ލޮބުވެތި ރަސޫލާ

އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުން

"ތިމަންކަލޭގެފާނަކީ ގެ ޙަބީބެވެ. އަދި އެކަލާނގެ ލޯބިވެވޮޑަންނަވާ އިންސާނާއެވެ؛ ރަސޫލުންގެ ވެރިޔަކީ ތިމަންކަލޭގެފާނެވެ. ތިމަންކަލޭގެފާނު މިހެން މި ޙަދީޘްކުރައްވަނީ ފޮނިކަނޑާކަށް ނޫނެވެ".
حديث الشّريف

ދުނިޔޭގެ ހަތް ފަށަލަ، އުޑުގެ ހަތް ފަށަލަ، މުޅި ކައުނު ވީ އެކަލޭގެފާނުގެ އިންތިޒާރުގައެވެ. އެކަލޭގެފާނަކީ، އިޙްތިރާމާއި، ލޯބި ލިބިގެންވީ سيّد المرسلين އެވެ. އަދި خاتم الأنبياء އެވެ. އަދި حبيب الهدى އެވެ. މުޅި ކައުނު އެކަލޭގެފާނަށް މަރުޙަބާ ދެންނެވުމަށް ތައްޔާރަށް ތިއްބާ، ހިޖްރައިގެ 53 އަހަރު ކުރިން، ނީލަގެރިއެތުގެ ޙާދިސާގެ ފަންސާސް ދުވަސް ފަހުން، ރަބީޢުލް އައްވަލް މަހުގެ 12 ވީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތުގައި، ހާޝިމްގެ ދަރިންގެ ޑިސްޓްރިކްޓް ގައި، ޞަފާ ފަރުބަދައިގެ ކައިރީގައިވާ ގެއެއް ގައި، އެ ބޭކަލަކަށް އިންތިޒާރުކުރެވުންދިޔަ الله تعالى ގެ ނޫރު محمّد مصطفى (‏صلّى الله عليه وسلّم)‏ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތެވެ. އެކަލޭގެފާނުގެ ބަރަކާތާ އެކު، މުޅި ކައުނަށް ދިރުން ލިބިގެންދިޔަ އެވެ. އަނދިރިކަން ކުއްލިއަކަށް ނޫރުން1 އުޖާލާކުރެވިގެންދިޔައެވެ.

މިއޭ އެ ރެއެއްގައި އެ ބަރަކާތްތެރި،
ނޫރުން ދުނިޔެ އަލިކުރެވުނު ރެއޭ.
މި ރޭ، އެކަލޭގެފާނު ދުނިޔެ ސުވަރުގެ އަށް އެނބުރި ރުޖޫޢަކޮށްދެއްވައި،
މި ރޭ މަޚްލޫޤުންނަށް ﷲ އޯގާވެރިކަން ދައްކަވާނެއޭ.
ހިތުގެ ވެރިޔާ އަށް މިރޭ އުފާވެރިކަން ލިބެއޭ،
މިރެއަށް ޓަކައި، އެބައިމީހުންގެ ޖާނުދޭނެއޭ.
މުޞްޠަފާއަކީ ކައުނަށް ފޮނުއްވުނު ރަޙްމަތޭ،
މުޞްޠަފާއަކީ ފާފަވެރިންނަށް ހުރި ޝަފާޢަތޭ.

އަޅާގެ އުއްމަތް، އަޅާގެ އުއްމަތް

އެންމެ މަތިވެރި ޝަރަފު ލިބިވަޑައިގެންނެވި އެންމެ ނަސީބުވެރި މަންމާފުޅު، آمنة ގެފާނު އެކަމަނާގެ ބަލިވެއިނުން ސިފަކުރައްވާ ވިދާޅުވިއެވެ. "ތިމަން ކަމަނާ އެކަލޭގެފާނައިގެން ބަލިވެއިން އިރު އެއްވެސް އުނދަގުލެއް ނުވަތަ ތަދެއް ނުވެއެވެ. ބަލިވެއިން ކަމަކަށް ވެސް އިޙްސާސެއް ނުކުރެވެއެވެ. ބަލިވެއިންތާ 6 ވަނަ މަސް ފަހުން، ދެބަދޭތެރޭގައި ކޮންމެވެސް މީހަކު އެއްސެވިއެވެ. 'ކަމަނާ ބައލިވެއިންނެވީ ކާކަށްކަން އެނގިވަޑައިގަންނަވާ ތޯއެވެ؟' ތިމަން ކަމަނާ 'ނޭނގެއޭ' ދެންނެވުމުން އެ ބޭކަލަކު ވިދާޅުވިއެވެ. 'ދަންނާށެވެ. ކަމަނާ ބަލިވެ ތި އިންނެވީ އެންމެ ފަހުގެ ރަސޫލާއަށެވެ!' ވިހަން ކައިރިވުމާއެކު، ހަމަ އެބޭކަލަކު އަނެއްކާ ވަޑައިގަތެވެ. އަދި ވިދާޅުވި އެވެ. 'އޭ آمنة އެވެ! ދަރިފުޅު ވިހެއުމުން އެ ކަލޭގެފާނަށް محمّد މި ނަން ދެއްވާށެވެ'." އެހެން ރިވާޔަތެއް ގައި އައިސްފައިވާ ގޮތުގައި، އެ ބޭކަލަކު ވިދާޅުވީ "އޭ آمنة އެވެ! ދަރިފުޅު ވިހެއުމުން އެ ކަލޭގެފާނަށް أحمد މި ނަން ދެއްވާށެވެ".

ވިހެއުމުގެ ވަގުތު آمنة ގެފާނު ވިދާޅުވެ ދެއްވާފައިވަނީ ތިރީގައިވާ ގޮތަށެވެ.:

"ވިހެއުމުގެ ވަގުތު ޖެހުމުން، އަޅުގަނޑަށް ވަރަށް ބާރު އަޑެއް އިވުނެވެ. އެއާއެކު، އަޅުގަނޑު ތުރުތުރުއަޅަން ފެށި އެވެ. ދެން ފެނުނޫ ހުދޫ ދޫންޏެކެވެ. އޭތި އައިސް އޭތީގެ ފިޔައިން އަޅުގަނޑުގެ ގައިގައި ފިރުމާލިއެވެ. ހުރިހާ ބިރަކާއި، ތިރުތުރުއެޅުމެއް ފިލައި ގޮސްފި އެވެ. އަންދާއަނދާ ހުރިހެން އިޙްސާސްކުރެވޭ ވަރަށް އަޅުގަނޑު ފެންބޮވައިގެންފި އެވެ. އަޅުގަނޑާ ޖެހިގެން ކިރު ހެން ހުރި ހުދުކުލައިގެ ޝަރުބަތުގެ ތަށްޓެއް ހުއްޓެވެ. އެބައިމީހުން އަޅުގަނޑަށް އެ ޝަރުބަތު ބޯންދީފި އެވެ. އަޅުގަނޑު ބުއީމެވެ؛ އެ ބުއިން ފިނިވެފައި މާމުޔަށް ވުރެ ފޮންޏެވެ. އެއާ އެކު އަޅުގަނޑުގެ ކަރުހިއްކުން ފިލައިފި އެވެ. ދެން އަޅުގަނޑަށށް ފެނުނީ ބޮޑު ނޫރެކެވެ؛ އަޅުގަނޑުގެ ގޭތެރެ އުޖާލާ ވީވަރުން އެ ނޫރު ފިޔަވައި އެއްވެސް އިތުރު އެއްޗެއް ނުފެނުނެވެ.

ލޮބުވެތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ގެ (‏މިހާރު ބޭނުންކުރެވެނީ މައްކާގެ ލައިބްރަރީގެ ގޮތުގައި)‏

ތިބާ އަލިފާނުން ސަލާމަތްވާން ބޭނުން ނަމަ،
ލޯތްބާ އެކު ޞަލަވާތް ކިޔަވާށެވެ.
الصّلاة والسّلام عليك يا رَسُوْلُ اللهِ!
الصّلاة والسّلام عليك يا حبيب الله!
الصّلاة والسّلام عليك يا نور العرش الله

އަޅުގަނޑުމެންގެ ސައްޔިދު، ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ އެކަލޭގެފާނުގެ މުނިކާފާފުޅު ހާޝިމް އިން ޢަބްދުލް މަނާފުގެ ގޭގައެވެ. އެ ތަން ހުރީ ގެފުޅުގެ އިރުދެކުނާ 300-400 މީޓަރާ ދުރުގައެވެ.

رَسُوْلُ اللهِ ﷺ ހިޖްރަކުރެއްވި އިރު، އެކަލޭގެފާނުގެ ގެކޮޅު ޙަވާލުކުރެއްވީ އާކިލް ބިން އަބީ ޠާލިބާ އެވެ. އާކިލް މުނިކާފަދަރިން އެތަން ވަނީ محمد بن يوسف بن الثقفي އަށް އެތަން ވިއްކާލި އެވެ.

ފަހުން، މި ގެ هارون الرّشيد މަންމާފުޅު ބައްލަވައިގެން މިސްކިތަކަށް ބަދަލުކުރެއްވި އެވެ.

ޢައްބާސީންނާއި، މަމްލޫކުން ޙިމާޔަތްކުރި އެ މިސްކިތް، ފަހުން ޢުޘްމާނީ ދައުލަތުގެ ޒަމާނުގައި ވެސް ޙިމާޔަތްކުރެވުނެވެ. އަދި ސުލްޠާން ސުލައިމާން އެ މިސްކިތް އަލުން ބިނާކުރެއްވި ވެސް މެއެވެ.

ތާރީޚުގެ އެކި ދުވަސްވަރުގައި މި މިސްކިތް އެތައް ފަހަރަކު މަރާމަތުކުރެވުނެވެ.

"ޤިޔާމަތް ދުވަހު، އެއްމެން ހަނުހިމޭނުންތިއްބާ، ތިމަންކަލޭގެފާނު ވާހަކަދައްކާނަމުއެވެ. އެއްވެސް މީހަކަށް ޙަރަކާތްނުކުރެވުމުންމ އަހުރެން އެމީހުންނަށް ޝަފާޢަތްތެރިވާނަމުއެވެ"
حديث الشريف

1924 ގައި ސަޢޫދީން މައްކާ ހިފުމަށް ފަހު މި މިސްކިތް ތަޅާލި އެވެ. 1950 ގައި ޝައިޚް عبّاس ކައްތާން ބިނާކުރި މި ގެ، 1959 އިން ފެށިގެން ބޭނުންންކުރެވެމުންދަނީ މައްކާގެ ޕަބްލިކް ލައިބްރަރީގެ ގޮތުގައެވެ.

ހަމައެއާއެކު، ވަރަށް ގިނަ އަންހެން ކަނބަލުން އަހުރެން ވަށާލައި ޚިދުމަތްކުރިތަން ދުށީމެވެ. އެއި، ދިގު އަދި އިތުގެ އަލިކަން ފަދަ އުޖާލާ މޫނުތަކެއްގެ ވެރި ކަނބަލުންތަކެކެވެ. އެ ކުދިން ފެނުނީ ޢަބްދުލްމަނާފު ވަންހައިގެ ކަނބަލުން ވައްތަރަށެވެ. އެ ކަނބަލުން ކުއްލިއަކަށް ފާޅުވުމުން އަހުރެން ހުރީ ވަރަށް ހައިރާންވެފައެވެ. އޭގެތެރެއިން އެއް ކަނބަލަކު ބުނެފިއެވެ. "އަހަންނަކީ ފިރުޢައުނުގެ އަނބިކަމަނާ آسية އެވެ". ދެން ހުރި ކަމަނާ ބުންޏެވެ. "އަހުރެންނީ مريم بنت عمران އެވެ. ދެން މި ތިބީ ސުވަރުގޭގެ2 ޙޫރަލްޢީނުންނެވެ".

ހަމަ އެ ވަގުތު ހުދުކުލައިގެ ފަށުވި ފޮތިގަނޑެއް އުޑުން ފެށިގެން ބިމާ ހަމައަށް ފެތުރިފައިވާ ތަން ދުށީމެވެ. އަދި އަޑެއް އިވުނެވެ. "އެކަލޭގެފާނު މީސްތަކުންގެ ލޯތަކުން ފޮރުވާށެވެ". އެ ވަގުތު، ދޫނި ބައިގަނޑެއް ފާޅުވެއްޖެ އެވެ. އެ ދޫނިތަކުގެ ތުނބުތައް ހުރީ ޒުމައްރަދުންނެވެ؛ އަދި އެ ދޫނިތަކުގެ ފިޔަތައް ހުރީ ލާލުންނެވެ. އަހުރެން ބިރުން ދާހިއްލި އިރު، އެ ދަލުގައި ހުރި ގޮމަކަސްތޫރީގެ ވަސް މުޅި ކޮޓަރި އަށް ފެތުރުނެވެ. އެވަގުތު، އެބައިމީހުން އެ ފޮތިގަނޑު އަހުރެންގެ މޫނުން ނެގި އެވެ. އޭރު ދުނިޔެ އިތުން ހުޅނަގަށް ފެނިގެން ދިޔައެވެ. އަދި މަލާއިކަތުން އަހުރެން ވަށާލި އެވެ.

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމާ އެކު، އެކަލޭގެފާނުގެ ބޯކޮޅު ސަޖިދައަށް އޮންނަވާ ގޮތަށް ބާއްވަވާ ޝަހާދަތް އިނގިލި އުފުއްލެވި އެވެ. ދެން، ހުދު ކުލައިގެ ވިލާކޮޅެއް އުޑުން ފައިބާ އެކަލޭގެފާނުގެ ހަށިކޮޅު ވަށައިލި އެވެ. އެއަށް ފަހު އަޑެއް އިވުނެވެ. 'އެކަލޭގެފާނަށް އިރުން ހުޅަނގަށް ހުރިހާ ތަނެއް ދައްކާށެވެ. އެކި ތަންތަން އެކަލޭގެފާނަށް ދައްކާށެވެ. އޭރުން މުޅި ކައުނަށް އެކަލޭގެފާނުގެ ނަންފުޅާއި، ހަށިކޮޅާއި، ސިފަފުޅުތަކާ އެކު އެކަލޭގެފާނު ފެންނާނެތީއެވެ. އެކަލޭގެފާނުގެ ނަންފުޅަކީ ماحي ކަން އަންގާށެވެ. ماحي ގެ މާނައަކީ، ޝިރްކުގެ ހުރިހާ ޢަލާމާތެއް الله تعالى ނައްތަވާލައްވައެވެ (‏އެހެން މީހުން ﷲ އާ އެއްފަދަ ކަމަށް ބެލުން)‏". އެ ވިލާކޮޅު ވެސް ގެއްލިއްޖެ އެވެ.އަހުރެންނަށް ފެނުނީ ހުދުކުލައިގެ އުއިފޮތިކޮޅަކުން ނިވާކުރެވިފައިވަނިކޮށެވެ. އެ ވަގުތު، އިރު ފަދައިން އަލިވެ ވިދާ މޫނުތަކެއްގެ ވެރި ތިން ބޭކަލަކު ފެނުނެވެ. އެއް ބޭކަލަކު ހުންނެވީ ރިހި ޖަގެއް ހިއްޕަވައިގެންނެވެ. އަނެކަކު ހުންނެވީ ޒުމައްރަދުން ވާ މޫނު ދޮންނަ ތަށްޓެއް ހިއްޕަވައިގެންނެވެ. އަދި އަނެއް ބޭކަލަކު ހުންނެވީ ފަށުވީގެ ފޮތިގަނޑެއް ހިއްޕަވައިގެންނެވެ. ފެންނަ ފެނުމުގައި، އެ ޖަގުން ދިޔައީ ކަސްތޫރި އޮހެމުންނެވެ. އަހުރެންގެ ބަރަކާތްތެރިވެގެންވާ ދަރިފުޅު އެ ބޭކަލުން އެ މޫނުދޮންނަ ތަށްޓަށް ލިއެވެ. އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ބޯކޮޅު އެ ތަށްޓަށް ލިއެވެ. އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ބޯކޮޅާއި، ފައިކޮޅު ދޮވުމަށް ފަހު، އެ ބޭކަލުން، އެކަލޭގެފާނު ފަށުވިން ނިވާކޮށްލެއްވި އެވެ. ދެން އެއަށް ފަހު، އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ބޯކޮޅު ގައި އަތަރުލައްވައި، އެކަލޭގެފާނުގެ ލޯފުޅުގައި އަނދުންއެޅުމަށް ފަހު އެބޭކަލުން ގެއްލިއްޖެ އެވެ".

ބަރިބަރިއަށް އުޑުން މަލާއިކަތުން ތިރިކުރެއްވިއޭ،
އެއީ، އެ މީހުން އަނބުރާލި كعبةއަކީ އަހުރެންގެ ގެފަދައޭ.
ގްރޫޕްގްރޫޕަށް ސުވަރުގޭގެ ހޫރުންތައް ވަދެއޭ،
އެ ބޭކަނބަލުންގެ މޫނުގައިވާ ނޫރުން އަހުރެންގެ ގެ އޮތީ އެއްކޮށް އަލިކޮށްފައޭ.
ޖައްވުގައި އެނދެއް ބެހެއްޓިފައި ވެއޭ،
އެ ފެތުރުއްވެވި ޖިންނި އަށް ކިޔާ ނަމަކީ ސުންދުސްއޭ.
އޭރުން ފެށިގެން ތިމަންކަލޭގެފާނު ހުންނެވީ އެއްކޮށް ޙައިރާންވެފައޭ،
މިފަދަ ހުރިހާ ކަމެއް ކުރިން ފެނިފައިވެއޭ.
ކުއްލިއަކަށް ފާރު ދުރުވެއްޖެއޭ،
ސުވަރުގެއިން 3 ޙޫރުން ފާޅުވެއްޖެއޭ.
ބައެއް މީހުން ބުނާގޮތުގައި، އެއީ ރިވެތި 3 އަންހެން ކަނބަލުންގެ ތެރެއިން،
އެއް ބޭކަނބަލަކީ އާސިޔަތޭ، އެ ކަމަނާ ހުންނެވި ވިދާ އަލިކޮށޭ.
މަރިޔަމްގެފާނަކީ ސާފުކޮށް އެނގޭ ގޮތުގައި އޭގެތެރެއިން އެކެކޭ،
އަނެކަކީ، ވަރަށް ރިވެތިކޮށް ހުންނެވި ސުވަރުގޭގެ ޙޫރަލް ޢީނެކޭ.
އެ ތިން ކަނބަލުން އަދަބުވެރިކަމާ އެކު ވަޑައިގެން،
އެކުއެކީ އަޅުގަނޑާ ސަލާންކުރެއްވިއޭ.
އެކަނބަލުން އިށީންނެވީ އަޅުގަނޑުގެ ވަށައިގެންނޭ،
އެ ކަނބަލުން ދެއްވީ مُصطَفَى ގެ އުފާވެރި ޚަބަރޭ.

محمّد (‏عليه السّلام)‏ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުން، عبدالرّحمن بن عوف ގެ މަންމާފުޅު ސިއްތި ޝިފާ، عُثمان ބިން އަބީ އަލްޢާޞް ގެ މަންމާފުޅު ސިއްތި فاطمة، އަދި رَسُوْلُ اللهِ ﷺ ގެ ބޮޑުދައިތާފުޅު ޞަފިއްޔަތުގެފާނާ މި ބޭބޭކަނބަލުން ތިއްބެވީ އާމިންތުގެފާނުގެ އަރިހުގައެވެ. އެކަނބަލުންނަށް ފެނުނު ނޫރާއި އެހެން ޙާދިސާތަކުގެ ވާހަކަ އެ ކަނބަލުން ރިވާކުރެއްވި އެވެ.

ސިއްތި ޝިފާ ރިވާކުރެއްވި އެވެ. "އެ ރޭ އާމިނަތުގެފާނުގެ އަރިހުގައި އެހީތެރިވާން އަޅުގަނޑު އިނީމެވެ. محمّد (‏عليه السّلام)‏ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމާ އެކު، އެކަލޭގެފާނު ނަމާދުކުރައްވައި، ދުޢާކުރައްވާ އަޑު އެއްސެވީމެވެ. ވަކި މީހަކު ނުފެންނަ ގޮތަށް "يرحمك ربك" މިހެން ކިޔާ އަޑު އިވުނެވެ. ދެން، އިރުމައްޗާއި ހުޅަގުން ހުރިހާ ތަނެއް ފެންނަ ވަރުގެ ވަރަށް އަލިކަން ގަދަ ނޫރެއް ފާޅުވިއެވެ".

އެހެން ވަރަށް ގިނަ ޙާދިސާތައް ވެސް ފެނިވަޑައިގަތް ސިއްތި ޝިފާ ވިދާޅުވި އެވެ. "އެކަލޭގެފާނަށް ނަބީކަން ދެއްވުމާ ހަމައިން؛ ޖެހިލުންވުމަކާ ނުލައި އެންމެ ފުރަތަމަ އިސްލާމްވީ މީހުންގެ ތެރޭގައި އަޅުގަނޑު ވީމެވެ".

"ޤިޔާމަތް ދުވަހުން ތިމަންކަލޭގެފާނު ވާހުށީ ހުރިހާ ނަބީނޭކަލުންގެ އިމާމަކަށް، ޚަޠީބަކަށް އަދި ޝަފާޢަތްތެރިއަކަށެވެ. ތިމަންކަލޭގެފާނު މިހެން މިޙަދީޘްކުރައްވަނީ ފަޚްރުވެރިވާކަށެއް ނޫނެވެ".
حديث الشريف

ހުރިހާ މަޚަލޫޤުން އުފަލުންފޮޅުނޭ،
ހިތާމަވެރިކަން ގޮސްފިއޭ؛ ދުނިޔެއަށް އާ ދިރުމެއް ލިބިއްޖެއޭ.
ދުނިޔޭގެ ހުރިހާ ޒައްރާތަކެއް ރުޔެވެ؛
އެ ޒައްރާތައް ގޮވާލިއޭ އަދި މަރުޙަބާކިޔޭ.
މަރުޙަބާ، އޭ މަތިވެރިވެގެންވާ ސުލްޠާނޭ، މަރުޙަބާއޭ،
މަރުޙަބާ، އޭ ޙިކްމަތުގެ މަޞްދަރޭ، މަރުޙަބާއޭ.
މަރުޙަބާ، އޭ قرآن ގެ ސިއްރޭ، މަރުޙަބާއޭ،
މަރުޙަބާ، އޭ ވޭންތަކުގެ ފަރުވާއޭ، މަރުޙަބާއޭ.
މަރުޙަބާ، އޭ ރިވެތިކަމުގެ ބަގީޗާގެ ޢަންދަލީބޭ،
މަރުޙަބާ، އޭ ޖަލާލަތުގެ ވެރިޔާއޭ.
މަރުޙަބާ، އޭ ޙައްޤުގެ ހަނދާއޭ އަދި އިރާއޭ،
މަރުޙަބާ، އޭ ޙައްޤުން ވަކިނުކުރެވޭނޭ ފަރާތޭ.
މަރުޙަބާ، އޭ އުއްމަތުގެ ފާފަވެރިންގެ މަލާޒޭ، މަރުޙަބާއޭ،
މަރުޙަބާ، އޭ އެހީބޭނުންންވާ މީހުންގެ މަލާޒޭ، މަރުޙަބާއޭ.
މަރުޙަބާ، އޭ ޚަލީލުގެ އެންމެ ގާތް މިތުރާއޭ،
މަރުޙަބާ، އޭ ޖަލީލުގެ ޙަޤީޤީ ޙަބީބޭ.
މަރުޙަބާ، އޭ ދުނިޔޭގެ ރަޙްމަތާއޭ،
ކަލޭގެފާނަށް މަރުޙަބާއޭ، ފާފަވެރިންގެ ޝަފާޢަތްތެރިޔާއޭ.
މަރުޙަބާ، އޭ ދެ ދުނިޔޭގެ ރަސްގެފާނޭ،
ކަލޭގެފާނަށް ޓަކައި، ދުނިޔެ ހެއްދެވުނޭ.

صفيّة ގެފާނު ރިވާކުރެއްވި އެވެ. "محمّد (‏عليه السّلام)‏ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުން، ހުރިހާ ދިމާލެއް ގައި ނޫރެއް ފެތުރުނެވެ. އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތުމާ އެކު، އެކަލޭގެފާނު ސަޖިދަކުރެއްވި އެވެ. ދެން އެކަލޭގެފާނުގެ ބަރަކަތްތެރިވެގެންވާ ބޯކޮޅު އުފުއްލެވިއެވެ. އަދި ވަރަށް ސާފުކޮށް 'لا إله إلّا الله إنّي رَسُوْلُ اللهِ' މިހެން حديث ކުރެއްވި އެވެ. އަޅުގަނޑު އެކަލޭގެފާނު ހިނަވަން އުޅުނު ވަގުތު އަޑެއް އިވުނެވެ. 'އަހަރެމެން އެކަލޭގެފާނު ފޮނުއްވީ ހިނަވާފައެވެ'. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އިރު އޮންނެވީ ޚިތާނުކުރެވި، ފޫޅު ކެނޑިފައެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމާ އެކު، އެކަލޭގެފާނު ސަޖިދަކުރެއްވި އެވެ. އެ ވަގުތު، އެކަލޭގެފާނު މަޑު އަޑަކުން އެއްޗެއް حديث ކުރެއްވި އެވެ. އަޅުގަނޑުގެ ކަންފަތް އެކަލޭގެފާނުގެ އަނގަފުޅާ ކައިރިކޮށް އަޑުއެހި އިރު، އެކަލޭގެފާނު ވިދާޅުވަމުން ގެންދެވީ 'أُمَّتِي أُمَّتِي' (‏އަހަރެންގެ އުއްމަތް، އަހަރެންގެ އުއްމަތް)‏".3

ރަސޫލާ ގެފުޅާ ދިމާލަށް އެނބުރިވަޑައިގަތޭ،
މޫނުފުޅު ބިމުގައި ޖައްސަވައި ސަޖިދަކުރެއްވިއޭ.
އެކަލޭގެފަނުގެ ބޯކޮޅު ސަޖިދައިގައި އޮންނަވައި، އެކަލޭގެފާނުގެ އިނގިލިފުޅު އުފުއްލެވިއޭ،
ﷲ އަށް ސަނާދަންނަވައި، އެކަލަނގެ އެއްހައުވަންތަކަން ނަންގަތޭ.
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ވެރިރަސްކަލާކޮ، އަޅާގެ މޫނު އިބަރަސްކަލާނގެއަށް އަނބުރާލަމޭ،
އޭ ﷲ އެވެ. އިބަރަސްކަލާނގެ ޙަޟްރަތުން އަޅާގެ އުއްމަތަށް ޓަކައި އެދި ދަންނަވަމޭ.
އެކަލޭގެފާނު ޙައްޤުވެރި ރަސްކަލާނގެ މަދަދަށް އިންތިޒާރުކުރެއްވިއޭ،
حديثކުރެއްވިއޭ، އަޅާގެ އުއްމަތް، އަޅާގެ އުއްމަތް!

އަޅަމެންގެ ލޮބުވެތި ރަސޫލާ ދުނިޔޭގެ އަލިކަން ދެހެވަޑައިގަތް އިރު، އެކަލޭގެފާނުގެ ކާފާފުޅު ޢަބްދުލްމުއްޠަލިބުގެފާނު ގެންދެވީ ކަޢުބަތުއްޝަރީފު ގައި الله تعالى އަށް ނަމާދުކޮށް ދުޢާދަންނަވަމުންނެވެ. އެކަލޭގެފާނަށް އުފާވެރި ޚަބަރު ލިބިވަޑައިގެންނެވީ ތިރީގައި މި ބަޔާންކުރާ ގޮތަށެވެ.:

ކުއްލިއަކަށް كعبة، މަޤާމް އިބްރާހީމާ ދިމާލަށް ސަޖިދައެއް ޖެހުމަށް ފަހު، ކުރިން ހުރި ގޮތަށް ރުޖޫޢަވެއްޖެ އެވެ. كعبة ވަރަށް ސާފު އަޑަކުން ކިޔާ އަޑު عبدالمطّلب ގެފާނަށް އިވިވަޑައިގަތެވެ. "الله أكبر! محمّد (‏صلّى الله عليه و سلّم)‏ ގެ ގޮވާލެއްވުމުން އަޅާގެ ތެރޭގައިވާ ބުދުތަކުން ސަލާމަތްވާނެ އެވެ". އެ ވަގުތު ހުބޭލް އޭ ކިޔުނު ބުދު ބޯވަތަށް ވެއްޓުނެވެ. ދެން އިވުނީ ރުއިމެއްގެ އަޑެވެ. "އާމިނާ ރައްކާވެވަޑައިގަތީ ފިރހެން ދަރިފުޅަކަށެވެ. محمّد (‏صلّى الله عليه و سلّم)‏ މީސްތްކުން، ކުފުރުގެ އަނދިރިކަމުން އީމާންކަމުގެ ނޫރަށް ގެންގޮސްދެއްވާނެތެވެ. الله تعالى އެކަލޭގެފާނު ފޮނުއްވީ އިންސީންނާއި، ޖިންނީންނަށް ރަސޫލެއްގެ ގޮތުގައެވެ. އޭ މަލާއިކަތުންނެވެ. މިކަމަށް ހެކިވާށެވެ. އެކަލޭގެފާނަށް ހުރިހާ ޚަޒާނާއެއްގެ ތަޅުދަނޑި ދެއްވި އެވެ. އެކަލޭގެފާނުހެ އުފަންދުވަސް ހަނދާންނައްތާނުލާށެވެ. ޤިޔާމަތަށް ދާންދަނެ މި ދުވަހަކީ އެންމެ މުޤައްދަސް ދުވަހަށް ހަދާށެވެ". عبدالمطّلب ގެފާނަށް މި ބަސްތައް އިވިވަޑައިގަތުމުން. އެކަލޭގެފާނު ހުންނެވީ ސިހި ބަސްހުއްޓިފައެވެ. އެކަލޭގެފާނުގެ އަތްޕުޅު މޭގައި ޖައްސަވައި ވިދާޅުވި އެވެ. "އަޅާ އަށް މިފެންނަނީ ހުވަފެނެއް ބާވައެވެ؟" އެއާއެކު، އެކަލޭގެފާނަށް އެހެން ގޮވާލުމެއްގެ އަޑު އިވިވަޑައިގަތެވެ. "އޭ ޤުރައިޝުންގެ ވެރިޔާއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަނީ ކޮން ކަމަކާ ހެއްޔެވެ؟" ޖަވާބު ދޭހާ ހިތްވަރެއް އެކަލޭގެފާނަށް ނުލިބުނެވެ.

އާމިނަތުގެފާނުގެ ގެކޮޅާ ކައިރިވެވަޑައިގަތް އިރު، އެ ގޭގެ ފުރާޅު މަތީގައި ދޫންޏެއް އިންދާ ފެނިވަޑައިގަތެވެ. އޭތީގެ ދެ ފިޔަގަނޑު އޮތ ފަތުރާލާފައެވެ. މައްކާގެ ފަރުބަދަތައް ވަނީ އޭތީގެ ނޫރުން އަލިކޮށްފައެވެ. ހުދު ކުލައިގެ ވިލާގަނޑަކުން އެ ގެ ވަނީ ހިޔާކޮށްފައެވެ. އެގޭ ދޮރުމަތީގައި ތިއްބެވި ދެ މަލާއިކަތުން، އެކަލޭގެފާނު އެ ގެއަށް ވަނުން ހުއްޓުވިއެވެ. އެކަލޭގެފާނު "މިވަނީ ކީއްބާވައެވެ. އަހުރެންނަށް މި ފެންނަނީ ހުވަނެއް ބާވައެވެ"، މިހެން ހިތްޕުޅަށް އެރި ވަގުތު، އެގޭ ތެރެއިން ފެތުރިގެން އައި ގޮމަކަސްތޫރީގެ ވަސް އެކަލޭގެފާނަށް ދުވިއެވެ.

محمّد (‏عبيه السّلام)‏ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހު، عبدالمطّلب ގެ ފާނަށް އާދަޔާ ޚިލާފު ވަރަށް ގިނަ ކަންތައްތައް ފެނިވަޑައިގަތެވެ. އަދި ވިދާޅުވި އެވެ. "އަޅުގަނޑުގެ މި ދަރިފުޅުގެ މަތިވެރިކަމާއި ޝުހުރަތު ވަރަށް ވެސް ބޮޑުވެގެންދާހުށި ކަމެވެ".4

މި ބޮޑު އުފާވެރިކަން ފާހަގަކުރުމަށް ޓަކައި، އެކަލޭގެފާނަށް 7 ދުވަސް ފުރުނު ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން عبدالمطّلب ގެފާނު މައްކާގެ މީހުންނަށް ޖާފަތެއް ދެއްވި އެވެ. އަދި ހަމަ އެއާއެކު މައްކާގެ ހުރިހާ ޑިސްޓްރިކްތަކުގައި މީސްތަކުންނަށާއި، ޖަނަވާރުތަކުގެ ޖަމަލު ކަތިލެއްވި އެވެ.5 މި ޖާފަތުގެ ތެރެއިން މީސްތަކުން، އެކަލޭގެފާނުގެ އަރިހުގައި ކާފަ ދަރިފުޅަށް ދެއްވަނީ ކޮން ނަމެއް ތޯ ސުވާލުކުރމުން ވިދާޅުވި އެވެ. "އަހުރެން އެ ކުއްޖާ އަށް ދިން ނަމަކީ محمّد (‏صلّى الله عليه وسلّم)‏ އެވެ". އެކަލޭގެފާނުގެ ކާބަފައިންގެ ތެރެއިން ބޭކަލެއްގެ ނަން ނުދެއްވީ ކީއްވެގެން ތޯ، މީސްތަކުން ސުވާލުކުރެއްވުމުން، ޖަވާބު ގައި ވިދާޅުވި އެވެ. "އަހުރެން އެ ނަން ދެއްވީ، އަހުރެން ބޭނުންވަނީ الله تعالى އާއި، މީސްތަކުން އެކަލޭގެފާނަށް ތަޢުރީފުކުރައްވައި މަރިވެރިކުރެއްވުން ކަމަށް ވާތީ އެވެ".6އެހެން ރިވާޔަތެއް ގައި އައިސްފައިވާ ގޮތުގައި، "محمّد" މި ނަން ދެއްވީ آمنة ގެފާނެވެ.

ތިބާ އޭ، ފުރިހަމަ ހަނދަކާ އެއްފަދަ މޫނެއްގެ ވެރި،
ތިބާ އޭ، މަރުވެފައިވާ އެންމެންގެ ހިޔަލޭ.
ތިބާ އޭ، ހިތުގެ ވޭންތަކުގެ ޝިފާއޭ،
ތިބާ އޭ، ހުރިހާ މަޚްލޫޤުންގެ ސުލްޠާނޭ.
ހުރިހާ ނަބީންގެ ސުލްޠާނަކީ ތިބާއޭ،
އަވްލިއްޔާ އަދި އަސްފިއްޔާގެ ލޯތަކުގެ ނޫރަކީ ތިބާ އޭ.
ތިބާ އޭ، ނަބީކަމުގެ އެންމެ ފަހުގެ ތާޖަކީ،
ތިބާ އޭ، ނަބީކަމުގެ އެންމެ ފަހުގެ ތައްގަނޑަކީ.
ތިބާގެ ނޫރުން މުޅި ދުނިޔެ އަލިކުރެވުނު އިރު،
ތިބާގެ ފިނިފެންމަކެއް ފަދަ މޫނުކޮޅުން ބަދަލުވީ ފިނިފެންމަލުގެ ބަގީޗާ އަކަށޭ.
ޖާހިލީ ޒަމާނުގެ އަނދިރިކަން ނައްތާލައިފިއޭ،
ޢިލްމުގެ ބަގީޗާ ހެދިބޮޑުވެއްޖޭ.
އޭ ﷲ ގެ حبيب އޭ، އަޅަމެންނަށް އެހީތެރިވެދެއްވާށޭ،
އަޅަމެންގެ ޙަޔާތުގެ ނިމުމުގައި ތިބާގެ ފެނުމުގެ އުފާ ދެއްވާށޭ.

رَسُوْلُ اللهِ ﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރޭ

ހިނގި މުހިއްމު ޙާދިސާތައް

رسول الأكرم (‏صلّى الله عليه رسلّم)‏ އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ކުރިންނާއި، އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އިރު، ދުނިޔެއަށް ޝަރަފު ދެއްވި ކަމުގެ ވަރަށް ގިނަ ޢަލާމާތްތަކެއް ފެނުނެވެ. އޭރުގެ މަޝްހޫރު މީސްމީހުންނަށް، އަޅަމެންގެ ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ކުރިން އެކި ހުވަފެންތައް ފެނުނެވެ. އެމީހުންގެ އެ ހުވަފެންތަކުގެ ތަޢުބީރު ހޯދުމަށް ފަލަކީ ޢިލްމުވެރިންނާއި، އޭރުގެ މަޝްހޫރު ޢިލްމުވެރިން ކައިރިން އެހުމުން، އެ މީސްމީހުން ބުނެފައިވަނީ، އެއިން އަންގައިދެނީ، محمّد (‏عليه السّلام)‏ ދުނިޔެއަށް ވަޑައިގަންނަވާ ކަމެވެ.

އަހަރެމެންގެ ލޮބުވެތި ރަސޫލާގެ ކާފާފުޅު عبدالمطّلب ގެފާނު ވިދާޅުވެފައި ވެއެވެ. "އަހުރެން އެއްފަހަރަކު ނިދާފައިވަނިކޮށް، ފެނުނު ހުވަފެނެއްގެ ހިތްނުތަނަވަސްކަމާ އެކު ހޭލެވުނެވެ. އެއާ އެކު، ފަލަކީ ޢިލްމުވެރިއެއް ކައިރިއަށް ގޮސް އެ ހުވަފެން ތަޢުބީރުކުރަން ބޭނުންވި އެވެ. އެ ތަނަކަށް ދިއުމުން، އޭނާގެ އަހުރެންގެ މޫނު ފެނުމާ އެކު ބުންޏެވެ. 'އޭ ޤުރައިޝުންގެ ވެރިޔާ އެވެ! ކަލޭގެފާނަށް ވެފައި ތިޔަހަރީ ކިހިނެއް ހެއްޔެވެ؟ ކަލޭގެފާނުގެ މޫނުމަތީގައި އާދަޔާޚިލާފު ކުލަވަރެއް އެބަ ހުއްޓެވެ. ކަލޭގެފާނަށް މުހިއްމު ކަމެއް ވީ ހެއްޔެވެ؟' ދެން ތިމަންކަލޭގެފާނު ވިދާޅުވުވީމެވެ. 'އާއެނކެވެ. އަހުރެންނަށް ޢަޖައިބެއް ކަހަލަ ހުވަފެނެއް ފެނިއްޖެ އެވެ. އެ ހުވަފެން އަދި އެކަކަށް ވެސް ކިޔައެއް ނުދެމެވެ'. އަހުރެން އޭނާ ކައިރީގައި އިށިނުމަށް ފަހު ފެނުނު ހުވަފެން ކިޔައިދޭން ފެށީމެވެ.:

"ތިމަންކަލޭގެފާނު ދުނިޔެއަށް ފޮނުއްވުނީ ހުރިހާ ޒަމާންތަކުގެ ތެރެއިން އެންމެ ރަނގަޅު، އެންމެ ކަމުވޮށިގެންވާ މީހުން މެދުވެރިކޮށެވެ".
حديث الشريف

"މި ރޭ އަހުރެންނަށް ފެނުނު ހުވަފެނުގައި ފެނުނީ ވަރަށް ބޮޑު ގަހެކެވެ. އެ ގަސް އުޑާ ހަމަޔަށް ފޯރައެވެ. އަދި އެ ގަހުގެ ގޮފިތައް އިރުމައްޗާއި ހުޅަނގުފަރާތަށް ވަނީ ފެތުރިފައެވެ. އެ ގަހުން ފަތުރަމުންދިޔަ ނޫރެއްގެ އަލިގަދަކަމުން، އިރުގެ އަލިކަން ވެސް ވަނީ ފަނޑުކޮށްލާފައެވެ. އެ ގަސް ފާޅުވެފައި ގެއްލިގެން ގޮސްފި އެވެ. މީސްތަކުން ދިޔައީ އެ ގަހާ ދިމާއަށެވެ. ފާއިތުވެގެންދިޔަ ކޮންމެ ހިނދުކޮޅަކާ އެކު، އެ ގަހުގެ ނޫރު ދިޔައީ އިތުރަށް ގަދަވަމުންނެވެ. ޤުރައިޝް ވަންހައިގެ ބައެއް މީހުން އެ ގަހުގެ ގޮފިތަކުގައި އެލިގަނެގެން ތިބި އިރު، އޭގެތެރެއިން އަނެއް ބަޔަކު އުޅުނީ އެ ގަސް ކަނޑާލެވޭތޯ އެވެ. އެ ގަސް ކަނޑަން އުޅުނު މީހުންނަށް އެކަން ވިޔަނުދިނުމަށް ޒުވާން ފިރިހެނަކު ދިޔައީ މަސައްކަތްކުރަމުންނެވެ. އޭނާ އަކީ ރިވެތި މޫނެއްގެ ވެރިއެކެވެ. އެފަދަ ރިވެތިކަމެއް އަހުރެން ކުރިޔަކުން ނުދެކެވެ. އަދި ހަމަ އެއާއެކު، އެ ޒުވާނާގެ ހަށިގަނޑުން މީރު ވަހެއް ދުވައެވެ. އެ ގަހުގެ ގޮތްޕެއް ގައި އަތްލެވޭތޯ އަހުރެން ގެ އަތް ދިއްކޮށްލީމެވެ. އެކަމަކު އެ ގަހަކަށް ނުފޯރިއެވެ".

އަހުރެން ވާހަކަދައްކާ ނިމުމުން، ފަލަކީޢިލްމުވެރިޔާގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެ އެވެ. އޭނާ ރީނދޫވެއްޖެ އެވެ. އެއަށް ފަހު އޭނާ ބުންޏެވެ. 'ކަލެއަކަށް އެކަމުގެ ޙިއްޞާއެއް ނެތެވެ'. އަހުރެން އެހީމެވެ. ޙިއްޞާ އޮތީ ކާކަށް ހެއްޔެވެ؟ އޭނާ ބުންޏެވެ. ގަހުގެ ގޮފިތަކުގައި ފިހެހެއްޓި މީހުންނަށެވެ. ދެން ވާހަކަ ކުރިޔަށް ގެންދިޔަ އެވެ. 'ކަލޭގެފާނުގެ ދަރިކޮޅުން ރަސޫލަކު ވަޑައިގަންނަވާނެ އެވެ. އެ ބޭކަލެއްގެ އަމުރުމަޢޫރޫފު ހުރިހާ ތަނަކަށް ހިނގައި، މީސްތަކުން އެކަލޭގެފާނުގެ ދީން ޤަބޫލުކުރާނެތެވެ'. ދެން އޭނާ، އަހަންނާ އެކު ގޮސް ހުރި އަހުރެންގެ ދަރިކަލުން އަބޫ ޠާލިބާ ދިމާލަށް އެނބުރިފައި ބުނެފިއެވެ. 'މިއީ ވާނީ އެކަލޭގެފާނުގެ ބަފައިފުޅުގެ ބޮޑުބޭބޭފުޅަށެވެ"'. أبو طالب ގެފާނު މި ޙާދިސާގެ ވާހަކަ، ރަސޫލުކަމާއިގެން ފޮނުއްވުމުން، رَسُوْلُ اللهِ ﷺ އަށް ދެންނެވި އެވެ. ދެން حديثކުރެއްވި އެވެ. "އެ ގަހަކީ، أبو القاسم، الأمين محمّد (‏عليه السّلام)‏ އެވެ".

رَسُوْلُ اللهِ ﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ދުވަހުގެ ރޭ، އުޑުގައި އާ ތަރިއެއް ފާޅުވިއެވެ. މި މަންޒަރު ދުށް ޔަހޫދީ ޢިލްމުވެރިންނަށް، محمّد (‏عليه السّلام)‏ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފި ކަން އެނގުނެވެ.

ޞަޙާބީއެއް ކަމުގައިވާ حسن بن ثابت ވިދާޅުވެފައި ވެއެވެ. "އަޅުގަނޑުގެ ޢުމުރުން 8 އަހަރެވެ. އެއް ދުވަހެއްގެ ހެނދުނު ޔަހޫދީ ފިރިހެނަކު ދުވަހުން ހަޅޭލަވަމުން ގޮވައެވެ. 'އޭ ޔަހޫދީންނެވެ! ދެން ޔަހޫދީން އޭނާ ވަށައިގެން އެއްވެ، އޭނާ ހަޅޭލަވާ ސަބަބާ މެދު ސުވާލުކުރިއެވެ. އޭނާ ޖަވާބު ދިނެވެ. ދަންނާށެވެ އަހްމަދުގެ ތަރި އަރައިފި އެވެ! މިރޭ އަޙްމަދު ދުނިޔެއަށް ވަޑައިގެންފި އެވެ"".

ރަސޫލުﷲ (‏صلّى الله عليه وسلّم)‏ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރޭ ގެފުޅުގައި ހުރި ހުރިހާ ބުދުތަކެއް ބޯކޮޅު ވަތަށް ބިންމައްޗަށް ވެއްޓުނެވެ.

عُروة بن زُبير ރިވާކުރެއްވި އެވެ. "ޤުރައިޝުންގެ ބަޔަކު އަތުގައި ބުދެއް ގެންގުޅުނެވެ. އަހަރަކު އެއް ފަހަރު އެބައިމީހުން އެ ބުދު ވަށައި طوافކޮށް، ޖަމަލު ޤުރްބާންކޮށް، ރާ ބޮއެ އުޅުނެވެ. އެފަދަ ދުވަހެއް ގައި، އެ މީހުން ބުދު ކައިރި އަށް ދިޔަ އިރު، އެ މީހުންނަށް ފެނުނީ އޭތި އަނގަވަތަށް ބިން މައްޗަށް ވެއްޓިފައި އޮތްވައެވެ. އެ މީހުން އޭތި ނެގުމުން އަނެއްކާ ވެސް ވެއްޓިއްޖެ އެވެ. މިގޮތަށް ތިން ފަހަރު ތަކުރާރުވެއްޖެ އެވެ. އެއްޗަކާ ވިއްދައިގެން އެ ބުދު އެ މީހުން ހިއްލުމުން، މީހަކު ކިޔާ އަޑު އިވުނެވެ. 'ކޮންމެ ވެސް މީހަކު އުފަންވެއްޖެ އެވެ. މުޅި ދުނިޔެ ތަޅުވާލައިފިއެވެ. ހުރިހާ ބުދުތަކެއް ވެއްޓިއްޖެ އެވެ. ރަސްކަލުންގެ ހިތްތައް ބިރުން ގޮސް ތުރުތުރުލައިފި އެވެ'. އިއްތިފާޤުން މި ޙާދިސާ ހިނގީ محمّد (‏عليه السّلام)‏ ދުނިޔޭގެ އަލިކަން ދެކެވަޑައިގންނެވި ރޭގައެވެ".

މަދާއިން ކިޔުނު ޝަހަރުގައި ފާރިސް ކަރައިގެ ވެރިޔާގެ ސާދަ ޓަވަރުގެ ގަނޑުވަރު އެއްކޮށް ސުންނާފަތިވެގެން ދިޔައެވެ. ބާރު އަޑުފަތްގަނޑަކާއި، ބިރުވެރިކަމެއްގައި ނިދިން ހޭލެވުނު އެ ވެރިޔާއާއި، އޭނާގެ ރައްޔިތުންނަށް ފެނުނު ބިރުވެރި ހުވަފެންތައް އެ މީހުންގެ ތެރެއިންވާ މޮޅެތި މީހުން ތަޢުބީރުކުރުމުން އެ މީހުންނަށް އެނގުނީ އެއީ ބޮޑު ޙާދިސާއެއްގެ ޢަލާމަތް ކަމެވެ.

އެންމެ މަޝްހޫރުވެގެންވީ ފަލަކީ ޢިލްމުވެރިން އެ ހުވަފެންތައް ތަޢުބީރުކުރި ގޮތުގައި، "އެ މީހުން އަޅުގަނޑުމެންނަށް ކިޔައިދޭ ގޮތުގައި، ދިމިޝްޤާއި، ޢިރާޤާއި، އީރާނާއި، ދިޖްލަތު ކޯރާއި، ފުރާތު ކޯރު އިސްލާމް ގެ އިޚްތިޞާޞްގެ ތެރެއަށް ވަންނާނެ އެވެ".

"ތިމަން ކަލޭގެފާނަށް ސަނާކިޔުމަކީ (‏މަދަޙަކިޔުމަކީ)‏ އަޅުކަމެކެވެ. ތަންބުރިން (‏މިޔުޒިކް އާލާތެއް)‏ ކުޅުމާއި، މުނިފޫހިފިލުވުމާއި، ގޭމްކުޅުމުގެ މެދުތެރޭގައި އަޅުކަންކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ".
حديث الشريف

އަނެއްކާ ވެސް އެރޭ، އެއްހާސް އަހަރު ވަންދެން އަނދައަނދާ ހުރި އަލިފާނަށް އަޅުކަންކުރާ މީހުންގެ ބޮޑު އަލިފާންގަނޑު ކުއްލިއަކަށް ނިވުނެވެ. އަލިފާންގަނޑު ނިވުނު ދުވަހުގެ ތާރީޚު އެބައިމީހުން ރެކޯޑްކުރިއެވެ؛ އެ ރެއަކީ، އެބައިމީހުންގެ ވެރިޔާގެ ގަނޑުވަރުގެ ޓަވަރުތައް ސުންނާފަތިވި ރޭވެސް މެއެވެ.

އޭރު މުޤައްދަސް ކަމަށް ބެލެވުނު ސަވާ ލޭކްގެ ފެންގަނޑު ކުއްލިއަކަށް ހިނދި، އެ ރޭ އެ ކުޅި ހިކުނެވެ.
ދިމިޝްޤުގެ ކައިރީގައިވާ، ހިކިފައިވާ އެތަކެއް ހާސް އަހަރެއް ވަންދެން ފެން ނެތް ކޯރު، އެ ރޭ ފެނުން ފުރި ދައުރުވާން ފެށުނެވެ.

محمّد (‏عليه السّلام)‏ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންވި ރެއިން ފެށިގެން، އެކި ޙާދިސާތަކާ ބެހޭ މަޢުލޫމާތު ޤުރައިޝުންގެ ރަމަލުބަލާ މީހުންނަށް ޝައިޠާނުންނާއި، ޖިންނީންގެ ފަރާތުން ފޯރުކޮށްދިނުން ހުއްޓި ކަހީނުކަން ހުއްޓިއްޖެ އެވެ.

ކުރިން ފެނިފައިނުވާ އެތަކެއް ޙާދިސާތަކެއް، އަހަރެމެންގެ ސައްޔިދު حبيب الأكرم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރޭ ވަނީ ހިނގާފައެވެ. މި ހުރިހާ ޢަލާމަތްތަކަކީ ވެސް އެންމެ ފަހުގެ ރަސޫލާ محمّد (‏عليه السّلام)‏ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ޢަލާމާތްތަކެވެ.7

مولد ރޭ

އަހަރެމެންގެ ރަސޫލާ محمّد (‏صلّى الله عليه وسلّم)‏ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރެއަށް ކިޔޭ ނަމަކީ މައުލިދު ރެއެވެ. މައުލިދުގެ މާނައަކީ، އުފަންވާ ވަޤުތެވެ.

ލައިލަތުލް ޤަދްރި ވިލޭރެއަށް ފަހު އެންމެ މާތްވެގެންވާ ރެއަކީ އެ ރެއެވެ. އެ ރެއަކީ އަހަރެމެންގެ ލޮބުވެތި ރަސޫލާ محمّد (‏صلّى الله عليه وسلّم)‏ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރޭ ކަމަށް ވާތީ، އެ ރޭ އުފާފާޅުކުރާ މީހުންގެ ފާފަ ފުއްސަވާނެތެވެ.

އެ ރޭގައި، رَسُوْلُ اللهِ ﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރޭ ފާޅުކުރެއްވި މުޢުޖިޒާތްތަކާއި، ޢަޖައިބުތަކާ ބެހޭގޮތުން ކިޔައި، އަޑުއަހައި، ދަސްކުރުމަކީ ވަރަށް ގިނަ ޘަވާބު ލިބޭ ކަމެކެވެ. ލޮބުވެތި ރަސޫލާ ވެސް އެ ވާހަކަތައް ކިޔައިދެއްވާފައެވެ.

އެ ރޭ، ޞަޙާބީ ބޭކަލުން ތަނަކަށް އެއްވެ، އެ ދުވަހުގެ ހަނދާންތައް އައުކުރައްވައި، އެ ދުވަހާ ބެހޭގޮތުން ކިޔުއްވައި، ވާހަކަދައްކަވާ ހައްދަވާފައި ވެއެވެ.

ކޮންމެ އަހަރަކު، ދުނިޔޭގެ އެތަން މިތަނުގެ މުސްލިމުން ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަސް މައުލިދު ނަބަވީގެ ގޮތުގައި ފާހަގަކުރަމުން ދެއެވެ. ހުރިހާ ހިސާބެއް ގައި ވެސް އެ ދުވަސް ފާހަގަކުރާ އިރު، رَسُوْلُ اللهِ ﷺ ހަނދުމަކުރެވިގެންދަނީ މައުލިދު ޅެންތައް ކިޔައިގެންނެވެ.

ކޮންމެ ރަސޫލެއްގެ އުއްމަތުން ވެސް އެ އުއްމަތެއްގެ ރަސޫލެއްގެ އުފަން ދުވަސް ހަދާފައިވަނީ ފާހަގަކުރާ ދުވަހެއްގެ ގޮތުގައެވެ. މި ދުވަހަކީ، މުސްލިމުންނަށް ފެސްޓިވަލެކެވެ. އަދި އުފާވެރިކަމުގެ ދުވަހެއްގެ ގޮތުގައެވެ.

އާމިނަތުގެފާނަކީ އެކަލޭގެފާނުގެ މަންމާފުޅޭ،
އެ އިތާގެ މުތް އުފަންވެވަޑައިގަތީ އެ މުތުންނޭ.
އެ މަހުގައި ރައްބުލްއައްވަލުގެ ޙަޟްރަތުގައި،
ބާރަވީ ހޯމަ ދުވަހުގެ ރޭގައި.
އެ ރެއަކި އެންމެ ރަނގަޅު މީހުން އުފަންވި ރެއޭ،
އެކަލޭގެފާނުގެ މަންމާފުޅަށް ގިނަ ކަންތައްތަކެއް ފެނިވަޑައިގަތޭ.
ޙަބީބުގެ މަންމާފުޅު ވިދާޅުވި ތަން ދުށީމޭ،
އެނޫރުގެ ވަށައިގެން އިރު ވެސް ހުރީ ދައުރުކޮށްކޮށޭ.
ކުއްލިއަކަށް އަހުރެންމެ ގެއިން ވިދާލިއޭ،
އުޑާއެކު ދުނިޔެ އަލިވެއްޖެއޭ.
އުޑުތައް ހުޅުވި، އަނދިރިކަން ގެއްލިއްޖެއޭ،
އަހުރެންނަށް، އަތްޕުޅުގައި ތިން ބައްތި އާ އެކު 3 މަލާއިކަތުން ފެނުނޭ.
އިތުމަތީ ފަރާތުގައި އެއް ބައްތި، ހުޅަނގު ފަރާތުގައި އެއް ބައްތިއޭ،
އަދި كعبة ގެ ފުރާޅުކޮޅުގައި އަނެއް ބައްތިއޭ.
ދެން ކުއްލިއަކަށް كعبة އާ ވާހަކަދައްކަން ފެށިއޭ،
ބުންޏޭ، ކައުނުގެ އިރު މި ރޭ ދުނިޔޭގެ އުފަންވެވަޑައިގެންފިއޭ.
ޔާ ﷲ، محمّدގެފާނަށް ޓަކައި،
އަޙްމަދަށް ޓަކައި، ޝަފާޢަތްތެރިކަމުގެ މަޞްދަރަށް ޓަކައޭ.
އެ ކަލާނގެ އުއްމަތް މިންޖުކުރައްވާދޭވެ،
رحمة الله عليهم أجمعين.
الصّلاة والسّلام عليك، يا رَسُوْلُ اللهِ!
الصّلاة والسّلام عليك، يا حبيب اللهّ!
الصّلاة والسّلام عليك، يا نور العرش الله!

ސުލައިމާން ޝަލަބީ