގެފާނު ހޭލާހުންނަވަނިކޮށް އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ހަށިކޮޅާ އެކު ވީ މިޢުރާޖެވެ. އެހެން މިޢުރާޖުވުން ހިނގާފައިވަނީ އެކަލޭގެފާނުގެ ރޫޙާ އެކުގައެވެ.)‏
عائشة (‏رضي الله عنها)‏ އާ ކައިވެނިކުރެއްވުން (‏ޝައްވާލް)‏.
ޢަޤަބާގެ ފުރަތަމަ ބައިޢަތު (‏10 ޛުލްޙިއްޖާ/ 6 ޖުލައި ވީ ހޯމަ)‏.
އިސްލާމް ދީން އުނގަންނަވައި ދެއްވުމަށް ޓަކައި، رَسُوْلُ اللهِ ﷺ، مُصعب بن عُمير މަދީނާ އަށް ފޮނުއްވުން.
12/622
سنة السُّرور (‏އުފާވެރިކަމުގެ އަހަރު)‏: މަދީނާގެ ގިނަ މީހުން އިސްލާމް ދީން ޤަބޫލުކޮށްފި އެވެ.
ޢަޤަބާގެ ދެވަނަ بعثة (‏12 ޛުލް ޙިއްޖާ/ 28 ޖޫން، ހޯމަ)‏.
13/622
بعثة ގެ 13 ވަނަ އަހަރު، ހިޖްރައިން 1 ވަނަ އަހަރު، މީލާދުން 622 ވަނަ އަހަރު.
ހިޖްރާ (‏ހިޖްރީ)‏ އަހަރު: މުސްލިމުންގެ ހިޖްރީ ހަނދުމަހުގެ އަހަރު ފެށުން (‏1 މުޙައްރަމް/ 16 ޖޫން)‏.
سنة الإذن: މައްކާ އިން މަދީނާ އަށް ހިޖުރަކުރުމުގެ ހުއްދަ މުސްލިމުންނަށް ދެވުނެވެ.
މުސްރިކުން ދާރުއްނަދުވާ އަށް ޖަމާވުމަށް ފަހު ކަނޑައެޅީ رَسُوْلُ اللهِ ﷺ ޝަހީދުކޮށްލުމަށެވެ. (‏25 ޞަފަރު/ 8 ސެޕްޓެމްބަރ)‏
هجرة: رَسُوْلُ اللهِ ﷺ އަދި أبوبكر (‏رضي الله عنه)‏ ثور ފަރުބަދައިގެ ހޮހަޅަ އަށް ވަޑައިގަތުމަށް ދަތުރު ފެއްޓެވި (‏26 ޞަފަރު، ބުރާސްފަތި/ 9 ސެޕްޓެމްބަރ)‏.
އެ ދެ ބޭކަލުން މަދީނާ އަށް ދަތުރު ފެއްޓެވީ ثور ފަރުބަދައިގެ ހޮހަޅައިންނެވެ. (‏1 ރަބީޢުލް އައްވަލް، ހޯމަ/ 13 ސެޕްޓެމްބަރ)‏
އެ ދެ ބޭކަލުން ޤުބާ އަވަށަށް ވަޑައިގަތުން (‏8 ރަބީޢުލް އައްވަލް، ހޯމަ/ 20 ސެޕްޓެމްބަރ)‏.
މަސްޖިދުލް ޤުބާ ބިނާކުރެއްވުން (‏8-11 ރަބީޢުލް އައްވަލް/ 20-23 ސެޕްޓެމްބަރ)‏.
އެންމެ ފުރަތަމަ ކުރެވުނު ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޤުބާ އާއި މަދީނާ އާ ދޭތެރޭގައި އޮންނަ ރަނޫނާ ވާދީ ގައެވެ. (‏12 ރަބީޢުލް އައްވަލް، ހުކުރު/ 24 ސެޕްޓެމްބަރ)‏
އެ ދެ ބޭކަލުން މަދީނާ އަށް ފޯރުން (‏12 ރަބީޢުލް އައްވަލް، ހުކުރު/ 24 ސެޕްޓެމްބަރ)‏.
رَسُوْلُ اللهِ ﷺ ހުންނެވީ އަބޫ އައްޔޫބުލް އަންޞާރީގެ ގޭގައެވެ.
مسجد النّبوي ބިނާކުރައްވަން ފެއްޓެވުން (‏ރަބީޢުލް އައްވަލް/ ސެޕްޓެމްބަރ)‏.
رَسُوْلُ اللهِ ﷺ ގެ ޢާއިލާގެ މެމްބަރުން މަދީނާ އަށް ވަޑައިގަތުން.
ކޮންމެ ދުވަހަކު ފަސް ފަހަރު آذان المحمّد ކިޔަން ފެށުން.
سلمان الفارسي އިސްލާމްވެވަޑައިގަތުން.
h.2/623
މުހާޖިރުންނާއި އަންޞާރުންނާ ދެމެދު އަޚްވަންތަކަން ޤާއިމްކުރެވުން.
އެންމެ ފުރަތަމަ ލިޔެވުނު މުޢާހަދާ: ވާދީ މަދީނާ އަކީ މީހުންނަށް ޙަމަލާނުދެވޭ، މަނާ ސަރަޙައްދަކަށް ވުން (‏ރަމަޟާން/ މާޗް)‏.
ހަނގުރާމަކުރުމުގެ ހުއްދަ ދެވުނެވެ.
އެންމެ ފުރަތަމަ ސަރިއްޔާ: حمزة بن عبدالمطّلب ގެ ސައިފުލް ބަޙްރު ސަރިއްޔާ (‏ރަމަޟާން/ މާޗް)‏.
مسجد النّبوي ޢިމާރާތްކުރުން ނިމުން (‏ޝައްވާލް/ އޭޕްރީލް)‏.
مسجد النّبوي ގައި الصُّفّة ޤާއިމްކުރެއްވުން.
މަދީނާ ގައި ބާޒާރެއް ޢިމާރާތްކުރުން.
މުސްލިމުންގެ ފުރަތަމަ ބޯހިމެނުން.
عُبيدة بن حارث ގެ رابع ސަރިއްޔާ (‏ޝައްވާލް/ އޭޕްރީލް)‏.
سعد بن أبي وقّاصގެ خَرَّار ސަރިއްޔާ (‏ޛުލްޤައިދާ/ މޭ)‏.
أسعد بن زُرارة، براء بن معرُور، އަދި إبن هدم އަވަހާރަވުން.
عُثمان ބިން މަތްޢޫން އަވަހާރަވެ، ޤަބްރުސްތާނަކަށް جنّة البقبع ހަމަޖެއްސެވުން (‏ޛުލްޙިއްޖާ/ ޖޫން)‏.
2/623
ޢާޝޫރާ ދުވަހުގައި رَسُوْلُ اللهِ ﷺ އެންމެ ފުރަތަމަ ރޯދަހިއްޕެވުން (‏10 މުޙައްރަމް/ 14 ޖުލައި)‏.
އެންމެ ފުރަތަމަ ހަނގުރާމަ: غزوة الأبواء (‏ودّان)‏ (‏12 ޞަފަރު/ 15 އޮގަސްޓް)‏.
غزوة بواط (‏1 ރަބީޢުލް އަލްވަލް. 2 ސެޕްޓެމްބަރ)‏.
ބަދުރުގެ ފުރަތަމަ ހަނގުރާމަ/ ޞަފްވާން (‏ރަބީޢުލް އައްވަލް/ ސެޕްޓެމްބަރ)‏.
غزوة ذو العُشيرة (‏1 ޖުމާދަލް އައްވަލް/ 13 އޮކްޓޯބަރ)‏.
2/624
عبدالله بن جحش ގެ سريّة بطن النخلة (‏20 ރަޖަބް/ 17 ޖެނުއަރީ)‏.
عليގެފާނާ فاطمةގެފާނުގެ ކައިވެނިފުޅު (‏ރަޖަބް/ ޖެނުއަރީ)‏.
مسجد الأقصى އިން مسجد الحرام/ كعبة المُعظّمة އަށް ޤިބްލަ ބަދަލުކުރެއްވުން (‏11 ޝަޢްބާން، އަންގާރަ/ 7 ފެބްރުއަރީ)‏.
ރޯދަ ފަރްޟްކުރެއްވުން (‏ޝަޢްބާން/ ފެބްރުއަރީ)‏.
ތަރާވީޙް ނަމާދު ކުރަން ފެއްޓުން (‏1 ރަމަޟާން/ 26 ފެންރުއަރީ)‏.
ޙަބަޝްކަރައިގައި ތިއްބެވި އަޞްޙާބުންގެ ތެރެއިން 33 އަޞްޙާބުން، ބަދްރު ހަންގުރާމައިގެ ކުރިން އެނބުރި މައްކާ އަށް ވަޑައިގަތުން. އޭގެ ތެރެއިން 2 ބޭކަލަކު މައްކާ ގައި އަވަހާރަވި އިރު، އޭގެ ތެރެއިން 7 ބޭކަލަކު މުޝްރިކުން ޖަލަށް ލައި، އޭގެ ތެރެއިން 24 ބޭކަލަކު مدينة المُنوّرة އަށް ވަޑައިގެން ބަދުރު ހަނގުރާމައިގައި ބައިވެރިވި އެވެ.
ބަދުރު ހަނގުރާމަ (‏12 ރަމަޟާން/ 13 މާޗް)‏.
أبو جهل ޤަތުލުކުރުން.
رَسُوْلُ اللهِ ﷺ ގެ ދަރިކަނބަލުން رُقيّة (‏رضي الله عنها)‏ އަވަހާރަވުން (‏ރަމަޟާން/ މާޗް)‏.
ޒަކާތް ފަރްޟްކުރެއްވުން (‏ރަމަޟާން/ މާޗް)‏.
ފިޠްރު ޞަދަޤާ ވާޖިބުކުރެއްވުން (‏ރަމަޟާން/ މާޗް)‏.
ރަމަޟާންގެ ފުރަތަމަ ޢީދު (‏އަލް ފިޠްރު)‏ އަދި ޢީދު ނަމާދުކުރެއްވުން (‏1 ޝައްވާލް/ 27 މާޗް)‏.
رَسُوْلُ اللهِ ﷺ، عائشة (‏رضي الله عنها)‏ ކައިވެނިކުރެއްވުން (‏ޝައްވާލް/ އޭޕްރީލް)‏.
މައްކާ އިން މަދީނާ އަށް ވަޑައިގަންނަވަނިކޮށް زينب (‏رضي الله عنها)‏ އަށް ޙަމަލާދިނުން (‏ޝައްވާލް މަސް ފެށުނު އިރު/ މާޗް)‏.
غزوة قرقرة الكدر (‏5 ޝައްވާލް/ 31 މާޗް)‏.
غزوة بني قينقاع (‏15 ޝައްވާލް/ 10 އޭޕްރީލް)‏.
غزوة سويق (‏5 ޛުލްޙިއްޖާ/ 29 މޭ)‏.
فاطمة (‏رضي الله عنها)‏ ކައިވެނިކުރެއްވުން (‏ޛުލްޙިއްޖާ/ މޭ)‏.
ޤުރުބާންކުރުމުގެ ފުރަތަމަ ޢީދު (‏أضحى)‏ އައުން (‏10 ޛުލްޙިއްޖާ/ 3 ޖޫން)‏.
3/624
كعب بن أشرف ޤަތުލުކުރުން (‏4 ރަބީޢުލް އައްވަލް/ 2 ސެޕްޓެމްބަރ)‏.
غزوة أنمار (‏غطفان، ذي أمر)‏ (‏12 ރަބީޢުލް އައްވަލް/ 2 ސެޕްޓެމްބަރ)‏.
غزوة بحران (‏نجران)‏ (‏6 ޖުމާދަލް އައްވަލް/ 25 އޮކްޓޯބަރ)‏.
عُثمان (‏رضي الله عنه)‏ أُمُّ كُلثُوم އާ ކައިވެނިކުރެއްވުން (‏ޖުމާދަލް އާޚިރް)‏.
3/625
ޙަފްޞާ (‏رضي الله عنها)‏ އާ ކައިވެނިކުރެއްވުން (‏ޝަޢްބާން/ ޖެނުއަރީ)‏.
غزوة أُحُد (‏7 ޝައްވާލް، ހޮނިހިރު/ 23 މާޗް)‏.
غزوة حمراء الأسد (‏16 ޝައްވާލް/ 1 އޭޕްރީލް)‏.
4/625
عبدالله بن أُنيس، خالد بن سُفيان ޤަތުލުކުރުން (‏5 މުޙައްރަމް/ 17 ޖޫން)‏.
رجيع ޙާދިސާ (‏ޞަފަރު/ ޖުލައި)‏.
بئر معونة ޙާދިސާ (‏19 ޞަފަރު/ 31 ޖުލައި)‏.
غزوة بني النّضير (‏ރަބީޢުލް އައްވަލް/ އޮގަސްޓް)‏.
ވަކި ވަރަކަށް ރާ ބުއިން ޙަރާންކުރެއްވުން (‏ރަބީޢުލް އައްވަލް/ އޮގަސްޓް-ސެޕްޓެމްބަރ)‏.
عُثمان (‏رضي الله عنه)‏ އާއި رُقيّة (‏رضي الله عنها)‏ ގެ ދަރިކަލުން ޢަބްދުﷲ އަވަހާރަވުން (‏ޖުމާދަލް އާޚިރު/ އޮކްޓޯބަރ)‏.
އަބޫ ސަލާމާ އަވަހާރަވުން (‏23 ޖުމާދަލް އާޚިރު/ 30 ނޮމެމްބަރ)‏.
4/626
حُسين (‏رضي الله عنه)‏ އުފަންވެވަޑައިގަތުން (‏5 ޝަޢްބާން/ 10 ޖެނުއަރީ)‏.
رَسُوْلُ اللهِ ﷺ زينب بنت خُزيمة (‏رضي الله عنها)‏ އާ ކައިވެނިކުރެއްވުން (‏ރަމަޟާން)‏.
رَسُوْلُ اللهِ ﷺ أُمُّ سلامة (‏رضي الله عنها)‏ އާ ކައިވެނި ކުރެއްވުން (‏ޝައްވާލް މަހުގެ ފަހުކޮޅު/ އޭޕްރީލް ފެށޭކޮޅު)‏.
فاطمة بنت أسد އަވަހާރަވުން.
ކުޑަ ބަދުރުގެ ހަނގުރާމަ (‏1 ޛުލްޤަޢިދާ/ 4 އޭޕްރީލް)‏.
5/626
غزوة ذات الرقاع (‏10 މުޙައްރަމް/ 11 ޖޫން)‏.
غزوة دومة الجندل (‏25 ރަބީޢުލް އައްވަލް/ 24 އޮގަސްޓް)‏.
رَسُوْلُ اللهِ ﷺ ގެ އަނބިކަނބަލުން زينب بنت خُزيمة (‏رضي الله عنها)‏ އަވަހާރަވުން (‏ރަބީޢުލް އާޚިރު/ ސެޕްޓެމްބަރ)‏.
ބަނީ މުޒައިނާ ޤަބީލާގެ މީހުން އިސްލާމްވުމަށް ފަހު، މަދީނާ އަށް އައުން (‏ރަޖަބު/ ސެޕްޓެމްބަރ)‏.
غزوة المُريسع (‏بني المُصطلق)‏ (‏2 ޝަޢްބާން/ 27 ޑިސެމްބަރ)‏.
عائشة (‏رضي الله عنها)‏ ގެ އަބުރަށް އަރައިގަތުން.
ތަޔައްމުމު ކުރުމާ ބެހޭ އާޔަތް ބާވައިލެއްވުން.
5/627
رَسُوْلُ اللهِ ﷺ، جُويربة بنت الحارث (‏رضي الله عنها)‏ އާ ކައިވެނި ކުރެއްވުން (‏ޝަޢްބާން)‏.
غزوة الخندق (‏ޝައްވާލް/ މާޗް)‏.
غزوة بني قريظة (‏23 ޛުލްޤަޢިދާ/ 15 އޭޕްރީލް)‏.
رَسُوْلُ اللهِ ﷺ زينب بنت جحش (‏رضي الله عنها)‏ އާ ކައިވެނި ކުރެއްވުން (‏1 ޛުލް ޤަޢިދާ/ 24 މާޗް)‏.
رَسُوْلُ اللهِ ﷺ، ريحانة بنت عمرُو (‏رضي الله عنها)‏ އާ ކައިވެނި ކުރެއްވުން (‏ޛުލް ޙިއްޖާ/ އޭޕްރީލް-މޭ)‏.
6/627
محمّد بن مسلمة ގެ ޤުރްޠާ ސަރިއްޔާ (‏10 މުޙައްރަމް/ 1 ޖޫން)‏.
علي بن أبي طالب (‏رضي الله عنه)‏ ގެ فدك ގެ بني سعد بن بكر ސަރިއްޔާ.
غزوة الغابة (‏ذي قرد)‏ (‏2 ރަބީޢުލް އައްވަލް/ 22 ޖުލައި)‏.
غمر ސަރިއްޔާ (‏ރަބީޢުލް އައްވަލް)‏.
محمّد بن مسلمة ގެ ذي القصّة ސަރިއްޔާ (‏ރަބީޢުލް އައްވަލް)‏.
أبو عُبيدة بن جرّاح ގެ ذي القصّة ސަރިއްޔާ (‏ރަބީޢުލް އާޚިރު)‏.
زيد بن حارثة ގެ ޖަމޫން ސަރިއްޔާ (‏ރަބީޢުލް އާޚިރު)‏.
غزوة بني لِحيان (‏1 ޖުމާދަލް އައްވަލް/ 18 ސެޕްޓެމްބަރ)‏.
زيد بن حارثة ގެ عير ސަރިއްޔާ (‏ޖުމާދަލް އައްވަލް)‏.
أبو العاص އިސްލާމްވުން.
زيد بن حارثة ގެ طرف ސަރިއްޔާ (‏ޖުމާދަލް އާޚިރު/ އޮކްޓޯބަރ-ނޮވެމަބރ)‏.
زيد بن حارثة ގެ وادي القُرى ސަރިއްޔާ (‏ރަޖަބު/ ނޮވެމްބަރ-ޑިސެމްބަރ)‏.
زيد بن حارثة ގެ ދިމިޝްޤުގެ ސަރިއްޔާ/ ވިޔަފާރި ޤާފިލާ (‏ރަޖަބު)‏.
عبدالرّحمن بن عوف ގެ دومة الجندل ސަރިއްޔާ (‏ޝަޢްބާން/ ޑިސެމްބަރ)‏.
زيد بن حارثة ގެ مَدْيَن ސަރިއްޔާ (‏ޝަޢްބާން/ ޑިސެމްބަރ)‏.
عليގެ ފާނު ގެ فَدَك ސަރިއްޔާ (‏ޝަޢްބާން/ ޑިސެމްބަރ)‏.
6/628
زيد بن حارثة ގެ أمّ قرفة ސަރިއްޔާ (‏ރަމަޟާން/ ޖެނުއަރީ)‏.
މަދީނާ ގައި ހަނަފަސްކަން/ إستسقاء ނަމާދުކުރުމަށް ބޭރަށް ނުކުތުން (‏ރަމަޟާން)‏.
عبدالله بن عتيق ގެ أبو رافع ސަރިއްޔާ (‏ރަމަޟާން/ ޖެނުއަރީ)‏.
عبدالله بن رواحة ގެ ޚައިބަރު ހޯދާބެލުމުގެ ސަރިއްޔާ (‏ރަމަޟާން. ފެބްރުއަރީ)‏.
عبدالله بن رواحة ގެ أُسير بن زرام ސަރިއްޔާ (‏ޝައްވާލް/ މާޗް)‏.
كرز بن جابر الفهري ގެ ސަރިއްޔާ (‏ޝައްވާލް/ ފެބްރުއަރީ)‏.
ޢުމްރާ ސަރިއްޔާ (‏2 ޛުލްޤަޢިދާ/ 14 މާޗް)‏.
بًيعَةُ الرِّضوان (‏ޛުލްޤަޢިދާ/ މާޗް-އޭޕްރީލް)‏.
ޙުދައިބިއްޔާގެ ޞުލްޙައިގެ މުޢާހަދާ (‏ޛުލްޙިއްޖާ/ އޭޕްރީލް)‏.
سورة الفتح ބާވައިލެއްލުން.
ބަނީ ޚުޒާޢާ އާއި، ބަނީ އަސްލަމް އާއި، ބަނީ ހުޝާނީ ގެ ވަފުދުތައް މަދީނާ އަށް އައިސް އިސްލާމްވުން.
އެއްކޮށް ރާ ޙަރާމްކުރެއްވުން.
ޖަމަލާއި އަސް ރޭސް ބޭއްވުމުގެ ހުއްދަ رَسُوْلُ اللهِ ﷺ ދެއްވުން.
6،7/628
އިސްލާމް ދީނަށް ދަޢުވަތުދެއްވައި رَسُوْلُ اللهِ ﷺ ސިޓީ ފޮނުއްވުން (‏ޛުލްޙިއްޖާގެ ފަހުކޮޅު-މުޙައްރަމްގެ ފެށުނުކޮޅު/ މޭ)‏.
7/628
زيد بن حارثة ގެ حسمي ސަރިއްޔާ (‏ޖުމާދަލް އާޚިރާ)‏.
ޙަބަޝް ކަރައިގެ ނަޖާޝީ އަޞްޙަމާ އިސްލާމްވުން.
أُمُّ حبيبة (‏رضي الله عنها)‏ ގެ ކައިވެނި.
މިޞްރުގެ މުޤައުޤިސް رَسُوْلُ اللهِ ﷺ ގެ އަރިހަށް مارية ފޮނުއްވުން.
عائشة (‏رضي الله عنها)‏ ގެ މަންމާފުޅު أُمُّ رُومان (‏رضي الله عنها)‏ އަވަހާރަވުން.
أبو العاص އިސްލާމްވެ رَسُوْلُ اللهِ ﷺ ގެ ދަރިކަނބަލުން زينب އާ ކައިވެނިކުރެއްވުން (‏މުޙައްރަމް/ މޭ)‏.
غزوة خيبر (‏މުޙައްރަމް-ޞަފަރު ނިމުނުކޮޅު/ ޖޫން)‏.
رَسُوْلُ اللهِ ﷺ އަށް ވިހަލާން زينب بنت حارث މަސައްކަތްކުރުން.
ޙަބަޝް ކަރަޔަށް ހިޖުރަކުރެއްވި ބާކީ ތިއްބެވި ޞަޙާބީން އެނބުރި މަދީނާ އަށް ވަޑައިގަތުން (‏ޞަފަރު)‏.
އަޝްޢަރީން މަދީނާ އަށް އައިސް، މަތިވެރި ޞަޙާބީނންނަށް ވުން.
ليلة التعريس: އާއި އެކަލޭގެފާނުގެ އަޞްޙާބުންނަށް ނިދިކުރެވި، ފަތިސް ނަމާދަށް ހޭފުޅުނުލެއްވުން.
رَسُوْلُ اللهِ ﷺ أُمُّ حبيبة (‏رضي الله عنها)‏ އާ ކައިވެނިކުރެއްވުން.
رَسُوْلُ اللهِ ﷺ ގެ ކިރުމައިކަމަނާ އަވަހާރަވުން.
ޔަމަނުގެ ޙާކިމް باذان އިސްލާމްވުން (‏ޖުމާދަލް އައްވަލް/ ސެޕްޓެމްބަރ)‏.
عليގެފާނުގެ ޢަޞްރު ނަމާދަށް އިރު އެނބުރި އައުން.
غزوة وادي القرى (‏ޖުމާދަލް އާޚިރު/ އޮކްޓޯބަރ)‏.
رَسُوْلُ اللهِ ﷺ صفيّة ބިންތި حُيَيُّ (‏رضي الله عنها)‏ އާ ކައިވެނިކުރެއްވުން.
عُمرُ (‏رضي الله عنه)‏ ގެ ތުރާބާ ސަރިއްޔާ (‏ޝަޢްބާން/ ޑިސެމްބަރ)‏.
أبوبكر (‏رضي الله عنه)‏ ގެ نجد ސަރިއްޔާ (‏ޝަޢްބާން/ ޑިސެމްބަރ)‏.
بشير بن سعد الأنصاري ގެ ފަދަކް/ މުއްރާ ސަރިއްޔާ (‏ޝަޢްބާން/ ޑިސެމްބަރ)‏.
7/629
غالب بن عبدالله الليثي ގެ مَيفَعة ސަރިއްޔާ (‏ރަމަޟާން/ ޖެނުއަރީ)‏.
بشير بن سعد الأنصاري ގެ جِناب ސަރިއްޔާ (‏ޝައްވާލް/ ފެބްރުއަރީ)‏.
عُمرَةِ القضاء ސަރިއްޔާ (‏ޛުލްޤަޢިދާ-ޛުލްޙިއްޖާ/ މާޗް)‏.
رَسُوْلُ اللهِ ﷺ ميمونة بنت حارث (‏رضي الله عنها)‏ އާ ކައިވެނިކުރެއްވުން.
8/629
رَسُوْلُ اللهِ ﷺ ގެ ދަރިކަނބަލުން زينب (‏رضي الله عنها)‏ އަވަހާރަވުން (‏ޞަފަރު)‏.
خالد بن وليد އާއި، عمرو بن عاص އާއި، عثمان بن طلحة އިސްލާމްވުން (‏ޞަފަރު)‏.
غالب بن عبدالله الليثي ގެ كُدَيد ސަރިއްޔާ (‏ޞަފަރު)‏.
غالب بن عبدالله الليثي ގެ فَدَك ސަރިއްޔާ (‏ޞަފަރު/ ޖޫން)‏.
غزوة مًؤتَة (‏ޖުމާދަލް އައްވަލް/ ސެޕްޓެމްބަރ)‏.
عمرو بن العاص ގެ ذات السّلاسل ސަރިއްޔާ (‏ޖުމާދަލް އާޚިރު/ އޮކްޓޯބަރ)‏.
ޤުރައިޝް ވަންހައިގެ މީހުން ޙުދައިބިއްޔާގެ ޞުލްޙައިގެ މުޢާހަދާ އާ ޚިލާފުވުމަށް ފަހު، ޞުލްޙަވުމަށް أبو سُفيان މަސައްކަތްކުރުން.
8/630
މައްކާ ފަތަޙަކުރެއްވުމަށް رَسُوْلُ اللهِ ﷺ ނުކުންނެވުން (‏10 ރަމަޟާން/ 1 ޖެނުއަރީ)‏.
މައްކާ ފަތަޙަކުރެއްވުން (‏20 ރަމަޟާން/ އަންގާރ/ 11 ޖެނުއަރީ)‏.
ޢަބްވާ ގައިވާ މަންމާފުޅު އާމިނަތުގެފާނުގެ މަހާނަ ކައިރި އަށް رَسُوْلُ اللهِ ﷺ ޒިޔާރަތްކުރެއްވުން.
ބުދުތައް ތަޅާލުން.
غزوة حُنين (‏11 ޝައްވާލް/ 1 ފެބްރުއަރީ)‏.
رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ކިރުގެ ގޮތުން أخت އާ شَيماء އާ ބައްދަލުކުރެއްވުން.
غزوة طائف (‏ޝައްވާލް/ ފެބްރުއަރީ)‏.
ޙުނައިން ހަނގުރާމައިގެ ޣަނީމާ މުދާ ޖިރާނާ ގައި رَسُوْلُ اللهِ ﷺ ބެއްސެވުން (‏5-18 ޛުލްޤަޢިދާ/ 24 ފެބްރުއަރީ-9 މާޗް)‏.
رَسُوْلُ اللهِ ﷺ ޢުމްރާގެ އަޅުކަން އަދާކުރެއްވުން (‏19 ޛުލްޤަޢިދާ/ 10 މާޗް)‏.
مسجد النّبوي އަށް 3 ހަރު ގެ މިންބަރެއް ހެދުން.
رَسُوْلُ اللهِ ﷺ ގެ ދަރިކަނބަލުން إبراهيم އުފަންވެވަޑައިގަތުން (‏ޛުލްޙިއްޖާ)‏.
9/630
ބައެއް ޤަބީލާތަކަށް ޒަކާތް ނެގުމަށް މީހުން ފޮނުއްވުން (‏މުޙައްރަމް/ އޭޕްރީލް-މޭ)‏.
عيينة بن حصن الفزاري ގެ ސަރިއްޔާ (‏މުޙައްރަމް)‏.
غزوة تبُوك (‏ރަޖަބު/ އޮކްޓޯބަރ)‏.
خالد بن الوليد ގެ دُومة الجندل ސަރިއްޔާ (‏ރަޖަބު)‏.
رَسُوْلُ اللهِ ﷺ މުނާފިޤުންގެ މިސްކިތް مسجد الضّرار ތަޅާލެއްވުން.
ޙަބަޝްކަރައިގެ ނަޖާޝީ އަޞްޙަމާ އަވަހާރަވުން (‏ރަޖަބު/ އޮކްޓޯބަރ)‏.
رَسُوْلُ اللهِ ﷺ ގެ ދަރިކަނބަލުން أُمُّ كُلثوم (‏رضي الله عنها)‏ އަވަހާރަވުން (‏ޝަޢްބާން)‏.
رَسُوْلُ اللهِ ﷺ، އިސްލާމް ދީނަށް ދަޢުވަތުދެއްވައި، ހެރަކްލަޔަސް އަށް ދެވަނަ ސިޓީއެއް ފޮނުއްވުން.
سنة الوُفود (‏ވަފުދުތަކުގެ އަހަރު)‏.
كعب بن زهير އިސްލާމްވުން އަދި رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ ހެނދުންކޮޅު އޭނާ އަށް ހަދިޔާއަކަށް ދެއްވުން.
9/631
މުނާފިޤުންގެ ވެރިޔާ عبدالله بن أُبَيُّ بن سلُول މަރުވުން (‏ޛުލްޤަޢިދާ)‏.
ޙައްޖު ފަރްޟްކުރެއްވުން.
أمير الحجّ (‏ޙައްޖުގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށް)‏ އަކަށް أبوبكر (‏رضي الله عنه)‏ ޢައްޔަންކުރެއްވުން (‏ޛުލްޤަޢިދާ-ޛުލްޙިއްޖާ/ ފެބްރުއަރީ-މާޗް)‏.
سورة البقرة ބާއްވަންލައްވަން ފެއްޓެވިކަން އެންގެވުމަށް علي (‏رضي الله عنه)‏ މައްކާ އަށް ފޮނުއްވުން (‏ޛުލްޙިއްޖާ/ މާޗް)‏.
10/631
خالد بن الوليد ގެ بني حارث ސަރިއްޔާ (‏ރަބީޢުލް އައްވަލް/ ޖޫން)‏.
علي (‏رضي الله عنه)‏ يمن/ مذحج ގެ ސަރިއްޔާ (‏ރަމަޟާން/ ޑިސެމްބަރ)‏.
ޔަމަނުގެ ގަވަރނަރ باذان މަރުވުން.
ނަޖާޝީގެ އުޚުތުގެ ދަރިކަލުން أفيرُوز އިސްލާމްވުން.
مُسيلمةُ الكذّاب ނަބީއެއް ކަމަށް ދަޢުވާކުރުން.
10/632
رَسُوْلُ اللهِ ﷺ ގެ ދަރިކަލުން إبراهيم އަވަހާރަވުން.
حجة الوداع: ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް رَسُوْلُ اللهِ ﷺ މަދީނާ އިން ދަތުރު ފެއްޓެވުން (‏25 ޛުލްޤަޢިދާ/ 22 ފެބްރުއަރީ)‏.
رَسُوْلُ اللهِ ﷺ خطبة الوداع ދެއްވުން (‏9 ޛުލްޙިއްޖާ/ 7 މާޗް)‏.
طواف الوداع (‏14 ޛުލްޙިއްޖާ/ 12 މާޗް، ބުރާސްފަތި)‏.
ريحانة بنت عمرُو (‏رضي الله عنها)‏ އަވަހާރަވުން.
11/632
جبريل (‏عليه السّلام)‏ މުޅި ޤުރްއާން އެއްކޮށް ދެ ފަހަރު رَسُوْلُ اللهِ ﷺ އަށް ތިލާވާކޮށްދެއްވުން.
ދިމިޝްޤަށް ދާން ހަމަޖެހިފައި އޮތް ލަޝްކަރުގެ ކޮމާންޑަރަކަށް أُسامة بن زيد (‏رضي الله عنه)‏ ޢައްޔަންކުރެއްވުން.
رَسُوْلُ اللهِ ﷺ ގެ ހުން ގަދަވެ؛ މެލޭރިޔާ އަށް ބަދަލުވުން (‏27 ޞަފަރު/ 25 މޭ، ހޯމަ)‏.
ނަބީއެއް ކަމަށް ދަޢުވާކުރި أسودُ الأنسي ޤަތުލުކުރުން (‏8 ރަބީޢުލް އައްވަލް/ 4 ޖޫން، ބުރާސްފަތި)‏.
رَسُوْلُ اللهِ ﷺ، އިމާމަކަށް أبوبكر (‏رضي الله عنه)‏ ހަމަޖެއްސެވުން (‏8 ރަބީޢުލް އައްވަލް/ 4 ޖޫން، ޢިޝާ ނަމާދު)‏.
أبوبكر (‏رضي الله عنه)‏ ގެ އިމާމުކަމުގައި رَسُوْلُ اللهِ ﷺ އެކަލޭގެފާނުގެ އެންމެ ފަހު ނަމާދު ކުރެއްވުން (‏12 ރަބީޢުލް އައްވަލް، ހޯމަ، ފަތިސް ނަމާދު)‏.
رَسُوْلُ اللهِ ﷺ ސުވަރުގެ ވަޑައިގަތުން (‏12 ރަބީޢުލް އައްވަލް/ 8 ޖޫން، ހޯމަ)‏.
ޚަލީފާ އަކަށް أبوبكر (‏رضي الله عنه)‏ އިޚްތިޔާރުކުރުން (‏12 ރަބީޢުލް އައްވަލް/ 8 ޖޫން، ހޯމަ)‏.
رَسُوْلُ اللهِ ﷺ ފަސްދާނު ލެވުނީ މެންދަމު އަންގާރަ ދުވަހާ ބުދަ ދުވަހާ ދެމެދު (‏ބުދަ ވިލޭރޭ)‏.
މުރުތައްދުވީ މީހުންނާ ދެކޮޅަށް أُسامة بن زيد (‏رضي الله عنه)‏ ފޮނުއްވުން (‏16 ރަބީޢުލް އައްވަލް/ 12 ޖޫން، ހުކުރު)‏.
أُسامة بن زيد (‏رضي الله عنه)‏، ކާމިޔާބީ އާ އެކު އެނބުރި ވަޑައިގަތުން (‏26 ރަބީޢުލް އައްވަލް/ 22 ޖޫން، އަންގާރަ)‏.

އަހަންނަކީ ކާކު، އަދި އަހަންނަށް އެނގެނީ ކޮން ކަމެއް؟

މި ބަގީޗާ ގައި ފިނިފެންމާ ވެސް ނުވަތަ ގުލްއަލާ މަލެއް ވެސް އަހަންނަކަށް ނެތޭ،
މި ބަގީޗާ ގައި ގަތުމެއް ނުވަތަ ވިއްކުމެއް ވެސް ނުވަތަ ފައިސާއެއް ވެސް ނެތޭ،
ބާރެއް ނުވަތަ އިސްތިޤްލާލެއް ނުވަތަ މުއްސަނދިކަމެއް ނުވަތަ މުދަލެއް ނެތޭ،
ދުއްތުރާލެއް ނުވަތަ ހިތްއުފާވުމެއް ނުވަތަ ބާމެއް ނުވަތަ ޒަޚަމެއް ވެސް ނެތޭ،
މި ދުނޔޭގައި އަހަންނަކީ ކާކު ކަމާއި، އަހަރެންގެ މިލްކުގައިވަނީ ކޯއްޗެއްކަން އަހަންނަށް އެނގުނު ނަމަ؟
ވުޖޫދު ގައި ވުމަކީ އިލާހީ ނިޢުމަތެކޭ، ޙަޔާތަކީ ކަރީމްގެ އޯގާވެރިކަމޭ!
އަނގަ އަކީ، އައްރަޙްމާނުގެ ހަދިޔާއެކޭ، ވާހަކަދެއްކުމަކީ، އަލްޤަދީމުގެ ދެއްވުމެކޭ!
ހަށިގަނޑަކީ، އަލްހުދާ ގެ ޢިމާރާތެކޭ، ފުރާނައަކީ، ހަދިޔާކުރެވިފައިވާ ނޭވާލުމެކޭ!
ބާރަކީ، އެކަލާނގެ ބާރުވަންތަކަމުން ވާ އިތުބާރެކޭ، ޙިއްސުތައް ލެއްވެވީ އަލްޙާކިމޭ!
އަހަންނަށް އެނގުނު ނަމަ އޭ، މި ދުނިޔޭގައި، އަހަންނަކީ ކާކު ކަމާއި، އަހަންނަށް ލިބިފައިވަނީ ކޯއްޗެއްކަން؟
މި ދުނިޔޭގައި، އަހަރެންގެ އަތުގައި ޙަޤީޤަތުގައި އެއްޗެއް ނެތޭ،
ވާ ކޮންމެ އެއްޗަކީ، މުޅި ވުޖޫދަކީ އެކަލާނގެ އެއްޗެކޭ،
ދުނިޔެ އަށް އައުމާއި ނައުމަކީ އަހަރެންގެ ބާރުގެ ދަށުގައިވާނުވާ ކަމެކޭ،
މުދަލެއް ހުރިކަމުގެ ހެއްކެއް އަހަރެންގެ އަތުގައި ނެތޭ،
އަހަންނަށް އެނގުނު ނަމަ އޭ، މި ދުނިޔޭގައި، އަހަންނަކީ ކާކު ކަމާއި، އަހަންނަށް ލިބިފައިވަނީ ކޯއްޗެއްކަން؟
އަހަރެންގެ ވުޖޫދުވުމަކީ ހަމައެކަނި ތަޞައްވުރެކޭ، އަހަރެންގެ ފުރާނައަކީ ކުރެވޭ އިތުބާރެކޭ!
އެކަލާނގެ ކުރިފުޅުމަތީގައި "އަހަރެން"ނޭ ބުނުމަކީ ފަކުރުވެރިވާންޖެހޭ ވަރުގެ ޢަމަލެކޭ،
އަޅާ މާލިކަށް ބޯލެނބުމަކީ 'ކޮންމެހެން ކުރަންޖެހޭ ކަމެކޭ'!
އެކަލާނގެ ވަޙީކުރައްވަނީ އަހަންނަކީ 'އެކަލާނގެ އަޅާ'އޭ، ހިރަފުހަށް ޝަރަފު ނިސްބަތްކުރާ ގޮތަށޭ!
އަހަންނަށް އެނގުނު ނަމަ އޭ، މި ދުނިޔޭގައި، އަހަންނަކީ ކާކު ކަމާއި، އަހަންނަށް ލިބިފައިވަނީ ކޯއްޗެއްކަން؟
އަހަންނަކީ ފަޤީރު އަދި ބޭނުންޖެހިފައިވާ މީހަކީމޭ؛ މުއްސަނދިކަމާއި ރިވެތިކަން މިލްކުވެގެންވަނީ ޙައްޤަށޭ؛
'އެއްޗެއް ނެތުމަކީ' އަހަރެންގެ ހަމައެކަނި މުދަލޭ، ވުޖޫދުގައިވުމާއި ފުރާނައިގެ މިލްކުވެރިޔަކީ ޙައްޤޭ.
އަބަދީވުން، މާޒީ އާއި މުސްތަޤްބަލް، އަދި ކޯފާލެއްވުން މިލްކުވެގެންވަނީ ޙައްޤަށޭ؛
މި ދުނިޔޭގައި ފެންނަހާ އެއްޗަކާއި، ދެން ފެންނާނެ ހުރިހާ އެއްޗެއް މިލްކުވެގެންވަނީ ޙައްޤަށޭ.
އަހަންނަށް އެނގުނު ނަމަ އޭ، މި ދުނިޔޭގައި، އަހަންނަކީ ކާކު ކަމާއި، އަހަންނަށް ލިބިފައިވަނީ ކޯއްޗެއްކަން؟
ކެއުމާއި، ބުއިމާއި، ހިތްއުފާކުރުމާ އެ ހުރިހާ އެއްޗެއް ލިބެނީ އެކަލާނގެ ރައްޒާޤު1 މި ސިފައިންނޭ؛
ކަންބޮޑުވުމާ ނުލައި ނޭވާއެއް ލެވުމަކީ، އެކަލާނގެ އޯގާވަންތަކަމޭ،
އަދި ހަމައެއާއެކު، ތިމާ އަށް ލިބޭ ކޮންމެ ރަނގަޅަކީ، އެކަލާނގެ ދެއްވާ ހަދިޔާއެކޭ،
ހަމައެހެންމެ އެންމެ މަތިވެރި ނިޢުމަތްކަމުގައިވާ އިމާންކަންކަމަކީ އެކަލާނގެ ދެއްވާ ދަރުމައެކޭ.
އަހަންނަށް އެނގުނު ނަމަ އޭ، މި ދުނިޔޭގައި، އަހަންނަކީ ކާކު ކަމާއި، އަހަންނަށް ލިބިފައިވަނީ ކޯއްޗެއްކަން؟
ޤަޟާޤަދަރުގައި ނެތް ނަމަ، އުޑުތަކުން ނުވަތަ ބިމުން އަހަރެންގެ ކާނާ އަހަންނަށް ނުލިބޭނެއޭ،
ގަހަކުން ވިޔަސް ނުވަތަ މަސް ކަމަށް ވިޔަސް، ކުރުކޮށް ބުނާ ނަމަ، ދުނިޔޭގެ އެއްވެސް ތާކުން.
ކުރިން އިންތިޒާމްކުރެވިފައިވާ ގޮތަށް އަހަންނަށް ފޯރާނެއޭ، އަހަރެންގެ ވަހުމުގެ އަގަށް ވުރެ ދުރަށޭ؛
ކާނާ ލިބޭނެއޭ، ވިހެއުމުގެ ކުރިން މިންވަރުކުރައްވާފައިވާ ވަރަށް ވުރެ ގިނަޔަކުން އަދި މަދަކުން ވެސް ނޫނޭ.
އަހަންނަށް އެނގުނު ނަމަ އޭ، މި ދުނިޔޭގައި، އަހަންނަކީ ކާކު ކަމާއި، އަހަންނަށް ލިބިފައިވަނީ ކޯއްޗެއްކަން؟
ކަޅުފޮއިރޭ ދުވާލަށް އަދި ދުވާލު ރޭގަނޑަށް ބަދަލުކުރައްވައޭ، އަހަންނަކަށް ނުކުރެވެއޭ،
ސުނޯ އާއި ފެން އަލިފާނަށް، ރިހި ފުލްފުރަމްއަށް ބަދަލުކުރައްވައޭ،
ބިން ދައުރުވުން ހުއްޓުވައި ހަލާކުކުރައްވާނެއޭ، އަހަންނަކަށް ނުވާނެއޭ،
ފިނި މޫސުމުގެ ސްނޯގެ ވިލާގަނޑު އޭޕްރީލްގެ ވިލާގަނޑަކަށް ބަދަލުކުރައްވައޭ، އަހަންނަކަށް ނުވާނެއޭ،
އަހަންނަށް އެނގުނު ނަމަ އޭ، މި ދުނިޔޭގައި، އަހަންނަކީ ކާކު ކަމާއި، އަހަންނަށް ލިބިފައިވަނީ ކޯއްޗެއްކަން؟
އަހަރެން ވުޖޫދުގައި ނެތީސް، އަހަރެންގެ ރައްބު، އެއް ނޭވާ ގައި އަހަރެން އިޚްތިޔާރުކުރެއްވިއޭ؛
އަހަރެންގެ މަންމަގެ ރަޙިމުގެ ތެރެއިން އެކަލާނގެ އަހަރެންގެ ކާނާ ލެއްވިއޭ.
އެކަލާނގެ މަލާއިކަތުންނަށް އަމުރުކުރައްވައި، އެކަލާނގެ އެ ބޭކަލުން އަހަރެންގެ ޚާދިމުންނަށް ލެއްވިއޭ.
އެކަލާނގެ އަހަރެން ދުނިޔޭގައި ލެއްވެވީ އެކަލާނގެ ސިޔާދަތުގެ ދަށުންނޭ.
އަހަންނަށް އެނގުނު ނަމަ އޭ، މި ދުނިޔޭގައި، އަހަންނަކީ ކާކު ކަމާއި، އަހަންނަށް ލިބިފައިވަނީ ކޯއްޗެއްކަން؟